ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
ސްކްރީނަށް އަރާފައި އޮތީ ހޮސްޕިޓަލުގެ ނަމްބަރެވެ، ހިތްއަވަސްވެފައިވާ ހާލު އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖަހައިލިއެވެ. ދެން ފެނުނީ ޝަހާ އަތުން ފޯނު ދޫވެގެން ވެއްޓުނު މަންޒަރެވެ. އެމަންޒަރު ފެނި މަލާކްއަށް އިންތަނުން ތެދުވެވުނެވެ. އެވަސް އަވަހަށް ޝަހާ ކައިރިއަށް ގޮސް ވީ ކިހިނެއްތޯ ސުވާލު ކުރަން ފެށިއެވެ. ބަހެއް ނުބުނެވި ޝަހާގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ޝަހާއަށް ބަލަހައްޓައިގެން ހިނިއައިސްފައި އިން މަލާކަށް ގޮނޑިން ތެދުވެވުނީ ޝަހާ އަތުން ފޯނު ދޫވެގެން ވެއްޓުނުތަން ފެނިފައެވެ. ދުމެއްހެން މަލާކް ގޮސް ހުއްޓުނީ ޝަހާގެ ކުރިމަތީގައެވެ.
"ކިހިނެއްވީ ދޮންތާ؟" މަލާކް އެހިއެވެ. ޝަހާއަށް ޖަވާބެއް ނުދެވުނެވެ. އެއްދިމާލަކަށް ކަޅި ޝަހާގެ ކަޅި ހުއްޓިފައި ވާތަން ފެނި މަލާކް ޖެހިލުންވިއެވެ. ޝަހާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތް ވަގުތު ޝަހާގެ ނަޒަރު ކުރިމަތީގައި ހުރި މަލާކަށް ހުއްޓިއްޖެއެވެ. ޝަހާގެ ހުދު ކަފަކޮޅެއްފަދަ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހޮރިގަތީ މަލާކް ބަލަން ހުއްޓައެވެ. އެހިސާބުން ކަންތައްތައް ރަނގަޅު ނޫންކަން މަލާކަށް ފަހުމްވިއެވެ.
"ދޮންތާ ކިހިނެއްވީ؟ ޕްލީޒް ބުނެބަލަ" ޝަހާގެ ދެކޮނޑުގައި ހިފައިގެން ހުރެ މަލާކް ގޮވަމުން ދިޔައެވެ. ޝަހާ ރޯތަން ފެނި އިސާހިތަކު މަލާކްގެ ދެލޮލޮން ކަރުނަ ފައިބަން ފަށައިފިއެވެ. އަޑުހަރުކޮށް މަލާކް އަސްމާއަށް ގޮވާލީ ޝަހާގެ ފުށުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.
ކޮޓަރީގައި އިސްތިރިކުރަން ހުރި އަސްމާ ދުވަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ. ދުވަހަކުވެސް އެއިން ކުއްޖަކު އަސްމާއަށް އެހާ ބާރަށް ގޮވާލާފައެއް ނެތެވެ. ޖެހިލުންވެ ހުރެ އެހާ ބާރަށް ނިކުމެވުނީ ހިތް ބިރުގަތް ވަރުންނެވެ. މަލާކާއި ޝަހާ ތިބިގޮތް ފެނުމުން އަސްމާ ގޮސް ހުއްޓުނީ ދެކުދިން ކުރިމަތީގައެވެ.
"ބޮޑުއްތާ! ދޮންތައަށް ކޮންމެސް ކަމެއްވެއްޖެ" އަސްމާ ފެނުމުން ގިސްލެވެމުން ދިޔަ މަލާކް އަސްމާގެ ގައިގައި ހިފަހައްޓައިގަތެވެ.
"ކިހިނެއްވީ؟ އަދީމަށް ކަމެއްވީތަ؟" އަސްމާ އެހިއެވެ. ގަނޑުވެފައި ހުރި ޝަހާގެ ދެއަތުގައި ހިފާ އަސްމާ އާ ދިމާލަށް އަނބުރާލަމުން އެހިއެވެ. ޝަހާއަށް ވާހަކަދެއްކުނީ އަސްމާ އެތައް ފަހަރަކު އަހައިގެންނެވެ.
"އަދީމް.... އަ ދީ މް ހޮސްޕިޓަލުގަ" ކެނޑެމުންދިޔަ އަޑަކުން ޝަހާ ބުންޏެވެ. ދެން ދޮރާ ދިމާލަށް ދުއްވައިގަތެވެ. މަލާކްގެ އަތުގައި ހިފައިގެން ދުރުދުރުގައި ފިޔަވަޅު އަޅަމުން އަސްމާވެސް ގެއިން ނިކުތެވެ.
ހޮސްޕިޓަލަށް ހިދުމަތް ހޯދަން ގޮސް ތިބި މީހުން އެވަގުތު ވަރަށް ގިނައެވެ. ދުވެފައި އެތެރެއަށް ވަދެގެން ދިޔަ ޝަހާ ހުއްޓުނީ އެމެޖެންސީރޫމު ކުރިމަތީގައެވެ. ރޮމުންދިޔަ ޝަހާ އެތެރެއަށް ވަދެގެން ދިޔައީ އެތެރެއިން މީހުން ނިކުތް ވަގުތު ދޮރުހުޅުވިގެން ދިޔަ ވަގުތުގައެވެ. މީހުންގެ ތެރެއިން އަދީމް އޮތް ދިމާލަށް ނުދެވެނީސް މީހަކު ޝަހާ ހިފަހައްޓައިފިއެވެ. އެއީ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެކުވެރިއެކެވެ.
"އަދީމްގެ ހާލު ވަރަށް ސީރިޔަސް" އެ ޖުމްލަ ޝަހާއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ބޮލަށް އެނބުރުން އަރައިގެންދިޔަ ވަގުތު އަރިއަޅާލިއެވެ. މޭފިތިގެންދިޔަ އިހުސާސަކާއެކު ޝަހާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ގެނުވާކަށް ޝަހާ މަސައްކަތެއް ނުކުރެއެވެ. ކުއްލިއަކަށް ޝަހާގެ ހިތަށް ވެރިވެގެންދިޔަ އިހުސާސެއްގެ ސަބަބުން އަތްތިލައިން މުޅި މޫނު އެއްކޮށް ފޮހެލިއެވެ.
ދެން މަޑުމަޑުން ނިކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. އަދީމްގެ ހަލު ސީރިޔަސްކަމަށް ނިންމީ ޑޮކްޓަރުންނެވެ. ޑޮކްޓަރުން އެގޮތަށް ނިންމީ ބޭރުފުށުންނާ އެތެރެ ފުށުން އަދީމަށް ލިބިފައިވާ ގެއްލުންތަކަށް ރިޢާޔަތްކޮށްފައެވެ. ޑޮކްޓަރުންނަށް ދެވޭނީ ފަރުވާއެވެ. ޝިފާ ދެއްވާނީ ހަމަ އެންމެ ފަރާތަކުންނެވެ. ޑޮކްޓަރުން އުންމީދު ކަނޑާލި ކަމުގައި ވިޔަސް އެކަލާނގެ އަންގަވާފައިވަނީ އެންމެފަހު ވަގުތާ ހަމައަށްވެސް އުންމީދު ކުރުމަށެވެ. އެކަލާނގެއަށް ދުއާ ދެންނެވުމަށެވެ. އެކަލާނގެ މުއުމިނު އަޅާގެ ދުއާ އިޖާބަކޮށްދެއްވާނެ ކަމުގައެވެ. އެކަލާނގެ ރަހްމަތް ތަނަވަސްވެގެންވެއެވެ. އެކަލާނގެ އީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ގިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.
ވުޟޫކޮށްގެން ޝަހާ އެރީ މިސްކިތަށެވެ. ހުޝޫއަތްތެރިކަމާއެކު އެކަލާނގެ އަށް ދެ ރަކްއަތުގެ ނަމާދެއް ކުރިއެވެ. ދެން މައްޗަށް ދެއަތް ތިލަ އުފުލާލިއެވެ. ދުލުން ބަހެއް ނުބުނި ކަމުގައި ވިޔަސް ޝަހާގެ ދެތުންފަތް ކުޑަކޮށް ފޭވެލިއެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި އައިސް ޖެހުނީ ދެލޮލުން ފޭބި ކަރުނަ ތިއްކެވެ. ޝަހާގެ ހިތުގައިވާ ހުރިހާ އެދުމެއް ކަރުނަތަކެއްގެ ސިފައިގައި އެކަލާނގެ ހަޟްރަތަށް ދަތުރުކޮށްފިއެވެ.
ޝަހާ އެނބުރި ހޮސްޕިޓަލަށް އައި އިރު އާއިލާގެ އެންމެން އަދީމް އޮތް ކޮޓަރީގެ ދޮރު މަތީގައި ތިއްބެވެ. އެމީހުންނަށް ގުޅަފައި ޙަބަރު ދިނީ އަސްމާއެވެ. ކައުސަރު ރޯވަރުން ހިފަހައްޓައިލެވެނީ ކިރިޔާއެވެ. ފާތިކްވެސް ދަތްދޮޅީގައި އަތް ވިދެލައިގެން އިންއިރު ކައިރީގައި އިން މައިރާ ފާތިކް އަތުގައި ހިފަހައްޓާލައިގެން އިނެވެ. ވަދެގެން އައި ޝަހާ ފެނުމާއެކު މަލާކް ދުވެފައި ގޮސް ޝަހާގެ އަތުގައި ހިފިއެވެ.
" ދޮންތަ ރަނގަޅުތަ؟ ކޮންތާކަށް ގޮއްސަ ތިއައީ؟" މަލާކް އަހައިލިއެވެ. ޝަހާ ޗަކި ޖަވާބެއް ނުދިނެވެ. މަޑުމަޑުން ގޮސް ކައުސަރުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ. ކައުސަރަށް ހިތްވަރު ދިނުމުގެ ގޮތުން އޭނާގެ އަތުގައި ހިފައިލިއެވެ. މައެއްގެ ހިތަށް މިވަގުތު ކުރާނެ ފުން އަސަރު ޝަހާއަށް އަންދާޒާ ކުރެވެއެވެ.
" ކިހިނެއްމިވީ ޝަހާ.. އަހަރެންގެ އަދީމް..." ކައުސަރަށް ރޮވޭ ވަރުން ވާހަކައެއް ނުދެއްކުނެވެ. ޝަހާވެސް ހިތްވަރު ކުރިއެއް ކަމަކު ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އިރުކޮޅަކުން ތެޅެމުން ފޮޅެމުން އެތަނަށް އައިސްވަނީ ޝެރީނެވެ. ޝެރީން ފެނުމާއެކު ޝަހާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ.
އަދީމޭ ކިޔާ ރޮމުން ޝެރީން އެތެރެއަށް ވަންނަން އުޅުނު ހިނދު ޝެރީންގެ އަތުގައި ހިފައި ހުއްޓުވީ ހުސެންއެވެ. ރުޅި އައިސް ރަތްވެފައި ޝެރީން ބަލައިލީ ޝަހާއަށެވެ.
" މީ ހުސް ކަލޭގެ ސަބަބުން ވާ ކަންތައް.. ކަލެއާ ހެދި އަދީމަށް އެހެންވީ.. " ޝަހާގެ ކުރިމަތީގައި ހުއްޓެމުން ޝެރީން ހަޅޭއްލަވައިގަތެވެ.
" އޭތް ޝެރީން... ދަލު ބޭރުން ޖެހެނީ ކީއްވެތަ؟ ހަމަ މިހާރު މިތަނުން ދާން އުޅޭ.." އަސްމާ ހަޅޭއްލަވައިގަތެވެ. އެވަގުތު އެތަނުން ހުރަސް ކުރި ނަރުހެއް އަޑު މަޑުކުރުމަށް އެމީހުންނަށް ނަސޭހަތްތެރިވިއެވެ.
" މިތަނުން ދާން ޖެހޭނީ އަހަރެންނެއް ނޫން.. މިހިރަ ޝަހާ.. މިވީހާ ދުވަހު އަދީމަށް ހިތުހުރިގޮތެއް ހަދާފައި މިހާރު މާ ހެޔޮ އެދޭ ކަމަށް ހެދިގެން އައިސް އެހުރީ މިތަނުގައި.. " ޝެރީން ބުނެލިއެވެ. ޝަހާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. އިންތަނުން ތެދުވަމުން ޝެރީންގެ މޭގައި އަތް އަޅައި ފަހަތަށް ކޮއްޕައިލިއެވެ. އެވަގުތު ފަހަތުގައި ހުރި ހުސެން ނުހިފެހެއްޓިނަމަ ޝެރީން ފަހަތަށް ވެއްޓުނީހެވެ.
" މިތަނުން ދާން އުޅޭ މިހިރަ ގޮތެއް ނެތް އަންހެނާ.. ކޮންމެ ކަމެއްވެސް ވާނީ އެކަލާނގެ އިރާދަފުޅުގައި އެކަމެއް ވާން ހުރީތީ.. އެކަމަކު ކަލޭ ކަހަލަ ގަމާރަކަށް އެކަހަލަ ކަންތައްތަކެއް ނުވިސްނޭނެ.. އަހަރެންނާ އަދީމް ދުރުކުރަން ކަލޭ ވަރަށް މަސައްކަތް ކުރީމު.. އެކަމަކު ހެއްދެވި ފަރާތް ނޫން އެހެން ފަރާތަށް އަހަރުމެން ދެމީހުން ދުރުކުރެވުމަކީ ނުވާނެ ކަމެއް.. މިފަހަރު އަހަރެން ހަމަ އެކަނި ކަލޭ ކޮއްޕައިލީ މި.. އެކަމަކު މިތަނުގައި ފިތުނަ އުފައްދަން ދެން އެންމެ ބަހެއް ބުންޏަސް އެއަށްވުރެ ބޮޑުވަރު ކޮށްލާނަން.. އެންޑް ޓްރަސްޓް މީ.. މިވަގުތު އަހަރެން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ..." ޝަހާ ބުނެލިއެވެ.
" ޔޫ،،ބ..." ޝެރީން ބުނަން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން ހުސެން ޝެރީންގެ އަތުގައި ހިފައި ދަމަމުން އެތަނުން ގެންދަން ފެށިއެވެ.
" އަދީމަކީ ހަމައެކަނި އަހަރެންގެ މީހެއް.. ބަލާތި.. އެންމެ ފަހުން އަދީމް އަންނާނީ އަހަރެން ކައިރިއަށް.. ކަލޭ މުޅިން ބާކީވާނެ.. އައި ޕްރޮމިސް އަހަރެން އަދީމް ކަލޭ އަތުން ޖަހައިގަންނާނަން.." އެތަނުން ދިއުމުގެ ކުރިން ޝެރީން ބުނެލިއެވެ. އެއަޑު އިވުނު ކަމަކަށްވެސް ޝަހާ ނުހެދިއެވެ. އަލުން ގޮނޑީގައި އިށީން ހިނދު ކައުސަރު ޝަހާގެ އަތުގައި ހިފުމަށްފަހު ތިކަންތައް ކުރީ އެންމެ ރަނގަޅަށޭ ބުނެލިއެވެ.
********************
އިންޓާނަލް ބްލީޑިންގްއެއްގެ ސަބަބުން ވީހާވެސް އަވަހަކަށް އަދީމްގެ ސަރޖަރީއެއް ހަދަން ޖެހުނެވެ. އަދީމް ޖެހުނުގޮތަކުން ބޮލަށް މާބޮޑު ގެއްލުމެއް ނުވިނަމަވެސް މޭކަށިގަނޑުވަނީ ރެނދެއް ލާފައެވެ. މަންޒަރު ދުށް މީހަކު ޝަހާމެންނަށް ކިޔައިދިން ގޮތުގައި އަދީމް ނުބައި ފަޅިއަކުން ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ހިނގީއެވެ. ވިސްނަ ވިސްނާވެސް ޝަހާމެންނަށް ނޭނގުނީ އަދީމް ނުބައި ފަޅިއަކުން ދާންވި ސަބަބަކެވެ. މީގެ ކުރިން އަދީމްްއަކީ ދުވަހަކުވެސް އެގޮތަށް ދުއްވާފައި ނުވާ މީހެކެވެ. އަދީމްއަކީ އަބަދުވެސް ގަވާއިދާ އެއްގޮތަށް ދުއްވާ މީހެކެވެ.
އަލީފާއެކު ކަމީލާ ވަދެގެން އައީ އެންމެން އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި ތިއްބައެވެ. ރޮމުން އައި ކަމީލާ އަލީފްގެ އަތުން ދޫކޮށްލުމަށްފަހު ގޮސް ކައުސަރު ގައިގައި ބެއްދިއެވެ. އަލީފް ގޮސް ހުއްޓުނީ އަސްމާ ކައިރީގައެވެ. އެހިނދު އަސްމާ ލުއި ގޮތަކަށް އަލީފް ގައިގައި ބައްދައިލިއެވެ.
" ކިހިނެއް ތިއްތި އެކްސިޑެންޓް ވީ..؟" ދެލޯ ފޮހެލަމުން ކަމީލާ އަހައިލިއެވެ. ވީގޮތް ކަމީލާއަށް ކިޔައިދިނީ މައިރާއެވެ. ކަމީލާ ދެން ބަލައިލީ ތަންކޮޅެއް ދުރުގައި ފާރުގައި ލެގިލައިގެން ހުރި ޝަހާއަށެވެ.
" ބީ ބްރޭވް ތިއްތިބެދައްތާ.. " ޝަހާ މޫނުގައި ފިރުމައިލަމުން ކަމީލާ ބުންޏެވެ. އެވަގުތު ޝަހާ ކަމީލާގެ އަތުގައި ހިފައިލުމަށްފަހު އެއަތަށް ފިތައިލިއެވެ.
*************
އަދީމްގެ ސަރޖަރީ ކާމިޔާބެވެ. އިތުރަށް ކައިރިން ބަލަން ބޭނުންވާތީވެ އައި ސީ ޔޫއަށް ލެވުނެވެ. ދުވަހަކަށް ވުރެ ދުވަހެއް އަދީމްގެ ޙާލު ރަނގަޅުވަމުން އަންނާތީވެ އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ޝަހާ އަދީމާ ދުރަށް ނުދެއެވެ. ޝަހާ ދިރިއުޅުން ދުވަސްކޮޅަކަށް ހޮސްޕިޓަލަށް ބަދަލުކުރީއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދީމް ހޭއަރާފައި އޮތް ނަމަވެސް އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. ޑޮކްޓަރުން ބުނަނީ އެކްސިޑެންޓްގެ ސަބަބުން ލިބުނު ޝޮކަކުން އެހެންވެދާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދީމް އޮތް ކޮޓަރިއަށް ވަންނަން ޝެރީން އެތައް މަސައްކަތެއް ކުރިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޝެރީންއަށް ހުރަސް އަޅަނީ ޝަހާއެވެ. އެކަމުގެ ސަބަބުން ޝެރީންގެ ރުޅިގަނޑު އިތުރުވެފައިވީ ކަހަލައެވެ.
**************
ފުރިހަމަ މަސްދުވަހަށްފަހު އަދީމްގެ ހާލު މުޅިން ރަނގަޅުވެ ގެއަށް ދޫކޮށްލެވުނެވެ. ޝަހާއާއި ފާތިކް އަދި ރާފިގު އަދީމް ގޮވައިގެން ގެއަށް ދިއުމަށް ކާރުގައި މިޮސްރާބު ޖެހިއެވެ. ކާރުގެ ފަހަތުގައި ސީޓުގައި ތިބީ ޝަހާއާއި އަދީމެވެ. ބޭރު ބަލަހައްޓައިގެން އިން އަދީމް އަތްތިލައިގާ ޝަހާ ހިފައިލިއެވެ. އެހިނދު އަދީމް މަޑުމަޑުން ޝަހާގެ އަތް ދުރުކޮށްލިއެވެ. ޝަހާ ދެރަވި ނަމަވެސް މާބޮޑު ކަމަށް ނުހެދިއެވެ. ގޭ ދޮރު މައްޗަށް ކާރު މަޑުކޮށްލުމާއެކު އެންމެ ފުރަތަމަ ފޭބީ ޝަހާއެވެ. އެންމެ ފަހުން ފޭބީ އަދީމެވެ. ޝަހާ ހީކުރީ ގޮތާ ޙިލާފަށް އަދީމް ދިޔައީ އޭނާގެ ގެއާ ދިމާލަށެވެ. އެހިނދު ޝަހާ އަދީމަށް ގޮވައިލިއެވެ.
" އަދީމް ހިނގާ ކޮޓަރިއަށް އަރާމުކޮށްލަން.. މަންމަމެން އިރުކޮޅަކުން އަންނާނެ.." ޝަހާ ބުނެލިއެވެ.
" އަހަރެން ތިގެއަށް ދާކަށް ބޭނުމެއް ނޫން.. އަހަރެންގެ ގެއަކީ މީ.." ފަހަތް ބަލައިވެސް ނުލާ އަދީމް ބުނެލިއެވެ. އެއަށްފަހު ގޮސް އޭނާގެ ގެއަށް ވަނެވެ. ހައިރާންވެފައި ޝަހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
" ވެދާނެ އަދީމް ބަލިވީމަ ބުނެވުނީ ކަމަށް.. ޝަހާވެސް އިހަށް އަންނަންވީނު މިގެއަށް..." ރާފިގު ބުންޏެވެ. ޙުދު ރާފިގުވެސް ހުރީ އަދީމްގެ އެއަމަލުން ހައިރާންވެ އަންތަރީސް ވެފައެވެ.
-ނުނިމޭ-
ވަރަށް ރީތި
ޏޒކޖޖުރ
މިވީކިހިނެއް އެ ޝެރީން ކުރި ކަމެކަށް ވާނީ
ާަސަހާ މަތިން ހަނދާން ނެތިފަ އެހުރީ.ނޫނީ ޝެރީން ކިބައިން ބަދަލް ހިފަން އަދީމް ބޭނުންވަނީ
މިހާރު މިވާހަކަ މި ވާގޮތުން އަދީމް ހަދާން ހުންނާނީ ޝެރީންގެ މަތިން. ޝަހާ އާއި ކައިވެނި ކުރިކަމެއް ހަދާނެއް ނުހުންނާނެ. ޢަނެއްކާ އެ ޝެރީނަށް އަދީމް ކާމިޔާބު ވާން މަގު ފަހިވަނީ . ޝެރީންއަށް އަދީމް ލިބޭ ގޮތް ނަހަދަ ބަލަ. ތި އެކްސިޑެންޓް އަކީ ޝެރީންގެ ރޭ ވުމަކަށް ވާނީ… ވަރަށް ފޫހިވޭ…. ޝެރީންކުރި ކުށުގެ އަދަބު ލިބެން ޖެހޭނެ.
އަދީމް ދެން ހަދާންހުންނާނި ޝެރީން
ކޮބަިތޯ ވެވުނީ ލޯއްބޭ ޔާރާ ހުވާާ
ޢަޕްލޯޑް ނުވާތާ 3 ހަފުތާ ވަނީ