ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ސެހެރް...".. ދެލޯ ބޮޑުވެފައިހުރެ ސާޔާ ބުނެލިއެވެ.

Ads by STELCO

**********************

" ޝްޝް... މާ ބާރަށް ވާހަކަ ނުދައްކާ.. މި އަދި ސިއްރެއް.. ސެހެރް ބުނީ ދުބާއީ އިން އައިއްސަ އަދި އިތުރަށް ޑިސްކަސް ކުރާނީ އޭ ދިމާވެފަ..".. އައިރާ އިނީ ލަދުންނެވެ.

" އޯކޭ.. އޯކޭ.. ބަޓް އައި ކެނޮޓް ބިލީވް...ސޯ އެކްސައިޓިންގް..".. ސާޔާ އިނީ ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެންނެވެ.

ދެކުދިން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އައިރާ ނިންމަންޖެހޭ މަސައްކަތެއް ހުރުމުން އެތެރެއަށް ދާން ތެދުވިއެވެ. އޭނާގެ ފަހަތުން ސާޔާ ވެސް ދިޔައެވެ. އޭރު ލިއަަމް ކެބިން އިން ނުކުންނަނީއެވެ. ސާޔާއާއި އަރާ ހަމަވުމާއެކު އޭނާއާއި އެކު އައުމަށް ބުންޏެވެ. އިތުރު އެއްޗެއް ނުބުނެ ސާޔާ ގޮސް ލިއަމް އާއެކު ލިފްޓަށް އެރިއެވެ.

"ކޮންތާކަށް މި ދަނީ" ލިފްޓުގައި ހުރެފައި ސާޔާ އަހާލިއެވެ.

"އެއްޗެއް ކާން... މިތާ ކައިރީގަ ވަރަށް ސަޅި ތަނެއް ހުޅުވި ވާހަކަ ރައުލް ބުނި.. އެތަން ޓްރައި ކޮށްލަން ޖެހޭނެ އެންނު... " ލިއަމްއާ ގާތަށް ސާޔާ ދަމާލަމުން ބުނެލިއެވެ. ހިނދުކޮޅަކަށް އަސަދުއާ ބައްދަލު ކުރުމުގެ ހިޔާލު ސިކުނޑިއަށް ވެރިވި ނަމަވެސް ނިކަން އަވަހަށް ސާޔާ ދެ ފަރާތަށް ބޯހޫރުވާލިއެވެ. ލިފްޓު ހުޅުވުމާއެކު ދެ ޒުވާނުން އެކުގައި ނުކުތެވެ. ސާޔާ ވަކި އެއްޗެކޭ ނުބުނުމުން ދާނޭ ތަނެއް ކަނޑައެޅީ ލިއަމްއެވެ.

***************************

ޕާކުކޮށްފައި ކާރުން ރައުލް ފޭބިއެވެ. ކުރިއަށް ދެވެން އޮތް ހިމަމަގުން ގޮސް ޖެހިގެން އޮތް ގޯޅިއަށް އެޅުމަށްފަހު ރެސްޓޯރެންޓާ ރައުލް އަރާ ހަމަވިއެވެ. ނަވާރް ބައްދަލުކުރަން އެދުމުން އޭނާ އައީ ކުރިއަށް ވަގުތު އޮއްވައެވެ. ނަވާރް ބަލާ ދާން އުޅުމުން ނަވާރް އެދުނީ ރައުލް އެކަނި ދިޔުމަށެވެ. އެހެންކަމުން ނަވާރް އައުމުގެ ކުރިން ރެސްޓޯރެންޓުގައި ހުންނަން ރައުލް ބޭނުންވިއެވެ. ރެސްޓޯރެންޓުގެ މައި ދޮރު ދެފަރާތަށް ހުޅުވާލާފައި ހުރިއިރު ތިރީ ދެތިން ހަރުފަތް ގިރާކޮށް މައްޗަށް އަރަންވިއިރު ރައުލް ޖީބުގައި އޮތް ފޯނު ނެގިއެވެ. އެތެރެއަށް ރައުލް ވަންއިރު ހަރަކާތްތެރިވަމުންދިޔަ ވެއިޓަރުންނާއި މޭޒުދޮށުގައި ތިބި ދެތިން މީހަކު ފިޔަވައި އިތުރު ބަޔަކު ނުފެނުނެވެ. މަޑުކުރުމެއްނެތި މައްޗަށް އަރަން ހުރި ސިޑީގެ ހަރުފަތްތައް ހުރަސްކޮށް ފުރަތަމަ ފަންގިފިލާއަށް ރައުލް އައެވެ. އެދިމާލުން ފެންނަ ހިތްގައިމު މަންޒަރުން އެކަނިވެސް ރައުލްގެ ސިކުނޑިއަށް ލުޔެއް ލިބުނެވެ.

" މިދަނީ..."... ނަވާރް ފޮނުވި މެސެޖް ކިޔާލުމަށްފަހު ރައުލް ގޮސް އިށީނީ ބޭރު ފެންނަ ގޮތަށް ހުރި މޭޒެއްގައެވެ. ވެއިޓަރު އައުމުން ގެންނަންވީ ތަކެތި އޭނާ ބުނެދިނެވެ. ނަވާރްއަށް ކަމުދާނީ ކޯއްޗެއްކަން ރައުލްއަށް އެނގެއެވެ.

އެހެން އިންނަތާ ފަނަރް މިނިޓް ފަހުން ނަވާރް އައިއްސިއެވެ. ރައުލްގެ ކުރިމައްޗަށް ހުރި ގޮނޑީގައި ނަވާރް އިށީނުމުން ރައުލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އޮފީސް ކިހިނެތްތޯ އަހާލިއެވެ.

" މި ދުވަސްކޮޅު އެހާ ބިޒީ ނޫން... " ނަވާރް ދިނީ ކުރު ޖަވާބެކެވެ. އަދިވެސް ހެނދުނުގެ ކުޑަ ހަމަނުޖެހުމަށްފަހު ނަވާރްގެ ތަބީއަތު ރަނގަޅު ނުވާކަން ރައުލް ދެނެގަތެވެ. އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ.

" ކޯއްޗެއް ނަވާ އެނގެން ބޭނުންވަނީ...".. ރައުލް އަހާލިއެވެ. އެހިނދު ނަވާރްގެ ނަޒަރު ރައުލްއަށް ހުއްޓުނެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

" ހުރިހާ އެއްޗެއް ވެސް އެނގެން ބޭނުން.. ވައި ވޯޒް އިޓް ކެޕްޓް އޭޒް އެ ސީކްރެޓް... ރާސިލްގެ ކަމެއް ވީމަ ނުބުނީކަން ޤަބޫލުކުރަން.. އެކަމަކު ލޫކަސްދެކެ އަހަރެން ލޯބިވި ވަރު އެންމެ ރަނގަޅަށް އެނގޭނީ ރައުލްއަށް... އެކަން އެނގިހުރެ ވެސް ކީއްވެ ރައުލް ނުބުނީ.. ޔޫ ނިއު ހައު ސޭޑް އައި ވޮޒް ވެން އައި ފައުންޑް އެބައުޓް ހިޒް މެރިއޭޖް... "... ނަވާރް ބުނެލިއެވެ. އެ މޫނުން އޭނާ ހިތްހަމަނުޖެހި އިންވަރު ރައުލްއަށް އެނގުނެވެ. ނަމަވެސް އޭނާ އިނީ ނަވާރް ދައްކާ ވާހަކަ އަޑުއަހާށެވެ.

" ލޫކަސް ނަވާދެކެ ލޯބިވިތަ؟.. އެކަން ޤަބޫލުކުރަންތަ؟...". ރައުލް ބުނެލިއެވެ. އެއަށް ދޭނޭ ޖަވާބެއް ނަވާރްއަށް ޔަޤީންނުވި ނަމަވެސް އޭނާ މަޑުމަޑުން ބޯޖަހާލިތަން ފެނުމުން ރައުލްގެ މޫނުގެ ކުލަ އޮއްސުނެވެ. ނަމަވެސް ރައުލް އެ އިހްސާސްތައް ފޮރުވާލީ އިސްޖަހާލަމުންނެވެ.

" ނަވާއާ ދިމާވުމުގެ ކުރިންވެސް ލޫކަސް އެއީ ރާސިލްއާ ޔަލްގެ ފްރެންޑެއް.. މެލޭގައި ޔަލްމެން ތިބެނީ ލޫކަސް ބައްޕަ ގަނެފަ ހުންނަ ގެއެއްގަ... ނަވާ އަށް އެނގެ އެންނު ޔަލްއާ ރާސިލްގެ ސްޓޯރީ... އެއީ ޔަލްއަށް ވަރަށް އުނދަގޫވާނެ ސިޓުއޭޝަންއެއް.. ދޭ ޑިޑިންޓް ވޯންޓު ސްޕިލް ދެއަރ ސީކްރެޓް.. އެކަން ލޫކަސްއަށް ވެސް އެނގޭ... އެހެންވެ ލޫކަސް ދިން ހިޔާލެއް އެއީ.. ޔަލްއާ ލޫކަސްގެ ފޭކް މެރިއޭޖް... އެއްވެސް މީހަކަށް ނޭނގެ ނަވާއާ ލޫކަސްގެ ގުޅުމެއް.. ނަވާ ވެސް ނުބުނަމެއްނު.. ޔޫ ސެއިޑް ވީ އަރ ބެސްޓް ފްރެންޑްސް.. އެކަމަކު އަހަރެން ކައިރީ ވެސް ނަވާ ނުބުނޭ.. އެހެންވީމަ މިކަމުގަ ޔަލްއާ ރާސިލް ބްލޭމް ކުރެވޭކަށް ނެތް.. އޭރުވެސް ލޫކަސް ލޯބިވީ ޔަލް ދެކެ.. މިހާރު ވެސް... އެކަމަކު އެކަން ކުރިން ނޭނގި އޮތީ.. ލޫކަސް އެކަހަލަ ވާހަކައެއް ނުދައްކާ.. މޭބީ ހީ ވޮޒް ވެއިޓިންގް ފޯރ އެ ރައިޓް ޓައިމް.. އެންޑް ހީ އިޒް އެން އިޑިއަޓް.. ރާސިލް ޔަލް ދޫނުކުރާނެކަން އޭނައަށް ނުވިސްނުނީ.. ލޫކަސް ނަވާއަށް ވެސް އޮޅުވާލީ... ހީ ޗީޓ...".. ރައުލްގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ނަވާރް އަތުގެ އިޝާރާތުން ހުއްޓާލަން ބުނުމުންނެވެ.

މޭޒުގައި ބޯ އަޅާލިގޮތަށް އެގޮތުގައި އިރުކޮޅަކު ނަވާރް އޮތެވެ. އޭނާ ތެދުވީ ރައުލް ގޮވާލުމުންނެވެ.

" ހީ ޗީޓެޑް އޮން މީ..".. ނަވާރް ބުނެލީ މަޑުމަޑުންނެވެ. އެހެނަސް އެ އަޑު ރައުލް އަށް އިވުނެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ.

ދެން ރައުލް ދެއްކީ ލޫކަސް ޔަލާއަށް ފޮނުވާފައި ހުރި މެސެޖްތަކެވެ. ތަކުރާރުކޮށް ޔަލާދެކެ ލޯބިވާކަމުގައި ލޫކަސް ބުނެފައި އޮތެވެ. ޔަލާއަށްޓަކައި އޭނާވި ޤުރުބާނީގެ އަގު އަދާކުރާނީ އެފަދައިންތޯ ސުވާލުކުރިއެވެ.

ދެފަރާތަށް ބޯ ހޫރާލަމުން ނަވާރް ފޯނު ދުރުކޮށްލިއެވެ. ބޭރަށް ނަޒަރު ހުއްޓައިގެން އިނުމަށްފަހު އޭނާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ނަފްސު ހަމައަކަށް އަޅުވާލިއެވެ. ލޫކަސްގެ ހަޤީޤަތް އެނގުމުން ލޫކަސްއަށްޓަކައި އެ ހިތް އެއްކޮށް ފިނިވިއެވެ.

" އަރ ޔޫ އޯކޭ؟..".. ރައުލް އަހާލިއެވެ. ނަވާރް ބޯޖަހާލަމުން ރައުލްއާ ނަޒަރު ސީދާކޮށްލިއެވެ. އަދި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

" ތެންކިޔު...".. ނަވާރް ބުނެލިއެވެ.

" ނަވާ ތެންކިޔު ބުނަން ޖެހޭ ވަރުގެ ކަމެއް އަހަރެން ނުކުރަން.. ނަވާއަށް ކޮށްދޭ ހުރިހާ ކަމެއްވެސް އަހަރެން ކުރަނީ އުފަލުން.. ކުރާ ހިތުން... ".. ރައުލް ބުނެލުމުން ނަވާރްއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. ރައުލްގެ ތޫނު ބެލުން ފާހަނގަވެ މޫނުން ލަދުވެތިކަން ފާޅުވިއެވެ.

ކައި ނިމިގެން އިރުކޮޅަކު ތިބުމަށްފަހު ގެއަށް ދިޔުމުގެ ހިޔާލު ރައުލް ފާޅުކުރިއެވެ. ނަވާރް ވެސް އެކަމާއި އެއްބަސްވެ ދެ ޒުވާނުން އެކުގައި ތެދުވިއެވެ.

" ގެއަށް ވަދެފަ އަހަރެން ދާނީ އޮފީހަށް.. ".. ކާރު ކައިރީ މަޑުކޮށްލަމުން ރައުލް ބުނެލިއެވެ.

" އަމް... އޮފީސް ކުއްޖަކާ އެކީ އައީ...".. ނަވާރް ބުނެލުމުން ރައުލްއަށް އޭނާ ބުނަން އުޅެނީ ކީކޭކަން ވިސްނުނެނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު ރައުލް ކާރުގެ ދޮރު ހުޅުވައިދިނެވެ. ސީޓުގައި އިށީނދެ ނަވާރް ހަމަޖެހިލުމުން ރައުލް ކާރު ދުއްވާލިއެވެ.

ދެ ޒުވާނުން އެކުގައި ކާރުން ފައިބައިގެން ގޮސް ލިފްޓަށް އެރިއެވެ. އެހުރިހާ ވަގުތަކުވެސް ނަވާރް ހުރީ ހިމޭނުންނެވެ. އެ ސިކުނޑީގައި އެތަށް ހިޔާލެއް އެނބުރެމުން ދިޔައެވެ. ރައުލް އޭނާއާ މެދު އަޅާލާހެން ނަވާރްއަށް ހީވިއެވެ. ހަމައެހެންމެ ރައުލްގެ ހަރަކާތްތަކުން އެހެން ވާހަކަތަކެއް ބުނެދޭން އުޅޭކަހަލަ އިހްސާސެއް އޭނާއަށް ކުރެވެމުން ދިޔައެވެ. ސެހެރާން ދެއްކި ވާހަކައާމެދުވެސް އޭނާއަށް ވިސްނާލެވުނެވެ. ރައުލްއާއި ނަވާރްއާ މެދު އެފަދަ ގުޅުމެއް ދުވަހަކުވެސް އުފެދިދާނެތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ތަފާތު ހިޔާލުތަށް ސިކުނޑިއަށް އަރާ ފައިބަން ފެށުމުން އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަފްސު ހަމައަކަށް އަޅުވަން ބޭނުންވިއެވެ. ނަވާރް ސިއްރު ސިއްރުން ރައުލްއަށް ބަލާލިއެވެ. އެ ރީތިކަން މީގެ ކުރިންވެސް ނަވާރްއަށް ފާހަނގަކުރެވުނެވެ. ނަމަވެސް ހިތުގައި ރައުލްއާ މެދު އެހެން އިހްސާސެއް އުފެދެން ނަވާރް ފުރުސަތު ދީފައި ނެތެވެ.

"ނަވާ" ނަވާރް ބަލަން ހުރި ގޮތް ފާހަގަވެ ރައުލް ގޮވާލަމުން ކޮނޑުގައި އަތް ޖައްސާލިއެވެ. އެއާއެކު ސިހިފައި ނަވާރް އެސްފިޔަތަށް ތިރިކޮށްލަމުން ރައުލްއާ ނަޒަރު ވަކިކޮށްލިއެވެ. އޭރު އެމޫނުން އިންތިހާ ދަރަޖައިގެ ލަދުވެތިކަން ފާޅުވާން ހުއްޓެވެ. ނަވާރްއަށް އައިސްފައި ހުރި ބަދަލު ފެނުމުން ރައުލްއަށް ހީލެވުނީ ބޭއިހްތިޔާރުގައެވެ.  އަތް ހިތްލާލުމަށްފަހު ނަވާރްގެ އިސްތަށިގަނޑުގައި ރައުލް އަތް ހިންގާލިއެވެ. އަދި ކާރުން ފައިބައިގެން ގޮސް ނަވާރް ނުކުންނަންދެން މަޑުކުރިއެވެ. ދެ ޒުވާނުން އެކުގައި ލިފްޓަށް އެރުމަށްފަހު ވަކިވީ ނަވާރް އޭނާގެ އެޕަރޓްމެންޓަށް ވަނުމުންނެވެ.

******************************

ރައުލް އެޕާޓްމެންޓަށް އައިސް ވަންއިރު ސިޓިންރޫމު ސޯފާގައި ލޫކަސް އިންތަން ފެނުމުން ހައިރާންވިއެވެ. ވަގުތުން ބަލާލެވުނީ ލޫކަސް އިން ސޯފާއާ ޖެހިގެން ހުރި ސޯފާގައި އިން ރާސިލްއަށެވެ. ރައުލް ލޮލުން އިޝާރާތެއްކޮއްލުމާއެކު ރާސިލްގެ މޫނުން ފާޅުވީ ނުރުހުންވުމާއި ފޫހިކަމެވެ.

"ރައުލް.. ކޮންތާކުން..." ލޫކަސް އަހާލިއެވެ.

"މީޓިންއަކަށް ގޮސްފައި... ލޫކަސް ކީއްކުރަނީ؟" ރައުލް ހަޤީޤަތް ހާމައެއްނުކުރިއެވެ.

"ހާދަ ވަރުގަދަ މީޓިންގް އެއް.. ނަވާ ވެސް މި އޮފީހަށް ޖޮއިން ކުރަނީތަ؟.. ނޫނީ އޮފަރ އެއް ހުށަހެޅީތަ.." ލޫކަސް ބުނެލީ ފާޑަކަށެވެ. އެ މޫނުގައިވީ ހިނިތުންވުން ރައުލް އިތުރަށް ފޫހިކުރުވިއެވެ.

" ނަވާ ކޮންމެ ތަނެއްގަ އުޅުނަސް ލޫކަސް އަށް ކޮން އުނދަގުލެއް ވާނީ... ޝީ ޑަޒަންޓް ކެއަރ އެބައުޓް ޔޫ އެނިމޯރ..." ރައުލް ބުނެލިއެވެ.

"އެހެންތަ... ނަވާ އަކީ ހަރޓް ލެސް މީހެއް ނޫން... ލޯބިވެރިންނަށް ނުވިޔަސް ވީ އަރ ފްރެންޑްސް... ނަވާ އެހާ ފަސޭހައިން އަހަރެންމަތިން ހަނދާނެއް ނުނެތޭނެ... ދުވަސްކޮޅެއް ވީމަ އަނެއްކާވެސް އެ ފީލިންގްސް އަންނާނެ... " ލޫކަސް ބުނެލިއެވެ.

"މިހާރު މާ މައްޗަށް ތި ދަނީ.. ޔޫ ޑޮންޓް ޑިސަރވް ހާރ..." ރައުލް ބުނެލިއެވެ.

"ރައުލްއަށް ކަމަކު ނުދޭ އަަހަރެން ނަވާގެ ވާހަކަ ދެއްކީމަ... ވައި؟.. ރައުލް އަށް ނަވާ ކަމުދިޔައީތަ" ރައުލްއަށް ބަލަން އިނދެ ލޫކަސް ބުންޏެވެ. އެވަގުތު ރައުލް އެއްޗެކޭ ބުނަން އުޅުމުން އޭނާ ހުއްޓުވީ ރާސިލްއެވެ.

= ނުނިމޭ =

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!