Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ފެންނަނީ ބޮޑުތަނުން ފައްޔާޒު އިންތިޚާބު ކާމިޔާބުކުރާތަން: ނިހާދު

ފެންނަނީ ބޮޑުތަނުން ފައްޔާޒު އިންތިޚާބު ކާމިޔާބުކުރާތަން: ނިހާދު

މިހާރު ފެންނަނީ ބޮޑުތަނުން އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ، އިޤްތިޞާދީ ވަޒީރު އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ކާމިޔާބުކުރައް ވާތަން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ނިހާދު ވިދާޅުވީ ވޯޓުން ބަލިވުމާ މޮޅުވުމަކީ ވޯޓުލާ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށާއި ބޮޑުތަނުން ފައްޔާޒު އިންތިޚާބު ކުރައްވާ މަންޒަރު ވަރަށް ސާފުކޮށް މިހާރު ފެންނަމުންދާކަމަށެވެ.

ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީ ޗެއާޕާސަންގެ މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ.

Advertisement
Ooredoo — Truecaller (box)

ފައްޔާޒުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.

އެމްޑީޕީގެ ޗެއަަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަމަޟާން މަސް ނިމި ޝައްވާލްމަހުގެ ވެސް ފުރަތަމަ ހަތް ދުވަސް ނިމުމަށް ފަހު، މެއި މަހުގެ 14 ވާ ހޮނިހިރު ދުވަހުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް