މުނިފޫހިފިލުވުން

"ދަރަކަ"ގެ ޕޯސްޓަރުތައް ދައްކައިލުމުން ސީރީޒަށް ކުރެވޭ އިންތިޒާރު އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކަޒްމިކް އިންޓަނޭޝަނަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ދަރަކަ"ގެ މެއިން ޕޯސްޓަރާއި ކެރެކްޓަރ ޕޯސްޓަރުތައް ދައްކައިލުމުން، އެތައް ބައެއްގެ ހޫނު ތަރުހީބު އެ ސީރީޒަށް އިތުރަށް ލިބިއްޖެއެވެ.

Ads by MWSC

ގިނަ ތަރިންތަކެއް ފެނިގެންދާ "ދަރަކަ"އަކީ، އެތައް ބައެއްގެ މަގުބޫލުކަން ލިބުނު ކާމިޔާބު ފިލްމު "ބަވަތި"ގެ ޑައިރެކްޓަރ އިލްޔާސް ވަހީދު ވެސް ޕްރޮޑިއުސްކޮށްފައިވާ ވެބްސީރީޒެކެވެ. މި ސީރީޒް ޑައިރެކްޓު ކޮށްފައި ވަނީ މީގެ ކުރިން ބައެއް މަޝްހޫރު ލަވަތައް ޑައިރެކްޓުކޮށްފައިވާ އަޒްހާން އިބްރާހިމްއެވެ.

"ދަރަކަ"އަކީ ކްރައިމް ތްރިލަރއެކެވެ. ޖުމްލަ އަށް އެޕިސޯޑު ހިމެނޭ އެ ސީރީޒްގެ ޕޯސްޓަރުތަކާ އެކު ކަޒްމިކްއިން ދާދި ފަހުން މި ވަނީ އޭގައި ހަރަކާތްތެރިވާ އެކްޓަރުން ވެސް ހާމަކޮށްފައެވެ.

އެގޮތުން ދަރަކައިގައި ހަރަކާތްތެރި ވަނީ "ބަވަތި"ގައި ވެސް ކުޅަދާނަ އެކްޓިންއެއް ފެނިފައިވާ އަޙުމަދު އިފްނާޒް ފިރާގްއާއި، އަރަމުން އަންނަ ތަރި ވާޝިޔާ މުޙައްމަދުގެ އިތުރުން ސޫސަން މުޙައްމަދުފުޅު، އައިޝާ އަލީ، އިބްރާހިމް ޖިހާދު، އަލީ އުސާމް (ދޮނާ)، ނަތާޝާ ޖަލީލް، މުޙައްމަދު އަފްރާހް، އިސްމާއިލް ވަހީދު، ފާތިމަތު ވިސާމާ އަދި އަދުހަމް ލަޔާލް ގާސިމްއެވެ. ދަރަކައަކީ ވިސާމާ މި ދާއިރާއިން އަލަށް ފެނިގެންދާ ޕްރޮޖެކްޓުކަން ވެސް ކަޒްމިކްއިން ވަނީ ފާހަގަކޮށްފައެވެ.

"ދަރަކަ" ސްޓްރީމް ކުރާނެ ޕްލެޓްފޯމެއް މިހައިތަނަށް ކަޒްމިކުން ހާމައެއް ނުކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!