ބުރާސްފަތި ދުވަހާ ހަމައަށް ޓެކްސީގެ އަގު ބޮޑު ނުކޮށްފި ނަމަ ޚިދުމަތް ހުއްޓައިލަނީ
މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ އަގުތަކަށް ބަދަލުގެންނަން ޓްރާންސްޕޯޓު މިނިސްޓްރީން ނުނިންމައިފި ނަމަ އެ ޚިދުމަތް ދިނުން ހުއްޓައިލާނެކަމުގެ އިންޒާރު ޓެކްސީ ޑްރައިވަރުން ދީފިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ޓެކްސީ ޚިދުމަތްދޭ އަގުތައް ބޮޑުކުރުމާ ގުޅޭ މަޝްވަރާތައް މިދިޔަ ހަފްތާ ބަންދުގައި ވެސް ޑްރައިވަރުން ކުރިއަށް ގެންދިޔައެވެ. އޭގެ ފަހުން ބޮޑެތި އަގުތަކެއް ޑްރައިވަރުން ކަނޑައަޅައި އިއުލާން ކުރި ނަމަވެސް އެ ގޮތަށް ކަން ނުކުރެވޭނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ޑްރައިވަރުން ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
ޓެކްސީ ޑްރައިވަރުން ހޯމަ ދުވަހުގެ ރޭ އަނެއްކާ ވެސް ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޑްރައިވަރުން ނިންމީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޚިދުމަތުގެ އަގު ބޮޑުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނުނިންމައިފި ނަމަ ޚިދުމަތް ހުއްޓައިލަން ނިންމައިފައެވެ. މިގޮތަށް ނިންމީ ގިނަ ޓެކްސީ ސެންޓަރުތަކުގެ ލަފާގެ މަތިން ކަމަށާއި މާލޭގައި ޓެކްސީގެ ޚިދުމަތްދޭ އެއްވެސް ސެންޓަރަކުން ދަތުރު ނުކުރާނެކަމަށް ވެސް ޑްރައިވަރުން ބުނެއެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން މާލެ ސަރަހައްދުގައި ދެމުންގެންދާ ޓެކްސީ ކޮންމެ ދަތުރަކުން އިތުރު ފަސް ރުފިޔާ ނެގުމަށް ޑްރައިވަރުން ނިންމިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އެކަން ހުއްޓުވީ އަގުތައް އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ.
ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 125 ޑޮލަރަށް ވަނީ އުފުލިފައެވެ. މީގެ ކުރިން ފީފާއެއްގެ އަގު ހުރީ 80 ޑޮލަރަށެވެ. ތެލުގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ވަނީ ކުރިއަށް އޮތްތަނުގައި ތެޔޮ ފީފާއެއްގެ އަގު ދުއިސައްތަ ޑޮލަރަށް އުފުލިދާނެކަމުގެ އިންޒާރު ދީފައެވެ.
ހުއްޓާލަބަލަ ނިކަން، އަހަރެމެން އެއްޗެއް ހިތަށް އަރާތޯ.
ނުވާނެ ތިކަމެއް! އަޅެ ހުއްޓާލަބަ! އަނބި ދަރިންނަށް ދޭނެ އެއްޗެއް ނޯންނާ! ބަލަ ތިޔަ ޓެކްސީ ޑުރައިވަރުންނަށް މާލޭން ދަތުރެއް ނުކުރެވޭ! ކުރެވެނީ ހަމަ އެކަނި ހުޅުމާލެ ދަތުރު! ތިޔަކަހަލަ ހިދުމަތެއް ބޭނުމެއްނޫން އަވަހަށް ހުއްޓާލާ! ބަލަ ޓެކްސީ އަށް އަރަނީ ޑުރައިވަރުން ބޭނުންވާ ތަނަކަށް ދާކަށް ނޫނޭ! ކަސްޓަމަރު ބޭނުންވާ ތާކަށް ދާށޭ! ތިޔަ ޓެކްސީ ކުރުން އަހަރެންނަށް ހެޔޮ ދުވަހަކު ނުކުރިޔަސް! ގިނަ ލާރީގަ ބަގުޑި ވައްދައިގެން ތިބޭ! މަށަށް ވަންޔާ މަގޭ އާއިލާގެ އެކަކުވެސް ތިޔަޓެކްސީ އަކަށް ނާރުވާނަން!
ވަރަށް ވެދުން ބަގުޑި ޓެކްސީ ތަކަށް
ދެދުވަހުވެސް ތިބޭކައް ނުކެރޭނެ ސައިޒު ކޮއްލާ މިފަހަރު.