ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

ސާޔާ އިސްއުފުލާ ނަވާރްއަށް ބަލާލި ނަމަވެސް ހިތުގައި އޮތް އެއްޗެއް ހާމަކުރަން ޖެހިލުންވިއެވެ. އޭނާގެ ތުންފަތް މަޑުމަޑުން ހަރަކާތް ކޮށްލިއެވެ. އެހެންނަމަވެސް ކުށްލިއަކަށް ކޮޓަރީގެ ދޮރު އެތެރެއަށް ހުޅުވުމާއެކު ދޮރު ބުޑަށް ލިއަމް އާއެކު ރައުލް ވެއްޓުނެވެ. ސާޔާއާ ނަވާރް އެކަކު އަނެކަކަށް ބަލާލީ ދެލޯ ބޮޑުވެފައި ތިބެއެވެ.

Ads by STELCO

******************************

" ކިހިނެތް މި ވަނީ؟.. ". އެނދުން ތެދުވި ގޮތަށް ނަވާރް ގޮސް ވެއްޓިފައި އޮތް ރައުލްއާއި ލިއަމް ކައިރީ މަޑުކޮށްލިއެވެ.

" ކޮންކަމެއް ކިހިނެތްވީ؟..".. ރައުލް އަހާލީ ނުހަނު އާދައިގެ ގޮތަކަށެވެ. އޭރު ދެ ޒުވާނުން ކޮޅަށް ތެދުވެއްޖެއެވެ.

" ދެން ނޭނގޭނެ.. ސިއްރުން އަޑު އަހަން ދޯ ތިބީ؟... ".. ނަވާރް ދެލޯ ކުޑަ ކޮށްލަމުން އަހާލި ގޮތުން ރައުލްއަށް ހެވުނެވެ.

" ނަވާ އަށް އަބަދުވެސް ހީވާނެ ތިހެން.. އެއީ އަންހެންކުދިން އުޅޭ ގޮތް... މިތަނަށް އައީ ރައުލްގެ ފޯނު ނަގަަން.. އެކަމަކު އަހަރެމެން ނެތް ތަންތަނުގަ ވެސް އަހަރެމެންގެ ވާހަކަ ދައްކަންޏާ އަޑު ވެސް އެހޭނެ އެންނު...". ލިއަމްގެ ސިއްރު ނަޒަރު އަމާޒުވީ ސާޔާއަށެވެ. އެވަގުތު އެ މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވީ ސާޔާއަށް ވެފައި އިން ގޮތް ފެނުމުންނެވެ. އެ ދޮން މޫނުން ފެންނަން ހުރި މަޑު ރަތްކުލައިން ލިއަމްއަށް މަޖާވިއެވެ.

ނަވާރް އަނގަޔަށް ގޮތެއް ހަދާލީ ރައުލް ގޮސް ބާލީސް ދަށުން އޭނާގެ ފޯނު ނެގުމުންނެވެ. އަތު ތެރޭގައި ފޯނު އަނބުރާލަމުން ރައުލް ބުމަ އަރުވާލަމުން ހީލިއެވެ.

" ފޮނި ނުވެ މިތަނުން ދާން އުޅޭ...".. ނަވާރް ތުންފިއްތާލަމުން ބުނެލިއެވެ.

އިތުރަށް ނަވާރްއަށް ރައްދު ނުދީ ލިއަމްއާ ރައުލް ނުކުތެވެ. އެ ހުރިހާ އިރު ނުހޭން ހުރި ސާޔާއަށް ހެވުނީ ދެނެވެ. ލޮލުން ފެން އަންނަށް ފެށުމުން އޭނާ ހުނުން ހުއްޓާލިއެވެ. ކުރިއަށްވުރެ ހުން މަޑުވެފައި ހުރުމުން އޭނާ ތެދުވެ އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ.

ނަވާރް ގޮސް މަޑުކޮށްލީ ކޮޓަރިން ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކައިރީގައެވެ. ފަނޑު ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔުމާއެކު އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ. އަދި މަޑު މަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު ޖެހިލި ފިނި ވައިރޯޅިން އޭނާގެ އިސްތަށިގަނޑު ދެފަރާތަށް ވިހުރިލިއެވެ. ތިރިން ރާސިލްގެ އަޑު އިވުމުން ނަވާރް ބަލައިލިއެވެ. އޭރު ބަގީޗާ ތެރޭގައި ރާސިލް ކިރާޒް ގޮވައިގެން އުޅެއެވެ. އެމަންޒަރު ފެނުމުން ނަވާރްގެ ތުންފަތުގައި ކުޅެލީ ހިތްގައިމު ހިނިތުންވުމެކެވެ. ސާޔާއަށް ގޮވާ ގެނެސް އޭނާއަށް ވެސް ރާސިލްއާއި ކިރާޒް ދައްކާލިއެވެ.

" ސާޔޫ އަށް އެނގޭތަ؟.. ކިރާޒް ފެނުނީމަ ވަރަށް ހަނދާންވޭ ލާރާ... ކިރާޒް ބޮޑުވާ ވަރަކަށް ވައްތަރީ ލާރާއާ...".. ނަވާރްގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑުވިއެވެ. އެ ހަނދާނުން އޭނާގެ އުފާވެރި ތަބީއަތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނުވިއެވެ.

" ތިހެން ބުނީމަ ވައްތަރު ވެއްޖެ.. އެކަމަކު ކިރާޒްގެ ވައްތަރުދޯ ރާސިލް އާވެސް.. މިބުނީ އިސްތަށިގަނޑާ ލޮލުުގެ ކުލަ...".. ސާޔާ ބުނެލިއެވެ. އެވަގުތު ނަވާރް އިސްއުފުލާ އޭނާއަށް ބަލާލިއެވެ. ހިތަށް އެއްޗަކުން ނަވާރްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

" މަޖާ އެއްޗެއް ހިތަށް އަރައިފި.. ވެލް... ސާޔޫއާއި ލާރާ ކިހާ ވައްތަރުދޯ؟.... މިސާލަކަށް ލާރާއަކީ ސާޔޫގެ ދައްތައަކަށް ވެފަ ރާސިލްއާއި ރައުލްއަކީ ބޭބެއަށް ވެއްޖެއްޔާ ދެން ކިހިނެތް ހަދާނީ...".. ހީނގަންނަމުން ނަވާރް ބުނެލިއެވެ. އެކަން މާބޮޑު ކަމަކަށް ނުހަދާ ނަވާރް އަނެއްކާވެސް ކިރާޒް އުޅޭ ނޫޅޭ ގޮތް ބަލަން ފެށިއެވެ. ނަމަވެސް ނަވާރްގެ އެ ޖުމްލަ އިވިފައި ސާޔާގެ ހަރަކާތްތަށް މަޑު ޖެހުނެވެ. ނަމަވެސް ސިކުނޑިއަށް ވެރިވާން ފެށި ހިޔާލުތަކުން ސާޔާ ލޯ މަރާލުމަށްފަހު ނަފްސު ހަމައަކަށް އަޅުވާލިއެވެ.

" ނަވާ ކީއްވެ މާ ފަހަތުގަ ތި ހުންނަނީ؟... ތަންކޮޅެއް ކުރިއަށް ޖެހިބަލަ...".. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލަމުން ސާޔާ ބުނެލިއެވެ. އެވަގުތު ނަވާރްގެ މޫނަށް ވެރިވި ކުލަތަށް އޭނާއަށް ސާފުކޮށް ފެނުނެވެ. އޭނާ އެއްޗެކޭ ބުނުމުގެ ކުރިން ނަވާރް އައިސް ކައިރީގައި މަޑުކޮށްލިއެވެ.

" އަހަރެން ބިރުގަނޭ....".. ނަވާރް ބުނެލީ މަޑުންނެވެ. ސާޔާ ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ހައިރާންކަމާއެކު ކީއްވެތޯ އަހާލިއެވެ.

" އައި ޓްރައިޑް ޓު ކިލް މައި ސެލްފް...".. ނަވާރް ބުނެލީ އިސްޖެހިފައި ހުރެއެވެ.

" ވަޓް.. ނަވާ؟... ވައި؟؟...".. ސާޔާގެ ދެލޯ ބޮޑުވިއެވެ. ނަވާރް ބުނި އެއްޗެއް ގަބޫލުކުރަން ދަތިވެފައި ހުރި ފަދައަކުންނެވެ.

" ހުރިހާ ކަމަކާ ކުރިމަތިލާނެ ގޮތެއް ނޭނގުނީ... އެކްސިޑެންޓްގެ ފަހުން އަހަރެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު.. ލާރާ މަރުވުމުން އަމިއްލަ ނަފްސަށް މާފު ކުރުންވީ އަހަންނަށް އެންމެ އުނދަގޫ ކަމަށް... މެލެކް އާންޓީ ދެރަވެފައި ހުރި ވަރުން އިތުރަށް ނަފްސު ކުށްވެރި ކުރެވުނު ... އެދުވަހު މެލެކް އާންޓީ ބުނި ހުރިހާ އެއްޗެއް ވެސް ޤަބޫލު ކުރެވުނު... އެއީ އަހަންނާ ދިމާލަށް ބުނެވެން ޖެހޭ އެއްޗިއްސޭ ހީވި.. އައި ފެލްޓް ސޯ ބޭޑް އެބައުޓް އިޓް... ހިތަށް އެރީ ލާރާ މަރުވީ އަހަރެންގެ ސަބަބުންނޭ... އެހެންވީމަ އަހަންނަށް ދިރިހުރުމުގެ ހައްޤެއް ނެތޭ.. އައި ޑޯންޓް ޑިސަރވް ޓު ލިވް އޭ... އެ ހުރިހާ ފީލިންގް އަކާއެކު އައި ރިއަލީ ލޮސްޓް އިޓް.. އަނެއްކާ މާ ގިނަ ދުވަސްތަކެއް ނުވެ އަހަންނަށް ލޫކަސްގެ ހަޤީޤަތްވެސް އެނގުނީ.. އައި ކުޑުންޓް ޓޭކް އިޓް އޯލް... ދިރިހުރުމުގެ އެއްވެސް ރީޒަންއެއް ނޭނގުނު.... އައި ފެލްޓް ލައިކް އައިމް އެ ކޮމްޕްލީޓް އިޑިއަޓް... ސޯ އައި ޓްރައިޑް ޓު ކިލް މައި ސެލްފް..".. ނަވާރްގެ ކޯތާފަތުން ތިރިއަށް ފޭބި ކަރުނަ ތިކި އޭނާ ފޮހެލިއެވެ. އަދި ކުރިމަތިން ފެންނަން އޮތް މާހައުލަށް ނަޒަރު ހުއްޓާލިއެވެ. އެ ހިނދުކޮޅު ތެރޭގައި ވެސް ނަފްސަށް ބިރުވެރިކަން އިހްސާސް ކުރެވުނެވެ. ކުރެވުން އުޅުނު ބޮޑު ފާފައިގެ ނުބައިކަން ވިސްނާލެވުނެވެ.

ނަވާރް ނުބުންޏަސް އޭނާ ބެލްކަނިން ފުންމާލަން އުޅުނީކަން ސާޔާއަށް ވިސްނުނެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ ނަވާރް ގެނެސް މޭގައި ޖައްސާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ސާޔާ ދުރުވިއެވެ.

" ނަވާއަށް އެނގޭތަ؟.. އަހަރެން ވެސް އަމިއްލައަށް މަރުވާން އެތަށް ފަހަރަކު ހިތަށް އެރި... އަހަންނަށް އުފަން ބައްޕަގެ ފަރާތުން ކުރިމަތިވީ ޖަނަވާރެއްގެ ފަރާތުންވެސް ކުރިމަތި ނުވާނެހާ އަނިޔާއާ ވޭން.. މިހެން ބުނަން އަހަރެން ލަދެއް ނުގަނޭ... ކުރިން މިވާހަކަ ދައްކަން ފަސްޖެހެވޭ.. ހިތަށް އަރާ އެއްވެސް މީހަކު ޤަބޫލު ނުކުރާނެއޭ.. އަމިއްލަ ބައްޕަ ދަރިފުޅަށް އެފަދަ އަނިޔާއެއް ދޭނެ ކަމަށް ޤަބޫލު ކުރާނީ ކާކު ހެއްޔޭ؟.. މި މުޖްތަމައުގަ އެފަދަ ކަމެއް ހިނގިއަސް އެކަމަށް އެއްވެސް ޕޮސިޓިވް ރެސްޕޮންސެއް ނުލިބޭ.. އަބަދުވެސް އެކަން އޮއްބާލަނީ.. ރުފިޔާ އަކީ ހުރިހާވެސް އެއްޗަކީ... ބައްޕަ އަހަރެން ވިއްކާލީ ކިތަށް ފިރިހެނުންނަށްކަން ބުނަން ހުދު އަހަންނަށްވެސް ނޭނގެ.. މިހާރުވެސް އެ މަންޒަރުތަށް ސިފަވޭ.. އެ އަޑުތަށް ކަންފަތުގައި ހަރުލާފަ ހުރޭ... ވަރަށް އާދޭސް ކުރިން.. އެހެން ނުހަދަން ބައްޕަ ކައިރީ ބުނެ ރޮއެ ރޮއެ ގޮތް ހުސްވި... އެކަމަކު ވެސް އެ ހިތަށް ކުޑަވެސް އަސަރެއް ނުކުރި... އެއިން ކޮންމެ ފަހަރަކު ހިތަށް އަރާ މި ވޭނަށް ކެތް ކުރުމަށްވުރެ މަރުވުން މާ ރަނގަޅޭ... ބަޓް ޔޫ ނޯ؟.. އެއީ ނޫން ހައްލަކީ.. އަމިއްލައަށް ފުރާނަ ނަގާލުމަށްވުރެ މޮޔަ ކަމެއް އިންސާނަކު ނުކުރާނެ.. މިއީ ވެސް އަމާނާތެއް.. އެދުވަހުން ސުވާލު ކުރެވޭނެ.. އޭރުން ފިލަަން ދުވެވޭނެ ތަނެއް ނޯންނާނެ.. މިއަދު އަސަދުއަށް އެހެން އުޅެވުނަސް އެދުވަހުން އޭނަ ދާނީ ކޮންތާކަށް.. ރުފިޔާ ދީގެން އަޒާބުން މިންޖުވެވިދާނެއޭ އަސަދުއަށް ހީވެދާނެ.. ހީ ޑަޒަންޓް ނޯ ހައު މަރސިފުލް ﷲ އިޒް.. އެއްވެސް އިންސާނަކަށް އެ އިންސާނަކަށް ނުއުފެލެވޭ ވަރުގެ ތަކުލީފެއް އެކަލާނގެ ނުޖައްސަވާނެ... އޭރު އެ އަނިޔާތަކަށް ކެތްތެރިވެ ހުރެ ކުރި ދުޢާ މާތް ﷲ އިޖާބަ ކުރައްވަވައިފި.. ދިސް އިޒް މޯރ ދެން ވަޓް އައި ޕްރޭޑް ފޯރ.. އޮފް ކޯރސް... ހީ ހޭޒް ބެޓަރ ޕްލޭންސް ފޯރ އަސް.. މޯރ ދެން ވަަޓް ވީ ކެން އިވެން އިމޭޖިން.. އެހެންވީމަ ދެން ދުވަހަކުވެސް އަމިއްލަ ފުރާނަ ނަގާލަން ހިތަށް ނާރުވާތި...".. ސާޔާގެ ވާހަތަކުން ނަވާރްގެ ދެލޯ ފެންކަޅިވިއެވެ. ކުރިމަތީގައި ހުރީ އަލާރާހެން ހީކުރެވުނެވެ. އެއީ އަލާރާ ނަމަވެސް ވާހަކަ ދައްކާނެ ގޮތެވެ.

" އައި އޭމް ސޯ ގްރޭޓްފުލް ފޯރ ޔޫ...".. ނަވާރް ބުނެލިއެވެ. އެވަގުތު އެދެމުގައި ހިނިތުންވުމެއް ބަދަލުކުރެވުނެވެ.

" ކޮން ވާހަކައެއް ދައްކަން ނަވާ އުޅުނީ.. އަދި ކިރިޔާ މެސެޖް މި ހަނދާންވީ..".. ކުއްލިއަކަށް ސާޔާ ބުނެލިއެވެ. އެއާއެކު ވަގުތުން ނަވާރްގެ ކޯތާފަތް ރަތްވެއްޖެއެވެ. އެހެން ނަމަވެސް އެ މޫނުން ދެން ފާޅުވީ ނުހަނު ސީރިޔަސް ކަމެވެ.

" އަމް.. އަސްލު މިވާހަކަ ދައްކަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ.. ޔޫ ނޯ ދެޓް އައި ޑޯންޓް ހޭވް މަޗް ފްރެންޑްސް... ކުޑަ އިރު ވެސް އެހާ ރައްޓެހިން ނުތިބޭނެ... އައި ހެޑް އަ ބެސްޓް ފްރެންޑް... ވިޝާލް.. އެކަމަކު ކުއްލިއަކަށް ވިޝާލް ރާއްޖެއިން ބޭރަށް ބަދަލުވީ.. އޭގެ ފަހުން އަހަރެމެންގެ ގުޅުންވެސް އެއްކޮށްހެން ކެނޑިއްޖެ.. އެކަމަކު މިހާރު ވިޝާލް އެބަ އުޅޭ ރާއްޖޭގަ.. ވީ ޓޯލކް މަދުން.. ވިޝާލްއާ އޭރު ކޮންމެ ވާހަކައެއް ދައްކަން ޖެހުނަސް އަހަންނަށް އޯކޭ.. އެކަމަކު މިހާރު ޖެހިލުންވޭ... ދެން ހުރީ ނޯޔާ... އެކަމަކު މި ވާހަކަ ނޯޔާ ކައިރީ ބުނަންވެސް އަހަރެން ޖެހިލުންވޭ... ".. ނަވާރްގެ ބުނަން ބޭނުންވަނީ ކީކޭކަން ނަވާރްއަށް އެނގުނެވެ. އެހިނދު އޭނާއަށް ހިނިތުންވެވުނެވެ. މަޑުމަޑުން ނަވާރްގެ އަތުގައި ހިފާލަމުން ބޯ ޖަހާލީ އޭނާއަށް އިތުބާރު ކުރާށޭ ބުނާ ފަދައަކުންނެވެ.

" އައިމް އިން ލަވް.. އަހަންނަށް ވަރަށް ބޮޑަށް ލޯބި ވެވިއްޖެ... އިތުރަށް ސިއްރުކޮށްގެން ހުންނަށް އުނދަގޫވާހާ ވަރަށް... ޕްލީޒް ހެލްޕް މީ.. އަހަރެން ކިހިނެތް ހަދަންވީ؟..".. ރައުލްގެ ނަން ބުނަން ބޭނުންވިޔަސް ނަވާރް ޖެހިލުންވިއެވެ.

" ހޫ އިޒް ދި ލަކީ ގާއި؟..".. ސާޔާ އަހާލީ ދިމާކުރާ ރާގެއްގައެވެ. އެވަގުތު ނަވާރް އަކުރުތަކަށް ދަމާލަމުން ސާޔާގެ ނަން ކިޔާލި ގޮތުން އޭނާއަށް ހެވުނެވެ.

" ނޯ ވޮރީސް... ރައުލްދެކެ ލޯބި ނުވާނީ ކާކު...".. ސާޔާ ބުނެލިއެވެ. އެވަގުތު ނަވާރްއަށް ހިނިތުންވެވުނެވެ.

" އަހަންނަށް ނޭނގެ ކިހިނެތް ކަަމެއް މިހެން ވީ.. އަހަރެން ނުވެސް ވިސްނަން.. ކުށްލިއަކަށް ރައުލް ކަމުދާން ފެށީ.. އައި ކޭން ޓްރަސްޓް ހިމް... ކޮންމެ ކަމެއްގައި ވެސް ރައުލް އަށް އިތުބާރު ކުރެވޭ.. ދުވަހަކުވެސް ރައުލް ދެރަގޮތެއް ނުހަދާނެކަން އެނގޭ.. އެކަމަކު ވަޓް އިފް ދިސް އިޒް ރޯންގް.. އަހަންނަށް ހީވަނީ މެލެކް އާންޓީ މި ގުޅުމަށް އެއްބަސް ނުވެދާނެއޭ.. ".. ނަވާރް ބުނެލިއެވެ. އެވަގުތު ނަވާރްގެ އަޑުގައިވީ ކަންބޮޑުވުން ސާޔާއަށް އިހްސާސް ކުރެވުނެވެ.

" ނަވާ... ލޯބި ވުމަކީ ކުށެއް ނޫން.. ރައުލް ވެސް ނަވާދެކެ ލޯބިވެއޭ އަހަރެންގެ ހިތް ބުނޭ.. ތި ދެމީހުން އެކީގައި ވުމަކީ އަހަރެން އަބަދުވެސް އެދެމުން އައި ކަމެއް.. ނުބުންޏަސް ދެމީހުން އެކީގައި ފެންނަ ކޮންމެ ފަހަރަކު އެކަމަށް އެދެވޭ... ލޯބި ވަންޏާ ލަސްކުރާނެ ކަމެއް ނެތް.. ލޯބި ވާ ވާހަކަ ބުނުން އެއީ ހަމައެކަނި ފިރިހެން ކުއްޖާ ކުރަން ޖެހޭ ކަމެއް ނޫން.. ދެން ތިބުނީ ރައުލް މަންމަގެ ވާހަކަ... ނަވާއަށް ހީވޭތަ ރައުލް މަންމަ ތި ދެމީހުން ގުޅެން އޯކޭ ނުވާނެއޭ؟.. ނަވާއަށާ މި އާއިލާއަށް ރައުލްގެ މަންމަ މާފު ނުކުރާނަމަ ކީއްވެ އެނބުރި އަންނަންވީ؟.. ޝީ ވިލް ލަވް ޔޫ.. އައިމް ވެރީ ޝުއަރ.. ".. ސާޔާގެ އަޑުގައިވީ އިތުބާރުން ނަވާރް އަށް ލިބުނު ހިތްހަމަޖެހުން ނުހަނު ބޮޑެެވެ. އޭނާގެ ހިތް އެދޭ ގޮތް ރައުލްއާ ހިއްސާކުރަން ކުރިއަށްވުރެ ބޮޑަށް އެދެވެން ފެށުނެވެ.

" ތިބުނީ އެންނު ލޯބިވާ ވާހަކަ ބުނަން ޖެހެނީ ހަމައެކަނި ފިރިހެން ކުއްޖާ ނޫނޭ.. ދެން ކީއްވެ ސާޔޫ ލިއަމްދެކެ ލޯބިވާ އިރު އެވާހަކަ ނުބުނެ ތި ހުންނަނީ؟..".. ނަވާރް އަހާލިއެވެ. އެވަގުތު ސާޔާގެ މޫނުގައިވީ ހިނިތުންވުން ފަނޑުވިތަން އޭނާ ދުށްޓެވެ. އެއީ ކީއްވެކަން ވެސް ނަވާރްއަށް އެނގުނެވެ.

" ލިއަމް ލޯބި ނުވާއިރު އަހަރެން ލޯބިވިޔަސް ކުރާނެ ކަމެއް ނެތެއްނު...".. ކިތަންމެ ފަރުވާލެއް ނެތް ރާގަކަށް ބުނަން ސާޔާ މަސައްކަތް ކުރި ނަމަވެސް އެ އަޑުގައިވީ މާޔޫސްކަން ނަވާރްއަށް ސިއްރު ނުވިއެވެ. " ޑޯންޓް ސޭ ދެޓް.. ލިއަމް ސާޔޫ ދެކެ ލޯބިވޭ.. ހީ އިޒް ކްރޭޒީ އެބައުޓް ޔޫ..  މޭޑްލީ އިން ލަވް ވިތް ޔޫ.. އަހަންނަށް ޔަޤީން...".. ނަވާރް ބުނެލީ ނުހަނު ޔަޤީން ކަމާއެކުގައެވެ. ނަމަވެސް އެއަށް ވަކި އެއްޗެކޭ ސާާޔާ ނުބުންޏެވެ.

އެގޮތުގައި އެތަށް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ނަވާރް ދިޔައީ މެންދުރު ނަމާދަށް ބަންގި ގޮވުމުންނެވެ. އެދުވަހުގެ ބާކީ އޮތްބައިގައިވެސް އޭނާއަށް ސާޔާ ދެއްކި ވާހަކަތަކާމެދު ނުހަނު ފުންކޮށް ވިސްނުނެވެ. ސާޔާ ބުނިފަދައިން ރައުލް ކައިރީ އޭނާ ލޯބިވާކަން ހާމަކުރަންވީ ބާއެވެ. ނޭނގި ނަމަވެސް މުޅި ދުވަހު ނަވާރްއަށް ހުރެވުނީ ރައުލްގެ ހިޔާލުގައެވެ. ދެމީހުން އެކުގައި ހޭދަކުރެވިފައިވާ އެކި އެކި ވަގުތުތަށް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔަ އިރު ހުރެވުނީ ހިނިތުންވެލައިގެންނެވެ.

***************************************

ގެއިން ނުކުމެ އަސަދު ހިނގައިގަތީ ބޮލޮސޮމް ގެއާއި ދިމާލަށެވެ. ހުއްޓުމެއްނެތި އޭނާ ސާޔާގެ ފޯނަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ފޯނު ކޮންމެ ފަހަރަކު ބިޒީ ވަނީއެވެ. ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު އަސަދު އައިސްފައި ހުރި ރުޅީގައި ދެތިން އެއްޗެއް ބުނެލިއެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ ލައިގެން ފަޓުލޫނުގެ ޖީބުން ވޮލެޓް ނެގިއެވެ. އަދި އޭގައި ހުރި ރުފިޔާތަށް ގުނާލިއެވެ.

" ފަސް ހާސް...".. އަސަދު ކިޔާލިއެވެ. އެވަގުތު އެމޫނުން ވެރިވީ މާޔޫސްކަމެވެ. އަތުގައި ހުރި ރުފިޔާ ކޮޅު ހުސްވާން ފެށުމުން އަސަދުގެ ހާސްކަން އިތުރުވިއެވެ. ރައުލްގެ އަތް މައްޗަށް ސާޔާ ދޫކޮށްލެވުނު ކަމުގެ މޮޔަ ހީވިއެވެ. އެދުވަހު އޭނާއަށް ވިސްނާނުލެވުނު ކަމުގެ މޮޔަކަށް ހިތަށް ވެރިވާ ކޮންމެ ފަހަރަކު ސިކުނޑި ސުމަކަށްދާ ވަރު ވެއެވެ. ހާއްސަކޮށް ސާޔާ ކޮލެޖުން ފެނުނު ދުވަހު ކައިރީގައި ހުރި ޒުވާނާގެ ސަބަބުން އިތުރަށް އަސަދުގެ ބޮލުގައި ރިއްސަން ފެށިއެވެ.

ރައުލް ފަދައިން އެއީ ވެސް އާދައިގެ ޒުވާނެއް ކަމާއި މެދު އޭނާއަށް ޝައްކެވެ. އެދުވަހު އޭނާގެ ލޮލުން އަސަދު ދުށީ ސާޔާއަށްޓަކައި އެ ހިތުގައި އޮތް ލޯތްބެވެ. ކޮންމެ ހާލެއްގައި ވެސް ސާޔާ ސަލާމަތްކުރަން އެ ޒުވާނާ ތައްޔާރަށް ހުރިކަން އަސަދުއަށް ޔަޤީންވާއިރު އޭނާގެ މަޤްސަދު ހާސިލްވާނެ ކަމާއި މެދު އޮތް ހަނި އުންމީދުގެ ހުޅުކޮޅު ވެސް އިތުރަށް ކަނި ވިއެވެ.

ފިކުރުތަކުގެ އޮއެވަރުގައި ބެހެމުން ދިޔަ އަސަދުގެ ސަމާލުކަން ހުއްޓުނީ ދުރުގައި ހުރި ޒުވާނަކަށެވެ. އޭނާގެ ނަޒަރު އަސަދުއާއި އަމާޒުވެފައި ހުރިހެން ހީވެ އަސަދު ނިކަން ރަނގަޅަށް އޭނާއަށް ބަލާލިއެވެ. ނަަމަވެސް އަނދިރިކަން ވެރިވެފައި އޮތުމުން އެ ޒުވާނާގެ މޫނު ސިފަވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާ އިނީ ސައިކަލެއްގެ މަތީގައިކަން އަސަދުއަށް ބުނަން އެނގެއެވެ. އަނދިރީގެ ތެރެއިން ވެސް އެ ބިޔަ ހަށިގަނޑު ފާޅުވެއެވެ. ހިތުގައި ޖެހިލުންވުމެއްވި ނަމަވެސް އަސަދު އެކަން ނުދައްކާ ކުރިއަށް ދިޔައެވެ.

އެހެން ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުވީ އެ ޒުވާނާ އޭނާއަށް ގޮވާލުމުންނެވެ. އެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު އަސަދުގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. އޭރު އަސަދު އަށް ހުރެވުނީ އޭނާއަށް ވުރެ ތަންކޮޅެއް ކުރީގައެވެ. ހިތް އަވަސްވެފައި ހުރެ އަސަދު އެނބުރި ބަލާލިއެވެ. އޭރު އަނދިިރީގެ ތެރެއިން އެ ޒުވާނާ މަޑުމަޑުން ހިނގާފައި އަންނަނީއެވެ.

= ނުނިމޭ =

 

Ads by Allied Insurance
  1. ޥަރަށް ރީތި