މުނިފޫހިފިލުވުން

ސޯޝަލް މީޑިއާއިން ޝެހްނާޒް ނުފެންނާތީ ފޭނުން މާޔޫސްވެފައި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސިދާތު އާއި ޝެހެނާޒް

ބިގްބޮސް 13އިން މަޝްހޫރުކަން ހޯދި ޝެހްނާޒް ގިލް މިދުވަސްކޮޅު ސޯޝަލް މީޑިއާއިން ނުފެންނާތީ، އޭނޭގެ ފޭނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Ads by Hajj Corporation

ބޮލީވުޑް އެކްޓަރ ސިދާތު މިދިޔަ އަހަރު މަރުވި ފަހުން އޭނާގެ ލޯބިވެރިޔާ ޝެހްނާޒަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ސްކްރީންތަކުންނާއި ސޯޝަލް މީޑިއާ އިން ވެސް ޝެހްނާޒް ދުވަސްކޮޅަކަށް ގެއްލުނެވެ.

ނަމަވެސް އޭގެ ހަތަރު ވަރަކަށް މަސް ފަހުން، މަދުމަދުން އަނެއްކާ ވެސް އޭނާ ސްކްރީންތަކަށް އަންނަން ފެށިއެވެ. އޭނާ ކުޅުނު ފިލްމު ޕްރޮމޯޝަންތަކުންނާއި ސިދާތަށް ޚާއްސަކޮށް ކީ ލަވައިގެ ޕްރޮމޯޝަންތަކުން ވެސް ފެންނަން ފެށިއެވެ. އޭގެ އިތުރުން ބައެއް އިޝްތިހާރުތަކުން ވެސް އޭނާ ފެނުނެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ކުދި ވީޑިއޯތައް ވެސް އޭނާ ކުޅުނެވެ.

ނަމަވެސް ފާއިތުވީ ހަފްތާ ތެރޭގައި ޝެހްނާޒްގެ އެއްވެސް ވީޑިއޯއެއް، އަދި ސޯޝަލް މީޑިއާ ޕޯސްޓެއް ވެސް ފެނިފައި ނުވާތީ އޭނާގެ ފޭނުން ވަނީ މާޔޫސްވެފައެވެ. އެގޮތުން ޝެހްނާޒްގެ ފޭންޕޭޖުގައި އޭނާގެ ފޭނުން ބުނީ، ޝެހްނާޒްއާ ނުލައި ސޯޝަލް މީޑިއާ ފަޅު ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!