ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ދިސް މެން؟.. ކުރިން ދުވަހު ފެނުނު މީހާ އެންނު.. ".. ލިއަމް އިނީ ޤަބޫލު ނުކުރެވިފައެވެ. އެދުވަހު ސާޔާ ބިރުން އުޅުނު ގޮތް އަދިވެސް ލިއަމްއަށް ސިފަވެއެވެ. ލިއަމްގެ ސުވާލަށް ސާޔާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ލިއަމް އަތުން ފޮޓޯ ނެގުމަށްފަހު ކުރިން ވެސް އޮތް ތަަނަށް ސާޔާ ފޮޓޯ ލުމަށްފަހު އަލްބަމް ލައްޕާލިއެވެ.

Ads by STELCO

" ސާޔާ.. އާންސަރ މީ..". ސާޔާއާ ނަޒަރު ސީދާކޮށްލަމުން ލިއަމް ބުނެލިއިރި އެ އަޑު ފުދޭވަރަކަށް ބާރުވިއެވެ.

***************************

އިސްޖަހާލަމުން ސާޔާ ލިއަމްއާ ނަޒަރު ވަކިކޮށްލީ ނުތަވަސްކަން ވެރިވުމުންނެވެ. އެ ހަޤީޤަތް ދުލުން ހާމަކުރާނޭ ހިތްވަރެއް އޭނާގެ ނެތެވެ. ލިއަމްއަށް ހަޤީޤަތް އެނގުމުން އޭނާ މަތިން ފޫހިވެދާނޭ ކަމުގެ ބިރު ސާޔާގެ ހިތުގައި އުފެދުނެވެ. ދިރިއުޅުމުގައި އެފަދަ ލޯތްބެއް އިހްސާސް ކުރުމުގެ ފުރުސަތު އޭނާ އަށް ލިބުނީ ލިއަމްގެ ފަރާތުންނެވެ. އެހެންކަމުން އެ ހަޔާތުން ލިއަމް ބީވެގެން ދާން ސާޔާ ނޭދެއެވެ.

ސާޔާގެ މޫނުން ފާޅުވާންފެށި ނުތަވަަސްކަން ލިއަމްއަށް ސިއްރެއް ނުވިއެވެ. އެ ފިރިހެންމީހާ އަކީ ކޮންމެވެސް ސިފައެއްގައި ސާޔާގެ ހަޔާތުގައި މުހިއްމު ރޯލެއް ކުޅެފައިވާ މީހެއްކަން ބުނަން ލިއަމްއަށް ޔަޤީނެވެ. ސާޔާގެ ދުލުން އެއީ ބައްޕަ ކަމުގައި ބުންޏަސް އެއީ ހަމައެކަނި ދުނިޔޭގެ ލޯތަކަށް އެކަން އޮތްގޮތްކަން ވެސް ލިއަމް އަށް ސިއްރުވެފައި ނެތެވެ. އެހެންކަމުން އެ މީހާދެކެ ސާޔާ އެހާ ޖެހިލުންވާންވީ ސަބަބު ލިއަމް އެނގެން ބޭނުންވިއެވެ.

" އަހަންނަށް އެނގޭ މީހަކު ނުބުންޏަސް އަހަރެންގެ ނަފްސުގެ ނަޖިސްކަން... އަަހަރެން ނުބުނަން އަހަންނަކީ އިއްފަތްތެރި އަންހެނެކޭ.. އެކަމަށް ހާސްފަހަރު ތައުބާ ވިޔަސް އަހަރެންގެ އިއްފަތްތެރިކަން އެނބުރި ނުލިބޭނެކަން ވެސް އެނގޭ.. މީގެ ކުރިން ވެސް އަހަރެންގެ ރުހުމުގަ ނޫން.. އަހަރެންގެ އާރެއް ބާރެއް ނެތްކަން ހަނދާން ކޮށް ނުދިނަސް އެކަން ހަނދާނެއް ނުނެތޭނެ..".... މާ ދުރު ހަނދާނެއް ކުއްލިއަކަަށް ލިއަމްގެ ސިކުނޑިއަށް ވެރިވިއެވެ. ސާޔާއާ ދިމާލަށް އޭނާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެ ލޮލުގައިވީ ސިހުމާއި މޫނުގައިވީ ނުތަވަސްކަން ބުނެދެން އުޅޭ ވާހަކަ ލިއަމްއަށް ފަހުމްވި ކަހަލައެވެ. އަސަދު ފެނިފައި ސާޔާއަށް އައި ބަދަލުވެސް ލިއަމް ހަނދާންކޮށްލިއެވެ. ދަތްކުނޑި ވިކާލެވުނީ ދެނެވެ. މުށްކެވުނު ދެއަތް ބާރުކޮށްލެވުމާއެކު ލިއަމްގެ ބުމަ ގޮށްޖެހުނެވެ.

" ވަޓް ދި ހެލް... ހީ ... ހީ ޓަޗްޑް ޔޫ...".. ކޮޅަށް ތެދުވެވުމާއެކު އިސްތަށިގަނޑު ތެރެއަށް ލިއަމް އަތްމަހާލިއެވެ. ދެފަރާތަށް ހިނގަންފެށީ އައިސްފައި ހުރި ރުޅިގަނޑު ފިނިކުރެވޭތޯއެވެ. ދެލޯ މަރައިގެން އިރުކޮޅަކު ހުރުމަށްފަހު ލިއަމް އައިސް ސާޔާ ކައިރީ އިށީނދެ އެ ހަށިގަނޑު ގެނެސް ބައްދާލިއެވެ. ސާޔާއާ މެދު ކުރިން ކަންތައް ކުރެވުނު ގޮތުން އިތުރަށް ނަފްސު ކުށްވެރި ކުރެވުނު ހިނދު ލިއަމް އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

" އައިމް ސޯ ސޮރީ ރެޕަންޒެލް.. އައި ޑިޑިންޓް މީން ޓު ހާރޓް ޔޫ އައި ޕްރޮމިސް...".. ހަރަކާތެއް ކޮށްލުމެއްނެތި ލިއަމް މަޑުމަޑުން ބުނެލިއެވެ. މަޑުމަޑުން ސާޔާ ބޯޖަހައިލިކަން ލިއަމްއަށް އިހްސާސް ކުރެވުނު ހިނދު ކުޑަކޮށް ދުރަށް ޖެހިލިއެވެ. ނަމަވެސް ސާޔާގެ އަތުގައި ލިއަމް ހިފަހައްޓައިގެން އިނެވެ. އިސްޖެހިފައިވާ ސާޔާގެ މޫނުގައި ހިފައި ލިއަމް އޭނާއާއި ނަޒަރު އަމާޒުވާނޭހެން މައްޗަށް ނެގިއެވެ. އަދި ނުހަނު ލޯބިން އެ ދޮން ކޯތާފަތުގައި އިނގިލިތަކުން ފިރުމާލިއެވެ.

" ވަޓް ހެޕެންޑް ... ޓެލް މީ އެވްރީތިންގް.."... ލިއަމްގެ އަޑުގައިވީ އޯގާތެރިކަމާއި މަޑުމައިތިރިކަމުން ސާޔާގެ ލޯ ތެންމާލިއެވެ. އެ ވާހަކަތައް ދެއްކުން އޭނާއަށް ފަސޭހަކަމެއް ކަމުގައި ނުވިޔަސް ފުރަތަމަ ފަހަރަށް ލިއަމްގެ ކުރިމަތީގައި އެ ހިތްދަތި ދިރިއުޅުމުގެ ފަސާނާ އިއްވައިދިނެވެ.

" ލިއަމް.. އައި އެއް އެ ޑިސްގަސްޓިންގް ވިމެން... އައި ޑޯންޓް ހެވް އެނީތިންގް ޓު ގިވް.. މި ނަފްސުގެ ޠާހިރުކަމެއް ނެތް... ނޯ ވަން ވުޑް ވޯންޓް ސަމްވަން ލައިކް މީ... އެކަން އަބަދުވެސް ހަނދާން ހުރޭ.. އައި ރިމެމްބަރ ހައު މަޗް އައި ކްރައިޑް.. އާދޭސް ކުރިން.. މިދުނިޔެއިން ނެތިދިޔުންވެސް މާރަނގަޅޭ ހިތަށް އެރި... "... ސާޔާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވީ ލިއަމް ގެނައި ހަރަކާތަކުންނެވެ.

އިރުކޮޅަކުން ލިއަމް އޭނާގެ މޫނު ދުރުކޮށްލި އިރު އެ ތުންފަތަށް ވެރިވެފައިވީ ލާނެތް ހިނިތުންވުމެކެވެ. މަޑުމަޑުން ތުންފަތުގައި އަތް ޖައްސާލި ގޮތަށް ހުއްޓުން އަރާފައި ސާޔާ އިންތަން ފެނުމުން ލިއަމް ހޭންފެށިއެވެ. އެއާއެކު ސާޔާ ވަގުތުން އިސްޖަހާލިއެވެ. ނަމަވެސް އެ މޫނަށް ވެރިވި ރަތްކަން ލިއަމް އަށް ފެނުނެވެ.

" އެހެންމީހަކު ސާޔޫ ބޭނުން ނުވިއްޔާ ރަނގަޅީ.. އައި ވޯންޓް ޔޫ ފޯރ ޝުއަރ.".. އެއް ލޯ މަރާލަމުން ލިއަމް ބުނެލިގޮތުން ސާޔާ ދެލޯ ބޮޑުކޮށްލަމުން ބަލާލިއެވެ. އޭނާ ވަގުތުން ގޮސް އިށީނީ ލިއަމްއާ ވަކިން ދުރުގަ ހުރި ސޯފާގައެވެ.

އިރުކޮޅަކުން ފިލްމެއް ބެލުމުގެ ހިޔާލު ލިއަމް ދިނެވެ. ސާޔާ ވެސް އެ ހިޔާލަށް ތާއިދުކުރުމުން ލިއަމް ފިލްމެއް އެޅުވިއެވެ. ލިއަމްގެ އެދުމަށް ސާޔާ ފަހުން އައިސް ލިއަމް ކައިރީގައި އިށީނެވެ. ފިލްމެއްގެ މެދަކާއި ހިސާބަށް ދިޔައިރު ސާޔާއަށް ދެލޯ ހުޅުވައިގެން އިނުން ދަތިކަމަކަށް ވިއެވެ. ލިއަމް ވެސް އިރުއިރުކޮޅާ އާފުރޭ ގޮތުން ނިދަން ބޭނުންވެފައި އިންކަން އެނގެއެވެ. އެހެން ތިބެފައި ކުރިން ނިދީ ކާކުކަމެއް ނޭނގެއެވެ. ލިއަމްއަށް ހޭލެވުނު އިރު އޭނާގެ ކޮނޑުގައި ބޯ އަޅައިގެން ސާޔާއަށް ނިދިފައި އޮތެވެ. އޭރު ފިލްމް ނިމިއްޖެއެވެ. މަޑުމަޑުން ސާޔާ ދުރުކޮށްލުމަށްފަހު ގޮސް ލިއަމް ޓީވީ ނިއްވާލިއެވެ. އަދި ސާޔާގެ ކޮޓަރިން ގެނައި ރަޖާ ފަތުރާލަމުން ސާޔާ އޭނާއާއި ކައިރިކޮށްލިއެވެ. އެ ރީތި މޫނަށް ނަޒަރު ހުއްޓައިގެން އޮތް އިރު ލިއަމްގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ. ސާޔާގެ މޫނަށް އެޅިފައި ހުރި އިސްތަށިތައް ދުރުކޮށްލުމަށްފަހު ލިއަމް އޭނާގެ ނިތްކުރީގައި ބޮސްދެމުން ގަޔާއި ކައިރިކޮށްލިއެވެ.

" އައި ލަވް ޔޫ މައި ރެޕަންޒެލް.... " ލިއަމް މަޑުމަޑުން ބުނެލިއެވެ.

**************************

އާ ދުވަހަކަށް ދުނިޔެމަތި އަލިވަމުން އައިއިރު ނަވާރް އުޅެނީ ހޭލައެވެ. ސާޔާ ހޭލައި ނޫޅޭތީ ނަވާރް ނޫން އިތުރު މީހެއް އެޕަރޓްމެންޓްގައި ނެތެވެ. ބަދިގެއަށް ވަދެ ނަވާރް ތައްޔާރު ކޮށްލީ އައިސް ކޮފީއާއި ސޭންޑްވިޗެވެ. ނިކަން އަވަހަށް ސައިބޮއެގެން އޮފީހަށްދާން އޭނާ ތައްޔާރުވިއެވެ. ކޮޓަރިން ނުކުތުމުގެ ކުރިން ފަހު ފަހަރަށް އޭނާގެ ސޫރައަށް ލޯގަނޑުން ބަލާލިއެވެ. ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވިފައި ހުރުމުން ނަވާރްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނާ ގުޅާލީ ރައުލްއަށެވެ.

މާގިނަ އިރުތަކެއްނުވެ އެޕަރޓްމެންޓްގެ ދޮރުގައި ބެލް ޖަހާލި އަޑު އިވުނެވެ. ނަވާރް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ރައުލް ހުއްޓެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ބަސްހުއްޓުނެވެ. އޮފީސް ހެދުމުގައި ރައުލްގެ ރީތިކަން އެތަށް ގުނައެއް ފުރިހަމަކަމަށް ނަވާރް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ.

"ލުކިންގް ޕަރފެކްޓް.. " ހިނިތުންވެލަމުން ރައުލް ބުނެލިއެވެ. ނަވާރް ރަކި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ދޮރު ކައިރީގައި ހުރި ބޫޓަށް އެރިއެވެ.

ދެޒުވާނުން އެކުގައި ލިފްޓުން ތިރިއަށް ފޭބިއިރު ލިއަމް ވެސް ތިރީގައި ހުއްޓެވެ. އެއާއެކު ނަވާރްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ މާނަ އެނގުނު ހިނދު ނަވާރްއާ ދިމާލަށް ކަޅި އަޅާލަމުން ލިއަމް އެދިމާލަށް އައެވެ.

" ކޮބާ ؟".. ލިއަމް އަހާލީ ދެލޯ ހަނިކޮށްލަމުންނެވެ. ނަވާރް އަތުގެ އިޝާރާތުން ކޯއްޗެއްހޭ އަހާލުމުން ލިއަމް އަނގަޔަށް ގޮތެއް ހަދާލިއެވެ.

" ޔަޤީން ރޭގަ ފޮޓޯ ނަގާނެކަން.. ނަވާ ހީކުރީ އަހަރެން އޮތީ ނިދާފަ ކަމަށް ދޯ... ރެޕަންޒެލްއާ ދިމާނުކުރާތި އަހަންނާ ދިމާކުރިޔަސް..".. ލިއަމް އިންޒާރެއް ފަދައިން ބުނެލުމުން ނަވާރް ނުހިފެހެއްޓިގެން ހޭން ފެށިއެވެ. އަދި ފޯނު ނަގުމަށްފަހު ރޭގައި އޭނާ ނެގި ލިއަމްއާއި ސާޔާގެ ފޮޓޯ ރައުލް އަށް ދައްކާލިއެވެ.

" ބްރޯ.. ހާދަ ކުރިއަށް ތި ޖައްސާލީ..".ރައުލް ވެސް ފޮޓޯ ފެނިފައި ހޭންފެށި ގޮތުން ލިއަމް ކުޑަކޮށް ލަދުގަތެވެ. ނަމަވެސް މޫނުން އެ ކުލަތަށް ނުދައްކާ ލިއަމް ކުރި ހޯދިއެވެ.

ނަވާރް އަތުން ފޯނު އަތުލުމަށްފަހު ލިއަމް އެ ފޮޓޯ ޑިލީޓް ކޮށްލީ އޭނާއަށް ޓެލެގްރާމް ކުރުމަށްފަހުއެވެ. ދެން އަވަސް ހަރަކާތަކާއެކު ގޮސް ލިފްޓަށް އެރީ އޮފިހަށް ދިޔުމަށެވެ.

***************************

ލޯ ހުޅުވާލެވުމާއެކު ފުރަތަމަ ވެސް ރާސިލް އަށް ބަލާލެވުނީ ކައިރީގައި އޮތް ފޯނަށެވެ. ސިހިފައި އޭނާ ތެދުވިއިރު ނުހަނު ހާސްވެއްޖެއެވެ. ބީކާލްގެ އެތަށް ކޯލެއް މިސްވެފައި ހުއްޓެވެ. ރޭގައި ނިދުނު ގޮތަށް އަދި ހޭލެވުނީއެވެ. ބީކާލްއާ ބައްދަލުކުރަން ދާން ބުނެފައި އޭނާއަށް ނިދުމުން ރާސިލް ނުހަނު ދެރަވިއެވެ. ކައިރީގައި ނިދާފައި އޮތް ޔަލާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު ރާސިލް ދެން ޖެހިލީ ކުޑަ އެނދުގައި ނިދިފައި އޮތް ކިރާޒް ކައިރިއަށެވެ. ނުހަނު ލޯބިން ކިރާޒްގެ ކޮލުގައި ފިރުމާލުމަށްފަހު ގޮސް ފާހާނާއަށް ވަދެ ފެންވަރާލިއެވެ. އޮފީހަށް ދާން ތައްޔާރުވާން ހުރި އިރު ޔަލާ ހޭލައިގެން ގޮސް ސައިބޯން އެއްޗެއް ތައްޔާރުކޮށްލިއެވެ.

އޮފީސް ހުންނަ ބަޔަށް ދާން އުޅެފައި ވެސް ރާސިލް ފިރިހެން ކުދިންގެ އެޕަރޓްމެންޓަށް ދިޔައީ އޭނާގެ ލެޕްޓޮޕް ނެގުމަށެވެ. އެޕަރޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވެދެވުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުވިއެވެ. ސޯފާގައި އިށީނދެއިން ބީކާލްގެ ނަޒަރު ސީދާވެފައި ވީ ރާސިލްއާއެވެ.

= ނުނިމޭ=

Ads by Ooredoo
  1. މަރީ

    ވަރަށް ރީތި

  2. ޥަރައްް ރީީތިި ކިޔާހިތުންް އިންދަަ މިނިމުނީ