ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

އެހެން ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑުވީ އެ ޒުވާނާ އޭނާއަށް ގޮވާލުމުންނެވެ. އެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު އަސަދުގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ. އޭރު އަސަދު އަށް ހުރެވުނީ އޭނާއަށް ވުރެ ތަންކޮޅެއް ކުރީގައެވެ. ހިތް އަވަސްވެފައި ހުރެ އަސަދު އެނބުރި ބަލާލިއެވެ. އޭރު އަނދިިރީގެ ތެރެއިން އެ ޒުވާނާ މަޑުމަޑުން ހިނގާފައި އަންނަނީއެވެ.

Ads by Hajj Corporation

މަގުގައި ހަރުކޮށްފައި ހުރި ލައިޓުގެ އަލި އެ ޒުވާނާގެ މޫނަށް އެޅުމާއެކު އަސަދު ފަރުވާތެރިކަމާއެކު ބަލާލިއެވެ. ނުރައްކާތެރިގޮތެއް އެ މޫނުގައިވިއެވެ. މީހުން ޖެހިލުންކުރުވާފަދަ ހިނިތުންވުމެއް ވެރިކޮށްގެން ހުރިއިރު އޭނާގެ ނަޒަރު އަމާޒުވެފައިވީ އަސަދުއާއެވެ. އަސަދުގެ ލޮލުގައި އަޅައިގަތީ އޭނާގެ އަތުގައިވި ބޮޑު ޓެޓޫއެވެ.

" އައި ގެސް ވީ ނީޑް އީޗް އަދަރ...".. ޒުވާނާގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު އަސަދުއަށް ތެޅިގަނެވުނެވެ. އޭނާއަށް އެ ބުނީ ކީކޭކަން ދޭހަނުވުމުން ކީކޭ ހެއްޔޭ އަހާލިިއެވެ.

" އަސަދުވެސް ބޭނުންވަނީ ސާޔާ.. އަހަރެންވެސް ބޭނުންވަނީ ސާޔާ... އިތުރަށް ރުފިޔާ ވެސް ދޭނަން.. މިހާރު އަތުގަ ނެތެންނު މާ ބައިވަރެއް.."... އަސަދުގެ އަތުގައި އޮތް ވޮލެޓަށް އިޝާރާތް ކުރަމުން އޭނާ ބުނެލުމުން އަސަދު ހައިރާންވިއެވެ. އޭނާއާ ބެހޭ ގޮތުން އެހާ ބައިވަރު މައުލޫމާތު ލިބުނު ގޮތަކާމެދު ހިތުގައި ސުވާލު އުފެދުނެވެ.

" ކިހިނެތް ތިދައްކާ ވާހަކަ އަހަރެން ޤަބޫލު ކުރާނީ؟.. ކޮން ނަމެއް ކިޔަނީ؟.. ".. އަސަދުގެ ހިތުގައި ބިރުވެރިކަން އުފެދުނީ މީގެ ކުރިން ރައުލްއާ މެދު ކަންތައް ވެފައި އޮތް ގޮތުންނެވެ.

" ވީޝާލް...".. ކުރިއަށް ޖެހިލަމުން ވިޝާލް އޭނާގެ ކަނާތް ދިއްކޮށްލީ އަސަދުއާ ސަލާމް ކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އެ އަތުގައި ހިފަން އަސަދު ބޭނުންނުވި ކަހަލައެވެ.

" ކަލެއަށް ސާޔާ ގެނެވޭނެތަ؟..".. އަސަދު އަހާލިއެވެ. އޭނާ ވިޝާލްއަށް ބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގައެވެ.

" ތީގެ ޖަވާބު ދެވޭނީ އަސަދުއަށް.. ސާޔާގެ ހަޤީޤަތް ކިހާވަރަކަށް އެނގޭތަ؟..".. ވިޝާލްގެ ތުންފަތުގައި ކުޅެލީ މާނަވީ ހިނިތުންވުމެކެވެ.

" ތިވާހަކަ މާ ބާރަށް ނުދައްކާ.. ހިނގާ ކޮންމެވެސް ތަނަކަށް.. އަހަރެން ވަރަށް ބަނޑުހައި.. ގެއަށް ގޮސް ކައިގެން ހަބަރެއް ވާނަން.. ".. އަސަދު ބުނެލިއެވެ. އެވަގުތު ވިޝާލްއަށް ބުމަ އަރުވާލެވުނީ އަސަދުގެ ނިޔަތް އެނގުމުންނެވެ. ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ. އެއަށްވުރެ އަސަދުއަށް ސާާޔާއާ ބެހޭ ގޮތުން އެނގޭ މިންވަރު އޮޅުންފިލުވަން އޭނާ ބޭނުމެވެ.

" ގެއަށް ދާނެ ކަމެއް ނެތް.. އާދޭ އަހަންނާއެކު...".. ވިޝާލް ބުނެލުމުން އަސަދު ހުރިހާ ދަތްތަށް ފެންނަ ވަރަށް ހީލިއެވެ. އަދި އަވަސްއަވަހަށް ގޮސް ސައިކަލަށް އަރާ ހަމަޖެހިލިއެވެ.

ވިޝާލް ގޮސް ސައިކަލު މަޑުކޮށްލީ ނަން މަޝްހޫރު ރެސްޓޯރެންޓެއް ކައިރިއަށެވެ. އަސަދު ފޭބުމުން އޭނާ ގޮސް ސައިކަލު ޕަރކް ކޮށްލިއެވެ. ރެސްޓޯރެންޓަށް ވަނީ ދެމީހުން އެކީގައެވެ. ވެއިޓަރަށް ގޮވާލުމަށްފަހު ވިޝާލް އެދުނީ ލަވާޒާއަކަށެވެ. އޭނާ އިނީ އަސަދު ކާން ބޭނުންވާ އެއްޗެއް އިހްތިޔާރު ކުރަން ފުރުސަތު ދީގެންނެވެ.

" ކޯއްޗެއް އެނގެން ބޭނުންވަނީ؟...".. އަސަދު ހިތްހަމަޖެހޭވަރަށް އޯޑަރު ދެވުމުން އޭނާ ވިޝާލްއަށް ސަމާލުކަން ދިނެވެ.

" ހުރިހާ އެއްޗެއް... އަސަދުއަށް އެނގޭ މިންވަރަށް ކިޔައިދީ.. ".. ވިޝާލް އެދުނެވެ.

" އަހަންނަށް ނޭނގެ މާބޮޑު އެއްޗެއް..  ކަލޭ ކީއްކުރަން ސާޔާގެ މައުލޫމާތު ބޭނުންވަނީ؟..".. އަސަދު އަހާލިއެވެ. ވިޝާލްގެ ހަޤީޤީ މަޤްސަދު ނޭނގެނީސް އަސަދު އޭނާއަށް އެނގޭ އެއްޗެއް ބުނެދޭން ބޭނުމެއް ނޫނެވެ.

" އަސަދުއަށް އެނގޭތަ ސާޔާ މިހާރުވެސް އަސަދުގެ ގާތަށް ގެނެވިދާނެކަން... އޭރުން ފައިސާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ.. "... ވިޝާލް މޭޒުމަތީގައި ބޭއްވި އެއްހާހުގެ ނޫޓަށް އަސަދުގެ ލޯ އަމާޒުވިއެވެ.

" އުނހު.. އަދި ނުލިބޭނެ.. މާ އަވަހަށް ހޯދަން ތިއުޅެނީ.. ފުރަތަމަ އަސަދުއަށް އެނގޭ އެއްޗެއް ކިޔައިދީ...".. އަސަދު އެ ނޫޓު ނަގަން އުޅުމުން ވިޝާލް އޭނާ ހުއްޓުވިއެވެ.

" މައްސަލައެއް ނެތް.. ކަލެއަށް އެބަ އެނގޭ ވަރަށް ބައިވަރު މައުލޫމާތު.. ސާޔާއަކީ އަހަރެންގެ ދަރިއެއް ނޫން.. އެއީ އަޔާނާގެ.. އަހަންނާ އެއްވެސް ގުޅުމެއް ހުރި އަންހެނެއް ނޫން އެއީ.. އެކަމަކު މި ހަޤީޤަތް ވަނީ ސާޔާއަށް ސިއްރު ކުރެވިފަ.. ސާޔާގެ ބައްޕައަކީ ކާކު ކަމެއް މަށަށް ނޭނގެ.. އެނގޭކަށް ބޭނުމެއްވެސް ނޫން.. އަހަރެން ބޭނުންވަނީ އަނބުރާ ސާޔާ ގެންނަން... އެކަމަށް ކަލޭ ވާނެ އަހަންނަށް އެހީތެރިވާން... ".. އަސަދު ސިނގިރޭޓެއް ރޯ ކޮށްލުމަށްފަހު ތުނބުގައި ޖެއްސިއެވެ.

" ޔަޤީންތަ އެއީ އަޔާނާގެ ދަރިއެއްކަން.. ".. ވިޝާލް އޭނާގެ ހަށިގަނޑު ސީދާ ކޮށްލިއެވެ.

" އަހަންނަށް ކިހިނެތް އެނގޭނީ.. އޭނާ އުޅޭ ނޫޅޭ ގޮތެއް މަށެއް ނުބަލަން.. ".. އަސަދުގެ އަޑަށް ވެރިވީ އިންތިހާދަރަޖައިގެ ފޫހިކަމެވެ.

" ސާޔާއަކީ ކާކުގެ ދަރިއެއްކަން އަހަރެން ބުނެފިނަމަ އަސަދުއަށް މިވާހަކަ ސާޔާއާ ހަމައަށް ގެންގޮސް ދެވޭނެތަ؟..".. ވިޝާލް އަހާލިއެވެ. އޭރު އެ ލޮލުގައި ތަފާތު ވިދުވަރެއް އުފެދިއްޖެއެވެ. ފޯނު ނަގާ ނަންބަރަކަށް މެެސެޖް ކޮށްލިއެވެ. އިސާހިތަކު އެ މޫނުން ކުރިން ނުފެންނަ އުފާވެރިކަމުގެ ކުލަވަރެއް ފާޅުވެއްޖެއެވެ.

ވިޝާލް އިޝާރާތް ކޮށްލުމާއެކު އަސަދު އޭނާއާ ކައިރިއަށް ޖެހިލިއެވެ. މަޑުމަޑުން ވިޝާލް އޭނާގެ ކަންފަތްދޮށުގައި އެއްޗެކޭ ބުނެލިއެވެ.

" ކިހިނެތް ކަލެއަށް އެނގުނީ؟.. ޔަޤީންތަ؟...". އަސަދު ހުރީ ހައިރާންވެފައެވެ. އޭނާގެ ކަންފަތަށް އިވުނު އެއްޗެއް ޤަބޫލުކުރަން އުނދަގޫވެފައެވެ.

" އަސަދު ބޭނުންތަ ޔަޤީންކުރަން؟.. އެހެންވީރު ސާޔާއަށް މިވާހަކަ ކޮންމެވެސް ގޮތަކުން އަންގާ... އޭރުން ސާޔާވެސް ލިބޭނެ.. ރުފިޔާވެސް ލިބޭނެ...".. ވިޝާލް ތެދުވަމުން ބުނެލިއެވެ. އެ އަޑުގައިވީ ޔަޤީންކަމުން ވިޝާލްއަށް ކޮންމެވެސް ވަރަކަށް އިތުބާރުކުރަން ފަސޭހަވިއެވެ.

***********************

ރެސްޓޯރެންޓުން ވިޝާލްއަށް ނުކުމެވުމާއެކު މީހަކަށް ގުޅާލިއެވެ. އެކޮޅުން ހަލޯއޭ ބުނެލުމުން ވިޝާލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

" މިރެއަށް ނިންމަން ބުނި ކަންތައް ނިންމާލެވިއްޖެ.. "... ވިޝާލް ބުނެލިއެވެ. އޭނާ ހުރީ އެކޮޅުން އެއްޗެއް ބުނާނެ އިރަކަށެވެ. އެހެންނަމަވެސް އެ މޫނުން މާޔޫސްކަން ފާޅުވީ އަޑު އަހަން ބޭނުންވެފައި ހުރި އެންމެ ލަފްޒެއްވެސް ނީވުމުންނެވެ.

" ސަރ؟..".. ވިޝާލް ގޮވާލިއެވެ. އެ އަޑުގައި މިފަހަރު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމުގެ އަސަރެއް އެކުލެވިފައި ވިއެވެ.

" މިކަންތައް ނިންމާލީމަ އަޅުގަނޑު ބޭނުންވާ ކަންތައް ފުރިހަމަ ވާނެދޯ؟..".. ވިޝާލް ބޭނުންވީ ޔަޤީންކަމެވެ. އެކޮޅުން އޭނާ ބޭނުންވި ޖަވާބު ލިބުނު ފަދައެވެ. ބޯ ޖަހާލިއިރު އެ މޫނުގައިވީ ހިނިތުންވުމެކެވެ. ފޯނު ޖީބަށް ލުމަށްފަހު އޭނާ މޭގައި ފިރުމާލިއެވެ. މައްޗަށް ބަލާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީ ލޯ މަރާލަމުންނެވެ.

*****************************

މިރޭ ވެސް ސާޔާއަށް އެ ނުދަންނަ ނަންބަރުން އަލާރާގެ ފޮޓޯ ފޮނުވާފައި ހުއްޓެވެ. އެ ފޮޓޯތައް ފޮނުވާ މީހާގެ މަޤްސަދަކީ ކޮބައި ބާއޭ އޭނާގެ ހިތަށް އަރައެވެ. އެވާހަކަ ނަވާރް ނުވަތަ ރައުލްއާއި ހިއްސާ ކުރަން ހިތަށް އެރި ނަމަވެސް އެކަމަށް ފަސްޖެހެވެނީއެވެ.

އަސަދުގެ ފަރާތުންވެސް ކުރިއަށްވުރެ ގިނައިން މިހާރު ސާޔާއަށް މެސެޖް ލިބެއެވެ. ބައްދަލުކުރުމަށް އެދި އާދޭސް ކޮށްފައެވެ. އޭނާ ދައްކަން އޮތް ވާހަކައަކީ ސާޔާގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެއް ކަމުގައި ބުނާ ކޮންމެ ފަހަރަކު އެއީ ކޮން ވާހަކައެއްކަން ސާޔާ އެނގެން ބޭނުމެވެ. އެހެން ނަމަވެސް ލިއަމްއަށް ވި ވައުދު އުވާލަން ސާޔާ ނޭދެއެވެ. އަސަދުއަށްވުރެ ލިއަމް އޭނާއަށް މުހިއްމެވެ.

************************

ރިސޯޓުގައި ހަފްތާއެއް ހޭދަކުރުމަށްފަހު މެލެކްމެން އައި އިރު ބީކާލް ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. މެލެކްއާ އެ " ސިއްރު " ހިއްސާ ކުރަން ބޭނުންވި ނަމަވެސް އޭނާ ހުރީ ރާސިލްއާއި ރައުލްގެ ފަރާތުން އިޝާރާތެއް ލިބެންދެނެވެ.

ހަވީރުވެފައި ވަނިކޮށް މެލެކް ކޮޓަރިން ނުކުތެވެ. އެގަޑީގައި ވެސް އޭނާ ފެންނަނީ ނުހަނު ތާޒާ ކޮށެވެ. ސިޓިންގްރޫމަށް ނުކުމެވުމާއެކު އޭނާގެ ފިޔަވަޅުތައް މަޑުވިއެވެ.

" އަފްރާހު..".. މެލެކް ކިޔާލިއެވެ. އޭނާ ފެނުމާއެކު މެލެކްގެ ތަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އެއީ އަދިވެސް އެ ކިބުރުވެރިކަމެވެ. އެ ބޮޑާ ހިނިތުންވުމެެވެ.

" ފަހަރި.. ކޮބާ މަލިކާ... އަޑުއެހިން ރިސޯޓުގަ އުޅެފަ އައި ވާހަކަ.. އަަހަރެންވެސް މިއައީ ހަމަ...".. އަފްރާހުގެ ބެލުމުގައިވީ އަދިވެސް އެގޮތްގަނޑެެވެ. މެލެކްގެ ހިތުގައި އިތުރަށް އޭނާއާއި މެދު ނަފްރަތު އުފެދުނެވެ.

ނަމަވެސް މެލެކް ވާހަކަދެއްކީ ރީތިކޮށެވެ. ފަހަރެއްގައިވެސް އެއީ މަލިކާގެ ފިރިމީހާކަން ހަނދާންނައްތާކަން އޭނާ ބޭނުމެއް ނޫނެވެ. އަފްރާހުއަށް އެފަދައިން އިހްސާސް ވާކަށްވެސް އޭނާ ނޭދެއެވެ.

" އަހަރެން ރީތިކޮށް ކަންތައް ކޮށްދޭތީ ހީނުކުރާތި އަހަރެން ހުރިހާ ކަމެއް ހަނދާންނެތުނީއޭ...".. މެލެކް އިއްވާލިއެވެ. އެއާއެކު އަފްރާހުގެ ލުއި ހުނުމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ.

" މެލެކް ވެސް ހީ ނުކުރާތި އަހަރެން ހަނދާން ނެތުނީއޭ.. އަދިވެސް އަހަރެން ލޯބިވާ މީހަކީ ތިއީ.. މެލެކް އުފާވެރިކޮށް ތިއުޅެނީ އަހަންނަށް ކިހާބޮޑު ދެރައެއް ދީފަކަން ހަނދާން ނައްތާނުލާތި.. ".. އަފްރާހު ބުނެލީ ކިތަންމެ މަޑުންކަމުގައި ވިޔަސް އެ އިންޒާރުގެ އަސަރު މެލެކްގެ މުޅި ނަފްސަށް ކުރިވިއެވެ. އައި ރުޅީގައި އެ މޫނު ރަތްވި ނަމަަވެސް މެލެކް ހިޔާރު ކުރީ ހިމޭންކަމެވެ. އިތުރަށް އަފްރާހުއާ ދެބަސްވުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އަވސް ފިޔަވަޅުތަކެއްގައި މެލެކް ސިޓިންގްރޫމުން ނުކުތީ އިތުރަށް އަފްރާހުގެ ސޫރަ ވެސް ދުށުމަށް އެ ހިތް ނޭދޭތީއެވެ.

***************************

ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ ނަވާރް ފަރާތް ފަރާތަށް އެނބުރިލިއެވެ. އެނދުމަތީގައި ބާއްވާފައި އޮތް ދެތިން ހެދުން ނަގައި ފަހަރަކު ހެދުމެއް ގައިގާ ޖެއްސިއެވެ. އެންމެ ފަހުން އޭނާ ހިތްހަމަޖެހޭވަރުވީ ހުދު ކުލައިގެ ޖިންސަކާއި ފްލޯރަލް ޓޮޕެއް ލެވުމުންނެވެ. މޭކަޕާއި ނަވާރް ކިތަންމެ ދުރު ނަމަވެސް ނަވާރް މިއަދު ލޮލުގައި އައިލައިނާ އެޅިއެވެ. އެ ބޯ އެސްފިޔަތަކުގައި މަސްކަރާ އުނގުޅާލިއެވެ. އޭގެ ސަބަބުން އެރީތި ދެލޮލުގެ ވިދުން އިތުރަށް ގަދަވި ކަހަލައެވެ. ތުންފަތުގައި ނަވާރް ޖެއްސީ މަޑު ފިޔާތޮށި ކުލައެވެ. އެ ބުޅި އިސްތަށިގަނޑު އޭނާ ބޭއްވީ ތިރިއަށް ދޫކޮށްފައެވެ. ޤަވާއިދުން ބަލަހައްޓާތީ އެ އިސްތަށިގަނޑު ބަލާލަން ނުހަނު ހިތްގައިމެވެ.

ހިތްހަމަޖެހޭވަރަށް މޭކަޕް ކުރެވުމުން ނަވާރް ތިރީ ޑްރޯވަރ އެއް ދަމާލުމަށްފަހު ނެގި ފޮށި ހުޅުވާލިއެވެ. އަދި އޭގެން ނެގި ގަހަނާއިން ކަންފަތާއި ކަރު ފަޅުފިލުވާލިއެވެ.

" ރައުލްއަށް ރީތިވާނެބާ؟... ".. ލޯގަނޑުން އޭނާގެ ސޫރަ ފެނުމާއެކު ނަވާރްގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.

ނަވާރް ކޮޓަރިން ނުކުތީ ރައުލް ތިރީގައި ހުރިކަމަށް ބުނެ މެސެޖް ކުރުމުންނެވެ. ފިނިވެފައިވާ އަތަށް ބާރުކޮށްލަމުން ނަވާރް ލިފްޓަށް އެރިއެވެ. ރައުލް ބުނިފަދައިން އޭނާ ތިރީގައި ހުއްޓެވެ. ނަވާރް އަރާ ހަމަވުމާއެކު ރައުލް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.

ދެ ޒުވާނުން އެކުގައި ގޮސް ކާރަށް އެރުމާއެކު ރައުލް ކާރު ދުއްވާލިއެވެ. ކާރޫ ބާރޫ ބޮޑު މަގުތަކުން ދުއްވަމުންދިޔަ އިރު ޖަހާފައިވާ ލަވައާއި އެއްވަރަށް ނަވާރް އޭނަގެ އަތުގެ އިނގިލިތައް ހަރަކާތް ކުރަމުންދިޔައެވެ.

" ރީތި ލަވައެއް ދޯ..".. ރައުލް އަހާލިއެވެ.

" ޔެސް.. ޓޭލަރ ސްވިފްޓް މެން ވަރެއް ނުވާނެ އިތުރު ބައެއް.. އަދި އައި ލަވް ޓޭލަރ ސްވިފްޓްގެ ލަވް ސްޓޯރީ...".. ނަވާރްގެ އަޑުގައިވީ ތަފާތު ޖޯޝެކެވެ. ކުޑަކުއްޖަކު ޝައުޤުވެރިވުމުން ފެންނަފަދަ ކުލަތަކެއް އެމޫނަށް އަރައި ފައިބަމުން ދިޔައެވެ.

" ސޭމް އެޒް އަވަރ ލަވް ސްޓޯރީ.....".. ރައުލް ބުނެލީ ނުހަނު މަޑުންނެވެ. އެހެނަސް ނަވާރްގެ ކަންފަތަށް އެ އަޑު ފޯރިއެވެ. އަނގަޔަށް ގޮތެއް ހަދާލުމާއެކު އޭނާއަށް ހެވިއްޖެއެވެ..

" ޔެސް... ވި ވަރ ބޯތް ޔަންގް ވެން އައި ފަސްޓް ސޯ ޔޫ...".. ނަވާރް އެ ލަވަ ކިޔަން ފެށުމާއެކު  ރައުލް ހިނިގަނޑެއް ޖަހާލިއެވެ. އެ ދެމެދުގައި ކުރިން އޮތް އެކުވެރިކަން އަނެއްކާވެސް އާލާވެއްޖެކަން ދެ ޒުވާނުންނަށްވެސް އިހްސާސް ކުރެވުނެވެ.

" ޔޫ ވިލް އޯލްވެޒް ބީ މައި ޖޫލިއެޓް ..".. ރައުލް ހެވިފައި އިނދެ ބުނެލިއެވެ. ނަމަވެސް އެ ޖުމްލައިން ނަވަރްގެ މޫނަށް ރަތްކުލަ ފާއްދައިލިއެވެ. އެ މަންޒަރު ފެނުމުން ރައުލްއަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނެެވެ. ނަވާރްގެ ލަދުރަކިކަން އޭނާއަށް ނުހަނު ކަމުދެއެވެ.

އެ ސަކަރާތުގައި ތިބެ އެމީހުން ބޭނުންވާ މަންޒިލަށް ދެވުނެވެ. ފުރަތަމަ ކާރުން ފޭބީ ރައުލްއެވެ. އޭނާ އައިސް ނަވާރް އިން ފަރާތުގެ ދޮރު ހުޅުވާލުމަށްފަހު ކަނާތް ދިއްކޮށްލިއެވެ. އެ އަތުގައި ހިފަމުން ނަވާރް ހަދިޔާކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ. އަދި ކާރުން ފޭބުމަށްފަހު ދެ ޒުވާނުން ކައިރީ ހުރި ރެސްޓޯރެންޓަށް ވަނެވެ.

ރެސްޓޯރެންޓުގައި ފުދޭ ވަރަަކަށް މީހުން ގިނަ ނަމަވެސް ބޭރު ފެންނާނެހެން ހުރި ހުސް މޭޒެއް ލިބުނެވެ. ކާތަކެއްޗަށް އޯޑަރ ދިނުމަށްފަހު ރައުލްގެ ނަޒަރު އަމާޒުކޮށްލީ ނަވާރްއަށެވެ.

" ވިއަރޑް ޑޭޓެއް ދޯ..".. ރައުލް ހިނިއައިސްފައި އަހައިލުމާއެކު ނަވާރް ބޯ ޖަހައިލިއެވެ.

" ދެން އެހެންވީމަ މާ ރޮމޭންޓިކް ނުވިޔަސް ރަނގަޅު ވާނެ.. ".. ރައުލް އެއް ލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު ނަވާރްގެ ލުއި ހުނުމުގެ އަޑު އިވުނެވެ.

" ރައުލްއަށް އެނގޭތަ ރޮމޭންޓިކް ވާންވެސް..".. ނަވާރް އަހާލީ ރައުލްއާއި ދިމާ ކުރާ ކަހަލަ ރާގެއްގައެވެ. އެއަށް އިތުރު އެއްޗެއް ބުނުމެއްނެތި މޭޒު މަތީގައި ބާއްވާފައި އޮތް ނަވާރްގެ ވައަތުގައި ރައުލް މަޑުމަޑުން ހިފެހެއްޓިއެވެ. އަދި އިނގިލިތަކުން ފިރުމާލިއެވެ. ރައުލްގެ އެ ހަރަކާތުން ނަވާރްގެ ހުނުން މަޑުޖެހުނެވެ. މިހާރު އެ މޫނުން ފެންނަނީ ލަދުވެތި ކަމުގެ އަސަރުތަކެވެ.

" އަހަރެން މީ އެންމެ ރޮމޭންޓިކް މީހާއަށް ނުވެދާނެ.. ބަޓް، އައި ކޭން ބީ ރޮމޭންޓިކް ފޯރ ޔޫ.. ބިކޯޒް އައި ލަވް ޔޫ އެންޑް އައި ވޯންޓް ޔޫ ޓު ބީ މައިން..".. ރައުލް އޭނާގެ ޖުމްލަތަށް އަތުރާލީ ނުހަނު ވިސްނައިގެން އިނދެއެވެ. ނަވާރްގެ މޫނަށް ނަޒަރު ހުއްޓައިގެން އިނދެއެވެ. އެހެނަސް ރައުލްގެ މޫނަށް ބެލުންވީ ނަވާރްއަށް އުނދަގޫ ކަމަށެވެ. އެ ތޫނު ނަޒަރު އަމާޒު ވެފައިވީ ގޮތުން ނަވާރް އިސްޖަހާލި އިރު އެ ތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ.

" ޓެލް މީ.. ވިލް ޔޫ ބީ މައިން؟.. ފޯރ އެވަރ އެނޑް އޯލްވެސް ؟..".. ރައުލް އަހާލިއެވެ. މިފަހަރު ނަވާރް މަޑުމަޑުން ބޯ ޖަހާލުމާއެކު ރައުލްއަށް ހެވުނެވެ.

" އެކަމަކު..".. ނަވާރް ބުނަން އުޅުނު ޖުމްލަ މެދުކަނޑާލިއެވެ.

" މަންމައާ މެދު ނަވާ ވޮރީ ނުވައްޗޭ.. މަންމަ އަށް އަންޑަސްޓޭންޑް ވާނެ.. ނަވާއަކީ މަންމަ ވަރަށް ލޯބިވާ ކުއްޖެއް.. އެންޑް ޓްރަސްޓް މީ.. ޝީ ވިލް ބީ ހެޕީ ފޯރ އަސް.. މަންމަ ވަރަށް އުފާ ވާނެ...".. ނަވާރްގެ ހިތުގައި އުފެދިފައިވާ ކަންބޮޑުވުންތައް އެނގިހުރެ ރައުލް ވާހަކަ ދެއްކިއެވެ.

އެއާއެކު ނަވާރްގެ ތުންފަތަށް ވެރިވީ ރީތި ހިނިތުންވުމެކެވެ.

ރައުލްއަށް އެ ހިތް ދެވިފައިވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެ ވާހަކަ ދުލުން ބުނެލަން ނަވާރްގެ ހިތް އެދުނެވެ.

" ރައުލް..".. ނަވާރް މަޑުމަޑުން ގޮވާލިއެވެ.

= ނުނިމޭ =

Ads by HDC
  1. ޢަޅޭޭ ކިޔާހިތުންް އިންދަަ އެނިމުނީީ ވާހަކަަ ވަރައްް ރީތިި ދެންް ކޮންދުހުކުންް ތަަ އަޕްް ވާނީ

  2. ވެރީނައިސް