ޚަބަރު ސަރުކާރު

ތިނަދޫން މީހުން ބޭލި މައްސަލަ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގދ. ތިނަދޫ 1962 ވަނަ އަހަރު | ފޮޓޯ: ހުވަދޫ އޮންލައިން

1962ވަނަ އަހަރު ތިނަދޫން މީހުން ބޭލި މައްސަލަ އާންމުކޮށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔުމަށް އޮމްބަޑްސްޕާސަން އޮފީހުން ނިންމަވައިފިއެވެ.

Ads by Sosun Fihaara

އޮމްބަޑްސްޕާސަންގެ އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން ޖިހާދާ އަނީސް ވިދާޅުވީ ތިނަދޫން މީހުން ބޭލި މައްސަލަ ޕަބްލިކް ހިއަރިންއެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމަވައިފައި ވަނީ އޭގައި ބައިވެރިވާ އާންމުންގެ ފަރާތުން ވެސް މައުލޫމާތުތަކެއް އެއްކުރުމުގެ ބޭނުމުގައި ކަމަށެވެ. މިމައްސަލައަކީ ގިނަ ދުވަސްވީ މައްސަލައެއްކަމުން އޭގައި ޝާމިލުވާ މީހުންނަކީ ވެސް އުމުރުން ދުވަސްވީ ފަރާތްތައްކަން ފާހަގަކުރައްވައި ޖިހާދާ ވިދާޅުވީ ޕަބްލިކް ހިއަރިންގައި އެ ހުރިހައި ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދޭނެކަމަށެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގައި ސަރުކާރުގެ އެކި މުއައްސަސާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށާއި ބަޔާން ނަގަން ޖެހޭ އެކި ފަރާތްތަކުގެ ބަޔާންތައް ވެސް މިހާރު ނަގަމުންދާ ކަމަށް ޖިހާދާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އޮމްބަޑްސްޕާސަން އޮފީހުގެ ޓީމެއް ނިމިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ތިނަދޫއަށް ގޮސް މިމައްސަލައިގައި ވިކްޓިމައިޒް ވެފައިވާ ފަރާތްތަކުގެ ބަޔާންތައް ވެސް ނަގައިފައިވާނެ ކަމަށެވެ.

"ތިނަދޫގެ މައްސަލައިގައި ވެސް އަޅުގަނޑުމެން އާންމު ތަހުގީގެއް ވެސް ހިންގާނަން. އެއީ އަޅުގަނޑުމެންގެ އޮފީހަށް ހާޒިރުކޮށްގެން ބަޔާންތައް ނެގުން. އަދި ހަމަ އެއާ އެކީގައި ޕަބްލިކް ހިއަރިންގައި ވެސް އަޅުގަނޑުމެންނަށް މިހައިތަނަށް ބަޔާން ދީފައި  ހުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައްވެސް ޕަބްލިކް ހިއަރިންއަށް ހާޒިރުވެ، އެބޭފުޅުންގެ ވާހަކަތައް ހިއްސާ ކުރަމުންދާނެ" ޖިހާދާ ވިދާޅުވިއެވެ.

ތިނަދޫން މީހުން ބޭލި މައްސަލައިގެ ޕަބްލިކް ހިއަރިން މާލޭގެ އިތުރުން ތިނަދޫގައި ވެސް ކުރިއަށް ގެންދަން އޮމްބަޑްސްޕާސަން އޮފީހުން ވަނީ ނިންމަވައިފައެވެ. ޖިހާދާ ވިދާޅުވީ މިގޮތަށް ނިންމީ މިމައްސަލައިގައި އުމުރުން ދުވަސްވީ ފަރާތްތައް ހިމެނޭތީ ތިނަދޫގައި ދިރިއުޅޭ މިފަދަ ފަރާތްތަކުގެ އަޑު ވެސް އެހުމުގެ ގޮތުން ކަމަށެވެ.

ތިނަދޫގައި ޕަބްލިކް ހިއަރިން ބާއްވާނީ އަންނަ މާޗު މަހުގެ 3އިން 5އަށެވެ. އަދި މާލޭގައި ހިއަރިން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18އިން 19އަށެވެ.

އޮމްބަޑްސްޕާސަން ޖިހާދާ | ފޮޓޯ: އަދަދު

ޖިހާދާ ވިދާޅުވީ ޕަބްލިކް ހިއަރިން ބޭއްވި ނަމަވެސް މިމައްސަލައިގައި ލިޔުމުން މައުލޫމާތު ދެއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އަދި ޕަބްލިކް ހިއަރިންގައި ވާހަކަދައްކަން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވައިލައިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ހިއަރިންއަކީ ހުޅުވައިލައިގެންނާއި އަދި ހުޅުވައިނުލާ ވެސް ބައެއް ހިއަރިންތައް ކުރިއަށް ގެންދަން ނިންމައިފައި ވަނީ. އެނގިވަޑައިގަންނަވާނެ ހަމަ ވަރަށް ސެންސިޓިވް ވާހަކަ ވެސް ދާނެ މިކަހަލަ ހިއަރިންއެއްގެ ތެރޭގައި. ގިނަ ދުވަސްވީ ކަމެއް، ވަރަށް ގިނަ ކަންތައްތަކެއް މި ކަމުގައި ރައްޔިތުންތަކެއް ތަހައްމަލްކޮށްފަ އަޅުގަނޑުމެންނަށް ތަހުގީގުން މިހައިތަނަށް އަޅުގަނޑުމެންނަށް ހޯދުނު ހޯދުންތަކުން ވެސް ފާހަގަ މިވަނީ" ޖިހާދާ ވިދާޅުވިއެވެ.

މާލެއާއި ތިނަދޫގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މި މައްސަލައާ ގުޅިގެން ބަޔާން ދޭން ބޭނުންވާ ފަރާތެއް ހުރި ނަމަ އެކަން އޯޑިއޯ މެދުވެރިކޮށް ހިއްސާ ކުރެވޭނެކަމަށް ޖިހާދާ ވިދާޅުވިއެވެ. ނޫން ނަމަ ލިޔުމުން ވެސް އެކަން ހިއްސާކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫން މީހުން ބޭލި މައްސަލައަކީ ވަކިވަކި ފަރުދުން ވެސް ހުށަހަޅައިފައިވާ މައްސަލައެކެވެ. މީގެ އިތުރުން ތިނަދޫ ކައުންސިލުން ވެސް ވަނީ މިމައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފައެވެ. އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ އޮމްބަޑްސްޕާސަން އޮފީހުން ބަލަމުން ގެންދާނީ 1953ވަނަ އަހަރުން 2018ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ހިނގައިފައިވާ ކަންކަމެވެ.

Ads by HDC
  1. ޝަރީޢަތަށް ބޭނުންވާ ބައެއް މީހުންގެ ވާހަކަ ނުހޯދާ. އެވަގުތު ބައްޕަ މަރުވެ ބިކަޙާލުޖެހުނު ކުޑަކުޑަ ކުދިންގެ ވާހަކަވެސް އަޑުއަހަން ޖެހޭ. އަދި އިންސާފެއްނޫން

    • ށަވޔަނި

      ޖިހާދާ އަނީސް އިޚްލާޞްތެރި ވާނެކަމީ ޝައްކެއް އޮތް ކަމެއްނޫން

    • ބޮޑުބަޑިން ޖަހާ މަރާލި މާވަޑި ޙުސައިން ފުތު. ޔަތީމުކޮށްލި ހަކުދިންގެ ބައްޕަ އަމިއްލައަށް ބަނދެނިންމާފަ ހުރި ބާރަ ރިޔަނުގެ ދޯންޏަށްވެސް ބަދަލުލިބޭނެ ކަމަށް އުއްމީދުކުރަން