މުނިފޫހިފިލުވުން

ޕްރިޔާންކާއާއި ނިކްއަށް ދަރިއަކު ލިބިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Priyanka Chopra, left, and Nick Jonas arrive at the 62nd annual Grammy Awards at the Staples Center on Sunday, Jan. 26, 2020, in Los Angeles. (Photo by Jordan Strauss/Invision/AP)

ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ހަރަކާތްތެރިވަމުން އަންނަ ކުޅަދާނަ އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސްއާއި އޭނަގެ ފިރިމީހާ ނިކް ޖޯނަސްއަށް ދަރިއަކު ލިބިއްޖެއެވެ.

ދަރިއަކު ލިބުނުކަން، ޕްރިޔާންކާއާއި ނިކް ވަނީ އެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް އެންމެންނަށް ހާމަ ކޮށްފައެވެ.

އެގޮތުން އެމީހުން ކުރި ޕޯސްޓެއްގައި ބުނީ، އެދެމަފިރިންނަށް ދަރިއަކު ލިބިއްޖެ ކަމަށާއި ދަރިއަކު ހޯދީ ސަރޮގަސީ މެދުވެރިކޮށް ކަމަށެވެ. ޕްރިޔާންކާއާއި ނިކް އެދިފައި ވަނީ މި ހާއްސަ ވަގުތުގައި އެ އާއިލާ ބޭނުން ވަނީ އެކަކު އަނެކަކާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލަން ކަމަށެވެ.

ޕްރިޔާންކާއާއި ނިކްއަށް ލިބިފައި ވަނީ ކޮން ކަހަލަ ކުއްޖެއްކަން އެމީހުން ހާމަކޮށްފައި ނެތް ނަމަވެސް، ބައެއް ރިޕޯޓުތަކުން ބުނާ ގޮތުގައި އެދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

މަންމައަކަށްވާން ބޭނުންވާ ކަމަށް ޕްރިޔާންކާ ވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވެސް ހާމަކޮށްފައެވެ. އެގޮތުން ޕްރިޔާންކާ ބުނީ 10 އަހަރު ތެރޭގައި އޭނާ ދަރިއަކު ހޯދާނެ ކަމަށެވެ.

ދަރިއަކު ލިބިއްޖެކަން ޕްރިޔާންކާ އިއްޔެ އިއުލާނު ކުރި ނަމަވެސް، އެމީހުންނަށް ދަރިއަކު ލިބުނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!