އަންހެނެއްގެ ކަންފަތްމަތީގައި ޖެހި ފިރިހެނަކު ޖަލަށް ލާން ހުކުމް ކޮށްފި

އަންހެނެއްގެ ކަންފަތްމަތީގައި ޖެހި ގދ. ތިނަދޫ ފިރިހެނަކު އެއް އަހަރާއި 24 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަނިޔާކުރުމުގެ މި ހާދިސާ ހިނގައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އިރުއޮއްސުނު ވަގުތު ތިނަދޫގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރިންނެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ތިނަދޫ ޓެއިލަރުގޭ މުޙައްމަދު ޢަބްދުﷲއެވެ. ދައުލަތުން އޭނާއާ ދެކޮޅަށް އުފުލީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ޕެޓްރޯލް ޝެޑް ކައިރީގައި އަންހެނަކު ހުއްޓައި އޭނާއާ ޒުވާބުކޮށް ވައަތްފަރާތު ކަންފަތްމަތީގައި ޖެހުމުގެ ސަބަބުން އޭނާގެ މޫނަށް އަނިޔާވެފައިވާކަން އަންހެން މީހާގެ މެޑިކަލް ރިޕޯޓުން އެނގިފައިވާ ކަމަށެވެ.
މި ދައުވާއަށް މުޙައްމަދު އިއުތިރާފުވުމުން، އޭނާގެ މައްޗަށް ކުރަން ނިންމި ދެ މަހާއި 12 ދުވަހުގެ ހުކުމުން އެއްބައި އުނިކޮށް، 1 މަހާއި 24 ދުވަހަށް ވަނީ ހުކުމް ކޮށްފައެވެ.