ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ޝަހާ.. އަހަރެންނަށް އެންމެ ފުރުސަތެއް ދިީ.. އާދޭސްކޮށްފަ މިބުނީ..." ކުރެހިފައިވާ އަޑަކުން އަދީމް ބުންޏެވެ. އެހިނދު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ޝަހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެވަގުތު އޭނާގެ ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވާން އުޅޭހެން ހީވުމުން ޝަހާ އަވަހަށް އެތަނުން ދާން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން އަދީމް ކޮށްލި ހަރަކާތަކުން ޝަހާ ހުރިތަނަށް ގަނޑުވިއެވެ. ޝަހާގެ ފައިގައި ހިފަހައްޓައިގެން އިން އަދީމަށް އޭނާއަށް ބަަލއިލެވުނު ހިނދު ހިތް ކުދިކުދި ވާހާ ވިއެވެ.

Ads by Sosun Fihaara

" އަދީމް.. ތެދުވޭ.. ކިހިނެއްވެގެންތަ ތިއުޅެނީ.." އޭނާގެ ފައި ދުރުކުރަން މަސައްކަތް ކުރަމުން ޝަހާ ވާހަކަ ދެއްކިއެވެ.

" އާދޭސްކޮށްފަ ބުނަން ޝަހާ.. އަހަރެންނަށް ޝަހާއާ ނުލާ ނޫޅެވޭނެ.. ޝަހާ އަހަރެން ދޫކޮށްލާފަ ދިޔައިއްޔާ އަހަރެން މޮޔަވެދާނެ..." އަދީމް ކިޔަމުން ދިޔައެވެ.

" އަދީމް އިހަށް ތެދުވެބަލަ.. ޕްލީޒް.. މީހުން އެބަ ބަލާ.. " ޝަހާ އެދުނެވެ. އަދީމް ދެލޯ ފޮހެލަމުން ތެދުވިއެވެ. ރޮއެ ރޮއެ ކުޑަބފައިވާ ދެލޮލުން ޝަހާއަށް ބަލައިލިއެވެ. ތުނބުޅިއައި މަތިމަސް ބޯވެފައި ވާއިރު އިސްތަށިގަނޑުވެސް ނުކޮށާތާ އެތައް ދުވަހެއް ވެދާނެއެވެ. އަދީމްގެ އެސިފަ ޝަހާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އަދީމް އުޅުނު ގޮތުން ޝަހާގެ ހިތް މަޑުކަފަކޮޅަކަށް ވެއްޖެެއެވެ. ހިނދުކޮޅަކަށް އަދީމްގެ ކުށެއް ނެތް ކަމުގައި ޤަބޫލުކުރެވުނެވެ. އަދީމަށް އިތުބާރު ކުރަން ބޭނުންވިއެވެ. އެހެނަސް އޭނާގެ ދެލޮލުން ފެނިފައިވާ މަންޒަރެއް ދޮގު ކުރާނީ ކިހިނެއް ހެއްޔެވެ؟ ފެންކަޅިވެފައިވާ ދެލޮލުން އަދީމަށް ޝަހާ ބަލަހައްތޓައިގެން ހުއްޓެވެ. ލޮލާއި ލޮލުން ދެމީހުން އެތަކެއް ވާހަކައެއް ދައްކައިފިއެވެ.

" އަހަރެން އަދީމަށް މައާފުކޮށްފާނަން.. އަދީމްގެ ދުލުން ބުނި ކޮންމެ ވާހަކައެއްވެސް އަހަރެން ޤަބޫލުކޮށްފާނަން.. ހަމަ އެންމެ ސުވާލެއްގެ ޖަވާބުދީ..."  ޝަހާ އެދުނެވެ.

" ޝަހާގެ ކޮންމެ ސުވާލަކަށްވެސް ޖަވާބުދޭން އަހަރެން ތައްޔާރު.. " ދެލޯ ފޮހެލަމުން އަދީމްވާހަކަ ދެއްކިއެވެ.

" އެދުވަހު އަދީމްއާ ޝެރީން އާ މެދު ހަމަ އެއްވެސް ކަމެއް ނުވޭތަ؟" ދެއަތް އުރައިލަމުން ޝަހާ އަހައިލިއެވެ. ދޭނެ ޖަވާބެއް އަދީމަކަށް ނުވިސްނުނެވެ. އެއްވެސް ކަމެއް ނުވެޔޭ ބުނަން ބޭނުންވިޔަސް އެ ޔަގީންކަން ޙުދު އަދީމަކަށްވެސް ނެތެވެ. ދޭނެ ޖަވާބެއް ނޭނގިފައި ހިމޭނުން ހުރެވުނީއެވެ. އަދީމްގެ އެހިމޭންކަމުން ޝަހާއަށް ހުރިހާ ޖަވާބެއް ލިބުނު ފަދައެވެ.

" އަހަރެން އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް އަދީމް.. އިނދެގެން މިއުޅުނު މަދު ދުވަސްކޮޅު ތެރޭގައި އަދީމް އަހަރެން ދެކެ ކުޑަކޮށްވެސް ލޯބިވެފައިވީނަމަ މީގެ ފަހުން އަހަރެންގެ ފަހަތުން އުޅުން ހުއްޓާލާ.. އަހަރެންނަށް އަދީމަށް ފުރުސަތެއްް ދެވިދާނެ.. އެކަމަކު އަހަރުމެންގެ ގުޅުމުގައި މިޖެހުނު ލައްގަނޑު އަބަދުގެ އަބަދަށް ދެމިހުންނާނެ.. އެލައްގަނޑާ އެއްކޮށް ދިރިއުޅޭނެހާ ހިތްވަރެއް އަހަރެންގެ ނެތް" ޝަހާގެ އަޑު ކުރެހިގެން ދިޔައެވެ. " ދެން އަހަރެން އަދީމާ ބައްދަލު ކުރަން ބޭނުންވަނީ ކޯޓުން..."

" ތިހެން ނުބުނޭ ޝަހާ...." އަދީމް ބުނަން އުޅުނެވެ. އެހެނަސް އަދީމް ދައްކާ ވާހަކަ އަޑު އެހުމެއް ނެތި ދެލޯ ފޮހެމުން ޝަހާ ގޮސް އޭނާގެ ސައިކަލަށް އަރާ ކުރިއަށް ދުއްވައިލިއެވެ.

**********************

އަދީމަށް ގެއާ ހަމައަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ. ޝަހާ ވަރީގެ ވާހަކަ ދެއްކި ފަހުން އޭނާގެ ހަމަ ބުއްދި ފިލައި ގޮސްފައިވާ ކަހަލައެވެ. ހިތަށް ކެތްނުވެ ބަޑި ފަޅައިގެން ދިޔަ ހިނދު އަދީމަށް ބާރަށް ރޮއެ ގަނެވުނެވެ. ހަށިގަނޑުން ވަރުދޫވެ ހުރި ދިމާލަށް ތިރިވެވެނުނެވެ. އަދީމްގެ ވޭނީ ރުއިމުގެ އަޑު އިވޭ ކޮންމެ މީހެއްްގެ ހިތަށް އިންތިހާއަށް އަސަރު ކުރާނެކަން ޔަގީނެވެ. ކޮޓަރީގައި ތިބި ފާތިކާއި މައިރާ ބޭރަށް ނިކުތްއިރު ފެނުނު މަންޒަރުން މައިރާ އަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. ކޮޓަރިން ނިކުތް ރާފިގާއި ކައުސަރަށްވެސް ސިޓިންގްރޫމްގެ މެދެއްހާ ހިސާބުގައި ރޯން އިން އަދީމް ފެނުނެވެ. އަދީމް ދެކެ ހިތްހަމަނުޖެހިފައި ހުއްޓަސް އޭނާ ރޮމުން ދިޔަ ގަތުން މައިލަގޮނޑިއަށް ކެތްނުވެ ކައުސަރު ގޮސް އަދީމާ އެއްހަމައެއްގައި އިށީނދެ އަދީމްގެ ގައިގައި ބައްދައިލިއެވެ. މައިމީހާގެ އޯގާތެރި ފިރުމުން އިހުސާސްވެ އަދީމަށް އިތުރަށް ރޮވުން ނޫން ކަމެއް ނުވިއެވެ. ކައުސަރު ގައިގައި ބާރަށް ބައްދައިގެން އިނދެ ރޮމުން ދިޔައިރު ބަލަން ތިބި ފާތިކާއި މައިރާ އަދި ރާފިގަށްވެސް ރޮވިއްޖެއެވެ.

" ހެޔޮނުވާނެ ދަރިފުޅާ ހުއްޓާލާ.... ދަރިފުޅު ތިގޮތަށް ޯ އަޑުއަހަން މަންމައަށް ކެތެއް ނުވާނެ.. މައިރާ ދަރިފުޅާ ދޭބަލަ ޝަހާ ގޮވައިގެން އަންނަން... " ރޮވިފައި އިން ކައުސަރު ބުންޏެވެ.

" ޝަހާއެއް ނާންނާނެ މަންމާ.. ޝަހާ ނާންނާނެ.. ޝަހާ އަހަރެންނަށް ގެއްލިއްޖެ.. ﷲ ގަންދީ ހުވާކޮށްފަ ބުނަން އަހަރެން ލޯބިވަނީ ހަމައެކަނި ޝަހާ ދެކެ.. އެދުވަހު ކަންތައްވީ ގޮތް އަހަރެން ހަނދާނަކު ނެތް.. އެކަމަކު ދުވަހަކުވެސް ޝަހާއަށް ބޭވަފަތެރިވާން އަހަރެންގެ ހިތަކަށް ނާރާ.. " އަދީމް ރޮމުން ވާހަކަ ދެއްކިއެވެ.

" ހުއްޓާލަބަލަ އަދީމް.. ތިހާ ހިތްވަރު ދެރަކުރާކަށް ނުވާނެ.. ދުނިޔެމަތީގައި ދިމާވާ މިފަދަ އިމްތިޙާނުތަކަށް ކެތްތެރިވާންވާނެ.. " ރާފިގުވެސް އަދީމް ކައިރިއަށް ޖެހިލާ އޭނާގެ ކޮނޑުގައި އަތް ބާއްވައިލަމުން ބުންޏެވެ.

" ތެދެއް އަދީމް.. އަދީމް ތިހެން ރޯތަން ފެނުނީމަ މަންމަގެ ބަލި އިތުރަށް ގޯސްވެދާނެ... އަހަރެންނާ މައިރާ ގޮސް ޝަހާ ކައިރީގައި ވާހަކަ ދައްކަފާނަން... އެކަމަކު އާދޭސްކޮށްފައި ބުނަން ތިގޮތަށް ނުރޮއި.. " ފާތިކްވެސް ބުންޏެވެ. " ހިނގާ އަހަރެންނާ އެކު ކޮޓަރިއަށް.."

ފާތިކް އަދީމްގެ އަތުގައި ހިފައިގެން ގެންގޮސް ކޮޓަރިއަށް ވަނެވެ. މައިރާ ގޮސް ކައުސަރު ތެދުވަން އެހީވެދިނެވެ. އޭރުވެސް ކައުސަރަށް ރޮވެނީއެވެ.

" މައިރާ ޝަހާ ކައިރީގައި ބުނެބަލަ އަހަރެންގެ އަދީމަށް އެންމެ ފުރުސަތެއް ނަމަވެސް ދޭށޭ.. އެހެންނޫނީ އަހަރެން ގޮވައިގެން ހިނގާބަލަ އެމަންޖެ ކައިރިއަށް.. އަހަރެން ބުނީމަ ޝަހާ ޤަބޫލުކުރާނެކަން ޔަގީން.. ޝަހާ ވަކިވެއްޖިއްޔާ އަހަރެންގެ އަދީމަށް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ.. " ކައުސަރު ރޮމުން ބުންޏެވެ.

" ކަމަކު ނުދާނެ ކައުސަރޫ.. ޔަގީން އެފަދަ ނިންމުމެއް ނިންމަން ޝަހާއަށް ފަސޭހައެއް ނުވާނެ ކަން.. " ރާފިގު ބުންޏެވެ.

" އެއީ ތެދެއް މަންމާ.. ޝަހާއަށް ލިބިފައިވާ ހިތާމަ ވަކި ކުޑައެއްވެސް ނޫން.. " މައިރާވެސް ބުންޏެވެ.

" ދެން ފަހުން އެކަމާ ވާހަކަ ދައްކާނީ.. ހިނގާ އިހަށް ކޮޓަރިއަށް އަރާމުކޮށްލަން.. މައިރާ ދަރިފުޅު ދާންވީނު މަންމައަށް ޖޫސްތައްޓެއް ގެންނަން..." ކައުސަރު ގޮވައިގެން ކޮޓަރިއަށް ދަމުން ރާފިގު އެދުނެވެ. މއިރާ ބޯޖަހައިލަމުން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

***************

ހެދުންތައް އިސްތިރިކުރަން ހުރި ޝަހާ ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެކިކަހަލަ ވިސްނުމާ ފިކުރުތަކުން އޭނާގެ ސިކުނޑިވަނީ ތޮއްޖެހިފައެވެ. މިއަދު ހިނގައިދިޔަ ކަންތައް އެންމެ ހިނދުކޮޅަކަށްވެސް ޝަހާގެ ހިތަކުން ނުފިލިއެވެ. އަދީމަށް އައިސްފައި ހުރި ބަދަލު ފެނި ޝަހާގެ ހިތަށް އިންތިހާއަށް އަސަރު ކުރިއެވެ. ޝަހާއަށް ސިހުމެއް ލިބުނީ ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނަށް މެސެޖެއް އައި އަޑުއިވިފައެވެ. އިސްތިރި ބެހެއްޓުމަށްފަހު ޝަހާ ގޮސް ފޯނު ނަގާފައި ބަލައިލިއެވެ. މައިރާ ފޮނުވާފައި މެސެޖް ކިޔައި ނިމުނުއިރު ޝަހާއަށް ރޮވިއްޖެއެވެ. އަދީމް އަޑުން އަޑުނަގާފައި ރުއިކަން އެނގުމުން ހިތް ފޮތިފޮތި ވިހެން ހީވިއެވެ. މައިރާ ބުނެފައިވާ ފަދައިން އަދީމަށް ފުރުސަތެއް ދޭންވީ ހެއްޔޭ ހިތަށް އެރިއެވެ. އެހނިދު ޝަހާއަށް ބަލައިލެވުނީ އޭނާގެ އެނދަށެވެ. އެހިނދުވެސް ދެންމެ ވީކަމެއްހެން ހަނދާންވީ ޝެރީން އަދީމްގެ އަތުގެ ތެރޭގައި އޮތްގޮތެވެ. ވިސްނަންވީ ގޮތެއް ޙުދު ޝަހާއަކަށްވެސް ނޭނގުނެވެ. ބޯގޮވައިދާނޭހެން ހީވުމުން އަތުގައި އޮތް ފޯނު ދުރަށް ހޫރައިލެވުނެވެ. އެހިނދު ފޯނު ގޮސް ޖެހުނީ ކޮޓަރީގެ ދޮރުގައެވެ. ހުރިހާ އިހުސާސްތަކެއް އެކުވެ ޝަހާ ރުޅި އަންނަ ގޮތްވިއެވެ. އެނދުދެކެ ރުޅި އާދެވި އެނދުމަތީގައި ހުރި ބާލީސްތަކާއި ކުއިލްޓްވެސް އެއްލައިލިއެވެ. ރޮމުން ރޮމުން ޝަހާ ޓައިލްސްތައް މަތީގައި އިށީނެވެ. އެނދުގައި ލެގިލުމަށްފަހު ދެކަކޫ ގެނެސް މޭގައި ޖައްސައިލިއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ރޯން ޝަހާ އިނެވެ.

*******************

ނިދުނީ ކިތަންމެ ލަސްވެފައި ހުއްޓަައިކަމުގައިވިޔަސް ފަތިސްނަމާދުގެ ބަންގީގެ އަޑާއެކީ އަދީމަށް ހޭލެވިއްޖެއެވެ. އަދީމް އެނދުން ތެދުވީ ތެދުވާ ހިތުންނެވެ. ކިރިޔާވެސް އޭނާގެ ހިތަށް ހަނަޖެހުމެއް ލިބެނީ ނަމާދުކޮށް ދުޢާ ކޮށްލުމުންނެވެ. ނަމާދު ކޮށް ނިންމާލުމަށްފަހު ވަޒީފާއަށް ދާން އަދީމް ތައްޔާރުވިއެވެ. ހިތާމަ ކުރަން ގޭގައި އޮވެ ވަގުތު ބޭކާރު ކުރަން ބޭނުންނުވާތީއެވެ. މިވަގުތު ހިތްވަރުކޮށްފައިވެސް ޝަހާ އަނބުރާ ލިބޭތޯ މަސައްކަތް ކުރަން އޭނާ ބޭނުންވެއެވެ. ތައްޔާރު ވެގެން ނިކުތްއިރު ކައުސަރު އޭނާގެ ކޮޓަރިއާ ދިމާލަށް އަންނަނީއެވެ.

" ދަރިފުޅު މިހާ ހެނދުނާ ކޮންތާކަން..؟" އަދީމްގެ އަތިގައި ފިރުމައިލަމުން ކައުސަރު އަހައިލިއެވެ.

" ހޮސްޕިޓަލަށް.. އަހަރެން ވަޒިފާއަށް ފަރުވާކުޑަ ކުރަންޏާ ޝަހާ އެހާ ހިތްހަމައެއްނުޖެހޭނެ.. އެހެންނޫނަސް އަހަރެންނަށް ޝަހާ ހޯދަން މަސައްކަތް ކުރެވޭނީ އެތަނަށް ގޮސްގެން... " އަދީމް ބުންޏެވެ.

" މަންމައަށް އެނގޭ އަދީމް ޝަހާ ދެކެ ވަރަށް ލޯބިވާކަން.. އެކަމަކު އެއީ ޝަހާގެ އޮފީސްކަން ދަންނާތި.. އެތަނުގައި ޝަހާގެ އެތައް މުވައްޒަފުންނެއް މަސައްކަތް ކުރާނެ.. އެމީހުންނަކީ ޝަހާ ނުލާހިކު އިޙްތިރާމް ކުރާ ބައެއް.. ދަރިފުޅުގެ ސަބަބުން އެމީހުންގެ ކުރިމަތީގައި ޝަހާގެ އަގު ވެއްޓުނަދީގެން ނުވާނެ.. " ކައުސަރު ނަސޭހަތް ދިނެވެ.

" ކަންބޮޑުނުވޭ މަންމާ.. އަހަރެން އެކަހަލަ ކަމެއް ނުކުރާނަން.. އެކަމަކު އިރާދަކުރެއްވިއްޔާ އަހަރެން ޝަހާގެ ރުހުމާއި ލޯބި އަނބުރާ ހޯދާނަން.. " އަދީމް ބުންޏެވެ. ކައުސަރު ހިނިތުންވެލިއެވެ.

" ހިނގާ ސައިބޯން..." ކައުސަރު ބުންޏެވެ.

" އަހަރެން ހޮސްޕިޓަލަށް ގޮސް ކޮފީއެއް ބޯނަން.. މަންމަ ދޭ އަރާމު ކުރަން..." މިހެން ބުނުމަށްފަހު އަދީމް ގެއިން ނިކުންނަން ހިނގައިގަތެވެ.

*******************

ޓައިލްސްތައް މަތީގައި ނިދިފައި އޮތް ޝަހާއަށް ހޭލެވުނީ ކުއްލިއަކަށެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ ފާރުގައިވާ ގަޑިއަށެވެ. ހެނދުނު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ފަތިސް ނަމާދަށްވެސް ނުހޭލެވުނީތީ އަމިއްލަ ނަފްސަށް ކުދި ކިޔައިލެވުނެވެ. ތެދުވުމަށްފަހު ހިންދެމިލި ވަގުތު ބުރަކަށީގައި ރިހުމެއް ހުރިކަން އިހުސާސްވިއެވެ. އިސްތިރިމަތިން ހަނދާންވީ ކުއްލިއަކަށެވެ. ބަލައިލިއިރު އިސްތިރި ހުރީ ނިއްވާލާފައެވެ. އެއްލައިލި ރަޖާ ގަނޑާއި ބާލީސްތައްވެސް ހުރީ އެނދުމަތީގައެވެ. ފޯނުވެސް އެނދުމަތީގައި އޮތްތަން ފެނުމުން ނަގާފައި ބަލައިލީ ހަލާކުވެފައި އޮތްތޯއެވެ. ފޯނަށް އެއްވެސް ގެއްލުމެއް ނުލިބޭކަން އެނގުމުން ފުންނޭވައެއް ދޫކޮށްލެވުނެވެ. ޝަހާއަށް ނިދިފައި އޮއްވައި މަލާކް ނޫނީ އަސްމާއަށް އެކޮޓަރިއަށް ވަނީކަން ޝަހާއަށް އެނގުނެވެ.

ކޮޓަރި ރީތިކޮށްލުމަށްފަހު ފެންވަރުމަށްފަހު ނަމާދުކޮށްގެ ޝަހާ ގޭތެރެއަށް ނިކުތެވެ. އޮފީހަށް ނުދާން ޝަހާ ނިންމީ އަދީމްއާ ކުރިމަތިލާން ބޭނުންނުވާތީއެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އަސްމާއަށް ޝަހާ އަތްގާތް ކޮށްދޭން ފެށިއެވެ.

" މިއަދު އޮފީހަށް ނުދަނީތަ؟ ބޮޑުއްތަ ހިކުރީ ޝަހާ ގޭގަ ނެތީކަމަށް؟" އަސްމާ ބުންޏެވެ.

" ރެސްޓެއް ނަގާލީ... މަލާ ސައިބޮއެގެންތަ ސްކޫލަށް ދިޔައީ؟" ޝަހާ އަހައިލިއެވެ.

" ބޮޑުއްތައަށް ހޭލެވުނުއިރު މަލާ ސްކޫލަށް ގޮއްސި.. ހީވަނީ ސައިބޮއެގެންހެން ދިޔައީ.. " އަސްމާ ބުންޏެވެ.

" ބޮޑުއްތަ ރޭ އަހަރެން ނިދިފަހުން ކޮޓަރިއަށް ވަނިންތަ ؟" ޝަހާ އަހައިލިއެވެ.

" ނޫން ނުވަންނަން ކިހިނެއްވީ؟" އަސްމާ އަހައިލިއެވެ. އެހިނދު ޝަހާއަށް ކޮޓަރިއަށް ވަނީ މަލާކްކަން އެނގުނެވެ. އޭނާއަށް އެފަދަ މަންޒަރެއް ފެނުނީތީ އެކަމާ ދެރަވިއެވެ. ނުބުންޏަސް އޭނާއާ މެދު މަލާކް ވިސްނާނެވަރު ޝަހާއަށް އެނގެއެވެ. ވަކި ޖަވާބެއް ނުދީ ޝަހާ ގޮސް ކޮފީއެއް ތައްޔާރު ކުރަން ފެށިއެވެ. އެވަގުތު ގޭގައި ބެލް އަޅައިލި އަޑުއިވުނެވެ. ޝަހާ ގޮސް ގޮނޑިމަތީގައި އަޅުވާލާފައިވާ އޮތް ބުރުގާ ބޮލަށް މަހައިލުމަށްފަހު ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި މީހަކު ފެނި ޝަހާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.

" ކީއްކުރަން މިގެއަށް ތިއައީ.." ނުރުހުންވެފައި ޝަހާ ބުނެލިއެވެ.

 

-ނުނިމޭ

Ads by Allied Insurance
  1. ފާތުން

    ވވ ރީތި ވ ދެރަވެއްޖެ

  2. ސާޔާ

    އަޅެ ވ.ވ ރީތި. އަވަހަށް އަޕް ކޮށްދެއްޗޭ އަނެއް ބައި!