ބޮލީވުޑް މުނިފޫހިފިލުވުން

ސުޝްމީތާއާ އެކު ބޭރުގައި އުޅެނިކޮށް ފެނުމުން ރޯމަން އަވަހަށް ފިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޖޯޑުންނަކީ ރިޕޯޓަރުންގެ ކެމެރާތަކަށް ފިލައިގެން އުޅެވޭތޯ މަސައްކަތް ކުރިޔަސް، އެކަން ގިނަ ފަހަރަށް ނާކާމިޔާބުވާ ތަރިންތަކެކެވެ.

Ads by Sosun Fihaara

އެގޮތުން މިފަހަރު ކެމެރާތަކަށް ފިލަން މަސައްކަތް ކުރަނިކޮށް، ޕަޕަރާޒީންގެ ނަޒަރު ހުއްޓުނީ، ލޯބީގެ ގުޅުން ކަނޑައިލައިފައިވާ ކަމަށް ދާދި ފަހުން އިއުލާނު ކުރި އެކްޓްރެސް ސުޝްމީތާ ސެންއާއި މޮޑެލް ރޯމަން ޝޯލްއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސުޝްމީތާއާއި ރޯމަން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، އެ ދެމީހުންގެ އެ ގުޅުން މިހާރު ނެތް ކަން ސުޝްމީތާ ހާމަ ކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. އެދުވަހު މީސް މީޑިއާގައި ދެމީހުންގެ ފޮޓޯއެއް އާންމު ކުރަމުން ސުޝްމީތާ ބުނީ، ލޯބީގެ ގުޅުން ކެނޑުނުތާ ކިތަންމެ ދުވަހެއްވީ ނަމަވެސް އެމީހުންނަކީ މިހާރު ކުރިއެކޭ އެއްފަދައިން ރަށްޓެހިން ކަމަށާއި އެ ގުޅުން އަބަދުވެސް އޮންނާނެ ކަމަށެވެ.

ސުޝްމީތާގެ އެ ޕޯސްޓު ރޯމަން ވެސް ހިއްސާ ކޮށްފައިވާ އިރު، އޭނާ ކޮށްދިން ކަންތަައްތައް ހަނދާން ނައްތައިނުލުމަށް ރޯމަންގެ ފޭނެއް ވަނީ އެޕޯސްޓުގެ ކޮމެންޓެއްގައި ބުނެފައެވެ. އޭގެ ޖަވާބުގައި ރޯމަން ބުނީ ދުވަހަކު ވެސް ހަނދާންނައްތައި ނުލާނެ ކަމަށާއި އޭނާއަށް މި ހިސާބަށް އާދެވުނީ ސުޝްމީތާގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށެވެ.

ނަމަވެސް ރޭގައި ސުޝްމީތާއާ އެއްކޮށް އުޅެނިކޮށް ރިޕޯޓަރުންނަށް ފެނިގެން ފޮޓޯ ނަގަން ފެށުމުން، ރޯމަން ވަނީ އަވަހަށް އޭނަގެ މޫނު ފޮރުވައި، ކާރުގެ ބިއްލޫރިގަނޑުން ނުފެންނަ ގޮތަށް ތިރިވެ ފިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!