ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ޝަހާ ޕްލީޒް އަހަރެންނާ ވާހަކަ ދައްކަބަލަ.. ޕްލީޒް..." އާދޭހުގެ ރާގެއްގައި އަދީމް ބުނެލިއެވެ. އެއަޑު އިވުނު ކަމަކަށްވެސް ޝަހާ ނުހެދިއެވެ. އަޅައިލުމެއްވެސްނެތި ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ. މަލާކްގޮސް ސައިކަލަށް އެރުމާއެކު ކުރިއަށް ދުއްވައިލިއެވެ. ޝަހާގެ ސައިކަލު އޮބާލަން ދެންވެސް ފެންކަޅިވެފައިވާ  ދެލޮލުން އެދިމާލަށް ބަލަހައްޓައިގެން އަދީމް ހުއްޓެވެ. ދެލޯ ފޮހެލުމަށްފަހު އަދީމް ފުންނޭވައެއް ދޫކޮށްލިއެވެ. އެހާ އަވަހަށް ހިތްވަރު އެލުވާލާކަށް އޭނާ ބޭނުމެއް ނޫނެވެ. ޝަހާ އޭނާގެ ޙަޔާތަށް އެނބުރި ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ. އެހެނީ ޝަހާ އޭނާއަށް ގެއްލިއްޖެނަމަ އޭނާ ދުނިޔެއިން މޮޔަ ވެދާނެއެވެ.

Ads by STELCO

**************

މާބޮޑަށް ވިސްނާ ފިކުރު ކުރުމުގެ ސަބަބުން ކައުސަރު ބަލިވާން ފެށިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ބޮލުގެ ރިހުމަށް ލުޔެއް ނުލިބެއެވެ. ބޮލަށް އެނބުރުން އަރާ ވަރުން ތެދުވެ އުޅެންވެސް އުނދަގޫވިއެވެ. ޑޮކްޓަރަށް ދެއްކުމުން ލޭގެ ޕްރެޝަރު މަތިވަނީ ކަމުގައި ބުންޏެވެ. ކައުސަރުގެ އެހާލާތު ބަލާކަށް ރާފިގަށް ކެތެއް ނުވިއެވެ. އެހެންކަމުން ރާފިގަށް މަޖުބޫރުވީ ފާތިކަށް ގުޅުމަށްފަހު ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. ކަމީލާގެ އުފާވެރި ދުވަސްތައް ބަރުބާދުކޮށްލަން ބޭނުން ނުވާތީ ހުރިހާ ވާހަކައެއް އޭނާއަށް ސިއްރު ކުރީއެވެ.

ކައުސަރު ބަލިކަން އަދީމަށް އެނގުނުނަމަވެސް ކަންތައްވީގޮތުން ކައުސަރާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ކައުސަރަށް އެހާލު ޖެހުނީ އޭނާގެ ސަބަބުންކަން އިހުސާސްވާ ކޮންމެ ފަހަރަކު އެތައް މަރަކުން އޭނާ މަރުވެއެވެ. ވިސްނަ ވިސްނާވެސް އެދުވަހު ކަންތައްވީގޮތް އޭނާގެ ހަނދާނަކަށް ނައެވެ. ޔަގީން ނުވަނިސް އެންމެން ހީކުރާ ކަހަލަ ކަމެއް ނުވެޔޭ ބުނެ ދޮގެއް ހެދި ދާނެތީ ޖެހިލުންވެއެވެ. އެދުވަހު ކަންތައް ވީގޮތް އެނގޭނީ ހަމައެކަނި ޝެރީންއަށް ކަމުން ޝެރީން އާ ބައްދަލު ކުރަން އަދީމަށް މަޖުބޫރުވިއެވެ. އަދީމް ޝެރީން އާ ބައްދަލު ކުރީ ހޮސްޕީޓަލުގައި ބަލި މީހުން ބެލުމަށް އޭނާއަށް ޙާއްސަ ކުރެވިފައިވާ ކޮޓަރީގައެވެ.

" ވައި ޑިޑް ޔޫ ލައި ޝެރީން.. ޔޫ ރުއިންޑް މައި ލައިފް... އަހަރެން ޝެރީންއަށް ކީއްކުރީ.. " އެންމެ ފުރަތަމަވެސް އަދީމް ބުނެލީ އެހެންނެވެ.

" އަހަރެން ދޮގެއް ނުހަދަން... އަދީމްގެ އަލަތު ލޯތްބަކީ އަހަރެން.. އަދީމް އެންމެ ފުރަތަމަ ލޯބި ހުށައެޅީ އަހަރެންނަށް. ނޫންތަ؟ އަދީމް ކިތަންމެ ވަރަކަށް އޮޅުވައިލަން މަސައްކަތް ކުރިޔަސް އަހަރެންނަށް އެނގޭ އަދީމް ލޯބިވަނީ އަހަރެން ދެކެކަން... އެވަރަކުން ޝަހާ ފަހަތުން ތިއުޅެނީ އެއީ ފައިސާ ވެރިއެކަށް ވީމަ ކަންވެސް އެނގޭ.. އެރޭ ރިސޯޓުގައިވެސް އަހަރެންނަށް އެނގޭ އަދީމްވެސް ބޭނުންވި ކަން.. އަދި އެދުވަހު އަދީމް.. ހަމަ ހިތުން ރުހުމުގައި... ކީއްވެ އޮޅުވާލަން ތި މަސައްކަތް ކުރަނީ.." ޝެރީން ބުނެލިއެވެ. އަދީމް ކައިރިއަށް ރުޅިއައިސް ދަތްކުޑި ވިކުނެވެ.

" ޝަޓް އަޕް.. އަހަރެން ކަލޭ ދެކެ އެއް އިރެއްގައިވެސް ލޯތްބެއް ނުވޭ.. އަހަރެންގެ އަލަތު އަދި ފަހުގެ ލޯތްބަކީވެސް ހަމައެކަނި ޝަހާ.. ތީ ކިހާ ނުބައި އަންހެނެއްކަން އަދި ކިރިޔާ އަހަރެންނަށް މި އެނގުނީ... އެންމެ ފުރަތަމަވެސް ތީ ކިހާވަރެއްގެ ކާކުކަން އެނގުނުނަމަ އަހަރެން ކަލެއާ ވައިވެސް ނޭޅޭނަން.. އެދުވަހު ކަންތައްވީގޮތް އަހަރެން ހަނދާނަކަށް ނާދޭ.. ރަނގަޅަކަށް ވިއްޔާ އެދުވަހު ކަލޭ އަހަރެންނަށް ދިން ކޮފީއަށް ކޮންމެވެސް އެއްޗެއް އަޅާފަ ހުރީ.. އަހަރެންނަށް ވީގޮތެއްވީ އެކޮފީ ބޮއެފަހުން..." އަދީމް ބުނެލިއެވެ. އެހނިދު ޝެރީންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނެވެ. ނަމަވެސް ދެވަނަ ހިނދުގައި ހީލައިފިއެވެ.

" އަދީމް ވިސްނަން ބޭނުން ގޮތަކަށް ވިސްނަންވީ.. ޝަހާގެ ލާރީގެ އަވައިގައި ޖެހި މޮޔަވެފަ ތިހިރީ.. އަދީމް އަހަރެން ކައިރިއަށް އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އަހަރެން ހުންނާނަން.. އެހާވެސް އަހަރެން އަދީމް ދެކެ ލޯބިވޭ.. އަހަރެންނަށް އެނގޭ އަދީމް ކޮންމެވެސް ދުވަހަކު އަހަރެން ކައިރިއަށް އެނބުރި އަންނާނެކަން..." ގޮނޑިން ތެދުވަމުން ޝެރީން ބުންޏެވެ.

" ދުނިޔޭގައި އަންހެނުން ހުސްވިޔަސް އަހަރެން ކަލޭ ކައިރިއަކަށް ނުދާނަން..." މަލާމާތުގެ ރާގެއްގައި އަދީމް ބުންޏެވެ.

" އަދީމް ތިގޮތަށް އަހަރެންނާ ވާހަކަ ދައްކަން ބޭނުމިއްޔާ އަހަރެންނަށް ރަނގަޅީ އަހަރެންނާ ބައްދަލު ނުކުރުން.. މީގެ ފަހުން އަހަރެން ކައިރިއަށް އެނބުރި އަންނަން ބޭނުންވެގެން ނޫނީ ނުގުޅާތި" މިހެން ބުނުމަށްފަހު ޝެރީން އެތަނުން ނިކުތެވެ. އަދީމް ކައިރިއަށް އައި ރުޅީގައި މޭޒުމަތީގައި ގޮށްމުށުން ޖެހިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު އިސްތަށިގަނޑުގައި އަތް ފުނާއަޅައިލިއެވެ.

އަދީމާއި ޝެރީންގެ ވާހަކަތައް އަޑުއަހަން ހުރި ހުސެން ޝެރީން އެކޮޓަރިން ނިކުތުމާއެކު ޝެރީންގެ ފަަހަތުން ހިނގައިގަތެވެ. ބޯ ހަމަޖައްސައިލަން ކޮފީއެއް ބޯލުމަށް ޝެރީން ގޮސް ވަނީ މުވައްޒަފުންނަށް ހާއްސަ ކުރެވިފައިވާ ކާ ކޮޓަރިއަށެވެ.

" ހޭއި ބޭބްސް...." ފަހަތުން ގޮސް ޝެރީންގެ ގައިގައި ބައްދައިލަމުން ހުސެން ބުންޏެވެ. ޝެރީންއަށް ލިބުނު ސިހުމުގައި ތެޅިގެންފައި ހުސެން ދުރަށް ކޮއްޕައިލިއެވެ.

" ކިހިނިެއްވެގެންތަ ތިއުޅެނީ " އައި ރުޅީގައި ޝެރީން ބުނެލިއެވެ.

" ކިހިނެއްވީ؟ އަހަރެން އަލަކަށް ނޫނެއްނު މިކަހަލަ ކަމެއް މިކުރީ..." ހުސެން ވެސް ހިތްހަމަނުޖެހޭ ގޮތްވިއެވެ.

" ކަލޭމެން ފިރިހެނުން ހީކުރަނީ އަހަރުމެން އަންހެނުންނަށް ބޭނުން ގޮތެއް ހެދިދާނެ ކަމަށްތަ؟" ޝެރީން ބުނެލިއެވެ.

" އަހަރެން އެގޮތަކަށް ނުދެކެން.. އެކަމަކު އަހަރެންނަށް ހީވަނީ ޝެރީ ދެކެނީ އަހަރެންނަށް ބޭނުންގޮތެއް ހެދިދާނެ ކަމަށްހެން.. ޝެރީ އެއަދީމާ ހެދި މޮޔަވެފަ ހުރިކަން އެނގޭއިރުވެސް އަހަރެން މިއުޅެނީ ޝެރީ ބުނިހާ ކަމެއް ކޮށްދީގެން... " ހުސެން ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

" ދެން އޭގެ މާނައެއް ނޫނޭއްނު ހުސެން ބޭނުން ގަޑިއަކު ބޭނުން ތަނެއްގައި އަހަރެންގެ ގަޔަށް ބޮލަށް އަރާށެކޭ... މިބުނަނީ ފަހު ފަހަރަށް.. އަހަރެންނާ ދުރުގައި ހުރޭ.. އެހެންނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ" އިންޒާރެއް ދޭފަދަ ގޮތަކަށް ޝެރީން ބުންޏެވެ.

" އެއްކަމެއްވެސް ނުކުރެވޭނެ.. ކުރިން އަހަރެން ޝެރީ އަށް ކަންކަމުގައި އެހީވަމުން އައީ ޝެރީ ދެކެވާ ލޯތްބެއްގެ ބޮޑުކަމުން.. އެކަމަކު މިހާރު އަހަރެންނަށް ފުދިއްޖެ.. ހުރިހާ މޮޅެއް އެ އަދީމަށް ލިބެން ލާހިކެއް ނޫން.. ޝެރީން ތީ އަހަރެންގެ ހައްޤެއް.. ހަމައެކަނި އަހަރެންގެ ހައްޤެއް.. ޝެރީއަށް އަދީމާ އިންނަން ލާހިކެއް ނޫން..." ކުއްލި ހަރަކާތަކާއެކު ޝެރީންގެ އަތުގައި ހިފަމުން ހުސެން ބުނެލިއެވެ. ޝެރީން އޭނާ ގަޔަށް ލެވުނުހާ ބާރެއް ލާފައި ހުސެންގެ އަތް ފޮޅުވައިލިއެވެ.

" ކަލޭ މޮޔަވީތަ؟.. ކުރިން ހިތުގައި އޮތް އަދީމް ލިބުނަސް ކަލޭ ދޫކޮށެއް ނުލާނަމޭ.. އެކަމަކު ދެން މިހާރު ފުދިއްޖެ.. މިހިސާބުން އަހަރުމެންގެ ދެމެދުގައި އޮތް ގުޅުމެއް ވިއްޔާ ނިމުނީ.. " ޝެރީން ހަޅޭއްލަވައިގަތެވެ. ހުސެން ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. އެކަމުން ޝެރީން ކައިރިއަށް އައިސްފައިވާ ރުޅި އިތުރުވިއެވެ.

" އަހަރެން ހުރިހާ ވާހަކައެއް ޝަހާއަށް ކިޔައިދޭނަން.. އަހަރެން ޝަހާ ކައިރީގައި ބުނާނަން އެދުވަހު ކަލެއާ އަދީމާ މެދު އެއްވެސް ކަމެއް ނުވެއޭ.. ކަލޭ ހަމައެކަނި ޝަހާއަށް ދެއްކި ދެއްކުމެކޭ އެއީ.. އަހަރެން ހުރިހާ ހަޤީޤަތެއް ޝަހާއަށް ކިޔައިދޭނަން.. ކަލެއަށް އަދީމް ނުލިބޭތޯ ކުރެވުނުހާ މަސައްކަތެއް އަހަރެން ކުރާނަން..." ހުސެން ބުނެލިއެވެ.

" ކަލޭގެ ތިކަހަލަ އިންޒާރުތަކުން އަހަރެން ބިރެއް ނުގަނޭ.. ހަމަ މިހާރުވެސް ގޮސް ޝަހާ ކައިރީގައި ބުނަންވީ.. އަހަރެންނަކީ ތި ހީކުރާކަހަލަ ގަމާރު މީހެއް ނޫން.. ހީކުރީތަ އަހަރެންގެ ބެކް އަޕް ޕްލޭންއެއް ނެތީކަމަށް.. " ޝެރީން ބުނެލިއެވެ. ހުސެންއަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނުދީ ހަރު ފިޔަވަޅުތަކެއްގައި އެތަނުން ނިކުތެވެ.

*****************

ކައުސަރަށް ބަތްޕެން ކޮޅެއް ކާންދިނުމަށްފަހު މައިރާ އައިސް ކޮޓަރިއަށް ވަންތަނުން ލިބުނީ ސިހުމެކެވެ. އެނދުގައި އިށީނދެގެން އިން ފާތިކް މައިރާ ފެނުމާއެކު ތެދވިއެވެ.

" މަންމަ ކިހިނެއް ؟" ފާތިކް އަހައިލިއެވެ. މައިރާއަށް ޖަވާބެއް ނުދެވުނެވެ. ހިތުގައި އެތަކެއް ޝަކުވާއެއް ހުރި ކަމަކު އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ފާތިކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މައިރާ ޖަވާބެއް ނުދިނުމުން ފާތިކް އެތަނުން ދިއުމަށް ހިނގައިގަތެވެ. މައިރާ ހުރަސް ކޮށް ކޮޓަރިން ނިކުންނަން އުޅުނު ހިނދު މައިރާ ފާތިކްގެ އަތުގައި ހިފެހެއްޓިއެވެ. ފާތިކަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މައިރާ ފާތިކްގެ ގައިގައި ބައްދައިލިއެވެ. ދެން އިވުނީ މައިރާ ގިސްލާ އަޑެވެ.

" އައި މިސްޑް ޔޫ ސޯ މަޗް.. ސޮރީ ފާތި.. އަހަރެންނަށް މައާފު ކުރޭ.. ފާތި އަހަރެންނާ ވާހަކަ ނުދައްކާތީ އަހަރެން ވަރަށް ދެރަވޭ.. ކިތައް ފަހަރު ގުޅިން ކިތައް މެސެޖުކުރިން.. ނޭނގޭތަ އެގޮތަށް ކަންތައް ކުރީމަ އަހަރެން ދެރަވާނެ ވަރު... " ގިސްލުމުގެ ތެރެއިން މައިރާ ބުންޏެވެ.

" މައި ކަންތައް ކުރިގޮތުން އަހަރެންވެސް ދެރަވި...." ފާތިކްވެސް ބުނެލިއެވެ.

" ހަމަ ހުވާ ކޮށްފަ ބުނަން އެއީ އަހަރެން ގަސްދުގަ އުޅުނު ގޮތެއް ނޫން.. އަހަރެން ފާތި ދެކެ ލޯބިވާ ވަރު ﷲ ތަޢާލާ ދެނެވޮޑިގެންވާނެ.... އެކަމަކު މިހާރު އަހަރެން ރަނގަޅުވެއްޖެ.. ޕްލީޒް ފާތި.. ވީކަމެއް ހަނދާން ނައްތާލާފަ އަލުން ފަށަން ހިނގާބަލަ... މިހާރު އަހަރެން ދެކެ ލޯބިނުވަނީތަ؟" މައިރާ ބުންޏެވެ.

" ލޯބިވާތީ އެހާ ބޮޑަށް ދެރަވީވެސް.. ދެން ނުރޮއި.. އަހަރެން ރުޅިއެއް ނޫނޭ މައި އާ... އަހަރެންވެސް ދެރަވި ވަރުން މައިގެ ފޯނު ކޯލުތަކަށް ޖަވާބު ނުދިނީ.. ސޮރީ ވަރަށް ބޮޑަށް..." މައިރާ އޭނާގެ އަތުގެ ތެރޭގައި ފިއްތާލަމުން ފާތިކް ބުންޏެވެ. އެހިނދު ލިބުނު ހިތްހަމަޖެހުމާއެކު މައިރާއަށް ދެލޯ މަރައިލެވުނެވެ.

*****************

" މަންމަ ރަނގަޅުތަ މިހާރު؟" އެނދުގައި އިން ޝަހާ ވާހަކަ ދެއްކީ އޭނާގެ ކުރިމަތީގައި އިން މައިރާއާއެވެ.

" ފާތި އައި ފަހުން މަންމަ ކުޑަކޮށް ރަނގަޅުހެން ހީވަނީ.. އަދިވެސް މަންމަ އަދީމްއާ ވާހަކައެއް ނުދައްކާ.. އަދީމްވެސް މަންމަ ކުރިމައްޗަށް އަންނަން ނުކެރިގެން ކަންނޭނގެ އެހުންނަނީ.. އަދީމް މިހާރު އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުމޭ.. ވަޒީފާއަށްވެސް ދަނީ ހިތަށް އެރިއްޔާ.. ގޭގަ އަދީމްއާ ވާހަކަ ދައްކަނީ ހަމައެކަނި ބޭބެ..." މައިރާ ކިޔައިދިނެވެ.

" އޭނާ އާ ހެދި މިހާރު އަހަރެންނަށް މަގުމައްޗަށް ނިކުންނަން އުނދަގޫވެއްޖެ.. ހިތަށް މިއަރަނީ މަލާ ސްކޫލް ނިމުނުހާ އަވަހަކަށް އޭނަ ގޮވައިގެން ބޭރު ޤައުމަކަށް ބަދަލުވާން.. " ޝަހާ ބުންޏެވެ.

" ނޫން އެހެން ނަހަދާތި.. ޝަހާ ނެތިއްޔާ އަހަރެން ކިހާ އެކަނިވާނެ.." މައިރާ ބުންޏެވެ.

" އަހަރެންނަށް މިތަނުގައި ނޫޅެވޭނެ މައި.. އަދިވެސް އަހަރެންނަށް ދެންމެ ވީ ކަމެއްހެން އެވަގުތުކޮޅު ހަނދާން އެބަހުރި.. އެމީހުން ތިބީ މިތަނުގައި މިއެނދުމަތީގައި.. ބޭރު ފުށުން ކިތަންމެ ހިތްވަރުކޮށްގެން އުޅުނަސް އެތެރެއިން އަހަރެން މަރުވެފައިވާ ކަހަލަ.. މިތަނުން ބަލައިލި ކޮންމެ ދިމާލަކުން އަހަރެންނަށް އޭނާގެ ހަނދާންތައް އާވާނެ.. " ޝަހާ ދެލޮލުން ކަރުނަ ނީރާއިލިއެވެ.

" ދެން ކޮންގޮތަކަށް ޝަހާ ތި ނިންމަނީ..." މައިރާ އަހައިލިއެވެ. " ވަކި ގޮތެއް ނިންމުމުގެ ކުރިން އިސްތިޙާރާ ނަމާދު ކޮށްލާތި.. އޭރުން އިންޝާﷲ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް..."

" އާނ... މައި!! އަހަރެންނަށް ތިގެއަކަށް ނުދެވޭނެ.. މަންމަ ކައިރީގައި ބުނެދޭތި އަހަރެންނަށް ހިތްހެޔޮ ކޮށްދެއްޗޭ.. ވަރަށް ގިނައިން ސަލާމްވެސް ބުނާތި.." ޝަހާ އެދުނެވެ.

*****************

ފޯނާ ކުޅެމުން އޮފީހުން ނިކުތް ޝަހާއަށް ކުއްލިއަކަށް ކުރިމައްޗަށް އެރި އަދީމް ފެނި ސިހުނެވެ. އަދީމްގެ މޫނުމަތިން މުޅިންހެން އޮއްސިފައިވާތަން ފެނި ހިނދުކޮޅަކަށް ޝަހާގެ ހިތް މަޑުކަފަކޮޅަކަށް ވިއެވެ. ނަމަވެސް ދެވަނަ ހިނދުގައި ޝަހާ ސިކުނޑީގައި އެދުވަހު އޭނާއަށް ފެނުނު ހިތްހަލާކު ކުރުވަނިވި މަންޒަރު ރޯލް ވާން ފެށިއެވެ.

" ޝަހާ.. އަހަރެންނަށް އެންމެ ފުރުސަތެއް ދިީ.. އާދޭސްކޮށްފަ މިބުނީ..." ކުރެހިފައިވާ އަޑަކުން އަދީމް ބުންޏެވެ. އެހިނދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ޝަހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވާން އުޅޭހެން ހީވުމުން ޝަހާ އަވަހަށް އެތަނުން ދާން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަދީމް ކޮށްލި ހަރަކާތަކުން ޝަހާ ހުރިތަނަށް ގަނޑުވިއެވެ.

-ނުނިމޭ-

Ads by HDC
  1. ފާތުން

    ހާދަކުުރުކޮށް

  2. ސަން

    މިހާ ދުވަސް ކޮއްފަ ގެނައި އިރުވެސް ހާދަ ކުރޭ

  3. ޢަނާ

    އަސްލު ވާހަކަ ގެނެސް ދޭން ބުނެފަ އޮންނަ ދުވަހަށް ނުގެނެސް ދޭތީ ވަރަށް ދެރަ. ޢުއްމީދު ކުރަން ކިޔުންތެރިންގެ ހިތް މަރާނުލާ އަހަށް އަޕްލޯޑު ކޮށްދޭނެ ކަމަށް.