Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ޞާލިޙުގެ ސިކުނޑިފުޅުގެ އެގްޒާމެއް ހަދަންޖެހޭ: ސައީދު

ރައީސް ޞާލިޙުގެ ސިކުނޑިފުޅުގެ އެގްޒާމެއް ހަދަންޖެހޭ: ސައީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިކުނޑިފުޅުގެ އެގްޒާމެއް ހަދަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާ ގުޅިގެން ޝަރީއަތް ނިމެންދެން އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އެދުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރައީސް ޞާލިޙުގެ ސިކުނޑިފުޅުގެ އެގްޒާމެއް ހަދަންޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ ވެރިކަންކުރާ އިއްތިހާދު ފޫހިފިލުވަން ބޭނުންކުރާ ޔޯޔޯއަކަށް ވެފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ ދިވެހިރާއްޖޭގައި ކަމަށެވެ. އަދި މިކަން މާ ލަސްތަކެއް ނުވެ މާތްﷲގެ އިރާދަފުޅުން ނިމިދާނެ ކަމަށާއި، އެންމެ އަވަހަށް ފިއްލަވާ ކުރީގެ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސް ޞާލިޙު ކަމަށެވެ.

https://twitter.com/em_saeed/status/1467751996253880323?s=21

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދަޢުލަތުން ވަނީ އެ މައްސަލައިގައި ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ދޫކުރައްވައި ފިލައިވަޑައިގަތުމުގެ ހެކި ވެސް ހުރި ކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގެންފި ނަމަ އަލުން އަނބުރާ ގެންނަން އުނދަގޫ ވާނެ ކަމަށް ދަޢުލަތުގެ ފަރާތުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ވަނީ، މީގެ ކުރިން ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާގައި ދަށު ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެ މަނިކުފާނު މިނިވަންވެވަޑައިގެންފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް