Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ކޯލިޝަނުގެ ލީޑަރުން ނިކުތުމުން ގައުމު ގުޑާނެ: ޝެއިޚް އިމްރާން

ކޯލިޝަނުގެ ލީޑަރުން ނިކުތުމުން ގައުމު ގުޑާނެ: ޝެއިޚް އިމްރާން

މި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ލީޑަރުން އެކުގައި ނިކުތުމުން ގައުމު ގުޑާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާންމިފަދައިން ވިދާޅުވީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް މުޙައްމަދު ރާޝީދަށް ކެންޕެއިން ކުރުމަށްޓަކައި މިއަދު އެ ދާއިރާގެ މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް އިމްރާން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއި، ރައީސް ނަޝީދުއާއި، ގާސިމް އިބްރާހިމް އަދި އެމަނިކުފާނު ނިކުތީމަ މި ގައުމު ގުޑާނެ ކަމަށެވެ. ހަމައެއާ އެކު ކޮމަންޑޫ ދާއިރާ ވެސް އަންނާނެ ކަމަށާއި ރާޝިދު މިހާރު ވެސް ހުންނެވީ ހޮވިފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާއި، ގާސިމް އިބްރާހިމް އާއި އިމްރާނާއި ނިކުތީމަ މި ގައުމު ގުޑާނެ. ކޮމަންޑޫ ދާއިރާ އަންނާނެ" އިމްރާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެންޕެއިންއަށް އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑޫއަށެވެ.

ރައީސް ޞާލިހާއި ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ދަތުރުފުޅުގައި އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް