ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ރައުލް..".. ނަވާރް މަޑުމަޑުން ގޮވާލިއެވެ.

Ads by MWSC

*********************

ނަވާރްއަށް ބަލަން އިނދެ ރައުލް ބޯ ޖަހާލީ ކުރިއެއް ގެންދާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އެހެން ނަމަވެސް ނަވާރް ބުނަން އުޅުނު ވާހަކަ ހުއްޓާލިއެވެ. ހަޤީޤަތުގައި ހިތުގައި އުފެދިފައިވި އިހްސާސް ދުލާއި ހަމައަަށް ގެންނަން ނުކުޅެދުނީއެވެ.

" ފައިނަލީ.. ރައުލް އިޒް ނޯ ލޯންގަރ ސިންގަލް.. ..".. އެވަގުތު ވެސް ނަވާރް ބެލީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ރައުލްއާއި ދިމާކުރެވޭތޯއެވެ.

ހުރިހާ އަންހެން ކުދިންގެ ތެރެއިންވެސް ރައުލް އަށް ކަމުދިޔައީ ނަވާރްއެވެ. ދުވަހަކުވެސް ނަވާރް ލިބޭނެ ކަމުގެ އުއްމީދު އެ ހިތުގައި އުފެދިފައި ނެތަސް އެކަން އޭނާ ބޭނުންވި ގޮތަށް މެދުވެރިވެ ނަވާރް ހާސިލް ކުރެވުމުން ރައުލްއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެވެ. ހަމަ އެފަދައިން ރައުލް އޭނާގެ ހަޔާތަށް އައުމުން ނަވާރް ވެސް އިނީ އުފާވެފައެވެ. ރައުލްއަކީ އޭނާއަށް އެންމެ އެކަށޭނޭ ޒުވާނާ ކަމުގައި އެ ހިތް ބުނަން ފަށައިފިތާ ކިތަންމެ ދުވަހެކެވެ. އެ ގުޅުން އެއަށްވުރެ ކުރިއަށް ގެންދިޔުމީ ދެ ޒުވާނުންވެސް ބޭނުންވާ ގޮތެވެ. ނަމަވެސް ނަވާރްގެ އެދުމަށް ރައުލް އެކަން އަދި ފަހުން އާއިލާއަށް އެންގުމަށް އެއްބަސްވިއެވެ. އެހެނަސް ރައުލް އެ ނިންމުމާއި ގަޔާ ނުވީ ޔަލާއާއި ރާސިލްއަށް ދިމާވިފަދަ ގޮތެއް މެދުވެރިވެދާނޭ ކަމުގެ ބިރު އެހިތުގައި އޮތުމުންނެވެ.

" ލިއަމްއަށް މިކަން އެނގޭނެއޭ ބުނެފިއްޔާ ނަވާއަށް ކިހިނެތްވާނެ؟..".. ރައުލް އަހާލިއިރު އޭނާގެ ނަޒަރު އަމާޒުވެފައި ހުރީ ނަވާރްއަށެވެ. ނަވާރްގެ މޫނަށް ވެރިވާ ކުލަ ދެކެން އޭނާ އިނީ ކެތްމަދުވެފައެވެ.

" ވަޓް؟ ލިއަމް އަށް އެނގޭތަ؟.."... ކުއްލިއަކަށް ކެއްސައިގަތުމާއެކު ނަވާރް ބުނެލީ ބާރަށެވެ. އެއާއެކު ރައުލް ހޭން ފެށިއެވެ. އަދި ބޯ ޖަހާލިއެވެ.

" ދެން ކުރާނެ ކަމެއް ނެތް... ލިއަމް އޯކޭތަ؟...".. ނަވާރް ހަމަޖެހިލަމުން އަހާލިއެވެ.

" ލިއަމް އޯކޭ.. ބަދަލުގަ އަހަރެންވެސް އޯކޭ ލިއަމްއާ ސާޔާއަށް...".. ރައުލް ބުނި އެއްޗެއްގެ މާނަ ދޭހަ ނުވުމުން ނަވާރް އެކަމާއި ގުޅިގެން ސުވާލު ކުރިއެވެ. ލިއަމްއާއި ސާޔާގެ ގުޅުމަށް ރައުލްގެ ހުއްދަ ބޭނުންވާ ސަބަބު ނަވާރްއަށް ވިސްނައިނުގަނެވުނެވެ.

" މިބުނީ.. އަހަރެން ސާޔާ ގެނައީ.. ސޯ އައި ޝުޑް ޕްރޮޓެކްޓް ހަރ.. "... ރައުލް ބުނެލީ ނުހަނު ހަމަޖެހިފައެވެ. ނަވާރް އަށް ވެސް އެކަން ޤަބޫލު ކުރެވުނެވެ.

ކައި ނިންމާލުމަށްފަހު ކާރުގައި ދުއްވާލަން ނުކުތުމުގެ ހިޔާލު ދިނީ ރައުލްއެވެ. ހިތް އަވަސްވެފައި އިން ނަމަވެސް ނަވާރްވެސް އެގޮތާއި އެއްބަސްވިއެވެ. ހިތުގައި އުފަންވެ ކުރި އަރަމުންދ ލޯތްބަށް އޭނާވެސް ފުރުސަތު ދޭން ބޭނުންވާތީއެވެ.

ބްރިޖް ހުރަސްކޮށް ހުޅުމާލެއަށް ދެވުމާއެކު ރައުލް ކާރުގެ ސްޕީޑް ދަށްކޮށްލިއެވެ. ނަވާރްއަށް ބަލާލަމަން ރައުލް ބުމަ އަރުވާލީ ކިހިނެތްވީ ހެއްޔޭ އަހާފަދަ ގޮތަކަށެވެ. ބްރިޖަށް އެރިއްސުރެ ނަވާރް މާ މަޑުން އިންކަން ރައުލްއަށް ފާހަނގަ ކުރެވުނު އިރު އޭގެ ފަހަތުގައިވީ ސަބަބުވެސް އޭނާއަށް އެނގެއެވެ.

" އަހަންނަށް އަބަދު ލެކްޗަރ ދޭން ވަރަށް ދޮންތި ވެފަ އުޅުނު ހަނދާންވޭ..".. ރައުލް ގަސްތުގައި ނަވާރްގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ނިޔަތުގައި ބުނެލިއެވެ އެވަގުތު ނަވާރް ދެލޯ ބޮޑުކޮށްލަމުން މޫނަށް ޖައްސާލި ވައްތަރުުން ރައުލް އަށް އޭނާގެ ބޭނުން ފުރިހަމަވެއްޖެކަން އެނގުނެވެ.

" ނަވާއަށް ކިހިނެތް އެނގޭނީ ދޮންތިއަށް ރައުލްގެ ހިތް ކިޔާނެކަން.. ލައިކްވާން ފެށީމަ ދޯ ދޮންތި ކިޔުން ހުއްޓާލީ އެއްކޮށް.."... ބޯ އަރިކޮށްލަމުން ނަވާރް އަހާލިއެވެ. އެވަގުތު ރައުލް ބޯ ޖަހާލުމުން ނަވާރްއަށް ހެވުނެވެ.

" ޔޫ ވޯންޓު ޑްރައިވް؟.."... ނަވާރްގެ ނަޒަރު މާ ވަރަކަށް ހުންގާނަށް ހުއްޓޭތީ ރައުލް އަހާލިއެވެ. ވަގުތުން ނަވާރް ދެފަރާތަށް ބޯ ހޫރާލަމުން އެކަމުން މަނާވެގަތެވެ.

އިތުރު އެއްޗެއް ނުބުނެ މަގުގެ އެއްފަރާތުގައި ރައުލް ކާރު ޕަރކް ކޮށްލިއެވެ. ދެން އޭނާ އެނބުރި ނަވާރްގެ ދެ އަތްތިލައިގަ ހިފެހެއްޓިއެވެ.

" ނަވާ.. ކިހާ ދުވަހަކު ތިގޮތަށް އުޅޭނީ.. އައި ނޯ ހައު މަޗް ޔޫ ލަވް ޓު ޑްރައިވް.. ލައިސެންސް ލިބުނީމަ ނަވާ އުފާވެފަ ހުރި ވަރު އަދިވެސް ހަނދާން އެބަހުރި.. ކުޑަ މަންމައަށް ވަގަށް އައިސް ކާރު ދުއްވާ ހަނދާންވެސް ވޭ.. އެހާ ފަސޭހައިން ނަވާ އެކަން ހުއްޓާލަން ބޭނުން ނުވާނެ.. އައި އޭމް ޝުއަރ އެބައުޓް ދެޓް.. "... ރައުލް ބެލީ ނަވާރްއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ. ހިތުގައި އުފެދިފައިވާ ބިރުގެ ސަބަބުން ފިނޑިވުން އެއީ ހައްލު ނޫންކަން އޭނާ ނަވާރްއަށް އަންގައިދޭން ބޭނުމެވެ.

" ރައުލް.. އަހަރެން ނުބުނަމެންނު ބޭނުން ނޫނޭ.. ބަޓް އައިމް ނޮޓް ގުޑް އެޓް އިޓް.. އަނެއްކާ އަހަރެން އަތުން އެކަހަލަ ކަމެއް ވެއްޖެ ނަމައޯ؟.. އޭރުން ރައުލްއަށް ކަމެއް ވެދާނެ.. ޔޯރ މަމް ވިލް ނެވަރ ފޮރގިވް މީ ދެން... އަހަރެން ބޭނުން ނޫން ރިސްކެއް ނަގަން...".. ނަވާރްގެ އަޑުގައިވީ ޖެހިލުންވުމެވެ. އެ ލޮލުން ރައުލްއަށް ފެނުނީ ބިރުވެރިކަމެވެ. އޭނާ މަޑުމަޑުން ނަވާރްގެ ކޯތާފަތުގައި ހިފެހެއްޓިއެވެ.

" ލުކް.. ދެން ނުބުނައްޗޭ ތިހެން... އައި ވިލް އޯލްވެސް ޕްރޮޓެކްޓް ޔޫ.. އައި ޕްރޮމިސް... ނަވާއަށް ވެސް އެނގެއެންނު އެރޭ އެއީ އެކްސިޑެންޓެއް ނޫންކަން.. ވިސްނާލީމަ ކޮންމެ މީހަކަށް ވެސް އެނގޭނެ.. އެއީ ނަވާގެ ކުށެއް ނޫން.. އިޓް ވޯޒް ސަމްވަން އެލްސް.. ".. ރައުލްގެ ކަތުރުކަށިގަނޑަށް ވާން ވުމާއެކު އޭނާ ނަވާރްއާ ދުރަށް ޖެހިލިއެވެ. ނަމަވެސް ހިތުގައި އުފެދުނު ރުޅީގެ މައްޗަށް ގަދަވުމުގައި ރައުލް ކާމިޔާބު ހޯދިއެވެ.

ރައުލް އެތަށް ވާހަކައެއް ދެއްކުމުން ނަވާރް އެރޭ ކާރު ދުއްވިއެވެ. ގިނަ ދުވަސްތަކަކަށްފަހު ދުއްވި ނަމަވެސް އޭނާ ފަރިތައެވެ. ރައުލްއަށް ވުރެ ކުޅަދާނައެވެ. ނަފްސަށް ލިބުނު ހިތްހަމަޖެހުމާއެކު އޭނާގެ އުފާވެރި ތަބީއަތު އަނބުރާ އައެވެ.

*************************************

ރައުލް އެޕަރޓްމެންޓަށް ވަތްއިރު ސެހްރާން އިނުމުން ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ލިއަމްއާ ދެމީހުން ކޮންމެވެސް ސަކަރާތެއްގައި އުޅޭތަން ފެނުމުން އޭނާވެސް އައިސް އެ ޒުވާނުން ކައިރީ އިށީނެވެ.

" ކޮންތާކު އުޅެފަ ތިއައީ؟.. މިހާރު ރައުލްގެ އިންތިޒާރުގަ އިންނަތާ ކޮންއިރެއް.. ލިއަމް ބުނީ އަހަރެން ނެތީމަ މަޖަލެއް ނޫނޯ.."... ސެހްރާންގެ އަނގަ ވަގުތުން ހުޅުވިއްޖެއެވެ. އޭނާ އިނީ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލައިގެންނެވެ.

" ސެހެރް ތީ އެންމެ ހަފްތާއަކަށް ދިޔަ މީހެއް.. ތިއައީ ދެ ހަފްތާ ފަހުން.. އަދިވެސް އަހަރެންގެ ވާހަކަ ތިދައްކަނީ.. އޮފީސް ތެރޭ ކަންކަން ހިންގާލައޭ ދޯ ފެންނަން ނެތަސް..."... ރައުލްގެ ރާގު ހުރިގޮތުން ސެހްރާންގެ އަނގަ ސަކަރާތްވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ގޮތުން އޭނާ ހީނގަތެވެ.

" ރެޕަންޒެލްގެ ކަމެއް ދޯ.. އޭރުވެސް ބުނީމޭ ރެޕަންޒެލްއަށް އެނގިއްޖެއްޔާ ލިއަމް އަށް އެނގޭނެއޭ... އައިރާ އަހަރެން ދައްކާ ވާހަކަ އަޑެއް ނާހާނެ..".. ސެހްރާން ބުނި އެއްޗަކުން ރައުލްއާއި ލިއަމް އެކަކު އަނެކަކަށް ބަލާލީ ހައިރާންވެފައެވެ. އެ ޒުވާނުންނަށް ވީގޮތް ފެނުމުން ރައުލް ދެއްކީ އަދި އެހެން ވާހަކައެއްކަން ސެހްރާން އަށް ވިސްނުނެވެ. އަމިއްލަ މޮޔަ ކަމާމެދު ސެހްރާންއަށް ވިސްނާލެވުނެވެ.

" މިތަން ވައްޓާނުލާތި.. އަހަރެން ބުނެފާނަމޭ...".. ރައުލްއާއި ލިއަމް އެއްޗެކޭ ބުނުމުގެ ކުރިން އަވަސް އަވަހަށް ސެހްރާން އޭނާއާއި އައިރާގެ ގުޅުމުގެ ވާހަކަ ބުންޏެވެ.

" ރައުލް ! އަހަރެމެން މިހެން ތިއްބާ މި ސޮރު ހާދަ ހިންގާލައޭ ދޯ.. ".. ލިއަމް އިނީ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެންނެވެ.

" ދިސް ކޯލްސް ފޯރ އެ ސެލެބްރޭޝަން.. ނެތްތަ ދަތުރު ދިޔުމެއް؟.. ކުރިއަށް އޮތް ހަފްތާ ބަންދުގަ ދާން ކިހިނެތްވާނެ..".. ރައުލް ބުނެލިއެވެ.

" ޕްލޭން ކުރަމާ.. މިރޭ އެންމެން ދިމާވާންވީ.. ".. ލިއަމް ބުނެލުމުން ރައުލްވެސް އެކަމާއި އެއްބަސްވިއެވެ. ސެހްރާން ދިޔުމުން ނަވާރްއާ ރައުލްގެ ގުޅުން ގޮސްފައި އޮތް ހިސާބު ރައުލް ލިއަމްއަށް ކިޔައިދިނެވެ.

" ރައުލް ތީ ނަވާއަށް އެންމެ ބެސްޓް ޗޮއިސް... ޝީ އިޒް ގޮނަ ބީ އެ ބެޓަރ ވިމެން ވިތް ޔޫ..".. ނަވާރް ކާރު ދުއްވި ވާހަކަ ރައުލް ކިޔައިދިނުމުން ލިއަމް ބުނެލިއެވެ. ހަޤީޤަތުގައި ވެސް އެކަމުން އޭނާއަށް ލިބުނު ހިތްހަމަޖެހުން ނުހަނު ބޮޑެވެ. އެދުވަހުގެ ހާދިސާއިން ނަވާރްއަށް ކޮށްފައިވާ އަސަރު އޭނާއަށް ނުހަނު ރަނގަޅަށް އެނގެއެވެ. އަދި އެކަމުން އަރައިގަތުމަކީ ނަވާރްއަށް ކިހާ އުނދަގޫ ކަމެއްކަން ވެސް ލިއަމްއަށް އެނގެއެވެ.

" އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން އެމީހަކަށް.. ".. އިރުކޮޅަކު އިނދެފައި ލިއަމް ބުނެލީ މަޑުންނެވެ. އެކަމަށް ވަކި އެއްޗެއް ނުބުނި ނަމަވެސް ރައުލް ބޯ ޖަހާލިއެވެ. ލިއަމް އެބުނި ފަދައިން އޭނާއަށް މާފު ނުކޮށް ހުރެވޭނެތޯ ރައުލްއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. ލިއަމްއަށް ހަޤީޤަތް ކިޔައިދޭންވީ ވަގުތު ޖެހިއްޖެކަމުގައި އޭނާގެ ހިތް ބުނެލިއެވެ. އެ އެކްސިޑެންޓުގެ ފަހަތުގައި ހުރީ ކާކުކަން ބުނަން ބޭނުންވިއެވެ. ނަމަވެސް ރައުލް އިހްތިޔާރުކުރީ ހިމޭންކަމެވެ. ބާރުގެ ބޭނުން ކޮށްގެން އޭނާ ހޯދި އެ ހަޤީޤަތް ލިއަމްއަށް އަންގަން ރައުލް ބޭނުންވަނީ ހެއްކާ އެކީގައެވެ. އެކަމަށްޓަކައި ޖާވިންގެ މަސައްކަތް ނުހަނު މުހިއްމެވެ.

ބީކާލްގެ ވާހަކަތައް މިހާރު ރައުލްއަށް ޤަބޫލު ކުރެވެއެވެ. ބީކާލް ބުނިގޮތަށް އިންސާނުންގެ ކަންކަމުގެ ތެރެއަށް ވަނުމުން ހުރިހާ ކަމެއް އޮޅުންބޮޅުން ވަނީއެވެ. ގުދުރަތީގޮތުން ހިނގަމުންދާ ކަންކަމުގެ ތެރެއަށް ވަދެ އެކަން ކަމަށް ބަދަލު ގެންނަން އުޅުން އެއީ ރަނގަޅު ގޮތް ނޫންކަން އޭނާއަށް ވިސްނެއެވެ. ބާރުތަކެއް ހުއްޓަސް ޤުދުރަތީ ކަންކަމާއި ބެހޭކަށް ނުވާނެއެވެ.

" އެއީ ކޮންމެ މީހަކަށްވިޔަސް ލިއަމްއަށް ހެޔޮތަ؟..".. ރައުލް ހިތުގައި އުފެދުނު ސުވާލު ލިއަމްއާ ކުރިއެވެ. އޭނާ އިނީ ލިއަމް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.

" އަހަރެން ޤަބޫލެއް ނުކުރަން އަހަންނަށް ރަނގަޅު މީހެއް އެކަން ކުރާނެކަމަށް... ލާރާ އެކްސިޑެންޓް ކުރަން އެމީހަކު ރޭވި ހިސާބުން އެމީހަކު އަމިއްލައަށް އަހަރެންގެ ދުޝްމިނަކަށް އެވީ.. ސޯ އައި ހެވް ނޯ މަރސީ ފޯރ ހޫ އެވަރ އިޓް އިޒް.. "... ލިއަމްގެ ނަޒަރު ރައުލްއާ އަމާޒުވިއެވެ. އޭނާގެ އަޑުގައިވީ ސާބިތުކަމުން ރައުލްގެ ހިތަށް  ހިސާބެއްގެ ބިރުވެރިކަން ވެރިވިއެވެ. އެ އަޑުގައިވީ ނުރައްކާތެރި ކަމުން ލިއަމް އެމީހެއްގެ ފުރާނަވެސް ނަގާލަން ޖެހިލުން ނުވާނެކަން ރައުލްއަށް ޔަޤީނެވެ.

" އެހުރިހާ ކަމެއް ހިނގިއިރު ކީއްވެ ރައުލް ނައީ؟.. ވެއަރ ވަރ ޔޫ؟.. އެންމެ ބޭނުންވި ވަގުތު ރައުލް ނައީމަ އައި ކާންޓް ބިލީވް އިޓް.. ".. ލިއަމް ބުނެލިއެވެ.

" ނަވާ ވެސް އަހަންނާ ކުރީ ތި ސުވާލު.. ޤުދުރަތީ ކަންކަން ހުއްޓުވުމުގެ ބާރު އަހަންނަށް ލިބިގެން ނުވޭ.. ހުރިހާ ކަމަކާ އަހަރެމެން ބެހުނީމަ ވާނީ ކިހިނެތް؟.. ".. އިތުރަށް އޭނާގެ ވާހަކަ ކުރިއަށް ގެންދަން ރައުލްގެ ހިތް އެދުނެވެ. ނަމަވެސް އޭރުން ބުނެވިގެން ނުވާނޭ ވާހަކަތަކެއް އޭނާއަށް ބުނެވިދާނެކަމުގެ ބިރު އެ ހިތުގައި އުފެދުނީއެވެ.

*************************

ހަފްތާ ބަންދުގައި ކައިރި ފަޅު ރަށަކަށް ދަތުރު ދިޔުމަށް ޕްލޭން ކުރެވުނެވެ. ދަތުރުގައި ދާން ނިންމީ ހަމައެކަނި ޒުވާން ގްރޫޕެވެ. އޭގެ އިތުރަށް ދަތުރުގައި ބައިވެރިވީ އައިރާއެވެ. މިފަހަރު ޔަލާ ވެސް ކިރާޒް މަލާންއާ ހަވާލު ކުރުމަށްފަހު ދާން އެއްބަސްވިއެވެ. އެގޮތަށް މަޖާ ކޮށްލަން ނުދެވޭތާ ނުހަނު ދުވަސްވެއްޖެއެވެ. މާލޭގެ ހަލަބޮލި މާހައުލާ ދުރަށް ޖެހިލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ.

އެއްގަޑިއިރުގެ މަޖާ ދަތުރަކަށްފަހު ލޯންޗު ރަށާއި ކައިރިކޮށްލުމުން އެންމެން ފޭބިއެވެ. ގެނައި އެއްޗެހި ހިޔަލުގައި ބެހެއްޓުމަށްފަހު އެންމެން އެކި ދިމާލުގައި ޖައްސާލިއެވެ. ސާޔާއާއި ލިއަމްވެސް ގަހެއްގެ ހިޔަލުގައި ތިބުމަށްފަހު ތެދުވެ މޫދާއި ދިމާލަށް ހިނގައިގެތެވެ. ލިއަމް ލައިގެން ހުރީ ހުދު ކުލައިގެ ޓީޝާޓަކާއި ސޯޓެކެވެ. ސާޔާ ލައިގެން ހުރި އަތްދިގު ސްވިމިންގް ސޫޓް  މަތިން ލިއަމްގެ ޓީޝާޓެއް ލިއެވެ. އަދި އުނަގަނޑުގައި އޭނާ ގެނައި ސްކަރފް އައްސާލިއެވެ.

ދެ ޒުވާނުން ހިނގާފައި ގޮސް އިށީނދެލީ މޫދަށް ލެނބިފައިވާ އޮތް ރުކެއްގެ މަތީގައެވެ. އެ ރުކުގައި އިށީނދެ އިންނަ އިރު ފައިތިލަ ލޮނުގަނޑުގައި ޖެހެއެވެ. ސާޔާ މަޑުމަޑުން ފައި ހަލުވަމުން ދިޔަ ގޮތުން އެ ދިމާލުން ލޮނުގަނޑުގައި ކުދި ބާނިތައް އުފެދެމުން ދިޔައެވެ. ދުރު ދުރަށް ދާންދެން ފެންނަން އޮތް އެމެރަލްޑް ކުލައިގެ ލޮނުގަނޑު ފެންނަނީ ނުހަނު ޖާދުވީ ގޮތަކަށެވެ.

" ރެޕަންޒެލް ބިރެއް ނުގަނޭތަ ފަޅުރަށެއް ވީމަ.. ކަނޑުން ވެސް ފުރޭތައެއް އަރާފާނެ..".. ލިއަމް ބުނެލިއެވެ. އެއާއެކު މައްޗަށް ކަޅި ހިންގާލުމާއެކު ސާޔާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

" ފުރޭތަ އެއީ ފޯލްކްލޯރ އެއް.. އެކަމަކު ޖިންނި އުޅޭނެ.. ފެއަރީ އެއީ ވެސް ޖިންނި ފެމިލީ އެއްޗެއް.. އެކަމަކު ފެއަރީސް ރީތި ވާނެ.. އެންޑް ދޭ އަރ ސްމޯލް.. މަރމެއިޑް ވެސް އުޅޭނެ އަސްލު... ކަނޑުގެ ނުވަދިހަ އިންސަންތަ ދިރާސާ ނުކުރެވޭ.. ކިހިނެތް އެނގެނީ އެ ސަރަހައްދުގަ ނޫން ކަމެއް މަރމެއިޑްސް އުޅެނީ..".. ސާޔާ ދައްކަމުން ދިޔަ ވާހައިން ލިއަމްއަށް ހެވުނެވެ. އެ މައުސޫމްކަން ވިސްނައިގަނެވުނެވެ. މަޑުމަޑުން ސާޔާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ލިއަމް އޭނާ ކައިރިކޮށްލިއެވެ.

އޭރު ރައުލްއާއި ނަވާރް ތަންކޮޅެއް ދުރުން ހިނގާފައި ދާތީ ފެނެއެވެ. ރާސިލްއާ ޔަލާވެސް ކުއިލްޓެއް ފަތުރާލައިގެން އޮށޯވެ ތިބިއިރު ސެހްރާންއާއި އައިރާ ވެސް މޫދުގައި އުޅެއެވެ. މާލޭގެ މާހައުލާ ދުރަށް އާދެވުމުން އެންމެންވެސް ފެންނަނީ ނުހަނު ހަމަޖެހިފައި ތިބިތަނެވެ. ހިޔާލެއް ފިކުރެއް ނެތް ފަދައިންނެވެ.

" ތި ބުނާ މަރމެއިޑާ ފެއަރީސްގެ ޓްރުތް މިރޭ އެނގިދާނެތާ... ވީ އަރ ގޮނަ ހޭވް ގެސްޓްސް ޓުނައިޓް..".. ލިއަމް އެއް ލޯ މަރާލަމުން ބުނެލިއެވެ. އެވަގުތު ސާޔާ ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުން އޭނާއަށް ހެވުނެވެ. ކުރިން އެއްވެސް މީހަކު އޯވަރ ނައިޓަކަށް އަންނަ ވާހަކަ ސާޔާ ކައިރި ނުބުނެ އޮތީ އޭނާ އަންނަން އެއްބަސް ނުވާނެތީއެވެ.

" މިރޭ ؟..".. ސާޔާގެ އަޑުން ކުއްލިއަކަށް ޖެހިލުންވުމުގެ އަސަރު ފާޅުވިއެވެ.

= ނުނިމޭ =

Ads by Allied Insurance
  1. ޢަޅޭޭ ސާޔާާ ގެއްލެންތަަ އެއުޅެނީީ ނުގެއްލެއްޗޭޭ ވ

  2. ކަމަނާ

    ޢަޅޭޭ ސާޔާާ ގެއްލެންތަަ އެއުޅެނީީ ނުގެއްލެއްޗޭޭ ވ