Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ނަޝީދު ދިރިއުޅުއްވާ ގެ، ޕީޕީއެމް ވެރިކަމެއްގައި ތަޅައިލާނަން: މަލީހް

ރައީސް ނަޝީދު ދިރިއުޅުއްވާ ގެ، ޕީޕީއެމް ވެރިކަމެއްގައި ތަޅައިލާނަން: މަލީހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ، މުރައިދޫގެ ޕީޕީއެމްގެ ވެރިކަމުގައި ތަޅައިލާނެކަމަށް ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް އެ ދާއިރާގައި ހިމެނޭ ފޯކައިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަލީހް ވިދާޅުވީ ރައީސް ނަޝީދު ދިރިއުޅުއްވުމަށް ޚާއްސަކޮށްފައިވާ މުރައިދޫގެއަށް ކުރަމުންދާ ޚަރަދުތަކަކީ، އިސްރާފު ބޮޑު ބޭކާރު ޚަރަދުތަކެއް ކަމަށެެވެ. އަދި އެ ޚަރަދުތަކަކީ ރައްޔިތުންނަށް އެކަމުން ބޮޑެތި ގެއްލުންތައް ކުރާ ހޭދަތަކެއްކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން މަލީހް ވިދާޅުވީ ރައީސް ނަޝީދަކީ މިހާރު ވެސް ތިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށާއި ނަމަވެސް ރައްޔިތުން އުޅެނީ އަތާއި އަނގަޔާއި ދިމާނުވެގެން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން އެ ކުރަނީ ބޭކާރު ހަރަދު ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

“ނަޝީދު އުޅޭ ގަނޑުވަރު އެބަޖެހޭ ތަޅައިލަން. އެއީ ބޭކާރު ހަރަދު، އެއީ ބޭކާރު އިސްރާފު ރައްޔިތުންގެ ފައިސާއިން ކުރާ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ހަރަދެއް ނޫން" މަލީހު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އަލްއުސްތާޛު މޫސާ ފަތުހީ އާދަމްއެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލްހަންނާން އިދުރީހެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ރާޝިދުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް