ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ލިއަމް ވެސް ދިރިއުޅުމާއިގެން ކުރިއަށް ދާން އަހަރެން ބޭނުން.... " މެލެކް މަޑުމަޑުން ވާހަކަދެއްކިއެވެ. އޭނާގެ ބޮލުގައި ބީކާލް ބޯޖައްސާލިއެވެ.

Ads by MWSC

******************************

" ހެލޯ! ސާޔާތަ؟...".. ފޯނުގެ އެކޮޅުން އަސަދުގެ އަޑު އިވުމުން ސާޔާގެ ހިތުގެ ތެޅުން އަވަސްވިއެވެ. މަޑު މަޑުން ފޯނު ކަންފަތާއި ދުރުކޮށްލަމުން ސިއްރުން ކައިރީގައި އިން ރައުލް ގާތު އެވާހަކަ ބުނެލިއެވެ. ރައުލްގެ އެދުމަށް ސާޔާ ފޯނު ސްޕީކަރަށް ލިއެވެ. އަދި އަސަދުއަށް ޖަވާބު ދިނެވެ.

" ކޮންތާކު ދަރިފުޅު ތި އުޅެނީ.. ފިރިމީހާ ރަނގަޅުތަ؟..".. އަސަދުގެ ރާގު ހުރިގޮތުން ދެނެގަންނަންވީ ކީކޭ ކަމެއް ސާޔާއަށް ނޭނގުނެވެ. ހިމޭންކަމާއެކު އޭނާ ހުރީ އަސަދު އިތުރަށް ވާހަކަ ދައްކާނެ އިރަކަށެވެ.

" އެންމެ ރަނގަޅު.. ސާޔާ ވާހަކަ ދައްކަން ބޭނުން ނުވިޔަސް ބައްޕަގެ މައްސަލައެއް ނެތް.. ސާޔާއާއި ދައްކަން ޖެހޭ މުހިއްމު ވާހަކަތަކެއް ހުރީމަ މި ގުޅާލީ.. މިވާހަކަތައް ކިޔައި ނުދެވި މާ ގިނަ ދުވަސްވެސް ވެއްޖެ.. ދެން އިތުރަށް ލަސްކޮށްގެން ވާނީ ގެއްލުން.. މިއީ ސާޔާއަށް ކޮންމެހެން ވެސް އެނގެން ޖެހޭ ވާހަކަތަކެއް.. އެކަމަކު ބައްޕަ ބޭނުންވަނީ ސާޔާއާއި ދިމާވާން.. އެހެންވީމަ ދަރިފުޅު ބުނޭ ދިމާވާންވީ ތަނެއް.. ސާޔާ ބުނި ތާކަށް ބައްޕަ ދާނަން.. " އަސަދު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން އިރު އެހިތަށް އެތަށް ޝުޢޫރުތަކެއް އަރާ ފޭބިއެވެ. އޭނާއަށް އަށް އެނގެންޖެހޭ ކަމަށް އަސަދު އެބުނާ ވާހަކަ އަކީ ކޮބައިކަން އެނގެން ބޭނުންވިޔަސް އަސަދުއަށް އިތުބާރުކުރަން ދަތިވިއެވެ. ހާއްސަކޮށް އަސަދުގެ ދުލުން ބައްޕާއޭ ބުނުމުން ސާޔާއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. ދަރިފުޅުގެ ނަމުން އަސަދު ސާޔާއި މުޚާތަބު ކުރި މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭގެ ފަހަތުގައި ބޮޑު ސިއްރެއް އޮންނާނޭ ކަމުގައި އެ ހިތް ބުނެލިއެވެ.

"... ސާޔާ!.... ބައްޕައަށް ސާޔާއާ މެދު އަމަލުތައް ބެހެއްޓުނީ ވަރަށް ދެރަކޮށް.. އެކަމަށް މާފަށް އެދެން ވެސް ބޭނުން.. އެކަމަކު ސާޔާގެ މާފު ބައްޕައަށް ހައްޤު ނޫންކަން އެނގޭ.. އެހެންވީމާ އެކަމުގެ ބަދަލު ދޭން ބޭނުން..  ސާޔާއަށް ސާޔާގެ ހަޤީޤަތް އެނގެން ބައްޕަ މިއަދު ބޭނުން....." ސާޔާގެ ހަނދާނަށް ވެރިވެގެން އައީ އޭނާއާއި ކިރާޒްގެ ކަނދުރާގައި ހުރި ނިޝާނެވެ. އޭނާގެ ސިކުނޑިއަށް ވެރިވި ގޮތަށް ކަންތައްވެއްޖެނަމަ ދެން ހަދާނޭ ގޮތެއް ސާޔާއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ.

"ސާޔާ!..." ސާޔާގެ ޖަވާބެއް ނުލިބުމުން އަސަދު ގޮވާލިއެވެ. އެހެނަސް އަސަދުއަށް ޖަވާބެއް ދޭން ސާޔާ ވަގުތު ބޭނުމެވެ. ސިކުނޑި ހާސްވާން ފެށުމާއެކު އިތުރު ވިސްނުމަކަށް ނުގޮސް ސާޔާ ފޯނު ކަނޑައިލިއެވެ. ދެން އޭނާ ބަލައިލީ ކައިރީގައި އިން ރައުލް އަށެވެ. އެ ބެލުމުގައި ރައުލްގެ ލަފަޔަކަށް ސާޔާ ބޭނުންވެފައިކަން ބުނެދެއެވެ. މީގެ ކުރިންވެސް އޭނާ ހޯދީ ރައުލްގެ ޚިޔާލެވެ. އަސަދުގެ ފަރާތުން ކޯލުތަށް އަންނަމުންދާތާ ހަފްތާއެއްވި އިރުވެސް ސާޔާ ހުރީ އެއަށް ޖަވާބުދޭން ބޭނުންނުވެފައެވެ. އިތުރަށް އަސަދުއާ ކުރިމަތިލާން ބޭނުން ނުވާތީއެވެ. ނަމަވެސް އަސަދު އޭނާގެ ހަތިޔާރު ނުބެހެއްޓުމުން ސާޔާއަށް މަޖުބޫރުވީ ރައުލްއާ އެވާހަކަ ހިިއްސާ ކުރުމަށެވެ. ރައުލް އެދުނީ އެންމެ ފަހަރަކު ނަމަވެސް އަސަދު ބުނާ އެއްޗެއް ބެލުމަށެވެ.

" އަސަދުއާ ބައްދަލުކުރާނަންތަ؟.. " ރައުލް އަހާލިއެވެ. އަސަދު ދައްކަން އުޅޭ ވާހަކަ އޭނާއަށް ކޮންމެވެސް ވަރަކަށް ފަހުމް ވިއެވެ.

ނޭނގެ.. ރައުލް ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް..". ސާޔަ އެދުނީ ރައުލްގެ އެހީއަށެވެ.

" ލުކް ސާޔޫ... ޔޫ ވިލް ޗޫޒް.. އަހަރެން ނުބުނާނަން ނުދާން.. އެކަމަކު ދާން ވެސް ބުނެވޭކަށް ނެތް.. އަސަދުގެ ފަރާތުން ސާޔާއަށް ކުރިމަތިވި ހިތްދަތިކަމަށް އަނބުރާ ދާން ނުޖެހޭނެ ކަމުގެ ޔަޤީންކަން ދެން.. އެކަމަކު އެބުނާ ހަޤީޤަތަކީ އެނގުމަށްވުރެ ނޭގުންވެސް މާ ރަނގަޅު ކަމަކަށް ވެދާނެ... ވަގުތާއެކީ ސާޔޫއަށް ވެސް ހުރިހާ ކަމެއް ވެސް އެނގޭނެ...".. ރައުލް ބުންޏެވެ. ސާޔާ ކައިރިން އަސަދުއާ ބައްދަލު ކުރަން ނުދާށޭ ބުނަން ބޭނުންވިޔަސް ރައުލް އިނީ ހިމޭނުންނެވެ.

ސާޔާ ރައުލްއަށް ބަލާލިއެވެ. ހިތުގައި އުފެދުނު ސުވާލު ރައުލްއާއި ކުރުމަށް ހިތަށް އެރިނަމަވެސް ޖެހިލުންވިއެވެ. އެހެންކަމުން އޭނާ އަނގަ ހުޅުވުމަށްފަހު ވެސް އިހްތިޔާރު ކޮށްލީ ހިމޭންކަމެވެ.

" ވާހަކައެއް ބުނަން ބޭނުންވެފަ ދޯ..."..ރައުލް ކުޑަ ހިނިތުންވުމަކާއެކު ބުނެލުމުން ސާޔާ ވެސް ހީލަމުން ބޯ ޖަހާލިއެވެ.

" ކީއްވެ އެއްވެސް މީހަކު ރައުލްގެ މަންމައަށް އަހަރެން އިންޓްރޮޑިއުސް ނުކޮށްދޭން އުޅެނީ.. މިހާރު މީ ކުޑަކުއްޖެއް ނޫން.. ކަންކަން ދެނެގަނެވޭ.. ރައުލްގެ ޕޭރެންޓްސް އައި ފަހުން މި އެޕަރޓްމެންޓުން ނުކުތުން ފާޑަކަށް މަނާވެފަ އޮންނަހެން ހީވަނީ.. އޮނެސްޓްލީ.. އައި ޑޯންޓް ނޯ ވައި.. ބަޓް އައި ވޯންޓު ސީ ހަރ ޓޫ.. ހުންނަ ގޮތް ބަލާލަން ބޭނުން.. މި ފެމިލީ އެންމެންވެސް ވަރަށް ރަނގަޅު.. މިއީ އަމިއްލަ އާއިލާކަމުގައި ދެކެވޭ.. ރައުލް މަންމައާ ބައްދަލުނުވިޔަސް އައި ފީލް އެ ކަނެކްޝަން.. އިޓްސް ވިއަރޑް.. މޭބީ ބިކޯޒް މަލިކާ އާންޓީ އެންޑް މަލާން އާންޓީ ވެސް އެހާ ރަނގަޅުވީމަ.. ހީވަނީ ރައުލްގެ މަންމަވެސް ހަމަ އެހާ ރަނގަޅުވާނެއޭ..".. ސާޔާ ހިޔާލަކަށް ގެއްލިފައި އިނދެ ދައްކަމުން ދިޔަ ވާހަކަތަކުން ރައުލް ހައިރާންވިއެވެ. އޭނާ އިސްޖަހާލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

"ނޫން.. މަންމައާއި ސާޔޫ ބައްދަލުނުކޮށްދޭން އުޅެނީ އެއް ނޫން.. ވެލް.. މޭބީ ޔޫ ހެވެންޓް ހަރޑް އޮފް ލާރާ.. އޯރ ހޭވް ޔޫ؟..".. ރައުލް އަހާލީ މަޑުމަޑުންނެވެ. އޭނާގެ ނަޒަރު ސާޔާގެ މޫނަށް އަމާޒުވެފައިވީ ގޮތުން ސާޔާގެ ޖަވާބަކަށް އިންތިޒާރުކުރާކަން ދޭހަވެއެވެ.

" ލާރާ.. ލިއަމްގެ ވައިފްދޯ..".. ސާޔާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުމާއެކު ބުނެލިއެވެ. އެއާއެކު ރައުލް ބޯޖަހާލިއެވެ. ލިއަމްގެ ފަރާތުން ސާޔާއަށް އަލާރާގެ ވާހަކަ ކޮންމެވެސް ވަރަކަށް އެނގިފައި އޮތީކަން ރައުލް އަށް އެނގުނެވެ.

" ސާޔޫއަށް ކިހާވަރަކަށް ލާރާއާ ބެހޭ ގޮތުން އެނގޭތަ؟...".. ރައުލް އަހާލިއެވެ.

" ނަތިންގް މަޗް.. ހަމައެކަނި އެނގެނީ އެއީ ލިއަމްގެ ވައިފްކަން.. އެންޑް ދެން ޝީ ޑައިޑް.. އެކްސިޑެންޓްގަ...".. ސާޔާ ބުނެލިއެވެ. އޭނާގެ ޖަވާބުން ރައުލްއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

" ލާރާ އެއީ .. ޝީ އިޒް އަވަރ ސިސްޓަރ.. ރާސިލް... އަހަރެން.. ލާރާ.. ވީ އަރ ސިބްލިންގްސް.. " އެހިސާބަށް ބުނުމަށްފަހު ސާޔާގެ ފަރާތުން އެއްވެސް ކަމެއް ފާހަނގަވޭތޯ ރައުލް މަޑުކޮށްލިއެވެ. ނަމަވެސް މޫނުން ފެނުނު ހައިރާންކަން ފިޔަވާ އިތުރު ކުލަވަރެއް ރައުލްއަށް ފާހަނގަނުކުރެވުނެވެ.

" ލާރާ އެއީ ފެމިލީގެ ހުރި ހަމައެކަނި އަންހެންކުއްޖާ... މަންމައާއި ބައްޕަ ލާރާދެކެ ވަރަށް ލޯބިވާނެ.. ވީ އޯލް ލަވްޑް ހަރ.. މޯރ ދެން.. އެނީ ވަން.. އެނީތިންގް.. އެއީ މަންމަގެ ފުރާނަ ފަދަ ކުއްޖެއް.. ބަޓް އާފްޓަރ ދި އެކްސިޑެންޓް.. ވީ ލޮސްޓް ހާރ.. އެކަމުން އެންމެ އަސަރު ކުރީ މަންމައަށް.. އަމިއްލަ ގެއާއި ޤައުމު ދޫކޮށް މަންމަ ފުރައިގެން ދިޔައީ.. އެކަމަކު މިހާރު މަންމަ ބޭނުންވޭ އަލުން ދިރިއުޅުމާއި ކުރިމަތިލާން. އެންޑް ދެޓްސް ވައި.. ވީ ކާންޓް ލެޓް ޔޫ މީޓް ހަރ... ލާރާގެ އުމުރުގެ އަންހެންކުއްޖަކު ފެންނައިރަށް މަންމަ ސަކަރާތްވޭ.. އަދި ކޮންމެވެސް ދުވަހަކުން ސާޔޫ މަންމައާ މީޓް ކޮށްދޭނަން.. "... ރައުލް ދައްކަމުން ދިޔަ ވާހަކަތަކުން ސާޔާ ދެރަވިއެވެ. އަޔާނާގެ ހަނދާންތައް ކޮންމެވެސް ވަރަކަށް އާވުމުންނެވެ.

" ސޯ.. ސާޔޫ ދާނަންތަ އަސަދުއާ ބައްދަލުކުރަން...".. ރައުލްގެ ހިތުގައި ނޭނގޭ ނުތަނަވަސްކަމެއް އެކަމުން އުފެދިފައިވިއެވެ. އެއްވެސް ގޮތަކަށް ސާޔާއާއި އަސަދު ބައްދަލުވާން ރައުލް ނޭދެއެވެ. އެ ނުލަފާ މީހާއާއި ސާޔާ ކައިރިވުން ވެސް އެއީ ރައުލް ރުހޭނެކަމެއް ނޫނެވެ.

" "އަހަރެން ... އަދި ނޭނގެ.. ބައްދަލުކުރަން ޖެހިލުންވޭ..، އެކަމަކު މިހާރު އަހަރެންގެ ހިތުގަވެސް ސުވާލު އުފެދިއްޖެ.. ." ސާޔާ ބުނި ވާހަކަ ރައުލް ޤަބޫލު ކުރިއެވެ.

" އަސްލު ކޮން ވާހަކައެއް އެނގެން ސާޔޫ އެނގެން ބޭނުންވެގެން ތި އުޅެނީ.. ހީވޭތަ އަސަދުގެ ފަރާތުން ތި ބޭނުންވާ ކަމެއް އެނގިދާނެހެން..".. ރައުލް އަހާލިއެވެ. ނަމަވެސް އެއަށް ސާޔާ ވަކި އެއްޗެއް ނުބުންޏެވެ.

***************************

ކޮންސްޓްރަކްޝަން ސައިޓުން އައި އިރު ލަސްވެފައި ހުރުމުން ރާސިލް އެދުނީ އެރޭގެ ތަންކޮޅެއް ލަސްގަޑިއެއްގައި ބައްދަލުކުރުމަށެވެ. އެގޮތަށް ބީކާލްވެސް ރުހުނެވެ. ކޮންމެ ވަގުތެއް ނަމަވެސް ރާސިލް އޭނާއާ ބައްދަލުކުރަން އަންނަނިކޮށް އޭނާއަށް ހެވެވެ.

އަތު ތެރޭގައި ފޯނު ހިފަހައްޓާލަމުުން ކައިރީގައި އިން ޔަލާގެ މޫނަށް ރާސިލް ބަލާލިއެވެ. އެ މޫނުގައިވީ ނުތަވަނަސްކަން ރާސިލްއަށް ސިއްރެއް ނުވިއެވެ. އެހެންކަމުން ޔަލާގެ އުނގަނޑުގައި އަތް އަޅުވާލަމުން ގެނެސް ކައިރިކޮށްލަމުން ނިތްކުރީގައި ރާސިލް ބޮސްދިނެވެ.

" ޑޮންޓް ވޮރީ ހަނީ... ބައްޕައަށް އަންޑަރސްޓޭންޑް ވާނެ.. ޔަޤީން ކިރާޒް ފެނިގެން މަންމައަށް ޝައްކުވާނީ... ޔަލް އަށް ވެސް އެނގެއެންނު އުމުރަށް މިގުޅުން ސިއްރުނުކުރެވޭނެކަން.. މިހާރު ނަވާވެސް ޝައްކު ކުރޭ.. ޔަލްގެ މަންމައާއި ބައްޕަ މި ގުޅުމަށް ރުހޭގޮތަށް އާއިލާ އެހެންމީހުން ވެސް އޯކޭ ވާނެ.. ޓްރަސް މީ ލަވް.. އައި ވިލް މޭކް އިޓް ރައިޓް...".. ޔަލާގެ މޫނުގައި ދެފަރާތުން ހިފަހައްޓަމުން ރާސިލް ނަޒަރު ސީދާކޮށްލިއެވެ. ރާސިލްގެ ވާހަކަ ޤަބޫލުކޮށް ޔަލާގެ ބޯ ޖަހާލިއެވެ. ނަމަވެސް އެ ހިތުގައި ބިރުވެރިކަން ވިއެވެ. ހާއްސަކޮށް މެލެކް އެކަމަަށް ރުހޭނެތޯއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރާސިލްގެ މޭގައި ޔަލާ ބޯއަޅާލީ އިތުރަށް ވިސްނަން ބޭނުންނުވާތީއެވެ. އޭނާ ރާސިލްއަށް އިތުބާރުކުރެއެވެ. އެހެންކަމުން ރާސިލް ބުނިގޮތަށް އޭނާ އެކަން ހަމައަކަށް އަޅުވާނެކަން ޔަލާ ޤަބޫލުކުރިއެވެ.

************************

ރެސްޓޯރެންޓުގެ ކޮންސްޓްރަކްޝަން ސައިޓުގެ މަސައްކަތް ކުރިއަށް ދާގޮތް ބެލުމަށްފަހު ގެއަށް އައި ގޮތަށް ލިއަމް ވަނީ ކޮޓަރިއަށެވެ. އޭގެ އިރުކޮޅެއްފަހުން ނުކުތް އިރު އެ އިސްތަށިގަނޑުގައިވީ ތެތްކަމާއި ދުވަން ފެށި ޝަވަރްޖެލް ވަހުން އެ އައީ ފެންވަރައިގެންކަން އެނގެއެވެ. މުޅި ދުވަހު ސާޔާ ނުފެނި އުޅުމަށްފަހު ސާޔާ ދެކިލުމުގެ އެދުން އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ލިއަމްގެ ހިތުގައި ވިއެވެ. އެހެންކަމުން އަވަސް އަރުވާލަފައި ގޮސް ލިއަމް ސާޔާމެން އެޕަރޓްމެންޓް ދޮރުމަތީ ހުއްޓިލިއެވެ. ޓަކި ޖަހަން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލުމަށްފަހު އޭނާ ތަޅުގައި ހިފައި އަނބުރާލިއެވެ. ފަސޭހަކަމާއެކު ދޮރު ހުޅުވިގެން ދިޔުމުން ލިއަމް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ކިތަންމެ ވަރަކަށް ބުންޏަސް އެ އާދަ ބަދަލުވާނޭ ލިއަމްގެ ހިތެއް ނުބުންޏެވެ.

" އައި މިސްޑް ޔޫ ރެޕަންޒެލް...".. ސިޓިންގްރޫމުގައި އިން ސާޔާ ފެނުމުން ލިއަމްއަށް ހިތާއި ހިތުން ބުނެލެވުނެވެ. އިސްއުފުލާ ބަލާލެވުމާއެކު ކުރިމަތީގައި ހުރި ލިއަމް ފެނުމުން ސާޔާ ހިނިތުންވެލިއެވެ. އަދި އޭނާ ގެންގުޅުނު އަލްބަމް ލައްޕާލިއެވެ. އެއާއެކު ލިއަމްގެ ސަމާލުކަން އެއަށް ހުއްޓުނެވެ.

" އަހަންނަށް ފޮރުވަންތަ ތި ލައްޕާލީ... ".. ސާޔާ ކައިރީގައި އިށީންނަމުން ލިއަމް އަހާލީ ހިނިއައިސްފައެވެ. އޭނާ އިށީނުމުން ސާޔާ އެެތެރެއަށް ނޭފަތް ދަމާލިކަން އެނގުމުން ލިއަމްގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އެއާއެކު އޭނާ ކޮންމެވެސް ލާނެތް އެއްޗެކޭ ބުނެލީ ސާޔާގެ ކަންފަތް ކައިރީގައެވެ.

" ލިއަމްމްމްމްމް......"... ވަގުތުން ސާޔާ ތުންކޮޅު އަނބުރާލަމުން ލިއަމްއާ ދުރަށް ޖެހިލިއެވެ. ހިނިގަނޑެއް ޖަހާލަމުން ލިއަމް ކޮފީޓެބަލް މަތީގައި އޮތް އަލްބަމް ނެގިއެވެ. އެ އަލްބަމްގައި މުޅިންވެސް ހުރީ އަންހެނެއްގެ ފޮޓޯ ތަކެކެވެ.

" ދެޓްސް މައި މޮމް.. އަޔާނާ..."... ލިއަމް ސުވާލުކުރުމުގެ ކުރިން ސާޔާ އޮޅުންފިލުވައިދިނެވެ. ސާޔާއަށް ބަލާލަމުން ލިއަމް ބުމަ އަރުވާލިއެވެ. އެމޫނުން ކުޑަ ނުތަވަސްކަމެއް ފާޅުވީ ސާޔާއަށް އޭނަގެ ހަޤީޤަތް ނޭނގި އޮތުމުންނެވެ.

" ކޮބާ ބައްޕަ؟..".. ލިއަމްގެ ސުވާލާއެކު ސާޔާގެ ހަރަކާތްތަކަށް ކުޑަ ލަސްކަމެއް ވެރިވިއެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު ސާޔާ އަލްބަމް އަތުލިއެވެ. އަދި ދެފޮޓޯ ދޭތެރެއަށް ލާފައި އޮތް ފޮޓޯއެއް ނަގައި ލިއަމް އަށް ފެންނާނެ ގޮތަށް މޭޒުމަތީގައި ބޭއްވިއެވެ.

އެ ފޮޓޯގައި ހުރި މީހާ ފެނުމުން ލިއަމްގެ ބުމަ ކައިރިވިއެވެ. އޭނާ ސުވާލުގެ ނަޒަރަކުން ސާޔާއަށް ބަލަން އިނުމަށްފަހު އެ ފޮޓޯގަނޑު ނެގިއެވެ. އަދި ފަރުވާތެރިކަމާއެކު ފޮޓޯއަށް ބަލަން އިނެވެ.

" ދިސް މެން؟.. ކުރިން ދުވަހު ފެނުނު މީހާ އެންނު.. ".. ލިއަމް އިނީ ޤަބޫލު ނުކުރެވިފައެވެ. އެދުވަހު ސާޔާ ބިރުން އުޅުނު ގޮތް އަދިވެސް ލިއަމްއަށް ސިފަވެއެވެ. ލިއަމްގެ ސުވާލަށް ސާޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ލިއަމް އަތުން ފޮޓޯ ނެގުމަށްފަހު ކުރިން ވެސް އޮތް ތަަނަށް ސާޔާ ފޮޓޯ ލުމަށްފަހު އަލްބަމް ލައްޕާލިއެވެ.

" ސާޔާ.. އާންސަރ މީ..". ސާޔާއާ ނަޒަރު ސީދާކޮށްލަމުން ލިއަމް ބުނެލިއިރި އެ އަޑު ފުދޭވަރަކަށް ބާރުވިއެވެ.

= ނުނިމޭ=

 

  1. ވަރަށް ރީތި

  2. ަލަކީ

    ސަޅި…. ކޮންމެ ދުވަހަކު އަޕް ނުވާތީ ކަޑަ އީ