ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އޭނަ ބަހައްޓާ.. ދެން އަދީމް އަހަރެންގެ ހައްޤަކަށްވާން މާގިނަދުވަހެއް ނުވާނެ... " ހުވަފެނީ ގޮތަކަށް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެ ޝެރީން ބުންޏެވެ. " އޯލް ތޭންކްސް ޓު ޔޫ.."

Ads by Sosun Fihaara

" އެނީޓައިމް ބޭބްސް... މިރޭވެސް ނުވައެއް ޖަހާއިރު ދޯ.. " ޝެރީންއާ ދިމާލަށް އެއްލޯ މަރައިލަމުން ހުސެން ބުނެލިއެވެ.

" އޭގެ ކުރިން އަދި އެބަ ޖެހޭ އެއްކަމެއް ކުރަން... " ޝެރީން ބުނެލިއެވެ.

" އެއީ؟.." ދެބުމަ ގޮށް ޖަހައިލަމުން ހުސެން އަހައިލިއެވެ.

" އަލިފާނަށް ތެޔޮ އަޅަން... ހެހެހެ..." ދެބުމަ އަރުވައިލަމުން ޝެރީން ބުނެލިއެވެ. އެބުނި ބަހުގެ މާނަ ނަގައިގަންނަށް ހުސެންއަށް އުނދަގުލެއް ނުވިއެވެ. އޭނާވެސް ހިނިތުންވެލީ ޝެރީންއަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

***************

ކަކުލުގައި ދެއަތް ވިދެލައިގެން އެނދުގައި އަދީމް އިނެވެ. ބޮލުގައި އިންތިހާއަށް ރިއްސަމުން ދިޔަނަމަވެސް ކަންތައްވީގޮތް ހަނދާންކުރަން މަސައްކަތް ކުރަމުން އޭނާ ދިޔައެވެ. އޭރު ކަމީލާގެ ކައިވެންޏަށް ތައްޔާރުވުމަށްޓަކައި ޝަހާ ދިޔުމުން އިރުކޮޅަކު ފޯނާ ކުޅެން އިނުމަށްފަހު އަދީމް ވަނީ ފެންވަރާށެވެ. ސިޓިންގް ރޫމުގައި މީހަކު އުޅޭހެން ހީވީ ފެންވަރައިގެން ނިކުތްތަނުންނެވެ. ކާކުތޯ ބަލައިލުމަށްޓަކައި ކޮޓަރީގެ ދޮރު ހުޅުވައިލިވަގުތު ދޮރުގައި ޓަކިޖަހަން ޝެރީން ތައްޔާރުވަނީއެވެ.

*************

" ޝެރީ... ކިހިނެއް ގެއަށް ވަނީ..؟ ކީއްކުރަން ތިއައީ؟" އެފަދަ ގޮތަކަށް ޝެރީން ގެއަށް ވަނުމުން އަދީމް ހުރީ ހިތްހަމަނުޖެހިފައެވެ.

" ރިލޭކްސް އަދީމް.. އަހަރެންވެސް މިގޭ އުޅުނީމަ ކޯޑު އެނގޭނެއްނު.. އެހެންނޫނަސް ޝަހާ ކައިރީގައި ބުނެފައި މިއައީ.. " ހުއްދަ ހޯދުމެއްވެސް ނެތި އެކޮޓަރިއަށް ވަންނަމުން ޝެރީން ބުންޏެވެ. އެކަންވީ އިތުރަށް އަދީމް ހިތްހަމަނުޖެހުނު ކަމަކަށެވެ.

" ޝެރީ އިހަށް މިވަގުތު ދޭ.. ވާހަކަ ދައްކަން ހުންނާކަށް އަހަރެންނަށް ވަގުތެއް ނެތް.. ދައްކާނެ ވާހަކައެއް ނުވެސް ނެތް..." އަދީމް ހަރުކަށި ކަމާއެކު ބުނެލިއެވެ. ޝެރީންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނު މަންޒަރު އަދީމަށް ފެނުނެވެ.

" އަހަރެންނަށް މައާފުކުރޭ އަދީމް... އެރޭ ވީ ގޮތެއް އަހަރެންނަކަށްވެސް ނޭނގޭ.. އައި ގޮޓް ކެރިޑް އަވޭ.. އަދީމްގެ އެއްވެސް ކުށެއް ނެތް.. ކުށް ކުރެވުނީ އަހަރެންނަށް... ސޮރީ.. ޕްލީޒް ފޮރގިވް މީ.. މިހާރު މިދުނިޔޭގައި އަހަރެންގެ ހުރީ ކާކު.. އަދީމް އަހަރެންނާ ގުޅުން ކަނޑާލައިފިނަމަ މިދުނިޔެއަށް އަހަރެން އެކަނިވެދާނެ.. ޕްލީޒް އަދީމް.. އަހަރެންނަށް މައާފުކުރޭ.. " ޝެރީން ރޮމުން އަދީމްގެ މައާފަށް އެދި އާދޭސް ކުރިއެވެ. އެގޮތަށް އެއްވެސް މީހަކު ދެރަކުރުމަކީ އަދީމް ބޭނުންވާ ގޮތެއް ނޫނެވެ. އިންސާނަކަށް ކުށެއް ކުރެވިދާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ. ޝެރީންއަކީ އޭނާގެ ގާތް އެކުވެރިއެކެވެ. އޭނާ އެގޮތަށް ރޯތަން ފެނުމުން އަދީމް ދެރަވިއެވެ.

" އިޓްސް އޯކޭ ޝެރީ... އަހަރެން މައާފުކޮށްފިން.. އެކަމަކު ދެން އިހަށް މިވަގުތު ދޭ.. ކައްމިގެ ކައިވެނި ކުރެވޭ ވަގުތަށް އަހަރެން ބޭނުން އެތަނަށް ދާން... " މަޑުމައިތިރިކަމާއެކު އަދީމް ބުނެލިއެވެ.

" އަދީމް އަހަރެންނަށް މައާފު ކުރިކަމަށް ބަލާނީ ޝަރުތެއްގެ މަތިން.." ދެލޯ ފޮހެލަމުން ޝެރީން ބުންޏެވެ. "މިއީ އަދީމްއަށް އެންމެ ކަމުދާތަނުން ގެނައި އަދީމަށް އެންމެ މީރު ކޮފީ.. މީތި އެކްސެޕްޓް ކުރީމަ އަހަރެން ބަލާނީ އަހަރެންނަށް މައާފު ކުރިކަމަށް.."

އަދީމް ހީނލަމުން ކޮފީތަށީގައި ހިފިއެވެ. ޝެރީންއަށް އިތުރަށް ޔަގީންކަން ދިނުމުގެ ގޮތުން ކޮފީތަށި ހުސްކޮށްލިއެވެ. ބޭނުމަކަށްވީ އަވަހަށް އެތަނުން ޝެރީން ފޮނުވައިލުމެވެ. ޝެރީންއަށް ޝުކުރު އަދާ ކުރުމަށްފަހު އެހެން ވަގުތަކު ދިމާވާނެ ކަމަށް އަދީމް ބުންޏެވެ. އޭނާގެ ބޮލަށް ބަރުވާން ފެށީ ކުއްލިއަކަށެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

****************

" އޭގެ ފަހުން ކިހިނެއްބާ ވީ.. ޝެރީން އެހާލުގައި އަހަރެން ކައިރީގައި އޮންނަންވީ ކީއްވެ؟ އަހަރެންނަށް ގޯސް ކަމެއް ކުރެވުނީތަ؟ ކުރެވުނު ނަމަވެސް އެއްވެސް ކަމެއް އަހަރެން ހަނދާން ނެތީ ކީއްވެ؟ ކީއްވެ ޝެރީ ބުނީ އަހަރެން ލޯބިވާ ވަރު އެނގިއްޖޭ.. ؟ ހަމަ ހަޤީޤަތުގައިވެސް އަހަރެންނަށް ގޯހެއް ހެދުނީތަ؟ ކައްމިގެ ޕާޓީވެސް މިހާރު ނިމޭނެ.. އެންމެން ތިބޭނީ ހިތްހަމަނުޖެހިފައި ކަން ޔަގީން.. ކޮބާ ޝަހާ..." އަދީމްގެ ހިތަށް އަރަމުން ދިޔައެވެ.

**********************

ކާރުން ފޭބިގޮތަށް ގެއަށް ވަނުމުގެ ބަދަލުގައި ކައުސަރު މިސްރާބު ޖެހީ ޝަހާގެ ގެއަށް ވަނުމަށެވެ. މަލާކް ކޯޑު ޖެހުމާއެކު ދޮރު ހުޅުވިގެން ދިޔައެވެ. ކައުސަރާއި މަލާކްގެ ފަހަތުން މައިރާއާއި ރާފިގު އަދި އަސްމާވެސް ވެސް ވަނެވެ. އަދީމާއި ޝަހާއަށް ވީގޮތެއް ނޭނގޭތީ އެންމެންވެސް ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެމީހުންނަށް ގެއަށް ވަދެވުނުއިރު އަދީމް ތައްޔާރުވެގެން ކޮޓަރިން ނިކުންނަނީއެވެ.

" ނިމުނީތަ؟." އެންމެ ފުރަތަމަވެސް އަދީމަށް އަހައިލެވުނީ އެހެންނެވެ. " ކޮބާ ޝަހާ؟"

" މަންމަ މިހުރީ ވަރަށް ހިތްހަމަނުޖެހިފައި.. ކައްމިއަށް މިއޮއް ހާއްސަ ދުވަހު ތިގޮތަށް ކަންތައް ކުރީމަ.. އަދީމްގެ ހަބަރެއް ނުވެގެން ޝަހާ އަދީމް ބަލާ ދިޔަ ގޮތަށް އޭނަގެ ހަބަރެއްވެސް ނުވޭ.. ނާދެވޭނެ ފަދަ ކަމެއް ދިމާވިނަމަވެސް ގުޅާލާފަ ބުނިނަމައެއްނު.. ނުގުޅާތާނގައި އަހަރުމެން ގުޅީމަވެސް ފޯނުނެގިނަމައެއްނު.. އަހަރުމެން ކަންބޮޑުވާނެ ކަމެއް ނޭނގޭތަ؟ " ކައުސަރު ހިތްހަމަނުޖެހިފައި ހުރެ ފަތިވަރަކަށް އަމުނައިލިއެވެ.  ނަމަވެސް އެކަމަކަށް އަދީމަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޝަހާއާ މެދުގައެވެ. އޭނާ ބަލާ ޝަހާ އައިއްޔާ މިހާރު ޝަހާ ކޮބައި ހެއްޔެވެ؟ ނުފެންނަން ޖެހޭ މަންޒަރެއް ޝަހާއަށް ފެނުނީ ހެއްޔެވެ؟ މިފަދަ އެތައް ހިޔާލެއް އަދީމްގެ ސިކުނޑި ވަށައިލިއެވެ. ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވެރިވެ މީހާ ދާހިއްލައިލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

" ކީއްވެ ވާހަކަ ނުދައްކާ ތިހުންނަނީ.. ކޮބާތަ ޝަހާ؟ " އަނެއްކާވެސް ކައުސަރު އަހައިލިއެވެ. އެވަގުތު ގޭގެ ދޮރު ހުޅުވައިލި އަޑުއިވިފައި އެންމެން އެދިމާލަށް ބަލައިލިއެވެ. މަރުވެފައިވާ މައްޔިތަކު ފަދައިން އެތެރެއަށް ވަން ޝަހާ ފެނި އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. ރޮއެ ރޮއެ  އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނު ހުދު ކަފަކޮޅެކޭ އެއްގޮތެވެ. ނޭފަތު ކުރި ރަތްވެ ތުންފަތްވަނީ ހިކިފައެވެ. މޫނާއި ހެދުމުގައި ވަނީ ވެއްޔެވެ.

" ދޮންތާ..." އެންމެ ފުރަތަމަވެސް ޝަހާ ކައިރިއަށް ޖެހިލީ މަލާކެވެ.

" ޝަހާ.. ވަޓް ހެޕަންޑް.. ކިިހިނެއްވެފަ ތިހުރީ.." މައިރާވެސް ޝަހާގެ އަތުގައި ހިފައިލަމުން އަހައިލިއެވެ. އަސްމާވެސް ޝަހާ އާއި ސުވާލު ކުރަން ފެށިއެވެ. އައިސްފައިވާ ރުޅި މަޑުވެ ކައުސަރުވެސް ހުރީ ޝަހާއަށް ވީގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ. ޝަހާ ރަތްވެފައިވާ ދެލޮލުން އަދީމަށް ބަލައިލިއެވެ. އެހިނދު އަދީމަށް އޭނާގެ ސުވާލުތަކުގެ ޖަވާބު ލިބުނު ފަދައެވެ.

" ޝަ...ހާ... " އަދީމަށް ވައި އަޑުން ބުނެވުނެވެ.

" ތިމުޑުދާރު ދުލުން އަހަރެންގެ ނަންވެސް ނުގަންނާތި.. " ޝަހާގެ ދުލުން ބުނެލި ބަހާއެކު އެތާ ތިބި އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. އެންމެވެސް އެއްފަހަރު އަދީމަށް ބަލައިލައިފިނަމަ ދެވަނަ ފަހަރަށް ބަލައިލަނީ ޝަހާ އަށެވެ.

" ނޫން.. ޝަހާ ނޫން.. ތި ހީކުރާކަހަލަ..." ޝަހާއާ ދިމާލަށް އަންނަމުން އަދީމް ބުނަން އުޅުނެވެ. އެހެންނަމަވެސް ޝަހާގެ އަތުގެ އިޝާރާތުން އޭނާ ކައިރިއަށް ނައުމަށް އަދީމަށް އިޝާރާތް ކުރިއެވެ.

" ކިހިނެއް ވެގެންތަ މިއުޅެނީ.. އަދީމް ޝަހާ އަށް ކީއްތަކުރީ..؟" އަސްމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" ޝަހާ.. އައި ކެން އެކްސްޕްލެއިން... ޕްލީޒް.." އާދޭހުގެ ރާގެއްގައި އަދީމް ބުންޏެވެ.

" ކޮންކަމެއް އެކްސްޕްލެއިން ކުރެވޭނީ.. މީހަކު ދެއްކި ވާހަކައެއް ނަމަ އަހަރެން ޔަގީނުންވެސް ޤަބޫލެއް ނުކުރާނަން... އެކަމަކު އެމަންޒަރު އަހަރެންގެ ދެލޮލުން ދުށިން... ލޯބިނުވަންޏާ އަހަރެން ކައިރީގައި ބުނިނަމަ... އޭރުން އަހަރެން ދުރަށް ދިޔައިމުސް.. އޭރުން އަހަރެންގެ މިހިތަކަށް އެހާ ތަދެއްވެސް ނުވީސް.. އަދީމް އަހަރެންގެ ހިތް ކުދިކުދި ކޮށްލައިފި.. ދުވަހަކުވެސް ދެން އަހަރެންގެ ހަޔާތުގައި މީހަކަށް އިތުބާރުކުރެވޭނެ ހިޔެއް ނުވޭ.. ޔޫ ރުއިންޑް މީ.. އަދީމް ޔޫ ރުއިންޑް މީ..." ޝަހާ ރޮމުން ކިޔަމުން ދިޔައެވެ. އެމަންޒަރު ފެނި މަލާކް އަދި މައިރާއަށްވެސް ރޮވުނެވެ. މަލާކަށް ޝަހާގެ ގައިގައި ބައްދައިގަނެވުނީ ބޭއިޙްތިޔާރުގައެވެ.

" އަދީމް ކީކޭތަ ޝަހާ މިކިޔަނީ.... ؟ ވެގެން އުޅޭގޮތެއް ބުނެބަލަ.. " ކަންބޮޑުވެފައި ހުރެ މައިރާ އެހިއެވެ. އަދީމަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޙުދު އޭނާއަށްވެސް ވީގޮތެއް ނޭނގެއެވެ. ވީއިރު ދެން އެހެންމީހަކަށް ކިޔައިދެވޭނީ ކިހިނަކުން ހެއްޔެވެ؟

" އަޅެ ފަހެ އަދީމް ކިހިނެއްވެފަތަ؟ ތިހުންނަނީ.. ވާހަކަ ދައްކަބަލަ.. ޝަހާ އެދައްކަނީ ކޮންވާހަކައެއްހޭ؟ ކިހިނެއްވެގެންތަ މިއުޅެނީ..؟" އެންމެ ފަހުން ނުހުރެވިގެން ކައުސަރު އަހައިލިއެވެ. އެހިނދު އޭނާގެ އަޑުވެސް ބާރުވެގެން ދިޔައެވެ. ރާފިގު ކައުސަރުގެ ކޮނޑުގައި އަތް ބާއްވައިލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ.

" ޝަހާ.. ޝަހާ.. ޕްލީޒް އަޑުއަހާބަލަ... ވީގޮތެއް އަހަރެންނަކަށްވެސް ނޭނގޭ.. ޝެރީ މިގެއަށް އައީ އަހަރެން ކައިރިން މައާފަށް އެދެން.. ދެން ނޭނގެ ވީގޮތެއް .. ހޭއެރިއިރު.. ހޭއެރިއިރު...." އަދީމަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

" ވީގޮތް އަހަރެން ކިޔައިދީފާނަން..." ފަހަތުން އިވުނު އަޑަށް އެންމެ ބަލައިލިއެވެ. ޝެރީން އައިސް އެމީހުންނާ ހަމަކުރިއެވެ. އެންމެންވެސް ޝެރީންއާ ދިމާލަށް ބަލަމުން ދިޔައީ ޖަވާބަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ.

" އަހަރެން އައީ ރިސޯޓުގައި ކުރެވުނު ކަންތަކަށް އަދީމް ކައިރިން މައާފަށް އެދެން..." އިސްޖަހައިގެން ހުރެ ޝެރީން ބުންޏެވެ.

" ރިސޯޓުގައޭ.. ކޮންކަމެއް ރިސޯޓުގައިވީ..." ރުންކުރު ރާގެއްގައި އަސްމާ އަހައިލިއެވެ.

" ބުނަންވެސް ލަދުގަނޭ.. އެކަމަކު އަހަރެންގެ ހައްޤުގައި ވާހަކަ ދައްކާނެ އިތުރު މީހެއް ނެތް... އެންމެ ކުރިންވެސް އަދީމް ލޯބިވަނީ އަހަރެން ދެކެ..  ސްކޫލް ދައުރުގައި އަދީމް އަހަރެންނަށް ލޯބި ހުށައެޅުމުން އެންމެ ފުރަތަމަ އަހަރެން ކުރީ އިންކާރު.. އެކަމަކު ފަހުން މިރަށުން ބައްދަލުވިފަހުން އަހަރެންނަށްވެސް އަދީމް ދެކެ ލޯބިވެވުނު.. އަހަރެންނަށް އެނގުނު އަދީމް އަދިވެސް ލޯބިވަނީ އަހަރެން ދެކެކަން.. އެކަން އަހަރެންނަށް އެނގުނީ އެރޭ ރިސޯޓުގައި އަދީމް އަހަރެންނާއެކު... ވީ ހެޑް އަ މޮމެންޓް...." ޝެރީން ކިޔައިދިނެވެ. ޝަހާ ދެލޯ މަރާ ތަގުޅިކޮށްލީ އެވާހަކަތައް އަހަން އުނދަގޫވެގެންނެވެ.

" ޝެރީ ދޮގު ނުހަދާ.. އަހަރެން ޝެރީ ދެކެ ލޯތްބެއް ނުވޭ..." އަދީމް އޭނާގެ ދިފާޢުގައި ބުންޏެވެ.

" އަަހަރެންނަށް އެނގޭ އާއިލާ މީހުންގެ ކުރިމަތީގައި އަގުވެއްޓިދާނެތީކަން އަދީމް ތިއުޅެނީ.. މިއަދު އަހަރެމެން ދެމީހުން ޝަހާއަށްވެސް ފެނިއްޖެ... އަދީމް އަހަރެންނާއެކު އެއްތަންމައްޗެއްގައި ނިދީ ހިތުން ރުހުމު.." ޝެރީން ބުންޏެވެ. އަދީމަށް ދެފަރާތަށް ބޯހޫރައިލެވުނެވެ. ޝަހާގެ ރުއިން އިހުނަށްވުރެ އިތުރުވިއެވެ. ކައުސަރާއި ރާފިގު ލަދުން ގޮސް ބިންފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ.

" ޝަހާ.. އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރޭ.. ޝެރީ އެހަދަނީ ހުސް ދޮގު... އަހަރެން ލޯބިވަނި ހަމައެކަނި ޝަހާ ދެކެ... " ޝަހާ ކައިރިއަށް ޖެހިލަމުން އަދީމް ބުންޏެވެ.

" ހަމަގައިމުންވެސް އަހަރެންގެ ލޮލަށް ފެނުނު މަންޒަރަކީ ދޮގެއް ނޫން... އެކަމަކު އަހަރެން ދެސުވާލެއް ކޮށްލަން ބޭނުން.. " ގިސްލަމުން ޝަހާ ބުންޏެވެ. " އަދީމް ކުރިން ޝެރީންއަށް ލޯބި ހުށައެޅިންތަ؟"

" ޝަހާ.. އަހަރެން ޝަހާއަށް ހުރިހާ ވާހަކައެ....." އަދީމަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

" ޝެރީންއަށް ލޯބި ހުށައެޅިންހޭ..؟"ޝަހާގެ އަޑު ބާރުވެގެން ދިޔައެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން އަދީމް ބޯޖަހައިލިއެވެ. ދެތުންފަތް ތުރުތުރު އަޅައިލުމާއެކު މަޑު އާހެއް ޝަހާގެ އަނގައިން ބޭރުވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ދެވަނަ ސުވާލު ކުރަން ތައްޔާރުވެލިއެވެ.

" އެރޭ ރިސޯޓުގައި ތިދެމީހުންގެ މެދުގައި އެބުނާ ކަހަލަ ކަމެއްވިތަ؟ " ޝަހާ އަހައިލިއެވެ. މިފަހަރުވެސް އިތުރުގޮތެއް ނެތި ބޯޖަހައިލަން އަދީމަށް މަޖުބޫރުވިއެވެ.

" ދެން ކޮބާތަ ދޮގެއް... ކޮބާހޭ ދޮގެއް... އަދީމް ޔޫ ޑިސްގަސްޓް މީ... ތިމޫނު ފެނުނަސް އަހަރެން ފަކުރުހީވޭ.. އެންމެ ހިނދުކޮޅަކުވެސް ތި ސޫރަ ދެކޭކަށް ބޭނުމެއް ނޫން... މިތަނުން ދޭ.. އަދީމާ އެއްފުރާޅެއްގެ ދަށުގައި އެންމެ ހިނދުކޮޅަކުވެސް އަހަރެންނަކަށް ނުހުރެވޭނެ..." ޝަހާ ހަޅޭއްލަވައިގަތެވެ. ހިތާމައާއި އިންތިހާއީ ރުޅިއެކުލެވިފައިވާ ޝަހާގެ އެސިފަ އެތާ ތިބި ކޮންމެ މީހަކަށްވެސް އެފެނުނީ ފުރަތަމަ ފަހަރަށެވެ. އަދީމަށް ހުއްޓުން އަރާފައި ޝަހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

" އަދިވެސް ބަލަހައްޓައިގެން ހުންނަނީތަ.. ކަލޭމެން ދެމީހުންވެސް މިތަނުން ދާން އުޅޭ..." އަމުރުވެރި ރާގެއްގައި އަސްމާ ބުނެލިއެވެ.

" އަހަރެން ނޫޅެން މިތަނުގަ ހުންނާކަަށްވެސް..." މަލާމާތުގެ ގޮތަކަށް އެހެން ބުނުމަށްފަހު ޝެރީން އެތަނުން ނިކުމެގެން ދިޔައެވެ. ކައުސަރު ގައިން ވަރުދާހެން ހީވެ އަރި އަޅައިލިއެވެ. އެހިނދު ކައުސަރު ގައިގައި ހިފަހައްޓައިލީ ކައިރީގައި ހުރި ރާފިގެވެ. ދަރިއަކު އެހާ މުޑުދާރު އަމަލެއް ކުރިކަން އެނގުމުން ކެތްވާނީ ކޮންމަޔަކަށް ހެއްޔެވެ؟

" ޝަހާ ޕްލީޒް..." އަދީމްގެ އަޑުވެސް ކުރަކިވެގެން ދިޔައެވެ. ޝަހާ މައިރާއާއި މަލާކްގެ އަތުން ވީއްލި ގަންނަމުން ބާރު ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝަހާގެ ފަހަތުން މަލާކްއާއި މައިރާ އަދި އަސްމާވެސް ވަނެވެ. ކައުސަރު ހިތްހަމަނުޖެހިފައި އަދީމާ ދިމާލަށް ބަލައިލުމަށްފަހު އެގެއިން ނިކުންނަން ދިޔައެވެ. ރާފިގުވެސް ކައުސަރުގެ ފަހަތުން ހިނގައިގަތެވެ. އަދީމްގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނު ހިނދު ފުންނޭވައެއް ދޫކޮށްލެވުނެވެ. ކަންތައްމިވީ އޭނާ ދުވަހަކު ހީވެސް ނުކުރާހާ ފަދަ ގޮތަކަށެވެ. ހަޔާތް ބަދަލުވެގެން މިދިޔައީ ހީނުކުރާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކެހި ދިނީ އެންމެ ގާތް އެކުވެރިޔާއެވެ. މިހުރިހާ ކަމަކީވެސް ޝެރީންގެ ރޭވުންކަން މިހާރު އަދީމަށް އެނގިއްޖެއެވެ. އެހެންނޫންނަމަ އޭނާއޭ ކިޔައިގެން ދޭތެރޭ ޖެހޭ ގޮތަށް ވާހަކައެއް ނުދައްކާނެއެވެ. އެހާ ފަސޭހައިން ހިތްވަރު އެލުވާލާކަށް އަދީމް ބޭނުމެއް ނޫނެވެ. މިވަގުތު ޝަހާ އާއި ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނެތްކަން އެނގޭތީ އަދީމް އެތަނުން ދިއުމަށް ހިނގައިގަތެވެ.

**************

ޝެރީންގެ ކޮޓަރި ތެރެ ކުޑަވަރެއްގެ ޕާޓީއަކަށް ތައްޔާރުކޮށްފައިވާ ކަހަލައެވެެ. ޕިއްޒާއާއި އެކި ވައްތަރުގެ ޑްރިންކްސް ހުއްޓެވެ. ޕާޓީގެ ބައިވެރިންނަކީ އޭނާއާއި ހުސެން އެކަންޏެވެ. ބާރަށް ޖަހާފައިވާ ލަވައިގެ ރާގައި އެއްވަރަށް ނަށަމުން ދިޔައިރު ދުނިޔޭގެ ހުރިހާ އުފަލެއް އެމީހުންނަށް ލިބިފައިވާ ކަހަލައެވެ. ވަރުބަލިވުމުން ނެށުން ހުއްޓައިލުމަށްފަހު ޕިއްޒާ ފޮއްޗެއް ހިފައިގެން ޝެރީން ގޮސް އޭނާގެ އެނދުގައި އިށީނެވެ. ލަވައިގެ އަޑު މަޑުކުރުމަށްފަހު ހުސެންވެސް ގޮސް އެނދަށް ވެއްޓިގަތެވެ.

" ތިވީ ގޮތުން ދެން އަދީމް ޝެރީއާ ވާހަކަ ދައްކާނެހެން ހީވޭތަ؟ " ހުސެން އަހައިލިއެވެ.

" ކީއްވެ ނުދައްކަންވީ.. ހީކުރީތަ އަހަރެންގެ ޕްލޭންއެއް ނެތް ކަމަށް.. ތިހީކުރާ ވަރަށްވުރެ އަހަރެންގެ ވިސްނުން ތޫނު.. " ކަމުން ޝެރީން ވާހަކަ ދެއްކިއެވެ. ކުރެވުނު ކަންތަކާ އޭނާ ފަޙުރުވެރިވާ ކަހަލައެވެ.

" އަޅެ ތިވަރަށް އަހަރެން ދެކެ ލޯބިވާނެ ނަމައެއްނު.. އަދީމާ ޝެރީ އިނދެފިއްޔާ އަހަރެންނަށް އޮތީ ކޮން ފައިދާއެއް...؟" ހުސެން އަހައިލިއެވެ.

" އަންހެނަކަށް ދެފިރިހެނުންނާ ނީނދެވޭނެ ދޯ.. އެކަމަކު ނީނަސް ހުސެން ބުނާ ކަމެއް އަހަރެން ކޮށްދޭނަން.. ދެން މިރޭގެ މޫޑު ގެއްލުވާލަން ނޫޅެބަލަ... އައިމް ސޯ ހެޕީ ޓުނައިޓް..." ޝެރީން ބުނެލިއެވެ. އެހިނދު ހުސެން ޝެރީންގެ އަތަށް ދަމާލުމާއެކު ޝެރީން ގޮސް ޖެހުނީ ހުސެންގެ މޭގައެވެ.

-ނުނިމޭ-

Ads by HDC
  1. ސިމާ

    ދެރަ ވަރަށްވެސް ދެރަ

  2. ފާތުނާ

    ވވ ދެރަ

  3. ޢަނާ

    ޙިތާމައިގެ ކޮޅެއް ވެސް ނެތް. މި ޟެރީން އާއި އަދީމް ނުގުޅުވއްޗޭ. އަޅޭ ޝަހާއަށް ދެރަގޮތެއް ނަހަދައްޗޭ.