ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ވިޝާލް...".. މިސްވެފައި އޮތް ދެ ކޯލު ފެނުމުން ނަވާރް މަޑުމަޑުން ބުނެލިއެވެ. ދެ ހިޔާލެއްގައި އިނދެފައި ނަވާރް ވިޝާލްގެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.

Ads by MWSC

**********************

ފޯނު ރިންގުވަމުން ގޮސް ކެނޑުނު އިރުވެސް އެކޮޅުން ޖަވާބެއް ނުދިނެވެ. އިތުރަށް ގުޅުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ނަވާރް ނުކުތެވެ. އޭރު ލިއަމްއާއެކު ޒުވާން ގްރޫޕް ސޯފާގައި ތިއްބެވެ. މަލިކާ ބުނެގެން ކެއުމަކަށް ދާން ބަލައި އައިސް ތިބި ކަމުގައި ބުނުމުން ނަވާރް އާއި ސާޔާ ގޮސް ރީތި ވެގެން އައެވެ. ލިފްޓުން ގޮސް މަލިކާ މެން ދިރިއުޅޭ އެޕަރޓްމެންޓަށް ހުއްޓުމާއެކު އެންމެން ފޭބިއެވެ.

" ކޮންބައެއް ކާރުގަ ދަނީ؟.. ރާސިލް އާ ޔަލް އަށް ދެވޭނެ އެންނު ދޯ ސައިކަލުގަ.." މަލާން ބުނެލިއެވެ.

" ނޫނޭ ކުޑަ މަންމާ.. އޭރުން ކިރާޒް ރީތިކޮށް ނުހުންނާނެ.. މިއަދު ކުޑަކޮށް މޫޑް އޮފްކޮށް އުޅޭ ދުވަހެއް ދޯ ބޭބީ...".. ކިރާޒްގެ އިސްތަށިގަނޑާއި ކުޅެލަމުން ޔަލާ ބުނެލިއެވެ.

" އަޅުގަނޑު ދާނަން ސާޔާ ގޮވައިގެން ސައިކަލުގަ.. ކާރުގަ ދެން ތިބި މީހުން ދާންވީނު...".. ހިމޭނުން އިނދެފައި ލިއަމް ބުނެލިއެވެ. ވަގުތުން ސާޔާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އެއްޗެކޭ ބުނަން އުޅެނިކޮށް މަލިކާ އެގޮތާއި އެއްބަސް ވެއްޖެއެވެ.

" ބައްޕަ ކޮބާ؟.. " ވަށައިގެން ބަލާލަމުން ނަވާރް އަހާލިއެވެ. އަފްރާހު ނުދަނީތޯ އޭނާ ސުވާލުކޮށްލިއެވެ.

" ބައްޕަވީ އޮފީސް ޑިނަރ އަކަށް ގޮއްސައޯ ބުނީ ގުޅީމަ.. " މަލިކާގެ މޫނު މަތިން ކޮންމެވެސް ވަރަކަށް މާޔޫސްކަން ފާޅުވިއެވެ. ފަހަކަށް އައިސް އަފްރާހު ވަރަށް ދުރުވެއްޖެކަމުގެ އިހްސާސް މަލިކާއަށް ކުރެވެއެވެ. އެކުގައި ހޭދަކުރާ ވަގުތުތަށްވެސް މަދުވެއްޖެއެވެ. ގޭގައި އުޅޭ ވަގުތު ތަކަށްވުރެ ގިނައީ ކޮންމެވެސް މަސައްކަތެއްގައި އުޅޭ ވަގުތު ތަކުގައެވެ. އެކި ޤައުމުތަކުގައެވެ. ނޫނީ ހޮޓެލްތަކާއި ރިސޯޓު ތަކުގައެވެ. އެކަމާއި ގުޅިގެން މަލިކާ އެއްޗެކޭ ބުންޏަސް އަފްރާހުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. ދަރިން ބޮޑެތި ވެފައި ތިއްބާ އެފަދަ މައްސަލަތަކެއް މެދުވެރިވާން މަލިކާ ނޭދެއެވެ. އެހެންކަމުން ޝަކުވާ ކުރުމެއް ނެތި ހުންނަނީއެވެ.

" އެހެންވީމަ ހިނގާ ދާން..".. ރައުލް ތެދުވަމުން ބުނެލިއެވެ. އޭނާގެ ފަހަތުން ދެންތިބި މީހުންވެސް ނުކުތެވެ. އަމްރުގެ އަތުން ކާރުގެ ތަޅުދަނޑި ނަގައިގެން ކުރީ ސީޓަށް އެރީ ރައުލްއާއި ނަވާރްއެވެ. އޭގެ ފަހަތު ސީޓުގައި ރާސިލްއާއި ޔަލާގެ އިތުރުން ނޯޔާ ތިއްބެވެ. ކިރާޒް އިނީ ޔަކާގެ އުނގުގައެވެ. އެންމެ ފަހަތު ސީޓުގައި ތިބީ މަލާންއާއި އިޝާރުގެ އިތުރުން މަލާންއެވެ.

ސާޔާއާއި ލިއަމް ތިބީ އަމްރު ސައިކަލުގެ ތަޅުދަނޑ ގެންނަން ދެނެވެ. ގޭގައި އެއްވެސް ކުއްޖަކު މާ ގިނައިން ސައިކަލު ބޭނުން ނުކުރާތީ ތަޅުދަނޑި އަމްރު އަތުގައި ނުބާއްވައެވެ. ދެތިން މިނިޓް ތެރޭގައި އަމްރު އައިސް އެކުދިން ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި އަތުގައި އޮތް ތަޅުދަނޑި ލިއަމްއާ ހަވާލު ކުރިއެވެ.

ސާޔާ ހުރީ ކުޑަކޮށް ހާސްވެފައެވެ. ލިއަމްގެ ބަދަލުގައި ރައުލްއާއެކު ދާން ޖެހުނު ނަމަވެސް އޭނާއަށް މާ ރަނގަޅެވެ. ނަމަވެސް އެންމެން ކުރިމަތީގައި ލިއަމް އޭނާ ދެންދާނެ ކަމުގައި ބުނުމުން ސާޔާއަށް އިތުރު ގޮތެއް ނެތެވެ. ލިއަމްގެ ސައިކަލު ފަހަތަށް އަރާ ހަމަޖެހިލަމުން ސާޔާ އޯކޭ އޭ ބުނެލިއެވެ.

" ރެޕަންޒެލްއަށް ޑާންސް ކުރަން ދަސްކޮށްދިނީ ކާކު؟.. ". ސައިކަލު ދުއްވަމުން ލިއަމް ސުވާލު ކޮށްލިއެވެ.

" އައިމް ސޯ ސޮރީ... ސާޔާ ގަސްތުގަ ކުރި ކަމެއް ނޫން އެއީ.. ލިއަމްގެ ފަޔަށް ވަރަށް ތަދުވި ދޯ.. ސާޔާ އަށް ނޭނގި ލިއަމްގެ ފައި މައްޗަށް އެރުނީ.. ވަރަށް ބޮޑަށް ސޮރީ.. އައި ވިލް ބީ ކެއަރފުލް.. އައި ޕްރޮމިސް.. ލިއަމް ހިތަށް އަރާނެ ދޯ ސާޔާއަށް އެއްވެސް ކަމެއް ކުރާކަށް ނޭނގެއޭ.. ސާ.."..

" ރެޕަންޒެލް... އަހަރެން ނުބުނަމެންނު ރެޕަންޒެލް ފައި މައްޗަށް އެރި ވާހަކައެއް.. އަހަރެން އެހީ ކާކު ހެއްޔޭ ޑާންސް ކުރަން ދަސްކޮށްދިނީ... އެހެން ބުނީމަ ދެން ތި ހުރިހާ އެއްޗެއް ކިޔަން ޖެހޭތަ..".. ސާޔާ ވާހަކަ ހުއްޓާނުލުމުން ލިއަމް ސާޔާގެ ވާހަކަ މެދު ކަނޑާލަމުން ބުންޏެވެ.

" ހެޔޮ.. ސާޔާ މިބުނީ މިއަދު ކުރެވުނު ކަންތަކަށް ސޮރީ އޭ...".. ލިއަމްއާ ދިމާލަށް ކަޅި އަޅާލަމުން ސާޔާ ބުނެލިއެވެ. އޭރު ސައިކަލު މަޑުކޮށްލިއެވެ. ސާޔާ ސައިކަލުން ފޭބުމުން ލިއަމްވެސް ސައިކަލުގެ ހަރު ޖެއްސުމަށްފަހު ފޭބިއެވެ.

" ސާޔާ ޑާންސް އެއް ނުކުރަން.. އައި މީން ކުރިން ނުކުރަން ދުވަހަކުވެސް...".. ސާޔާ ބުނެލިއެވެ.

" އެހެންވީމަ ސާޔާގެ ފުރަތަމަ ޑާންސް އަހަންނާ އެކީގަ ދޯ..".. ލިއަމް ބުމަ އަރުވާލަމުން ސާޔާއަށް ބަލައިލަމުން ބުނެލިއެވެ.

" ނޮޓް ސަމްތިންގް ޓު ބީ ޕްރައުޑް އޮފް...".. ސާޔާ ބުނެލިއެވެ.

" މިހާރު ބުނެފިންތަ އެއީ އަހަރެން ޕްރައުޑް ފީލް ވާ ކަމެކޭ.. ޔޫ އަރ ސޯ ރޯންގް ޔަންގް ލޭޑީ...".. ލިއަމް އެހެން ބުނުމުން ސާޔާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. އެހެންކަމުން އޭނާ ހިނގައިގަތީ އަވަހަށް ދިޔުމަށެވެ.

ސާޔާ ހިނގައިގަތުމުން ލިއަމްވެސް ބޯ ހޫރާލަމުން އޭނާގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ދެ ޒުވާނުންގެ ފިޔަވަޅުތައް މަޑުޖެހުނީ ކުރިމަތިން އައި މީހެއްގެ ގައިގައި އަޅައިގަތުމަށްފަހު ސާޔާ ވެއްޓުމުންނެވެ. ލިއަމް ވަގުތުން ގޮސް ސާޔާ ތެދުކޮށްލުމަށްފަހު އުނަގަނޑުގައި ފަހަތުން އަތް އަޅުވާލަމުން ގަޔާއި ކައިރިކޮށްލިއެވެ.

" ސާޔާ.. ލޯންގް ޓައިމް...".. ފުޅާ ހިނިތުންވުމަކާއެކު ވިޝާލް ބުނެލީ ލިއަމްއަށް ނަޒަރެއް ދެމުންނެވެ.  ލައިގެން ހުރި އަތްދިގު އަޅި ކުލައިގެ ޓީޝާޓުގެ ސަބަބުން އެ އަތުގައިވީ ޓެޓޫ ވަނީ ނިވާ ވެފައެވެ. ސާޔާގެ ތުންފަތަށް ވެރިވީ މަސްނޫއީ ހިނިތުންވުމެކެވެ. އެހެން ނަމަވެސް ވިޝާލްގެ ކިބައިން އޭނާ މާފަށް އެދުނެވެ. ވިޝާލް ބޯ ޖަހާލުމަށްފަހު ހީލި ގޮތުން ސާޔާގެ މޭނުބައި ކުރުވިއެވެ. ލިއަމްގެ އަތުގައި ހިފައި ބާރުކޮށްލި ގޮތުންވެސް ވިޝާލްއާ މެދު  އެ ހިތުގައި ވަނީ ކީކޭ ކަން ލިއަމް ދެނެގަތެވެ. އެހެންކަމުން އިހުނަށްވުރެ ސާޔާ ގަޔާއި ކައިރި ކޮށްލަމުން ލިއަމް ކަންފަތްދޮށުގައި ލިއަމް އެއްޗެކޭ ބުނެލިއެވެ. އެހިނދު ލިއަމްއަށް ބަލާލަމުން ސާޔާ ބޯ ޖަހާލިއެވެ.

" ޑރ ވިޝާލް.. ".. ސާޔާގެ އުނގަނޑުން އަތް ދޫކޮށްލުމަށްފަހު ލިއަމް ވިޝާލްއާ ސަލާމް ކުރުމަށް އަތް ދިއްކޮށްލިއެވެ. ވިޝާލްގެ މޫނުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ފެނުނު ނަމަވެސް އެކަން އޭނާ ސިއްރުކޮށްލިއެވެ. އަދި ހިނިތުންވުމެއް ވެރިކޮށްލަމުން ލިއަމްގެ ހާލު އޮޅުންފިލުވިއެވެ.

" ސާޔާ ވަރަށް ގިނައިން ދައްކާނެ ވިޝާލްގެ ރަނގަޅު ވާހަކަ.. ވިޝާލް ކަހަލަ ރަނގަޅު ޑޮކްޓަރުން މަދުވާނެ.. އަހަރެން ވެސް އެހާ އަވަހަށް ރަނގަޅުވީ ވިޝާލް އައި ފަހުންކަމަށް އެންމެންވެސް ބުނާނެ.. ދިމާވާނެ ކަމަށް އުންމީދުވެސް ނުކޮށް ހުއްޓާ މި ދިމާވީ.. ".. ލިއަމް ދެއްކި ވާހަކަތައް އަޑުއަހަން ހުރި ސާޔާގެ މޫނަށް ވެރިވި ކުލަތަށް އޭނާ ދުއްޓެވެ. ހިނި އައި ނަމަވެސް އެ މޫނުން ފެންނަނީ އާދައިގެ ކުލަވަރެކެވެ.

" އޯހް.. އިޓްސް ނަތިންގް.. އެއީ އަހަރެންގެ މަސައްކަތް.. ސާޔާގެ ހާލު ކިހިނެތް؟. ވެއަރ ހެވް ޔޫ ބީން.. ހޮސްޕިޓަލްއިން ދިމާވި ފަހުން އަދި މި ފެނުނީ.. އައި ޝުޑް ސޭ ދެޓް ޔޫ ހޭވް ބިކަމް ސޯ މަޗް ޕްރިޓިއަރ..".. ވިޝާލްގެ ދުލުން ސާޔާއަށް އޮހެމުންދިޔަ ތަޢުރީފުގެ ބަސްތަކުން ލިއަމްގެ އަނގަ ސަކަރާތްވިއެވެ. ކަތުރުކަށިގަނޑަށް ބާރުވެގެން ދިޔުމާއެކު އޭނާ ދެއަތް މުށްކަވާލުމަށްފަހު ޖީބަށް ޖަހާލިއެވެ.

ވިޝާލްގެ ވާހަކަ ހުރިގޮތުން ސާޔާއަށް އުނދަގޫވިއެވެ. ހާއްސަކޮށް ލިއަމްގެ ކުރިމަތީގައި އެފަދަ ގޮތަކަށް ވިޝާލްގެ ވާހަކަ ހުރެދާނެއޭ އޭނާ ހިއެއް ނުކުރެއެވެ. އެހެންކަމުން ހިނިތުންވުމަކާއެކު ބޯ ޖަހާލުން ފިޔަވާ އިތުރުކަމެއް ސާޔާ ނުކުރިއެވެ.

" އަމް.. ލިއަމް.. ކުރިން ކޮންމެވެސް ތަނަކުން ދުށް ހަނދާންވޭ.. " .. ސާޔާއާ ނަޒަރު ވަކި ކޮށްލުމަށްފަހު ވިޝާލް ބުނެލީ ވަރަށް ވިސްނަން ހުރެފައެވެ.

" ވެދާނެ ލާރާގެ އެކްސިޑެންޓް ހިނގި ދުވަހު ކަމަށް.. ޑޮކްޓަރެއް ވީމަ.. ހަމަ ފެނިފަ ހުރެދާނެ އެންނު..".. ލިއަމް ބުނެލީ ނުސީދާ ކޮށެވެ. އޭނާ އެބުނީ ކީކޭކަން ވިޝާލްއަށް އެނގޭނޭ ކަމަކަށް ލިއަމް އުންމީދެއް ނުކުރެއެވެ. ނަމަވެސް ވިޝާލްގެ މޫނަށް ވެރިވި ނުތަނަވަސްކަން އޭނާ ދުށްޓެވެ.

" ލާރާ؟.. ނޭނގުނު...".. ވިޝާލް ބުނެލީ އާދައިގެ ގޮތަކަށެވެ.

" މައި ވައިފް...".. ލިއަމް ސާޔާއާ ކައިރިއަށް ޖެހިލިއެވެ. ވިޝާލްއާއި ދެމެދު ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު ދާންފެށި ދިމާލުން ސާޔާގެ ހިތުގައި ޝަކުވާއެއް އުފެދޭކަށް ލިއަމް ނޭދެއެވެ.

" އަހަރެން ހީކުރީ ސާޔާ އަކީ ވައިފް ކަމަށް.. އަސްލު އަހަރެން ދުށީ ފޮޓޯ އަކުން.. ވެޑިން ފޮޓޯ އެއް.. އެއީ ސާޔާ އެންނު.. ".. ވިޝާލް ފޯނު ނެގުމުން ލިއަމް ހާސްވިއެވެ. އެތަނުން ސާޔާ ގެންދަން ބޭނުންވިއެވެ. އޭރު ލިއަމްއަށް ކޮންމެވެސް ވަރަކަށް ވިޝާލްގެ ބޭނުންވެސް އެނގުނެވެ.

" ވެދާނެ ވައްތަރުވީ ކަމަށް.. ވިޝާލް!.. ދަނީ އިނގޭ.. ފަހުން ދިމާވާނަން.. ".. ސާޔާގެ އަތުގައި ހިފައިގެން ލިއަމް ރެސްޓޯރެންޓަށް ވަންނަން ހިނގައިގަތެވެ. ވިޝާލް ބޯ ޖަހާލަމުން ސާޔާއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ލިއަމްއާއި ސާޔާ ދިޔައިރު އެންމެން ތިބީ އިންތިޒާރުގައެވެ. ސާޔާމެން ދިޔައިރު އޯޑަރު ދީފައި ހުރުމުން މާގިނަ އިރެއްނުވެ ކާއެއްޗެހި ގެނައެވެ. އެންމެންވެސް ހަމަޖެހިލައިގެން ކާން ފެށިއެވެ. އަފްރާހު ނެތުމުން އެންމެންވެސް އެކި ވާހަކަ ދައްކަމުން ދިޔައެވެ.

" ސެހެރް ނެތީމަ ވަރަށް ފަޅު.. ދެތިން ދުވަސްތެރޭގަ އަންނަން ކިޔާފަ ކިހިނެތްވީ؟.. ނަވާރް މަސްކޮޅެއް ނައްޓާލުމަށްފަހު އަނގަޔަށް ލިއެވެ.

" އަދި ބައެއް ކަންކަން ނިންމަން ހުރީމަ.. ސެހެރް އަންނާނެ މާދަން..".. ރާސިލް ބުނެލިއެވެ. އޭނާ ދިޔައީ ކުރިމަތީގައި ހުރި އައިސްކްރީމް ތަށިން ކިރާޒްއަށް ކާންދެމުންނެވެ.

ސާޔާވެސް އެވާހަކައާއި ގުޅިގެން އެއްޗެކޭ ބުނެލިއެވެ. ދެން އެކުދިން ދައްކަން ފެށީ ސެހްރާން އައުމުން ވިލިގިއްޔަށް ދާ ވާހަކައެވެ.

" ކީއްކުރަން ވިލިގިއްޔަށް ދަނީ.. ފަޅު ރަށަކަން ދިޔައިއްޔާ ކީއްތަ ވާނީ.. އޭރުން މާ މަޖާވެސް ވާނެ.. ސެހެރްވެސް ބޭނުން ވާނީ އެގޮތް..".. ރައުލް ބޭނުންވާގޮތް އޭނާ ހާމަކުރިއެވެ. ވަގުތުން ސާޔާ އެކަމަށް ދެކޮޅު ހެދިއެވެ.

" އެއްކަލަ ސާޔޫ.. ހަނދާންވޭތަ ގޭތެރެއިން ހިޔަންޏެއް ފެނިގެން ބިރުން އުޅުނު ދުވަސް..".. ނަވާރް ހޭންފެށިއެވެ. އޭނާއާއި އެއްބައިވެގެން ރައުލް ވެސް ހޭންފެށުމުން ސާޔާ ތުންކޮޅު ދިގުކޮށްލިއެވެ. ދެ ޒުވާނުން ވެގެން ލިއަމްއަށް އެވާހަކަ ކިޔައިދިނުމުން ލިއަމްވެސް ސާޔާއާއި ދިމާކުރަންފެށިއެވެ.

" ވަރަށް ފޫހިވޭ.. އެންމެން އަޅުގަނޑާ ދިމާ ކުރަނީ.. އަޅެ ކުޑަ މަންމަ އެއްޗެކޭ ބުނެބަލަ...".. ސާޔާ ޅަ އަޑަކުން ބުނެލިއެވެ. އެހިނދު މަލިކާ ސާޔާއާ އެއްކޮޅަކަށް އެއްޗެކޭ ބުންޏެވެ.

" އަސްލު އެދުވަހު ހިޔަންޏެއް ދުށީމޭ.. އޭރު ހީކުރީ ރައުލްއާއި ރާސިލްވެސް ހިއުމަންސް ނޫންކަމަށް.. ވަރަށް ފަހުން ވެމްޕަޔަރ ޑައިރީށް ވެސް ބަލައިފިން.. ހަމަގައިމުވެސް ރައުލް މެންނަކީ ވެމްޕަޔަރސް ނޫން.. އިނޮސެންޓް ހިއުމެންސް..".. ސާޔާގެ އަޑުގައި ތަފާތު ޖޯޝެއް އެކުލެވިފައި ވިއެވެ.

" އަރ ޔޫ ޝުއަރ ޑަރލިންގް؟.. " ރައުލް އަހާލިއެވެ. ބޯ އަރިކޮށްލަމުން އެރީތި އަޑިކޮޅު ކޯތާފަތަށް އަރުވާލިއެވެ. އެމަންޒަރު ފެނުމުން ނަވާރްގެ ގައިން ހީބިހި ނެގިއެވެ. އެގޮތުގައި ރައުލްއަށް ބަލަހައްޓައިގެން އިނުމަށް ހިތް އެދެވުނެވެ. ނަމަވެސް ކުއްލިއަކަށް ރައުލް ނަވާރްއަށް ބަލައިލިއެވެ. ވަގުތުން ނަވާރް އިސްޖެހިނަމަވެސް ރައުލް އަށް ނަވާރް ބަލަން އިންކަން ސިއްރެއް ނުވިއެވެ. އެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެވެ.

" އެއްކަލަ ރައުލް .. އަހަރެން ބުނިންދޯ ތިކަހަލަ ވާހަކަ ނުދައްކަން.. ޑޯންޓް މައިންޑް ހިޒް ޓޯކްސް ސާޔާ.. "... ރާސިލް ބުނެލީ ރައުލްއާ ދިމާލަށް ލޯ އަޅާލަމުންނެވެ. ޒުވާން ކުދިންގެ ވާހަކަތައް އަޑުއަހަން މަލިކާއާއި މަލާންގެ އިތުރުން އިޝާރް ތިބީ ހެވިފައެވެ.

" އެވަރުން ޑަރލިންގްއަށް ސިއްރު ކުރުމުގެ ބޭނުމަކީ ކޮބާ؟.. ކޮންމެ މީހަކަށް ވެސް އެމީހެއްގެ އާއިލާ އެނގެން ޖެހޭނެ އެންނު.. ހަމަގައިމުވެސް އާއިލާވީމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެ އެންނު.. ".. ރައުލް އިނީ ނުހަނު ހަމަޖެހިފައެވެ.

" ވަޓް ޑޫ ޔޫ މީން ބައި މައި ފެމިލީ.." ސާޔާ އަހައިލިއެވެ. އޭނާ އިނީ ރައުލް ބުނި އެއްޗެއް ދޭހަ ނުވެފައެވެ. ހަމައެއާއެކު ވިޝާލް ބުނި ޖުމްލަތަށްވެސް އޭނާގެ ހަނދާނުން ފިލައި ނުދިޔައެވެ. އަލާރާއާއި ސާޔާ އެހާ ވައްތަރުކަމަށް ވަންޏާ އަލާރާ ހުންނަ ގޮތެއް އެނގެން ސާޔާ ބޭނުންވިއެވެ. އަލާރާއަކީ ރައުލްމެންގެ ކޮއްކޮކަން ސާޔާ އަށް އެނގެއެވެ. އެވަގުތު ކިރާޒްގެ ކަނދުރާގައި ހުރި ނިޝާންވެސް އޭނާގެ ސިކުނޑިއަށް ވެރިވިއެވެ. ސިކުނޑީގެ ކޮންމެވެސް ދިމާލަކުން އޭނާއަށް ކަމެއް އަންގައިދޭން އުޅޭހެން ސާޔާއަށް ހީވިއެވެ.

" އެކީގަ އުޅެންޏާ އައިލާ އެންނު.. ޓެލް މީ ޑަރލިންގް.. މި އާއިލާ ނޫން އެހެން ބަޔަކު އެބަ ތިބިތަ؟.. " ރައުލް އަހާލިއެވެ.

ސާޔާއަށް ވިސްނާލެވުނެވެ. ރައުލް ބުނީ ތެދެކެވެ. ހުދު އަމިއްލަ އާއިލާގައި ވެސް އޭނާއަށް ރަނގަޅު މީހަކު ނެތެވެ. ހުރީ ހަމައެކަނި ބައްޕައެކެވެ. ނަމަވެސް އެ ބައްޕަގެ ފަރާތުން ލިބުނު ހިތްދަތިކަން އަދިވެސް އޭނާގެ ހަނދާނުން ފިލައި ނުދެއެވެ. މީހެއްގެ އެހީ ބޭނުންވި ދުވަހު އެ އެހީ ފޮރުކޮށްދިނީ ބްލޮސޮމްގެ އާއިލާއިންނެވެ. އެދުވަހުން ފެށިގެން ވެސް މަލިކާމެންގެ ފަރާތުން އޭނާއަށް ލިބުނީ އަޅާލުމާއި އޯގާތެރިކަމެވެ. ރައުލްއާއި ރާސިލްގެ ފަރާތުން ބޭބެއެއްގެ އިހްސާސް ސާޔާއަށް ކުރެވެއެވެ. ނަވާރް މެންނަނީ އެއްބަނޑު އެއްބަފާ ދައްތައިން ފަދަ ބައެއް ކަމުގައި ދެކެވުނެވެ. ރައުލްގެ ވާހަކަ ޤަބޫލުކުރަން ސާޔާއަށް އުނދަގޫ ކަމަކަށް ނުވީ އެހެންވެއެވެ. އެއީ އޭނާގެ އާއިލާއެވެ.

" ކޮން ކަމެއް ސިއްރު ނުކުރާ ވާހަކަ ދެން ތިކިޔަނީ؟. އަހަންނަށް ނޭނގޭ ސިއްރެއް އޮތީތަ؟.. ބްލޮސޮމް އިޒް ފުލް އޮފް ސީކްރެޓްސް.. ރާސިލްއާއި ޔަލްވެސް ބަލާބަ.. އެއްވެސް މީހަކަށް ނޭނގި ކިހާ ދުވަހަކު.... އައި ކ..

ކުއްލިއަކަށް މޭޒުދަށުން ސާޔާގެ ކަނާއަތުގައި ލިއަމް ހިފިއެވެ. ދެލޯ ބޮޑުކޮށްލަމުން ސާޔާ ލިއަމްއަށް ބަލައިލިއެވެ. އޭރު ސާޔާ ދައްކަން އިން ވާހަކަ ހުއްޓާލުމުން އެންމެންގެ ނަޒަރުވަނީ އޭނާއާ އަމާޒުވެފައެވެ. ވަށައިގެންވާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ މީހަކު ފަދައިން އިނދެ ލިއަމް ކަމުންދިޔައެވެ. ސާޔާ މަޑުމަޑުން އަތަށް ދަމާލިއެވެ. ނަމަވެސް ލިއަމް ހިފަހައްޓައިގެން އިން ބާރުކަމުން އޭނާ ކުރި މަސައްކަތްވީ ބޭކާރެވެ.

" ކިހިނެތްވީ؟.. ".. މަލިކާ އަހާލީ ކަންބޮޑުވެފައެވެ. ސާޔާ މާ ނޫންކަމަށް ހަދާފައި ލިއަމް އަށް ބަލާލިއެވެ. ނަމަވެސް އަދިވެސް ލިއަމް ދޫކުރާކަށް ނޫޅުނެވެ.

" ސާޔާ..؟".. މަލާން ވެސް އަހާލިއެވެ. ސާޔާ އެއްޗެކޭ ނުބުނެ އިނުމުން މަލިކާވެސް ކެއުން ހުއްޓާލިއެވެ.

ސާޔާގެ ތުންފަތް މަޑުމަޑުން ހަރަކާތްކޮށްލިއެވެ. ނަމަވެސް ލިއަމް އޭނާގެ އަތުގައި ހިފަހައްޓައިގެން އިން ވާހަކަ ބުނަން ނުކެރުނެވެ.

" ފުލް ވެއްޖެ.. ދެން ނުކެވޭނެ..".. ވައަތުން ތަށި ދުރަށް ޖައްސާލަމުން ސާޔާ ބުނެލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ. އެހިނދު ލިއަމް ބާރަށް ކެއްސަން ފެށިއެވެ. ސާޔާ އެހެންބުނެފާނެކަމަށް އޭނާ ހިޔެއް ނުކުރެއެވެ. ހިނި އައި ނަމަވެސް އޭނާއަށް ޖެހުނީ ހިނިގަނޑު ހިފަހައްޓާށެވެ.

" ހާދަ މަދުން ތިކެއީ.. އަދި ތަށި ހުރިގޮތަށް.. ގިނައިން ކާން ވާނެ.. " މާ ނުވާކަމަށް ހެދިގެން އިނދެ ލިއަމް ބުނެލިއެވެ. އެކަމަށް އެއްބަސްވެ މަލިކާވެސް ތެދެކޭ ބުނެލިއެވެ. ސާޔާގެ ގާތަށް ރުޅި އައި ނަމަވެސް ހީލިއެވެ. އެހެންނަމަވެސް އޭނާ ލިއަމްއާ ދިމާލަށް ލޯ އަޅާލިއެވެ. އެންމެން ކުރިމަތީގައި ހަމަޖެހިގެން އިންނަން މަސައްކަތްކުރިއެވެ.

އަނެއްކާވެސް ލިއަމްގެ އަތުތެރެއިން އަތް ދަމައިންގަންނަން ސާޔާ މަސައްކަތްކުރިއެވެ. މާ ގިނަ އިރުތަކެއްނުވެ ލިއަމްވެސް ދޫކޮށްލިއެވެ. ކިތަންމެ ކާ ހިތްވި ނަމަވެސް ސާޔާ ފެންތަށި ބޯލި ގޮތަށް ދެން އިނީ މަޑުންނެވެ. ހިތުން ލިއަމްއަށް އެއްޗެހި ގޮވި ނަމަވެސް އޭނާގެ އިނީ ހިމޭނުންނެވެ.

މަލިކާއަށް އެ ދެމެދުގައި ކަމެއް ހިނގައިދިޔަކަން ޔަޤީންވިއެވެ. އެ ސިއްރު އިޝާރާތްތަށް އޭނާއަށް ފާހަނގަކުރެވުނެވެ. ހިތަށް އެރި އެއްޗަކުން މަލިކާއަށް ހިނިތުންވެވުނެވެ. އެހެން އެކަން ވޭތޯ އޭނާއަށް ހިތާއި ހިތުން ދުއާ ކޮށްލެވުނެވެ.

***************************

މަލިކާމެން ގެއަށް ދިޔުމުން ޒުވާން ގްރޫޕް ކާރުގައި ދުއްވާލަން ނުކުތެވެ. ޔަލާވެސް މިފަހަރު ބައިވެރިވީ ކިރާޒް އަށް ނިދިފައި އޮތުމުންނެވެ. ހުޅުމާލޭގެ މަގުތަކުގައި ދުއްވުމަށްފަހު ގެއަށް އައި އިރު ބާރަ ޖަހައިފިއެވެ. އިތުރަށް ހޭލާ ތިބުމުގެ ހިޔާލު ދޫކޮށް އެންމެން ނިދަން ދިޔައީ އަނެއް ދުވަހު އޮފީހަށް ދާން ހޭލަން ޖެހޭނެކަން އެނގޭތީއެވެ.

******************************

ނިދަން އޮށޯތުމުގެ ކުރިން ސާޔާ ކުޑަކޮށް ތާޒާ ވެލިއެވެ. ލިއަމްއާ ހުރެ ނުކެވުމުގެ ސަބަބުން އޭނާ ސިޓިންގްރޫމަށް ނުކުތެވެ. ލައިޓް ޖެއްސުމެއްނެތި ހިނގާފައި ގޮސް ފްރިޖުގެ ދޮރު ހުޅުވާލުމަށްފަހު ސާޔާ ނެގީ ޔޯގަޓް ތަށްޓެކެވެ. ނުހަނު ފަރުވާތެރިވެ ހުރެ ވަތްގަނޑަށް ދަމާލުމަށްފަހު އޭނާ ކުޑަ ސަމްސަލެއް ނެގިއެވެ. އަދި އެހާ ސިއްރު ފިޔަވަޅު ތަކެއްގައި ކޮޓަރިއަށްވަދެ ދޮރު ލައްޕާލީ އަޑުގަދަވެގެން ނަވާރް ހޭލަފާނެތީއެވެ.

ކާން ފެށުމުގެ ކުރިން ސާޔާ ފޯނު ނެގިއެވެ. ވައިފައި ޖައްސާލުމާއެކު ވައިބަރ އިން ނޮޓިފިކޭޝަން އައެވެ.

ފުރަތަމަ އޮތީ ނަވާރްގެ ފަރާތުން ލިބިފައި އޮތް މެސެޖެކެވެ. ސާޔާއާ ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އޮތް ކަމުގައި ބުނެފައި އޮތެވެ. އެ ހުރިހާ ވަގުތު އެކީގައި އުޅެފައި ނަވާރް މެސެޖް ކުރުމުން އެއީ ކިހާ މުހިއްމު ވާހަކައެއްކަން ސާޔާއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާ ނަވާރްގެ މެސެޖަށް ރިޕްލައި ކުރުމަށްފަހު ދެން އޮތް ނޮޓިފިކޭޝަން ވެސް ހުޅުވާލިއެވެ. އެއީ ސޭވް ނުކޮށް އޮތް ނަންބަރަކުން ފޮނުވާފައި ހުރި ފޮޓޯ ތަކެކެވެ.

" ވަޓް އެމް އައި ޑުއިން ދެއަރ...".. ފޮޓޯގައި ހުރި ޒުވާން އަންހެންކުއްޖާއަށް ބަލާލަމުން ސާޔާއަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.

= ނުނިމޭ =

 

 

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!