ދުނިޔެ

ޕޯޗުގަލްއިން ކޮވިޑަށް ފައްސިވާ މީހުން އެކަހެރިވާން ޖެހޭ މުއްދަތު 7 ދުވަހަށް ބަދަލުކޮށްފި!

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕޯޗުގަލްއިން ކޮވިޑަށް ފައްސިވާ މީހުން އެކަހެރިވާން ޖެހޭ މުއްދަތު 10 ދުވަހުން ހަތް ދުވަހަށް ބަދަލުކޮށްފިއެވެ.

Ads by WAMCO

މި ފިޔަވަޅު އަޅައިފައި ވަނީ، ނުރައްކާތެރި އޮމައިކްރޯން ވޭރިއަންޓާ ގުޅިގެން ދިގު މުއްދަތަކަށް ކަރަންޓީން ވާން ޖެހޭ މީހުން ދުވަހެއް ދުވަހަކަށް ގިނަވުމާ ގުޅިގެންނެވެ. އަދި މި ނިންމުން ނިންމައިފައި ވަނީ އެހެން ގައުމުތަކުގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އެ ގައުމުގެ ހެލްތް އޮތޯރިޓީން ބުނެއެވެ.

"މި ނިންމުމަކީ އެހެން ގައުމުތަކުގެ ގައިޑްލައިންތަކާ އެއްގޮތް ނިންމުމެއް، އަދި މިއީ މިހާރު މެޖޯރިޓީ އޮތް ވޭރިއަންޓް، އޮމައިކްރޮންގެ އިންކިއުބޭޝަން ޕީރިއަޑަށް ރިއާޔަތްކޮށް، ޓެކްނިކަލް އަދި ބަރުދަން ލުއިކުރުމުގެ ނަތީޖާއެއްގެ ގޮތުން ނިންމި ނިންމުމެއް،" ޑީޖީއެސްގެ ހެލްތު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕޯޗުގަލްއިން މި ގޮތަށް ނިންމައިފައިވާ އިރު ސްޕެއިންއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވެސް މިފަދަ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. އެހެން ނަމަވެސް ބައެއް ތަންތަނުން ވަނީ އަލާމާތްތައް ނުފެނުނު ނަމަވެސް ސްޓާފުން އައިސޮލޭޓް ކުރަން ޖެހޭކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ޕޯޗުގަލްގެ ރަށެއް ކަމަށްވާ މެޑެއިރާއިން ވެސް ބުދަ ދުވަހު ވަނީ ސިމްޓޮމެޓިކް މީހުން ފަސް ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް ނިންމައިފައެވެ.

ޕޯޗުގަލްގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ވޭދަނަތައް ރެކޯޑް އަދަދަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު އެކަނި ވެސް 28،659 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!