ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ފުރަތަމަ އޮތީ ނަވާރްގެ ފަރާތުން ލިބިފައި އޮތް މެސެޖެކެވެ. ސާޔާއާ ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އޮތް ކަމުގައި ބުނެފައި އޮތެވެ. އެ ހުރިހާ ވަގުތު އެކީގައި އުޅެފައި ނަވާރް މެސެޖް ކުރުމުން އެއީ ކިހާ މުހިއްމު ވާހަކައެއްކަން ސާޔާއަށް އަންދާޒާ ކޮށްލެވުނެވެ. އޭނާ ނަވާރްގެ މެސެޖަށް ރިޕްލައި ކުރުމަށްފަހު ދެން އޮތް ނޮޓިފިކޭޝަން ވެސް ހުޅުވާލިއެވެ. އެއީ ސޭވް ނުކޮށް އޮތް ނަންބަރަކުން ފޮނުވާފައި ހުރި ފޮޓޯ ތަކެކެވެ.

Ads by Sosun Fihaara

" ވަޓް އެމް އައި ޑުއިން ދެއަރ...".. ފޮޓޯގައި ހުރި ޒުވާން އަންހެންކުއްޖާއަށް ބަލާލަމުން ސާޔާއަށް އޭނާގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.

************************************

އެ ފޮޓޯއަށް ސާޔާ ނުހަނު ރަނގަޅަށް ބަލާލިއެވެ. ސްނޯ ފޭބުމުގެ ސަބަބުން އެ އަންހެންކުއްޖާގެ ފަހަތުން ފެންނަން ހުރި ގޭގެ ފުރާޅުވަނީ ހުދުވެފައެވެ. ގަހުގެ ފަތްތަކުގެ ފެހިކަންވެސް ވަނީ ހުދުކުލައަށް ބަދަލުވެފައެވެ. އެ އާޝޯހު ކުރުވަނިވި ޤުދުރަތުގެ ރީތިކަމަށްވުރެ ބޮޑަށް ސާޔާ ހައިރާންވީ ފޮޓޯގައި ހުއްޓި ހުރި އަންހެންކުއްޖާ ފެނުމުންނެވެ.

ލައިގެން ހުރި ޖެކެޓުގެ އަރިމަތީ ޖީބަތް އަތްޖަހާލައިގެން ހުރިއިރު ވިހުރުވާލާފައިވާ އިސްތަށިގަނޑުގައި ސްނޯ އެތި އެތިކޮޅު ހަރުލާފައި ހުއްޓެވެ. ހުދު ދޮންކަމެއް އެ ކުއްޖާއަށް ލިބިފައިވާ އިރު އެ ހޭޒަލް ކުލައިގެ ލޯ އަޖައިބެއްހާ ރީއްޗެވެ. އެ ރީތިކަން އިތުރުކަން ފުރިހަމަކޮށްދެނީ އޭނާގެ ކަޅުކުލައިގެ ދިގު ފަން އިސްތަށިގަނޑުންނެވެ. ހިނިތުންވެލައިގެން ހުރި އިރު ކޯތާފަތަށް އެޅިފައި ހުރި އަޑިކޮޅުން ސާޔާއަށް ސިފަކޮށްލެވުނީ ހުދު އޭނާގެ އަމިއްލަ ސޫރައެވެ.

" ހައު އިޒް ދިސް އިވެން ޕޮސިބަލް...".. ސާޔާއަށް ހުރެވުނީ އާގަމަވެފައެވެ. އިރުކޮޅެއް ވަންދެން ހަރަކާތެއް ކޮށްލުމެއްނެތި އޭނާއަށް އެފޮޓޯއަށް ބަލަން ހުރެވުނެވެ.

ގިނަ އިރުވުމުގެ ސަބަބުން ފޯނު  ނިވުމާއެކު ދެތިން ފަހަރު ސާޔާ އެސްފިޔަ ޖަހާލިއެވެ. މީހަކު އޭނާއަށް ބުނެދޭކަން ނުޖެހުނެވެ. އެ ސިކުނޑިއަށް އެތަށް ހިޔާލެއް ވެރިވެގަތެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ސާޔާ ދޫކޮށްލީ ސިކުނޑިއަށް ވެރިވި ކުއްލި ސިހުން ކުޑަކޮށްލުމަށެވެ. ނަމަވެސް އެކަމުން ލިބުނު ލުޔެއް ނެތެވެ. އެ ހަތަރުފާރު ތެރޭ އޭނާގެ ނަފްސު ހާސްވަމުންދާ ކަހަލަ އިހްސާސެއް ކުރެވުމާއެކު ސާޔާ އެނދުން ތެދުވިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލައްޕާލެވިފައިވާ ބެލްކަނީގެ ދޮރު ހުޅުވާލިއެވެ. އެ މޫނުގައި ބީހެންފެށި ތާޒާ ވައިރޯޅިތަކުން އޭނާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ކަމުގެ އިހްސާސް ސާޔާއަށް ކުރެވުނެވެ.

" އަލާރާ..".. ސާޔާއަށް އެ ނަން ކިޔާލެވުނީ ސިއްރުންނެވެ. މި ހުރިހާ ދުވަސްވަންދެން އެކަކުވެސް އޭނާއަށް އަލާރާ ނުދެއްކީ ކީއްވެކަން ސާޔާއަށް ވިސްނުނެވެ. އޭނާ ފެނުމުން އެ އާއިލާގެ އެންމެންގެ މޫނުމަތިން ވެސް އެންމެ ފުރަތަމަ ސާޔާ ދުށީ ހައިރާންކަމެވެ. އޭރު އެކަމާއި ހިތުގައި ސުވާލު އުފެދުނު ނަމަވެސް އޭގެ ޖަވާބުވެސް ސާޔާއަށް ލިބިއްޖެއެވެ. ރައުލްގެ މަންމައަށް ސާޔާ ނުފެންނަންވީ ކީއްވެކަން ވެސް އޭނާއަށް ވިސްނުނެވެ.

އެ ހުރިހާކަމަކަށްވުރެ ސާޔާގެ ހިތާއި ސިކުނޑިއަށް އުނދަގޫކުރީ އެންމެ ހިޔާލެކެވެ. ލިއަމް ހަޤީޤަތުގައި ވެސް އޭނާއާ މެދު ގަޔާވާ ކަމާއި މެދު ސާޔާއަށް ސުވާލު އުފައްދާލެވުނެވެ. މަޑުމަޑުން ހުރިހާ ކަމެއް ސިކުނޑިއަށް ވެރިވާން ފެށުމާއެކު ހާސްވާން ފެށިއެވެ. ދެތިން ފަހަރު އޭނާ ފުންކޮށް ނޭވާއެއް ލުމަށްފަހު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ލިއަމް އޭނާއަށް ދިމާލަށް ބުނެލި ކޮންމެ ބަހެއްހެން ކަންފަތުގައި ގުގުމާ ކަހަލައެވެ. ލިއަމް އެ ސިފަޔަށް އެހާ ނަފްރަތު ކުރީ އެހެންވެއެވެ. އެހިތުގައި އަޅާނޭ ވޭން އަންދާޒާ ކޮށްލެވުމާއެކު ސާޔާއަށް އިސްޖަހާލެވުނެވެ. އޭނާއަކީ ކުށްވެރިއެއް ކަމުގެ އިހްސާސް މި ނޫނީ ކުރެވިފައި ނެތެވެ.

ހެނދުނު ދިހައެއް ޖެހިއިރު ވެސް ސާޔާގެ ހަބަރެއް ނުވުމުން ނަވާރް ސާޔާގެ ކޮޓަރީގައި ޓަކިދިނެވެ. އަދިވެސް ނުހޭލަނީތޯ ސުވާލުކުރިއެވެ. އެއާއެކު ގޭގައި ލިއަމްއާއި ރައުލް އުޅޭ ވާހަކަވެސް ބުންޏެވެ. ނަމަވެސް ސާޔާގެ ފަރާތުން ވަކި ޖަވާބެއް ނުލިބުމުން ނަވާރް ނިންމީ އޭނާ ފާހާނާގައި އުޅޭކަމުގައެވެ.

ހެނދުނު ހެނދުނާ ރައުލްމެން އައުމުން ސައި ނުދީ އެ ދެޒުވާނުން ފޮނުވާލަން ނަވާރްގެ ހިތް އެއްބަހެއް ނުވިއެވެ. އެހެންކަމުން އެންމެ ފަސޭހައިން ތައްޔާރު ކޮށްލެވޭނޭ އެއްޗަކަށް ނަވާރް ތައްޔާރުކުރީ ޕެންކޭކާއި ސޭންޑްވިޗެވެ. ސާޔާ ދޮރު ހުޅުވާލީ ތިން މީހުން ކާން ފެށިތަނާއެވެ. އެވަގުތު ލިއަމްއާއި ސާޔާއާ ދެމެދު ލުއި ހިނިތުންވުމެއް ބަދަލުކުރެވުނެވެ. ނަމަވެސް އެ ވަގުތުކޮޅު ދެމިގެންދިޔައީ ދެތިން ސިކުންތަށެވެ. ސާޔާ އެސްފިޔަތައް ތިރިކޮށްލުމަށްފަހު ލިއަމްއާ ނަޒަރު ވަކި ކޮށްލީއެވެ.

ލިއަމްގެ މޫނުގައިވީ ހިނިތުންވުން ފަނޑުވިއެވެ. ސާޔާގެ މޫނުން އޭނާއަށް ފެނުނީ ބުނެދޭން ނޭނގޭ އިހްސާސްތަކެކެވެ. އެ ހަށިގަނޑުގައި ހަކަތައެއް ނެތް ފަދައެވެ. ލަސް ހިނގުމެއްގައި އައިސް ސާޔާ އިށީނީ ނަވާރް ކައިރީގައެވެ. ލިއަމް ހައިރާންވީ އޭނާ ކައިރީ ހުސްގޮނޑިއެއް ހުރިއިރު ވެސް ސާޔާ ގޮސް މާދުރުގައި އިށީނުމުންނެވެ.

" ގުޑް މޯރނިންގް ސާޔޫ...".. އާދައިގެ މަތިން ރައުލް ބުނެލިއެވެ. ބޯ ޖަހާލަމުން ސާޔާ ހީލިއެވެ. ނަމަވެސް އެ ހިނިތުންވުމުގެ އަސަރު ލޮލާ ހަމައަށް ނުފޯރާކަން ލިއަމް ދެނެގަތެވެ. ކާން އިން ސޭންޑްވިޗް ތަށި ތެރޭގައި ބޭއްވުމަށްފަހު ލިއަމް ތެދުވިއެވެ. އޭނާ ގޮސް މަޑުކޮށްލީ ސާޔާއާ ދާދި ގާތުގައެވެ. އައިލެންޑްގައި ބުޑު ޖައްސައިގެން ލިއަމް ހުރީ ސާޔާއަށް ކުރިމަތިވާނޭ ގޮތަށެވެ.

" ކިހިނެތްވީ؟..".. ލިއަމް ބަލަން ހުރި ގޮތުން އުނދަގޫވެގެން ސާޔާ ބުނެލިއެވެ. އެ އަޑުގައި ކޮންމެވެސް ވަރެއްގެ ނުރުހުންވުމެއް އެކުލެވިފައިވާކަން ތިން ޒުވާނުންނަށް ވެސް ފާހަނގަވިއެވެ. ސާޔާއަށް ބަދަލެއް އައިސްފައިވާކަން ރައުލްއަށް ވެސް ޔަޤީންވީ ދެނެވެ. އޭނާ ނަވާރްއަށް ބަލާލަމުން ބުމަ އަރުވާލިގޮތުން ރައުލް އެ އަހަނީ ކީކޭކަން ނަވާރްއަށް އެނގުނެވެ.

" ތި ސުވާލު ކުރަން އަހަރެން ވެސް މިއައީ؟... ރެޕަންޒެލް އަށް ކަމެއް ވީތަ؟.. ސާޔާގެ މޫނަށް ބަލަން ހުރެ ލިއަމް ސުވާލުކުރިއެވެ. އޭރުވެސް ސާޔާ އިނީ އިސްޖަހައިގެންނެވެ. ގަސްތުގައި ލިއަމްއާ ދިމާލަށް ބަލަން ސާޔާ ބޭނުން ނުވަނީއޭ ލިއަމްއަށް ހީވިއެވެ.

ސާޔާގެ ޖަވާބު ކުރެވެ. އޭނާއެއް ކަމެއް ނުވާކަމުގައި ބުނެލީ މަޑުންނެވެ. ނަމަވެސް އެޖަވާބު ލިއަމް އަށް ޤަބޫލުނުކުރެވުމުން އޭނާ ހިފާލީ ސާޔާގެ އަތުގައެވެ. އެއާއެކު ސާޔާ ހިމޭންވިއެވެ.

" ބަލިވެ އުޅޭ އިރު ވެސް ދޮގު ހަދަނީތަ؟..".. ލިއަމްއަށް ސާޔާގެ އަތުގައި އަތް ޖައްސާލިއިރު ހޫނުކަން އިހްސާސް ކުރެވުމުން ކަންބޮޑުވިއެވެ. ނަމަވެސް އެ މޫނުން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވީ ސާޔާ ދޮގުހެދުމުންނެވެ.

" ހުން އައީތަ؟.. ބޭސް ކާން ހިނގާ.. އަވަސް.. އާދޭ..".. ރައުލްގެ އަޑުގައި ވެސް އެކުލެވިގެންދިޔައީ ކަންބޮޑުވުމެވެ. ނަވާރް އައިސް އޭނާގެ އަތުގައި ހިފުމުން ތެދުވަން ބޭނުން ނުވިޔަސް ސާޔާ ތެދުވިއެވެ. ސާޔާ ސޯފާގައި އިށީންނަން އުޅުމުން ލިއަމް އޭނާ ގެންދިޔައީ ކޮޓަރިއަށެވެ. އެނދުގައި ރީތިކޮށް އިށީންނާށޭ ބުނެ އޭނާ އަވަސްވެގަތީ ސާޔާ އަށް ބޭސް ގެނެސްދިނުމަށެވެ. އަވަސް ހިނގުމެއްގައި ގޮސް ސިޓިނގްރޫމުގެ ވަތްގަނޑެއް ދަމާލުމަށްފަހު ލިއަމް ފަރސްޓް އެއިޑް ފޮށި ނެގިއެވެ. އަދި އައިސްއަލަމާރިން ނެގި ކުޑަ ފެންފުޅި ހިފައިގެން ގޮސް އަނެއްކާވެސް ކޮޓަރިއަށް ވަނެވެ. ބޭސްގުޅައާއެކު ފެން ފުޅި ދިނުމުން ސާޔާ އެއްޗެކޭ ނުބުނެ ބޭސް ގުޅަ ކާލިއެވެ. ދެން ލިއަމްއަށް ފުރަގަސްދެމުން އޭނާ އޮށޯތެވެ.

ލިއަމް ސާޔާއާ ކައިރިވާން އުޅުމުން އެކަން ހުއްޓުވީ ރައުލްއެވެ. ބޮލުގެ އިޝާރާތުން ކޮޓަރިން ނުކުތުމަށް ރައުލް ބުނުމުން ލިއަމް ވެސް ނުކުތެވެ. ނަމަވެސް ނަވާރް އިރުކޮޅަކު މަޑުކުރިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އޭނަ ސާޔާއަށް ބަލާލިއެވެ. ނަމަވެސް ވާހަކަ ދެއްކުމެއްނެތި އޭނާ ހުޅުވާލީ ފޯނެވެ.

ސާޔާ ލޯމަރައިގެން އޮންނަތާ އިރުކޮޅެއްވި އިރުވެސް ލިއަމްގެ އަޑެއް ނީވުމުން ލޯ ހުޅުވާލިއެވެ. އެވަގުތު ކައިރީގައި އިން ނަވާރް ފެނުނެވެ.

" އަރ ޔޫ އޯކޭ...".. ސާޔާގެ ހަރަކާތްތަކަށް ބަލަން އިނުމަށްފަހު ނަވާރް އަހާލިއެވެ.

" އައި ޑޯންޓް ނޯ ނަވާ.. ".. ސާޔާ ބުނެލީ ސިއްރެއް ބުނެލާ ފަދައިންނެވެ. އެ އަޑުގައިވީ މާޔޫސްކަން ނަވާރްއަށް ސިއްރެއް ނުވިއެވެ.

" ބުނެބަ ވީގޮތް.. އޭރުން ހައްލެއް ހޯދައިދެވޭނީ.. އައި ނޯ ދެޓް ޔޫ އަރ ގޮއިން ތްރޫ ސަމްތިން.. ހަމައެކަނި ބަލިވެގެން ސާޔޫ ތިހެން ނޫޅޭނެ...".. ފޯނު ތިރިކޮށްލަމުން ނަވާރް އަހާލިއިރު އެ އަޑުގައި އޯގާތެރިކަން އެކުލެވިފައި ވިއެވެ.

ސާޔާ ވިސްނާލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ހައިޖާނު އިތުރު މީހަކާ ހިއްސާކުރަންވީތޯއެވެ. ނަވާރް އަކީ އޭނާއާ ދުރު މީހެއް ނޫނެވެ. މީގެ ކުރިން މީހަކާ ހިއްސާ ނުކުރެވޭ އެތަށް ވާހަކަތއް އެކުދިން މެދުގައި ހިއްސާ ކުރެވިފައި އެބަހުއްޓެވެ. އެގެއަށް އައި ދުވަހުއްސުރެ ނަވާރް ސާޔާއާ މެދު ބެހެއްޓީ ނޯޔާއަށް ވެސް ބަހައްޓާ ގާތް ކަމެވެ. ލޭގެ ގުޅުމެއް އެދެމުގައި ނެތަސް އެއްބަނޑު އެއްބަފާކަމުގެ ކުލުނު އެ ހިތްތަކުގައި ވެއެވެ.

" އަހަރެން ސުވާލެއް ކޮށްލަންތަ؟..".. ސާޔާގެ ނަޒަރު ހުއްޓިފައި ހުރީ ސީލިންގަށެވެ.

ނަވާރް މަޑު ހޫމްއެއް އަޅުވާލުމުން ސާޔާ ދޫކޮށްލީ ފުން ނޭވާއެކެވެ. ސިކުނޑީގައި ދައުރުވަމުންދާ ސުވާލުތަށް ދުލާއި ހަމައަށް ގެންނަންވީ ގޮތަކާއި މެދު ވިސްނާލި ކަހަލައެވެ.

" ކީއްވެ ލާރާ އަހަންނާ އެހާ ވައްތަރީ؟.. ވައި އަރ ވީ ސޯ ކަނެކްޓެޑް..".. ސާޔާ އަހާލިއެވެ. އެ ސުވާލުން ނަވާރްގެ މޫނަށް ވެރިވި ހައިރާންކަން ސާޔާ ދުށްޓެވެ.

" ކިހިނެތް ލާރާ ފެނުނީ.. ".. ސާޔާގެ ސުވާލަށް ޖަވާބު ދިނުމަށްވުރެ ނަވާރްއަށް މުހިއްމުވީ އޭނާގެ ހިތުގައި އުފެދުނު ސުވާލެވެ.

" އަހަންނަށް އެނގޭ ނަވާ ނުބުނާނެކަން... މި ހުރިހާ ދުވަސްވި އިރުވެސް އެއްވެސް މީހަކު އެވާހަކަ ނުބުނީ ކީއްވެ؟.. " ސާޔާގެ އަޑުގައިވީ ޝަކުވާއެވެ. ނަވާރްއަށް އިސްޖަހާލެވުނީ ސާޔާއަށް އެކަން ސިއްރުކުރެވުމުންނެވެ. ކުރިން އޭނާއަށް އެކަމާއި މެދު ވިސްނިފައި ނެތަސް ސާޔާގެ ވާހަކަ ހުރިގޮތުން އެ ހިތަށް ކޮށްފައިވާ އަސަރު އެނގުނެވެ.

" ޑޯންޓް ވޮރީ އެބައުޓް އިޓް ޕްލީޒް.. އެންމެންވެސް ކަންތައްކުރީ ރައުލް އެދުނު ގޮތަށް.. ސާޔާ އަށްވެސް އެނގޭނެ.. އެކްސިޑެންޓްގެ ފަހުން އެތަށް މަސްތަކެއް ފާއިތުވެ ދިޔައިރުވެސް ލިއަމްއަށް ކުޑަވެސް ބަދަލެއް ނާދޭ.. އެތަށް މަސައްކަތެއް ކުރެވުނު.. އެކަމަކު އެއިން އެއްވެސް ކަމަކުން ލިބުނު ކުރިއެރުމެއް ނެތް... ރައުލްއަށް ސާޔާ ފެނުނު ގޮތެއް އަހަންނަށް ނޭނގެ.. އެކަމަކު ރައުލް ސާޔާ ގެނައީ.. ލިއަމްއަށް ހެޔޮ ބަދަލެއް އައީ ސާޔާގެ ފަރާތުން.. ސިފަ އެއްވައްތަރުވުން ފިޔަވާ ތިދެމީހުންގެ ނެތް މާބޮޑު އެއް ގޮތްކަމެއް.. ލާރާ ބޮޑަށް ވައްތަރުވާނީ ރައުލްއާ.. ރާސިލްއަށްވުރެ ރައުލްއާ ލާރާ ކްލޯޒްވާނީ ވެސް... ޕްލީޒް ޑޯންޓް ތިންކް ސާޔާގެ ފަރާތުން ވަގުތީ ބޭނުމެއް ހިފީއޭ... ރައުލް އެއީ އެކަހަލަ މީހެއް ނޫން.. ސާޔާ ގެނައުމުގެ ފަހަތުގައި ވަރަށް ބޮޑު ސިއްރެއް ވެޔޭ އަހަރެންގެ ހިތް ބުނޭ... އެހެން ނޫން ނަމަ އަދި ސިފަ ވައްތަރުވުމަކުން ރައުލް ސާޔާ ނުގެންނާނެ... ޔޫ މަސްޓް ބީ ވެރީ ސްޕެޝަލް.. އަހަރެން ރައުލް ގާތު ސުވާލު ކުރިން.. އެކަމަކު ރައުލްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނު.. " .. ނަވާރް އެއްފަހަރާ ހުރިހާ ވާހަކައެއް ދެއްކިއެވެ.

" އަހަންނަށް ވިސްނޭ.. ލާރާ އެއީ ތިއެންމެންގެ ދިރިއުޅުމުގަ ވެސް ކިހާ މުހިއްމު މީހެއްކަން އެނގޭ.. ހާއްސަކޮށް ލިއަމްއަށް.. ޕޮސިޓިވްކޮށް ވިސްނަން އުޅުނަސް ސިކުނޑީގަ އެތަށް ހިޔާލުތަކެއް އެނބުރޭ.. ފަހަރެއްގަ ލިއަމް އެގާތްކަން އެބާއްވަނީ އަހަރެންގެ ފަރާތުން އަލާރާގެ އިހްސާސް ކުރެވޭތީ ކަމަށްވެސް ވެދާނެ އެންނު..".. ސާޔާ ފަހު ޖުމްލަ މަޑު މަޑުންނެވެ. މި ނޫނީ މީހެއްގެ ކުރިމަތީ އެފަދަ ވާހަކައެއް ސާޔާ ދައްކާފައި ނެތެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އެ ހިތުގައި ވިއެވެ.

" ސާޔާއަށް ހީކުރެވެނީ ތިހެންތަ؟.. ތެދަށް ބުނަންޏާ ލިއަމް ވަރަށް ތަފާތު ވެއްޖެ.. އެއީ ހަމަގައިމުވެސް ލާރާ ދެކެ ލޯބިވި ލިއަމް ނޫން... އަހަންނަށް ލިއަމްގެ ހަރަކާތްތަކުން ޔަޤީންވޭ ސާޔޫދެކެ ލޯބިވާކަން... ނުބުންޏަސް ލިއަމް ސާޔޫއާމެދު ކަންތައް ކުރަނީ ނުހަނު ލޯބިން.. އެއިން ކޮންމެ ކަމަކުން ދޭހަވޭ ލިއަމްގެ ހިތުގައި ސާޔޫއަށް މަޤާމެއް ވާކަން.. އެއް ޒަމާނެއްގަ ލިއަމްގެ ހިތުގައި ރަސްކަން ކުރީ ލާރާއަށް ވިޔަސް މިހާރު އެކަން ބަދަލުވެއްޖެ.. ޔޫ ހެވް ޓު އެކްސެޕްޓް ދެޓް ފެކްޓް.. ބުނެބަލަ؟.. ޑޫ ޔޫ ލަވް ހިމް؟... ނަވާރްގެ ވާހަކަތަކުން ސާޔާއަށް ނޭނގޭ އިހްސާސެއް ކުރެވުނެވެ. ލިއަމްއާމެދު ހިތުގައި ކަނިވެފައިވާ އުއްމީދުގެ ހުޅުކޮޅު އާވިއެވެ. އޭނާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

އެވަގުތު ނަވާރް އަނެއްކާވެސް ސާޔާއަށް ގޮވާލިއެވެ. އޭނާ އިނީ ޖަވާބެއްގެ އިންތިޒާރުގައި ކަން ހަނދާން ކޮށްދިނެވެ.

ސާޔާ އިސްއުފުލާ ނަވާރްއަށް ބަލާލި ނަމަވެސް ހިތުގައި އޮތް އެއްޗެއް ހާމަކުރަން ޖެހިލުންވިއެވެ. އޭނާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. އެހެންނަމަވެސް ކުށްލިއަކަށް ކޮޓަރީގެ ދޮރު އެތެރެއަށް ހުޅުވުމާއެކު ދޮރު ބުޑަށް ލިއަމް އާއެކު ރައުލް ވެއްޓުނެވެ. ސާޔާއާ ނަވާރް އެކަކު އަނެކަކަށް ބަލާލީ ދެލޯ ބޮޑުވެފައި ތިބެއެވެ.

= ނުނިމޭ =

 

Ads by Allied Insurance
  1. މާމާ

    އަޅޭ ހާދަ ކުރޭ… ކިޔާަ ހިތުން އިންދާ އެނިމުނިީ

  2. ޢަސްލުވެސްް ކިޔާހިތުންް އިންދަަ މިި ނިމުނީ