ޚަބަރު ސަރުކާރު

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީގައި ބާއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރޭ ފުވައްމުލަކުގައި ބޭއްވި، ޝަހީދުންގެ ދުވަހުގެ ޖަލްސާގެ ތެރެއިން-- ފޮޓޯ/ ހޯމް މިނިސްޓްރީ

މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.

Ads by MWSC

ރޭ ފުވައްމުލަކު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ހަސަންއެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދުވަހާ ގުޅިގެން ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ސުވާލު މުބާރާތާއި, ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނެވެ. މީގެ އިތުރުން ފުވައްމުލަކުގެ ދަރިވަރުންގެ ފަރާތުން ދުވަހާ ގުޅޭ ޚާއްޞަ ހަރަކާތެއް ހުށަހަޅައިދިނެވެ.

އަދި ފުވައްމުލަކުގެ ދަރިވަރަކު ދުވަހާ ގުޅޭގޮތުން ވާހަކަދެއްކިއެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤު ވިދާޅުވީ މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުމަކީ ހަމައެކަނި ޖަލްސާ ބާއްވައިފައި ނިންމައިލުން ނޫން ކަމަށެވެ. މިކަހަލަ ހާދިސާތަކުން ޢިބްރަތް ހާޞިލްކޮށް, ފިލާވަޅުތައް ހޯދައި އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމަށް ޓަކައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އައުކުރުމަކީ މިފަދަ ދުވަސްތައް ފާހަގަކުރުމުގެ ބޭނުންކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އަދި އެފަދަ ހާދިސާތަކުން ޢިބްރަތް ހޯދައިގެން އަޅުގަނޑުމެންގެ ރަށާއި, ޤައުމު ކުރިއަށް ގެންގޮސް ތަރައްޤީކުރުމުގައި ވެސް ބޭނުންކުރަން ޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ. އަޅުގަނޑުމެން އަޅުވެތިވުން ފަދަ ހާދިސާތައް ހިނގުމުގައި އަޅުގަނޑުމެންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އޮތުން ސަބަބަކަށްވާކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައިބައިވުމާއި ފިތުނަ ފަސާދަ ނައްތާލަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަޅުގަނޑުމެންގެ ޤައުމު އަޅުގަނޑުމެންގެ ދަރިންނަށް ހަވާލުކުރާ އިރު އަމަން އަމާން ޞުލުހަވެރި މުޖުތަމައަކާއެކު ހަވާލުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އެކަން ވާނީ އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އޮވެގެން. އިސްލާމް ދީނުގެ މަތިވަރު އުޞޫލުތައް ހިފަހައްޓައިގެން." މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ހޯމް މިނިސްޓްރީން މިއަހަރުގެ ޝަހީދުންގެ ދުވަސް ފުވައްމުލަކުގައި ބާއްވަން ނިންމުމަކީ ފުވައްމުލަކުގެ ރައްޔިތުން ވަރަށް އުފާކުރި ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ހޯމް މިނިސްޓްރީގެ ވެރިންނަށް ޚާއްޞަކޮށް, މިނިސްޓަރ ޢިމްރާން ޢަބްދުاللهއަށް މޭޔަރު ވަރަށްބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު މިކަން ކާމިޔާބުކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާ އެކު ސިޓީ ކައުންސިލާ ގުޅިގެން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ.

 

  1. ޝަހީދު

    މި ގަުމުގާ މިއޮތް ނާގާބިލު ސަރުކާރަށް ނަސްރުގެ ދުވަސް ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ނުކެރިގެން އެ ދުވަސް ތަކަކީ މިގައުމުގެ ތާރީޚުގާ ނެތް ދުވަސް ތަކެއް ކަމަށް ހަދާފަ ޝަހީދުންގެ ދުވަސް ފާހަގަ ކުރިއަސް ތިކުރެވުނީ ހަމަ އެއްކަމެއް އަދި އެވެސް މާލެއާދުރުގާ ފުވައްމުލަކަށް ގޮސް ފިލާ ތިބިގެންދޯ، ހެ ހޭ ތި ހުރިހާ ދުވަހަކީވެސް މިގައުމަށް ޢައްދާރުވި އެތައް ޚާއިނުންގެ ލާއިނަސާނީ އަމަލުތަކެއްގެ ވާހަކަތައް ހަމަ، ނޮވެމްބސރު 33 ގަ ނުކުމެ އުޅުނު ބަފައިބެ އެކޭ ޝަހީދުންގެ ދުވަހު މިގައުމަށް އަރާ އުޅުނު ބާޢީންނެކޭ ޕޯޗޮޢީޒުންނެކޭ ކުޑަވެސް ތަފާތެއް ނެތް ތި ދެއްކުނީ ހަމަ އެއްބަެއް ކުރި އެއްކަމެއްގެ ވާހަކަ، ހެހޭ.