Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޔާމީން މާދަމާ ކޯޓަށް ހާޒިރު ކުރަނީ

ރައީސް ޔާމީން މާދަމާ ކޯޓަށް ހާޒިރު ކުރަނީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ ކްރިމިނަލް ކޯޓްގައި ތާވަލު ކޮށްފިއެވެ.

ރައީސް ޔާމީން މާދަމާ ކޯޓަށް ހާޒިރުކުރަނީ އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލައިފައިއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ ހެދުނު 9 ޖަހާއިރަށެވެ.

Advertisement
Allied — Dhen Online (box)

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިޔަން ޑޮލަރު، ލޯންޑަރު ކުރިކަމުގެ ކުށް ކްރިމިނަލް ކޯޓުގައި ސާބިތުވާކަމަށް ކަނޑައަޅައި، އެ މަނިކުފާނު ޖަލަށްލުމަށް ހުކުމް ކުރީ 28 ނޮވެންބަރު 2019ގައެވެ.

މަނީލޯންޑްރިންގެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވައިފައިވާ ޙުކުމް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބާތިލުކޮށްފައިވާއިރު އިތުރު މައްސަލަތަކެއްގެ ޝަރީއަތް ކޯޓުތަކުގައި ހިނގާތީ އެ މަނިކުފާނު ފުރުން މަނާކޮށް 7 ދުވަހުގެ އަމުރެއް ވެސް ވަނީ ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް