ޚަބަރު އިޖުތިމާޢީ

ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންނަށް އޮޅުވައިލައިފި: އެމްޓީޔޫސީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެލާނާ ބިލްޑިންގް / ފޮޓޯ: ދެން އިމޭޖްސް

މިނިމަމް ވޭޖު ދިނުމުގެ ނަމުގައި ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންނަށް އޮޅުވައިލައިފައިވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

އެމްޓީޔޫސީން ބުނީ ‏‏ވޭޖުބޯޑުގެ ނިންމުމަށް އިހުތިރާމުކުރުމެއް ނެތި، މިނިމަމްވޭޖު ދިނުމުގެ ނަމުގައި ސިވިލްސާވިސްގައި މަސައްކަތްކުރާ އެންމެހައި މަސައްކަތްތެރީންނަށް ސަރުކާރުން އޮޅުވައިލައިފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ނިގުޅައިގަނެވިފައިވާ މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި ކުރަން ޖެހުނު ހުރިހައި މަސައްކަތެއްކޮށް އަޑު އުފުލުމުގައި ޔޫނިއަނައިޒްވެ އައު ހިތްވަރާ އެކު އެކުގައި ކޮޅަށް ތެދުވުމަށް މަސައްކަތްތެރީންނަށް އެމްޓީޔޫސީން ގޮވައިލައިފައި ވެއެވެ.

އެމްޓީޔޫސީން މިފަދައިން ބުނެފައި ވަނީ 2022އިން ފެށިގެން ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ސަރުކާރުގެ މުވައްޒަފުންނަށް ދޭނީ އަސާސީ މުސާރައަށް އެއްވެސް އުނި އިތުރު ކުރުމެއް ނުގެނެސް، ފިކްސްޑް އެލަވެންސްއެއްގެ ގޮތުގައިކަމަށް ސިވިލް ސާވިސް ކޮމިޝަނާއި، ޕޭ ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން، 11،828 މުވައްޒަފަކަށް "މިނިމަމް ވޭޖް އެލަވަންސް" ދޭން ހަމަޖެހިފައިވާ ކަމަށެވެ.

Ads by HDC
  1. ޢަބްދުއްލަޠީފު

    މުސާރައައް އެބައި އިތުރު ނުކުރީ އިތުރު ގަޑީގެ އެލަވަންސޭ ކިޔާފަ ދޭއެތިކޮޅު ބޮޑުވާނެތީ އެހެންވިޔަ ނުދޭންވެގެން . ސިވިލްސާވިސް ގަ މަސައްކަތް ކުރާ 25000 އައް ވުރެ ގިނަ މުވައްޒަފުންގެ ތެރެއިން ވަކިބަޔަކަށް އިތުރު ކޮއްދިނުމަކީ އަނިޔާވެރިކަމުގެ އިންތިހާ. އޭ ﷲ މިއަނިޔާވެރިންގެ ނިމުން އަވަސް ކުރައްވާދޭ މަތިވެރި ﷲ.