ޕްރިޔާންކާ، ބީޖޭޕީއަށް: ބޭބެއަށް ޓަކައި މުޅި އުމުރު ގުރުބާންކޮށްލަން ކެރޭނެ!

އިންޑިއާގެ އިދިކޮޅު ޕާޓީ ، ކޮންގްރެސް ޕާޓީ އޮތީ ބައިބައިވެ ފެތެން ކައިރިވެފައި ކަމަށް އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޔޯގީ އަދިތްޔާނަތު ދެއްކި ވާހަކައަށް ޕްރިޔާންކާ ގާންދީ ވަދްރާ ރައްދުދީފިއެވެ.
އުތަރްކާންދުގެ އިންތިޚާބުގެ ރެލީއެއްގައި ވާހަކަ ދައްކަމުން ބީޖޭޕީއަށް ނިސްބަތްވާ ޔޯގީ ވަނީ ޕްރިޔާންކާ ގާންދީއާއި ރާހުލް ގާންދީއާ ދެމެދު މައްސަލަތަކެއް އޮތް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފައެވެ. އެ ގޮތުން އޭނާ ބުނެފައި ވަނީ ކޮންގްރެސް ޕާޓީއަކީ ފެތެން ކައިރިވެފައި އޮތް އޮޑިއެއް ކަމަށާއި އެ އޮޑި ހަލާކުކޮށްލަން އިތުރު މީހަކު ބޭނުން ނުވާ ކަމަށެވެ. އަދި އެކަމަށް ރާހުލް ގާންދީއާއި ޕްރިޔާންކާ ގާންދީ އެކަނި ފުދޭ ކަމަށް އޭނާ ބުނެފައި ވެއެވެ.
މި ވާހަކަތަކަށް ރައްދުދީ ޕްރިޔާންކާ ބުނެފައި ވަނީ މައްސަލަ އޮތީ ކޮންގްރެސްގައި ނޫން ކަމަށާއި ބީޖޭޕީގައި ކަމަށެވެ. އެ ގޮތުން ޔޯގީ އަދިތުޔާނާތުއާއި ހޯމް މިނިސްޓަރ އަމިތު ޝާހު އަދި ބޮޑު ވަޒީރު މޯދީއާ މައްސަލަ ޖެހިފައިވާ ކަމަށް ޕްރިޔާންކާ ބުނެފައި ވެއެވެ.
[caption id="attachment_140650" align="alignnone" width="715"]<img class="wp-image-140650 size-full" src="https://cdn.dhen.mv/wp-content/uploads/2022/02/yogi-and-modi.jpg" alt="" width="715" height="399" /> ޔޯގީ ، އަމިތު ޝާހު އަދި މޯދީއާ އެކު[/caption]
ޕްރިޔާންކާއާއި އޭނާގެ ބޭބެ ރާހުލްއާ ދެމެދު ދެބަސްވުން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ އޭނާ ބުނީ ބޭބެއަށް ޓަކައި މުޅި އުމުރު ޤުރުބާން ކޮށްލަން ކެރޭނެ ކަމަށާއި އޭނާގެ ބޭބެ ވެސް އޭނާއަށް ޓަކައި އެ ޤުރުބާނީ ވާނެ ކަމަށެވެ.




ކޮމެންޓް