ދުނިޔެ

ރައްޓެހިންތަކަކާ އެކު އަނބިމީހާ ރޭޕްކުރި މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަދްޔަ ޕްރަދޭޝްގައި އުމުރުން 32 އަހަރުގެ އަންހެނަކު ގޭންގްރޭޕް ކުރިކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާއާއި ހަތަރު ރަހުމަތްތެރިން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

އެ އަންހެން މީހާއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނީ، އޭނާގެ ފިރިމީހާއާއި އިތުރު ހަތަރު މީހުން އޭނާއަށް އާދަޔާ ހިލާފަށް އަނިޔާކޮށްފައިވާ ކަމަށާއި އޭނާގެ ޖިންސީ ގުނަވަނުގައި ސިނގިރޭޓު ވެސް ޖައްސައިފައިވާ ކަމަށެވެ. އަންހެން މީހާއަށް ލިބެމުން ދިޔަ އަނިޔާތަކާ ދެކޮޅު ހެދުމުން އެމީހުން އޭނާ މަރައިލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް އޮފިޝަލަކު އެފްއައިއާރްއާ ހަވާލާދީ ބުންޏެވެ.

އޮފިޝަލް ބުނީ ގޭންގް ރޭޕްގެ ތުހުމަތު ކުރެވޭ ހާދިސާ ހިނގައިފައި ވަނީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އިންޑޯރްގެ ޝިޕްރާ ޕޮލިސް ސްޓޭޝަން ސަރަހައްދުގެ ފާމްހައުސްއެއްގައި ކަމަށެވެ.

މައްސަލަ ހުށަހެޅި މީހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި އަންހެން ކުއްޖާ ކޮންމެ ވެސް ގޮތަކުން ފާމްހައުސްއިން ފިލައިގެން ޗައްތިސްގަރުގައި ހުންނަ އޭނާގެ ގެއަށް ދިޔަ ކަމަށެވެ. އަދި ފާމްހައުސްގައި އޭނާ ނެތްކަން އެނގުމުން ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު އަންހެން ކުއްޖާ ހޯދައި އޭނާއަށް އަނިޔާ ކުރުމުގެ ނިޔަތުގައި އެ ގެޔަށް ވެސް ގޮސްފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ ފިރިމީހާ ހިމެނޭހެން ފަސް ފިރިހެނަކު މަދްޔަ ޕްރަދޭޝްއާއި ޗައްތިސްގަޅުގެ އެކި ސަރަހައްދުތަކުން ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!