Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޝަރުޢީ ދާއިރާ

ވިސްނުމާއި އަމަލުތަކަށް ސަމާލުވުމަށް ފަނޑިޔާރު ޝުޖޫން އެދިވަޑައިގެންފި

ވިސްނުމާއި އަމަލުތަކަށް ސަމާލުވުމަށް ފަނޑިޔާރު ޝުޖޫން އެދިވަޑައިގެންފި

ފަނޑިޔާރުކަން ކުރަންވާނީ އަމިއްލަ މަންފާއަށް ކުރާ ކަމަކަށް ވުރެ ބޮޑަށް އެ ކަމަކީ މީހުންގެ ހައްގުތަކާ ގުޅިފައިވާ ކަމެއް ކަމަށް ދެކިގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާ ފަނޑިޔާރު ޝުޖޫން މިހެން ވިދާޅުވީ، ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޒީން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވީ، ފަނޑިޔާރުން ކުރައްވަނީ ބުރަބޮޑު އަދި އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއީ އަމިއްލަ މަންފާއަށް ކުރައްވާ ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަތުމަށެވެ.

Advertisement
Ooredoo — Square (box)

"ފަނޑިޔާރުންނަށް ކަންކަން ކުރެއްވޭ ގޮތުން މީހުންގެ އިހްތިރާމާއި އިތުބާރު ލިބޭ ފަދައިން ހިތްހަމަނުޖެހުމާއި ބަދު ބަސްތައް ވެސް އަމާޒުވާނެ. އެހެންކަމުން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ފަރުވާތެރިކަމާ އެކު އަދާކުރައްވާ. ފަނޑިޔާރުން މަސައްކަތް ކުރައްވަން ވާނީ ވަކި މީހަކަށް ވުމުން ވަކި ގޮތެއް ހެދުމަކާ ނުލައި، ހަމަހަމަކަމާ އެކު" ޝުޖޫން ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ފަނޑިޔާރުން މައްސަލަތައް ނިންމަންވާނީ އެ މައްސަލައަކާ ގުޅިގެން ހުށަހެޅޭ ލިޔުންތަކާއި ހެއްކާއި ގަރީނާ އަދި ގާނޫނީ ސަބަބުތައް ބަލައި ވަޒަންކުރެއްވުމަށް ފަހު ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް