ޚަބަރު ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

ފުރަތަމަ ފޮޓޯ ހުޅުވައިލުމާއެކު ޝަހާގެ މޫނުމަތި މިލައިގެން ދިޔައެވެ. ބާކީ ހުރި ފޮޓޯތައް ބަލަމުން ދިޔައިރު ޝަހާއަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ.

Ads by STELCO

******************

" ޑަން... " ފޯނު މޭޒުމަތީގައި ބޭއްވުމަށްފަހު ހުސެން ބަލައިލީ ކުރިމަތީގައި އިން ޝެރީން އަށެވެ. އެހިނދު ޝެރީންގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ. މިވަގުތު ޝަހާގެ މޫނުމަތީގެ ކުލަވަރު ފެންނާނެނަމައޭ ހިތަށް އެރިއެވެ.

" އެރޭގެ އެ މެޖިކަލް ވަގުތުކޮޅުވެސް ހުސެން ފޯނުގަ ރައްކާ ކުރި ނަމައެއްނު... " ހިނިތުންވުން ފަނޑުވެގެން ދިޔަ ހިނދު  ޝެރީން ބުނެލިއެވެ.

" ހެހެހެ.. އެވަގުތު އަހަރެންގެ ހިތްވެސް ފުނޑުފުނޑުވި ކަހަލަ... ދެން ކިހިނެއް އިތުރުކަމެއް ކުރަން ހަނދާން ހުންނާނީ..." މައުނަވީ ބެލުމަކުން ޝެރީންއާ ދިމާލަށް ބަލަން އިނދެ ހުސެން ބުންޏެވެ. އެހިނދު  ޝެރީން ހުސެންއާ ދިމާލަށް ލޯއަޅައިލިއެވެ.

" ދިޔައީ..." އިންތަނުން ތެދުވަމުން ޝެރީން ބުނެލިއެވެ.

" މަޑުކުރޭ... ކޮބާ އަހަރެންގެ ރިވޯޑް... ޑޯންޓް ޓްރައި ޓު ފޫލް މީ..." ހުސެން އަވަސްއަވަހަށް ބުނެލިއެވެ.

" މިރޭ ނުވައެއް ޖަހާއިރު...." ފޫހިކަން އެކުލެވޭ ރާގެއްގައި ޝެރީން ބުނެލިއެވެ. އެހިނިދު ހުސެންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

" އަހަރެންގެ ރޫމްތަ ނޫނީ ޝެރީގެ ރޫމްގަ ތަ؟ " ލާނެތްކަން އެކުލެވޭ ރާގެއްގައި ހުސެން އަހައިލިއެވެ.

" ތިގެއަށް އަހަރެން ދާނަން.. އެކަމަކު ހަނދާން ބަހައްޓާތި.. މީ ފަހު ފަހަރު.." އިންޒާރުގެ ބެލުމަކުން ހުސެން އާ ދިމާލަށް ބަލައިލަމުން ޝެރީން ބުނެލިއެވެ. އެއަށްފަހު މަޑު ނުކޮށް ހުސެންގެ ކެބިން އިން ނިކުތެވެ. ހުސެންގެ ތުންފަތްމަތީގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.

" އަދި ތިކަހަލަ ކިތަންމެ 'ފަހުފަހަރެއް' އަންނާނެ..." ހިތާހިތުން ހުސެން ބުނެލިއެވެ.

***************

ކޮޓަރި ތެރެއަށް ވެރިވެފައިވީ ކަނު އަނދިރިކަމެވެ. އެނދުގައި ބަންޑުން އޮތް އަދީމަށް އޮތީ ނިދިފައެވެ. ހޭލެވުނީ ކަބަޑުމަތީގައި އޮތް ފޯނު ވައިބްރޭޓްވާ އަޑަށެވެ. އުނދަގުލުން އެއްލޯ ހުޅުވައިލަމުން ފޯނު ނަގާފައި އަދީމް ބަލައިލިއެވެ. ސްކްރީނަށް އަރާފައި އޮތް ޝެރީންގެ ނަން ފެނި އަދީމަށް ލިބުނީ ނުތަނަވަސް ކަމެކެވެ. އެދުވަހުގެ ފަހުން އެތައް ފަހަރެއްގެ މަތިން ޝެރީން އަދީމަށް ގުޅައިފިއެވެ. ނަމަވެސް އެފޯނަށް ޖަވާބުދޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޝެރީންގެ ނަން ފެނުނަސް މިހާރު އަދީމަށް އިހުސާސް ކުރެވެނީ ޝަހާއަށް ބޭވަފާތެރި ވެވުނު ކަމުގެ އިހުސާސެވެ. އެއިހުސާސް ކުރެވޭ ކޮންމެ ފަހަރަކު ތޫނު ކަށިތަކެއް ހިތޭ ހެރޭ ފަދައެވެ. ޝެރީންގެ ހަޤީޤަތް އޭރު ޝަހާއަށް ސިއްރު ނުކުރެވުނުނަމައޭ މިހާރު ހިތަށް އަރައެވެ. ކަންތައް ވީގޮތުން ޝަހާއާ ކުރިމަތިލާނެ ހިތްވަރެއް އަދީމްގެ ނެތެވެ. ޝެރީންއާ ކުރިމަތިލާން ޖެހިދާނެތީ އޭގެ ފަހުން އަދީމް ހޮސްޕިޓަލަށްވެސް ނުނިކުމެއެވެ. އެންމެ ފަހުން ފަނަރަ ދުވަހުގެ ޗުއްޓީއެއް ނަގަން އަދީމަށް މަޖުބޫރުވީއެވެ.

ފޯނު އަލުން ކަބަޑު މަތީގައި ބޭއްވުމަށްފަހު އަދީމް ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. ދެލޯ ފޮހެލުމަށްފަހު އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއެވެ. އެތަން އަލިކުރާކަށް އޭނާ ނޫޅުނެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެ ކޮޓަރީގައި ބަންދުވެގެން އޮންނަތާ ހަފްތާއެއް ވެދާނެއެވެ. ކާންވެސް ނިކުންނަނީ މަދު ފަހަރަކުއެވެ. ކެޔަސް ކެވެނީ ކުޑަ އެތިކޮޅެެކެވެ. ޝަހާއަށް ބޭވަފާތެރި ވެވުނު ކަމުގެ އިހުސާސް އެތެރެއިން އޭނާ ކަމުން ގެންދިޔަ ފަދައެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަދީމް އެދިމާލަށް ބަލައިލިއެވެ. ދޮރުން އެތެރެއަށް ވަނީ ކާކު ކަން ދެނެގަންނާކަށް އަދީމަށް އުނދަގުލެއް ނުވިއެވެ. ނޭފަތުގައި އައިސް ޖެހުނު ވަހަކީ އޭނާއަށް ދުވަހަކުވެސް ނޯޅޭނޭ ވަހެކެވެ. ދެލޯ އަނދިރިވެފައިވީނަމަވެސް އެވަހުން އެއީ ކާކުކަން އޭނާއަށް އެނގޭނެއެވެ. އެވަހަކީ ހަމައެކަނި އޭނާގެ ޝަހާއަށް ޙާއްސަވެފައިވާ ވަހެއް ފަދައެވެ.

ކޮޓަރީގެ ލައިޓް ދިއްލާލުމާއެކު ޝަހާއަށް ލިބުނީ ހައިރާން ކަމެކެވެ. އަބަދުވެސް ތަރުތީބުކޮށް ބަހައްޓާފައި ހުންނަ އެކޮޓަރީގެ ތަރުތީބުވަނީ ގެއްލިފައެވެ. އެނދުގެ ބެޑްޝީޓު ބޮނޑިވެފައި ވާއިރު ބައެއް ބާލިސްތައް ތިރިއަށް ވެއްޓިފައި ހުއްޓެވެ. އަބަދުވެސް ސާފުތާހިރު ކަމަށް ލޯބިކުރާ އަދީމްގެ ތުވާލިވެސް އޮތީ އެނދުމަތީގައެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އަދީމްގެ ސިފަ ފެނުމުންނެވެ. އިސްތަށިގަނޑު ހޭވިފައިވާއިރު މަތިމަހާއި ތުނބުޅިވެސް ވަނީ ބޯވެފައެވެ. މޫނުމަތި ދެމިލާފައި ހުރި ގޮތުން އަދީމް ބަލި ކަމުގައި ޝަހާއަށް ހީކުރެވުނެވެ.

" ލަވް ބަލީތަ.." އަދީމް ކައިރިއަށް ހުއްޓުމަށްފަހު އޯގާތެރިކަމާއެކު އަދީމްގެ ބޮލުގައި ފިރުމައިލަމުން ޝަހާ އަހައިލިއެވެ. އަދީމް ޝަހާގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. އެންމެ ލަކުނެއްވެސް ނުވާ ސާފު އޮމާން މޫނު ފެނުމުން އަދީމްއަށް ހިތްހަމަޖެހުން ގެނުވައިފިއެވެ. މިހުރިހާ ދުވަހުގެ ހުރިހާ ވިސްނުމަކާއި ފިކުރުތައް މަތިން ހަނދާން ނެތުނު ކަހަލައެވެ. ބަހެއް ނުބުނެ އަދީމް އެއިންގޮތަށް އިނދެ ޝަހާގެ މެދުހަށީގައި ބައްދައިލިއެވެ.

" އައި މިސްޑް ޔޫ ސޯ މަޗް..." އަދީމް ބުނެލިއެވެ. ޝަހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އެކަން ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. ފެނުނު ފޮޓޯތައް މަތިން ހަނދާންވެ އޭނާގެ ހިތް ނުތަނަވަސް ކުރުވިއެވެ. އަދީމް ޝަހާގެ އަތުގައި ހިފާފައި ގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ. ވަރަށް ލޯބިން ޝަހާގެ މޫނުގައި ފިރުމައިލިއެވެ. ޝަހާގެ މޫނުގައި ދެފަރާތުން ހިފަހައްޓައިލުމަށްފަހު ނިތުގައި ބޮސްދިނެވެ.

" އައި މިސްޑް ޔޫ މޯރ... ދެން ބުނެބަލަ.. ކިހިނެއް ކޮޓަރިއަށް ހަދާފަ މިއޮތީ.. ލަވް ވެސް ހިވަނީ ބަލިހެން.." އަނެއްކާވެސް ޝަހާ އަހައިލިއެވެ.

" ދޫނި މަތިން މާބޮޑަށް މިސް ވީމަ ވާގޮތް..." ހިނިތުންވާން މަސައްކަތް ކުރަމުން އަދީމް ބުންޏެވެ. ޝަހާ ހީނލިއެވެ.

" އެބަ އަންނަން ފްރެޝް ވެލައިގެން.. އަދީމްވެސް ދޭބަލަ ނަމާދަށް... އެނބުރި އައިސް ވީ ވިލް ހޭވް ޑިނަރ ޓުގެދަރ... " ޝަހާ ބުނެލިއެވެ. އަދީމްގެ އުނގުމަތިން ތެދުވެ ޑްރެސިންގް ޓޭބަލް ކައިރިއަށް ޖެހިލިއެވެ. ބުރުގަލަށް ޖަހާފައިވާ ޕިންތައް ނެއްޓުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި ބެހެއްޓިއެވެ. ބުރުގާ ބޭލުމަށްފަހު ދާވަށިގަނޑަށް ލިއެވެ. އިސްތަށިގަނޑު ނިއުޅުވައިލުމަށްފަހު ވޫލުކޮޅު ޑްރެސިންގް ޓޭބަލް މަތީގައި ބޭއްވިއެވެ. އެއަށްފަހު ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. އެވީހާއިރު ޝަހާގެ ހަރަކާތްތަކަށް ބަލަން އިން އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ. އޭނާ ވިސްނަމުން ދިޔައީ ޝެރީންގެ ވާހަކަ ޝަހާއަށް ކިޔައިދޭނެ ގޮތަކާމެދުގައެވެ. ކޮންމެގޮތެއް ވިޔަސް ދެން އިތުރަށް ޝަހާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ޝަހާ ކައިރީގައި އެވާހަކަތައް ދެއްކުމުގެ ހިތްވަރު އޭނާއަށް ލިބިދާނެ ހެއްޔެވެ؟

*************

މާގަނޑުން އޮހެމުން ދިޔަ ފެންތަކުގެ ތެރޭގައި ޝަހާ ހުރީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ވިސްނަމުން ދިޔައީ ނުދަންނަ ނަމްބަރުން ފޮނުވި އެފޮޓޯތަކާ މެދުގައެވެ. އެފޮޓޯތަކުގައި މުޅިންވެސް ވަނީ އަދީމާއި ޝެރީންއެވެ. އަދީމްގެ އަތުގައި އަތް އަޅުވާލައިގެން ހުރެ ޝެރީން ހިނގާފައިދާ މަންޒަރެވެ. ދެމީހުން އެކީގައި ހެމުން ދާ މަންޒަރެވެ. އެކުގައި ކޮފީތަކުގައި ތިބޭ މަންޒަރާއި ރެސްޓޯރެންޓް ތަކުގައި ކާން ގޮސް ތިބޭ މަންޒަރުތަކެވެ. އެދެމީހުންގެ އެގާތް ކަމުން ޝަހާއަށް އިންތިހާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އެއްވެސް ހާލެއްގައި އަދީމަށް ޝައްކު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެފޮޓޯތައް ފޮނުވިމީހަކީ ކާކު ހެއްޔެވެ؟ އެމީހާގެ މަޤްސަދަކީ ކޮބައި ހެއްޔެވެ؟ މިފަދަ އެތަކެއް ސުވާލެއް ޝަހާއަށް އުނދަގޫ ކުރަމުން ދިޔައެވެ. ކަންތައްވަމުން ދާ ގޮތުން އެމައުލޫއަށް އަދީމާ ވާހަކަ ދެއްކުން ޝަހާއަށް މަޖުބޫރުވެއްޖެއެވެ. އެއްވެސް ކަހަލަ ގޮތަކުން އެދެމީހުންގެ ގުޅުމުގައި ކުޑަވެސް ލައްގަނޑެއް ޖެހޭކަށް އޭނާ ނޭދެއެވެ.

**************

ޖޯލީގައި އިން މައިރާ ފުންނޭވައެއް ދޫކޮށްލިއެވެ. މިއަދުވެސް އޭނާއަށް އެތައް ފަހަރެއްގެ މަތިން ފާތިކަށް ގުޅިއްޖެއެވެ. ނަމަވެސް ފާތިކް ފޯނަށް ޖަވާބެއް ނުދެއެވެ. ކުޑަމިނުން އޭނާ ކުރާ މެސެޖަށް ރައްދެއްވެސް ނުފޮނުވައެވެ. އޭނާ އިހުސާސްވަމުން ދިޔައީ އެކައިވެނި ގޮށް މޮހެވެން އުޅޭކަމުގެ އިހުސާސެކެވެ. އެއީ އެއްވެސް ހާލެއްގައި އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ފާތިކް ދެކެ އޭނާ ވާ ސާފު ތެދުވެރި ލޯބި ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ.

ޝަހާ ބުނިގޮތަށް ކަންތައް ކުރަން ފެށިފަހުން ކަންކަން ރަނގަޅުވާކަން މައިރާއަށް އިހުސާސް ކުރެވުނެވެ. އޭނާއަށް ޖެހުނި އެސްފީނާ ހަސަދަ ނޫނީ ސިހުރުކަމެއް ނޭނގުނުނަސް އެކަހަލަ ކޮންމެވެސް ކަހަލަ ކަމެއްކަން ޔަގީނެވެ. ނަމަވެސް ﷲގެ އިރާދަފުޅާއެކު މިހާރު ހުރިހާ ކަމެއް ރަނގަޅުކަން އޭނާއަށް އިހުސާސް ކުރެވެއެވެ. ކަންތައްވީގޮތް ކިޔައިދީ އެތައް ފަހަރެއްގެ މަތިން ފާތިކަށް ވިސްނައި ދެވިއްޖެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ފާތިކަށް ވިސްނުނުހެނެއް ހިޔެއް ނުވެއެވެ. އެހެންނޫންނަމަ މިހާރު ފާތިކް އޭނާ ކައިރިއަށް އަންނާނެއެވެ. އޭނާއަށް ގުޅާނެއެވެ.

ދެލޯ ފޮހެލުމަށްފަހު އަނެއްކާވެސް މައިރާ މެސެޖެއް ލިޔެލިއެވެ. ކަމީލާގެ ކައިވެނީގެ ދުވަސް ކައިރިވާ ވާހަކަ ބުނެފައެވެ. ފާތިކްގެ ހަބަރެއް ނުވާތީ ކައުސަރު ކަންބޮޑުވެގެން އުޅޭ ވާހަކަ ބުނެފައެވެ. އޭނާއާއި އާއިލާގެ އެހެންމީހުންވެސް ފާތިކް މަތިން ވަރަށް ހަނދާންވާ ވާހަކަ ބުނެފައެވެ.

******************

ޝަހާ އިޝާ ނަމާދުކޮށް ނިންމައިލުމަށްފަހު ގޭތެރެއަށް ނިކުތެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އަސްމާއާއި މަލާކް ފެނި ޝަހާއަށް ހީނލެވުނެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލުމަށްފަހު މަލާކްވެސް އަސްމާއާއި ގާތް ގުޅުމެއް އުފައްދަން މަސައްކަތް ކުރާތީ ޝަހާ ހުންނަނީ ހިތްހަމަޖެހިފައެވެ. ތައްޓަށް ރިހަ އަޅައިގެން ކާމޭޒާ ދިމާލަށް އައި މަލާކަށް ޝަހާ ފެނުމުން ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އަވަސް އަވަހަށް މޭޒުމަތީގައި ތަށި ބެހެއްޓުމަށްފަހު އައިސް ޝަހާ ގައިގައި ބައްދައިލިއެވެ. އެހނިދު ޝަހާގެ ހީނލުމުގެ އަޑު އިވިގެން ދިޔައެވެ.

" އަހަރެން ހީކުރީ ދޮންތަ މާދަން ކަމަށް އަންނާނީ..." މަލާކް ބުނެލިއެވެ.

" ސަޕްރައިޒެއް ދޭންވެގެން އައީ... ދޮންތަގެ މަލާ ކޮންއިރަކުންތަ ބޮޑުވާނީ.. އެންމެ ދުވަހަކު ނުފެނި ހުރެފަ ފެނުނަސް ހީވާނީ އުފަލުންގޮސް އެހެންކަމެއް ހެން... " މަލާކްގެ ކޮލުގައި ހިފައިލަމުން ޝަހާ ބުނެލިއެވެ.

" ނަސީބެއް ތަންކޮޅެއް ގިނައިން ކެއްކުނުކަންވެސް.. އަވަހަށް އަދީމަށް ގޮވާ ކާން..." ބަތްތަށި މޭޒުމަތީގައި ބަހައްޓަމުން އަސްމާ ބުންޏެވެ. އެވަގުތުވީ އަދީމް މިސްކިތުން އައިސް ވަން ވަގުތަށެވެ. ކައިގެން އަސްމާ އާއި މަލާކް އެތެރެއަށް ވަނުމުން ޝަހާއާއި އަދީމް އެކަނިވިއެވެ. އަދީމް ވިސްނަމުން ދިޔައީ ދައްކަން އުޅޭ ވާހަކަ ފަށާނެ ގޮތަކާ މެދުގައެެވެ. އެވާހަކަ ދެއްކުމުގެ ހިތްވަރު އޭނާއަށް ނުލިބިގެން އެއުޅެނީ ކީއްވެކަމެއް ނޭނގުނެވެ. ކައިގެން ގޮސް އަދީމް ސޯފާގައި އިށީނެވެ. ތަށިތައް ނެގުމަށްފަހު ކޮފީއެއް ހިފައިގެން ޝަހާވެސް ގޮސް އަދީމް ކައިރީގައި އިށީނެވެ.

" އަދީމް އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން.." ޝަހާ ބުނެލިއެވެ.

" އަވަހަށް ބުނޭ.. އަހަރެން މިނީ އަޑުއަހަން..." ހިނިތުންވެލަމުން އަދީމް ބުންޏެވެ. އެހިނދު ޝަހާ އޭނާގެ ފޯނު ނެގުމަށްފަހު އަދީމަށް ދައްކައިލިއެވެ. އެފޮޓޯތައް ފެނި ހުދު އަދީމްގެ ބޮލުގައިވެސް ރިއްސައިލިއެވެ. އެފޮޓޯތަކުގައިވަނީ އޭނާއާ ޝެރީން ކަމުގައިވިޔަސް އެއިން ކޮންމެ ވަގުތެއްވެސް އޭނާ ޝެރީންއާއެކު ހޭދަ ކުރީ އެއީ އެންމެ ގާތް އެކުވެރިޔާ ކަމުގައި ދެކިގެންނެވެ.

" މީ ކާކު ފޮނުވި ފޮޓޯތަކެއް.... ޝަހާ ޕްލީޒް އަހަރެންނަށް ޝައްކު ނުކުރާތި.. އަހަރެންނާ ޝެރީންގެ ތި ހީކުރާކަހަލަ ގުޅުމެއް ނެތް.." ކަންބޮޑުވެފައި އަދީމް ބުނެލިއެވެ.

" އަހަރެންނަށް އެނގޭ.. އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އަހަރެން އަދީމަށް އިތުބާރުކުރަން.. ދެރަވަނީ މީހުން އަދީމާއި ޝެރީންއާ ގުޅުވައިގެން ދައްކާ ވާހަކަތަކުން.. ތިދެމީހުންގެ އޮތީ ކޮންކަހަލަ ގުޅުމެއްކަން އަހަރެންނަށް އެނގުނަސް އެހެން މީހުން ދެކޭގޮތް ތަފާތު ވެދާނެ.. " ޝަހާ ވާހަކަދައްކަމުން ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އަދީމްގެ އަތްތިލައިގައި ހިފައިލިއެވެ. " އަދީމް! އަހަރެން ފަހަރެއްގަވެސް އަދީމަށް ޝައްކު ކުރަނީއެއްނޫން.. އެކަމަކު އަހަރެން މިދައްކާ ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނާތި.. ރަޙުމަތްތެރިކަމުގެ ގުޅުމުގައިވެސް ވަކި ހައްދެއް އޮންނަންވާނެ.. މިހެން ނުބުނަން އަހަރެން ވަރަށް މަސައްކަތް ކުރިން.. އެކަމަކު މިހާރު މަޖުބޫރުވެއްޖެ.. އަދީމާ ޝެރީންގެ ތި އޮންނަ ގާތްކަމާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ.. އަދީމްގެ ހިތް ކިތަންމެ ސާފު ނަމަވެސް ދެން ހުރި މީހާގެ ހިތް އޮތް ގޮތެއް ނޭނގޭނެ.. އަދި ހިލޭ ފިރިހެނަކާ އަންހެނަކު އެއްތަން ވެއްޖެނަމަ ތިންވަނަ މީހަކަށް ޝައިތާނާ ހުންނާނެ ބުނާ އަޑު އިވެއެއްނު.. އަހަރެންނަށް ރަނގަޅީ އަދީމް ޝެރީންއާ ތަންކޮޅެއް ދުރުވެލިއްޔާ.. "

" ސޮރީ.. ސޮރީ ޝަހާއަށް މިފަދަ ފޮޓޯތަކެއް ބަލަން ޖެހުނީމަ.. މީހުން ދައްކާ އެފަދަ ވާހަކަތައް އަޑު އަހަން ޖެހުނީމަ.. ޝަހާ ނުރުހޭ ފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން.. މީގެ ފަހުން އެފަދަ އެއްވެސް ކަމަކާ ޝަހާ ވިސްނާކަށް ނުޖެހޭނެ.. އައިމް ވެރީ ސޮރީ.." އަދީމް ބުނެލިއެވެ. ކަންތައްވިގޮތުން އިތުރަށް ޝެރީންގެ ވާހަކަ ޝަހާ ކައިރީގައި ދައްކާކަށް ނުކެރުނެވެ.

" އިޓްސް އޯކޭ.. އައި ލަވް ޔޫ.." އަދީމްގެ ކޮނޑުގައި ބޯ އަޅައިލަމުން ޝަހާ ބުންޏެވެ.

****************

ދުވަސްތައް ފާއިތުވަމުން ކަމީލާގެ ކައިވެނީގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ހަވީރު ޕާޓީއެއް ކަމުން ހެނދުނުއްސުރެ ޝަހާ އުޅުނީ ވަރަށް ބުރަކޮށެވެ. ކައިވެނީގެ ހަފްލާ އޮތީ ބީޗްގައި ކަމުން އެތަން ތައްޔާރު ކުރަން އުޅުމަށްފަހު ޝަހާއަށް ގެއަށް އާދެވުނީ އަސުރުވާން އުޅެނިކޮށެވެ. ފެންވަރައިގެން ނަމާދުކޮށްލުމަށްފަހު ޕާޓީއަށް ލާން އޮތް ހެދުން ހިފައިގެން ތައްޔާރުވާން ޝަހާ ދިޔައީ އަދީމްގެ ގެއަށެވެ. ހުރިހާ އަންހެނުން އެކީގައި ތައްޔާރު ވުމަށެވެ. ކައިވެނި އޮންނަ ތަނުން ދިމާވުމަށް އަދީމް ކައިރީގައި ބުނެފައެވެ.

**********

ކަމީލާ ތައްޔާރު ކުރަން ހުރި މައިރާ ކައިރީގައި ފާތިކް އައި ވާހަކަ ބުނީ ޝަހާ އެވެ. އެހިނދު މައިރާގެ ހިތް އަވަސްވެލިއެވެ. ފާތިކް ކައިރިއަށް ދާން ބޭނުންވިއެވެ. އެހެންނަމަވެސް ކައިވެނި ކުރެވޭ ވަގުތު ޖެހެން ކައިރިވުމާއެކު އެންމެ ފުރަތަމަ ކަމީލާ ތައްޔާރުކޮށް ނިންމާލިއެވެ. ޝަހާއާއި މައިރާ އަދި މަލާކް ތައްޔާރުވީ އެކީގައެވެ.

މައިރާއަށް ފާތިކް ފެނުނީ ކައިވެނި ކުރެވޭ ތަނުންނެވެ. ރާފިގާއި ކޮންމެވެސް ވާހަކައެއް ދައްކަން ހުރި ފާތިކް އެންމެ ފަހަރަކުވެސް މައިރާއާ ދިމާލަށް ބަަލައިވެސް ނުލައެވެ. ފާތިކްގެ އެދުރުކަމާހެދި މައިރާއަށްވެސް ފާތިކާ ވާހަކަ ދައްކާކަށް ނުކެރުނެވެ.

އަދީމްގެ ޙަބަރެއް ނުވާތީ ޝަހާ ކަންބޮޑުވެފައި ހުއްޓެވެ. އެތަނަށް އައި ފަހުން އެތައް ފަހަރެއްގެ މަތިން އަދީމަށް ގުޅިއްޖެއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ކައިވެނި ކުރެވެން ކުޑަ ވަގުތުކޮޅަކަށް ވުމުން އެގޭ އެހެންމީހުންވެސް އަދީމް ކޮބައިތޯ ސުވާލު ކުރަން ފެށިއެވެ. އެންމެ ފަހުން އަދީމް ކޮބައިތޯ ބެލުމަށް ސައިކަލުގައި ގެއާ ދިއުމަށް ޝަހާ ނައްޓައިލިއެވެ. ގޭތެރެއަށް ވަންނަމުން ޝަހާ އަދީމްގެ ނަމުން ގޮވައިލިއެވެ. ނަމަވެސް މުޅި ގޭތެރެއަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ. ބާރު ހިނގުމެއް ޝަހާ ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެހިނދު ފެނުނު މަންޒަރުން ޝަހާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ލިބުނު ޝޮކުގައި ހުރިތަނުން ގުޑިލަންވެސް ނޭނގިފައި ޝަހާއަށް ހުރެވުނެވެ.

-ނުނިމޭ-

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!