ބޮލީވުޑް މުނިފޫހިފިލުވުން

ކާރްތިކްގެ ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު ހިތާމަ ހިއްސާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ކާރްތިކް އާރްޔަން އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ބައެއް ވާހަކަތައް ހިއްސާ ކޮށްފިއެވެ.

Ads by STELCO

ކާރްތިކް ބުނި ގޮތުގައި އޭނާގެ ދިރިއުޅުމުގައި މިހައިތަނަށް ކުރިމަތިވީ އެންމެ ބޮޑު ހިތާމައަކީ އޭނަގެ މަންމައަށް ކެންސަރު ޖެހުމެވެ.

ކާރްތިކްގެ މަންމަ މާލާ ތިވާރީއަށް އުރަމަތީގެ ކެންސަރު ޖެހުނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެއިރު މާލާ ހުރީ ކެންސަރުގެ ސްޓޭޖް 4ގައި ކަމުން، އެކަން ވެގެން ދިޔައީ މުޅި އެ އާއިލާއަށް ވެސް ވަރަށް ބޮޑު ހިތްދަތިކަމަކާއި ހާސްކަމެއް ގެނުވި ކަމަކަށެވެ.

ކާރްތިކް ބުނީ އޭނާގެ މަންމަގެ ކީމޯތެރަޕީ ހެދި ދުވަސްތަކުގައި މަންމައާ އެކު ހޮސްޕިޓަލަށް ވެސް ދިޔަކަމަށާއި އަބަދުވެސް މަންމައާ އެކު ވާކަން މަންމައަށް އިހުސާސް ކޮށްދިން ކަމަށެވެ.

ކާރްތިކްގެ މަންމަ މިހާރު ވަނީ ކެންސަރު ބަލިން އެއްކޮށް ރަނގަޅު ވެފައެވެ. އެކަން ވެގެން ދިޔައީ އެތައް ބަޔަކު އުފާވެ، އެހައިމެ ހައިރާން ވެސް ވީ ކަމަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!