Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ފައްޔާޒުގެ ހިންގުންތެރިކަމަށް މެމްބަރު ނިހާދުގެ ތަޢުރީފް

ފައްޔާޒުގެ ހިންގުންތެރިކަމަށް މެމްބަރު ނިހާދުގެ ތަޢުރީފް

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައިފިއެވެ.

ނިހާދު ފައްޔާޒަށް ތައުރީފު ކުރެއްވީ،  ޔޫއެންޑީޕީއާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އިއްޔެ ޤާއިމްކުރެވުނު އެއްބަސްވުމަށް ފަހު މިނިސްޓަރ ފައްޔާޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. މިނިސްޓަރ ފައްޔާޒް ވަނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ނިހާދު ވިދާޅުވީ، ޤައުމާއި ރައްޔިތުންގެ ހައްޤުގައި، މިނިސްޓަރ ފައްޔާޒު ކުރެއްވި މަސައްކަތް އުފަލާ އެކީ ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ފައްޔާޒުގެ ހިންގުންތެރިކަމާއި، ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް އެކަމުގެ ފޮނި ނަތީޖާ ލިބެމުންދާކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/nihad_m/status/1493634640136916996?s=21

މިނިސްޓަރ ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާނެކަމަށް އިއުލާންކޮށްފައި ވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.

ފައްޔާޒްގެ އިތުރުން އެ މަގާމަށް ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ(އިންތި)އެވެ. އަންނަ އޭޕްރީލްމަހުގެ 16 ވަަނަ ބާއްވާ މި އިންތިޚާބުގެ ފޯރި މިހާރު ދަނީ ގަދަވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް