ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އަހަރެން ތިގެއަށް ދާކަށް ބޭނުމެއް ނޫން.. އަހަރެންގެ ގެއަކީ މީ.." ފަހަތް ބަލައިވެސް ނުލާ އަދީމް ބުނެލިއެވެ. އެއަށްފަހު ގޮސް އޭނާގެ ގެއަށް ވަނެވެ. ހައިރާންވެފައި ޝަހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

Ads by STELCO

" ވެދާނެ އަދީމް ބަލިވީމަ ބުނެވުނީ ކަމަށް.. ޝަހާވެސް އިހަށް އަންނަންވީނު މިގެއަށް..." ރާފިގު ބުންޏެވެ. ޙުދު ރާފިގުވެސް ހުރީ އަދީމްގެ އެއަމަލުން ހައިރާންވެ އަންތަރީސް ވެފައެވެ.

*************

ޝަހާގެ ގެއަށް ދާން ތައްޔާރުވެގެން ނިކުތް ކައުސަރަށް އެގެއަށްވަން އަދީމް ފެނުމާއެކު ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލެވުނެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ މައިރާވެސް އަދީމް ފެނުމުން ހިނިތުންވެލިއެވެ.

" ދަރިފުޅު މިގެއަށް ތިއައީ ކީއްކުރަން.. މަންމަ އުޅުނީ އަދީމް ކައިރިއަށް ދާންވެގެންނޭ.." އަދީމްގެ އަތުގައި ފިރުމައިލަމުން ކައުސަރު ބުންޏެވެ.

" އާނ އަހަރެންވެސް މަންމަ ބުނެގެން އަދީމަށް އެންމެ މީރު އެއްޗެހި ކައްކާފަ މިހުރީ.. " މައިރާވެސް ބުނެލިއެވެ.

" އަހަރެން މިވަގުތު އެއްވެސް އެއްޗެއް ކާހިތެއް ނެތް.. ނިދާލަން ބޭނުމީ..." އަދީމް ބުންޏެވެ.

" އެންމެ ރަނގަޅު މަންމައަށް.. މަންމަ ފަހުން ދާނަން ކާއެއްޗެހި ހިފައިގެނ.." ކައުސަރު ބުންޏެވެ. " ޝަހާ ދާންވީނު އަދީމް ގޮވައިގެން..."

ބޯޖަހައިލުމަށްފަހު ޝަހާ ގޮސް އަދީމްގެ އަތުގައު ހިފައިލިއެވެ. ވަރަށް ލޯބިން ދާން ހިނގާށޭ ބުނެލިއެވެ. އަދީމް އެއްވެސް މާނައެއް ނުވާ ބެލުމަކުން ޝަހާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާގެ އަތް ދަމައިގަތީ ކުއްލިއަކަށެވެ. އެހިނދު ޝަހާގެ އިތުރުން އެތާ ތިިބި އެންމެންނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" ކުރިންވެސް ހުރި ހެން އަހަރެން ހުންނާނީ މިގޭގަ.. އަހަރެން އެގެ ދޫކޮށް އައިތާ ކިތަންމެ ދުވަހެއް.." ޝަހާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އަދީމް ބުންޏެވެ.

" އަދީމް ކޮންކަހަލަ ވާހަކަތަކެއްތަ ތިދައްކަނީ؟ އަހަރެން ދެކެ ކަމަކާ ހިތްހަމަނުޖެހުނީތަ؟ އެހެންވެއްޖެނަމަ ވާހަކަ ދައްކައިގެން އެކަން ހަައްލު ކުރެވިދާނެ.. އެކަމަކު މިވަގުތު އަދީމް އަރާމުކުރުން ވަރަށް މުހިންމު.." އަނެއްކާވެސް އަދީމް ކައިރިއަށް ޖެހިލާ އޭނާގެ ކޮނޑުގައި ފިރުމައިލަމުން ޝަހާ ބުންޏެވެ. މިފަހަރުވެސް އަދީމް ޝަހާ އާ ދުރަށް ޖެހިލިއެވެ.

" ހިތްހަމަނުޖެހުނީއެއް ނޫން.. އަހަރެން ޝަހާއަށް ނަފްރަތު ކުރަން.. " އަދީމް ބުނެލިއެވެ. ޝަހާގެ ހިތަށް އަދީމްގެ އެބަސް ހެރުނީ ރުވާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. އިސާހިތަކު ޝަހާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ކައުސަރުވެސް އަދީމްއާ ދިމާލަށް ބަލަހައްޓައިގެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. މައިރާވެސް އޭނާ ކުރަން ހުރި މަސައްކަތް ހުއްޓައިލުމަށްފަހު އައިސް ޝަހާ ކައިރިއަށް ހުއްޓުނެވެ.

" ދަރިފުޅު ކޮންކަހަލަ ވާހަކަތަކެއްތަ ތިދައްކަނީ؟ ޝަހާ ދެކެ ދަރިފުޅު ލޯބިވާވަރު މިތާ ތިބި އެއްވެސް މީހަކަށް އޮޅިފައެއް ނުވޭ.." ކައުސަރު ބުންޏެވެ.

" ތީ ސަމާސާއެއް ކަމަށްވަންޏާ އަހަރެންނަށް ތި ސަމާސާ ކަމަކު ނުދޭ.. " ކުރެހިފައިވާ އަޑަކުން ޝަހާ ބުންޏެވެ.

" މީ ސަމާސާއެއް ނޫން.. މިހާރުދެން އަހަރެންނަށް މާ ހެޔޮއެދިގެން ކަމަށް ހެދިގެން އުޅޭނެކަމެއް ނެތް.. ހީކުރިން ކޮންމެ ފަދަ ހާލަތެއްގައިވެސް ޝަހާ އަހަރެންނަށް އިތުބާރު ކުރާނެ ކަމަށް.. އެކަމަކު އެހެނެއްނުވި.. ދެން އަހަރެން ބޭނުމެއް ނޫން ޝަހާއާ އެކު އުޅޭކަށް.. " އަދީމް ބުނެލިއެވެ.

" އަދީމް ޕްލީޒް ތިކަހަލަ ވާހަކަ ނުދައްކަބަލަ.. ހަނދާން ނެތުނީތަ އެކްސިޑެންޓް ވުމުގެ ކުރިން އަހަރެމެން ދެމީހުންގެ ދެމެދު ހުރިހާ ކަމެއް ރަނގަޅުވިކަން.. " އަދީމް ކައިރިއަށް ޖެހިލާ އޭނާގެ އަތުގައި ހިފައިލަން މަސައްކަތް ކުރަމުން ޝަހާ ބުންޏެވެ. ނަމަވެސް އޭގެ ކުރިން އަދީމް ޝަހާއާ ދުރަށް ޖެހުނެވެ.

" އަހަރެން ޝަހާ ކައިރީގައި ކިހާ އަދޭހެއް ކުރިން.. އަހަރެންނަށް އިތުބާރުނުކޮށް ޝަހާ އިތުބާރުކުރީ ޝެރީންއަށް.. މިތަނުން ދޭ.. އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ.. ޝަހާ ބޭނުންވިގޮތަށް އަހަރެން ދެން ޝަހާއާ ބައްދަލުކުރާނީ ކޯޓުން.." އަދީމް ބުނެލިއެވެ.

" ދަރިފުޅާ... " ލިބުނު ހިތްހަމަނުޖެހުމުގައި ކައުސަރަށް ބުނެވުނެވެ. އޭރު ޝަހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކައިރީގައި ހުރި މައިރާ ޝަހާގެ ބުރަކަށީގައި ފ

" އަދީމް ތިކަންތައް ކުރަނީ ރަނގަޅަކަށް ނޫން.. ތިދެމެދުގައި ވީކަމެއްވީ ބަޔަކު މީހުން ރާވައިގެން ކުޅުނު ކުޅިގަނޑެއްގެ ސަބަބުން.. ތި ހަދަން އުޅެނީ ބޮޑު ގޯހެއް.. ޝަހާ ކަހަލަ އަނތްބަކު ދެން އަދީމަކަށް ނުލިބޭނެ.. ރެޔާދުވާލު ޝަހާ ހޭދަކުރީ އަދީމަށް ޙިދުމަތް ކުރުމުގަ..." ފާތިކް ކުރިއަށް ޖެހިލަމުން ބުންޏެވެ.

" އޯހް ޕްލީޒް.. ތިކަހަލަ ނަސޭހަތްދޭން ތީ މާ ރަނގަޅު މީހެއް ނޫން.. " އަދީމް ބުނެލިއެވެ. މީގެ ކުރިން ދުވަހަކުވެސް ފާތިކާ އެމޭރުމުން އަދީމް ވާހަކަ ދައްކާފައެއް ނުވެއެވެ. އެކަމަކުގެ ސަބަބުން ތަނުގައި ތިބި މީހުންނަށް ލިބިފައިވާ ހައިރާންކަން އިތުރުވެފައިވިއެވެ. އިތުރު މީހަކަށް ވާހަކަ ދައްކަން ފުރުސަތު ނުދީ އަދީމް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.

" އަދީމް އަލުން ގޮސް ޑޮކްޓަރަށް ދައްކަންވީ.. ސިކުނޑީގަ މައްސަލައެއް އުޅެނީ ކަންނޭނގެ.. " ފާތިކް ހިތްހަމަނުޖެހިފައި ބުންޏެވެ. އަދީމް އެމޭރުމުން އޭނާއާ ވާހަކަ ދެއްކުމުން އައި ރުޅީގައި އެހެން ބުނެވުނީއެވެ.

" ތިކަހަލަ ވާހަކަ ނުދައްކާ ފާތިކް.." ކައުސަރު ބުންޏެވެ. ޝަހާ އޭނާގެ ދެލޯ ފޮހެލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އެހާ އަވަހަށް ހިތްވަރު ދެރަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ،

" މަންމާ!! ހުއްދަ އޮތިއްޔާ އަހަރެންނަށް މިގޭގަ ހުރެވިދާނެތަ؟ އިރާދަކުރެއްވިއްޔާ އަހަރެން އަދީމްގެ ލޯބި އަލުން ކާމިޔާބު ކުރާނަން.. " ކައުސަރު ކައިރިއަށް ޖެހިލަމުން ޝަހާ އެދުނެވެ.

" ޔަގީނެއްނު.. މީ ޝަހާގެވެސް ގެ ހަމަ.. ދަރިފުޅު ބޭނުން ދުވަހެއްވަންދެން މިގޭގަ ހުރެވޭނެ.. ކަމީލާ އުޅުނު ކޮޓަރި ހުންނާނީ ހުސްކޮށް.. " ޝަހާގެ އަތުގައި ފިރުމައިލަމުން ކައުސަރު ބުންޏެވެ.

*************

މަސައްކަތެއްގެ ތެރެއަށް ގެއްލިފައި ހުސެން އޭނާގެ ކެބިން ގައި އިނެވެ. ދޮރުގައި ޓަކި ޖަހައިލި އަޑަށް ކުރިމަތީގައި ހުރި ލެޕްޓޮޕްގެ ސްކްރީނުން ނަޒަރު ވަކި ކޮށްލުމަށްފަހު ދޮރާ ދިމާލަށް ބަލައިލިއެވެ. ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ޝެރީންއެވެ. ހުސެން ހީނލުމުންވެސް ޝެރީންގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެނުނެވެ. އޭނާ ޝަހާ ކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދިންފަހުން ޝެރީން ހުންނާނީ އޭނާ ދެކެ ރުޅިއައިސްފައެވެ.

" ކަމެއް ކޮށްދޭން ވެއްޖެ.." ހުސެން އިން މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީންނަމުން ޝެރީން ބުންޏެވެ.

" ތިހާ ރުޅިއައިސްފައި ބުނީމަ ކިހިނެއް ކޮށްދޭނީ.؟ ހެހެހެ" ސަމާސާ އެކުލެވިފައިވާ ރާގެއްގައި ހުސެން ބުންޏެވެ.

" ކިތަންމެ ރުޅި އައިސްގެން ބުންޏަސް ކޮށްދޭން ޖެހޭނީ.. އެހެންނޫނީ ހުސެންއަށް ދުވަހަކުވެސް އަހަރެން މައާފެއް ނުކުރާނަން.." އެއްފައި މައްޗަށް އަނެއްފައި އަރުވައިލަމުން ޝެރީން ބުންޏެވެ. ދެންވެސް ހުސެން ކައިރިއަށް ލާނެތް ހިންޏެކެވެ. މައާފަށް އެދެން ޖެހޭ ވަރުގެ ނުކުރަން ކަމަށް ބުނެލީ ޝެރީންއާ ދިމާލަށް އެއްލޯ މަރައިލަމުންނެވެ. އެހިނދު ޝެރީންވެސް ތުންފަތުގެ އެއްކަނުން ހީނލިއެވެ.، އޭނާގެ ފޯނު ހުޅުވައިލުމަށްފަހު ހުސެންއަށް އޭނާގެ ފޯނު ސްކްރީން ދައްކައިލިއެވެ. ހުސެންގެ މޫނުގައިވާ ލާނެތްކަން ނުތަނަވަސްކަމަށް ބަދަލުވާން މާގިނައިރެއް ނުނެގިއެވެ.

" ކިހިނެއް ތިފޮޓޯ ފެނުނީ.. ؟ އަހަރެންގެ ފޯނު ހޭވީ ކޮންއިރަކު؟" ހުސެން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

" އަދިވެސް ހުސެންތަ ރުޅި އަންނަންވީ؟ އަހަރެންގެ ހުއްދަ ނެތި މިފަދަ ފޮޓޯއެއް ނެގީމަ އަހަރެންނެއް ނޫންތަ ރުޅިއަންނަންވީ... ހީކުރީތަ މިކަހަލަ ފޮޓޯއެއް ނަގައިގެން އަހަރެންނަށް ބިރު ދެއްކޭނޭ.. " ޝެރީން ބުނެލިއެވެ. " ހަހަހަ.. އެކަމަކު ހުސެންއަށް ވުރެ ކުރިން އަހަރެން މިފޮޓޯގެ ބޭނުން ހިފައިފިން.. އަސްލު ތެންކްސް.. "

" ވަޓް ޑިޑް ޔޫ ޑޫ ޝެރީ..." ހުސެން އަހައިލިއެވެ.

" ކީއްކުރަން އެޔެއް ބަލަނީ..؟ ހުސެން އަހަރެންނަށް ކޮށްދެންވި ކަމެއް ބުނަންވީތަ؟" ޝެރީން އަހައިލިއެވެ. ޝެރީންގެ އެމަކަރުވެރި މޫނަށް ބަލަން އިނދެ ކޮންކަމެއްތޯ ހުސެން ސުވާލުކޮށްލިއެވެ.

" މިހާރު އެއްފަހަރު އަހަރެންގެ ރޭވުން ނާކާމިޔާބުކޮށްލައިފިން.. މިފަހަރު އަހަރެން ކޮންމެ ކަމެއް ކުރިޔަސް ހަނު ހުންނަންވީ.. ހުސެން ހަޤީޤަތަށްވެސް އަހަރެން ދެކެ ލޯބިވަންޏާ މިވަރުގެ ކަމެއް އަހަރެންނަށް ކޮށްދޭނެ.." ޝެރީން ބުނެލިއެވެ.

" އަހަރެން ކިހިނެއް އެހެންހުންނާނީ.. ޝެރީން އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލަން އަހަރެންނަށް ކެތެއް ނުވާނެ.." ހުސެން ބުންޏެވެ. ޝެރީން މަޑުމަޑުން ތެދުވެގެން ހުސެން ކައިރިއަށް އައިސް ހުއްޓުނެވެ. ވަރަށް ލޯބިން ހުސެންގެ މޫނުގައި ފިރުމައިލިއެވެ. ހައިރާންވެފައި ހުސެންއަށް ބަލަން އިނދެވުނީއެވެ.

" ހުސެން.. އަހަރެންނަށް އެނގެޔޭ ހުސެން އަހަރެން ދެކެ ވަރަށް ލޯބިވާކަން.. އަހަރެންވެސް ހުސެން ދެކެ ލޯބިވެޔޭ.. ހުސެން ހީކުރީތަ އަހަރެން އަދީމްއާއެކު އުމުރު ދުވަހަށް އުޅެން ބޭނުންވަނީއޭ.. އެހެނެއް ނޫން.. އަހަރެން ބޭނުންވަނީ އަހަރެންނަށް އަދީމް ކާމިޔާބު ކުރެވޭނެކަން އެޝަހާއަށް ދައްކާލަން.. އަހަރެންގެ ބޭނުން ފުދުމާއެކު އަހަރެން އެނބުރި އަންނާނީ ހަމަ ހުސެން ކައިރިއަށް.." ޝެރީން ބުނެލިއެވެ. ޝެރީންގެ ދުލުން އޭނާގެ ދެކެ ލޯބިވާ ވާހަކަ ބުނުމާއެކު ހުސެންއަށް ލިބުނީ ބަޔާން ކުރަން ދަރި އުފަލެކެވެ. ކުއްލި ހަރަކާތަކާއެކު ޝެރީންގެ އަތުގައި ހިފައި ގެނެސް އޭނާގެ އުނގުގައި ޝެރީން ބޭންދިއެވެ.

" ހަމަ ރަނގަޅަށްތަ ތިބުނީ.. އަހަރެން ގޯނި ފުލަށް ލަނީތަ؟" ހުސެން އަހައިލިއެވެ.

" ނޫނެކޭ ބެއިބީ.. ހަމަ އަސްލުވެސް އަހަރެން ބޭނުމީ ހުސެން.. ޤަބޫލުކޮށްބަލަ.. ޕްރޮމިސް އަހަރެން އެނބުރި ހުސެން ކައިރިއަށް އަންނާނަން.." ޝެރީން ބުންޏެވެ. އެހިނދު ހުސެންގެ ތުންފަތްމައްޗަށް މާނަފުން ހިނިތުންވުމެއް ވެރިވިއެވެ. ކުރިއަށްވުރެ ބޮޑަށް ޝެރީން އޭނާއާ ކައިރިކޮށްލަމުން ބޯޖަހައިލިއެވެ.

***********

ރޭގަނޑު ކެއުން ހިފައިގެން އަދީމްގެ ކޮޓަރިއަށް ޝަހާ ވަނެވެ. އެއްއަރިއަކަށް އެނދުގައި އޮތް އަދީމްއަށް ޝަހާ ގޮވައިލިއެވެ. އެހެނަސް އަދީމް ބަލައެއް ނުލިއެވެ. ހޭލާ އޮތްކަން ޝަހާއަށް އެނގުނީ އަދީމްގެ ދެލޯ ހުޅުވިފައި އޮތުމުންނެވެ. އަދީމްގެ އެފަދަ އަމަލުތަކުން ޝަހާ އިންތިހާއަށް ދެރަވެއެވެ. އެހެންނަމަވެސް ޝަހާ ކެތްތެރިވިއެވެ.

" މިހިރީ ކާއެއްޗެހި.. ކައިގެން ނިދަންވާނީ.. ހެނދުނުން ތަށިތައް ބަލާ އަހަރެން އަންނާނަން.." ޝަހާ ބުނެލިއެވެ. އެއަށްފަހު ކާއެއްޗެހި ޓްރޭ ގެންގޮސް ސައިޑް ކަބަޑުމަތީގައި ބެހެއްޓިއެވެ. އަދިވެސް އެއްފަހަރު އަދީމަށް ބަލައިލުމަށްފަހު ކޮޓަރިން ނިކުމެ ދޮރު ލައްޕައިލިއެވެ.

************

ޝަހާ އޭނާގެ ކޮޓަރިއަށް ވަންއިރު ޑްރެސިންގް ޓޭބަލް ކައިރީގައި ކޮންމެވެސް ކަމެއް ކުރަން ކަމީލާ ހުއްޓެވެ. އެތެރެއަށް ވަންނަމުން ޝަހާ ކަމީލާއަށް ގޮވައިލިއެވެ. އެނބުރި ބަލައިލަމުން ކަމީލާ ހީނލިއެެވެ. އޭނާ އައީ ކޮންމެވެސް އެއްޗެއް ބަލާ ކަމުގައި ބުނެލިއެވެ.

" ސޯ.. ކައްމި ހެޕީތަ؟ އަލީފް ރަނގަޅުތަ ކައްމިއަށް.. ؟" އެނދުގައި އިށީންނަމުން ޝަހާ އަހައިލިއެވެ.

" އަލީފް ވަރަށް ރަނގަޅު.. މާމަ ވެސް ކައްމި ދެކެ ވަރަށް ލޯބިވޭ.. މާމަގެ ކަމަކީ އަބަދު ކައްމިއަށް މީރުކޮށް ކައްކާފަ ކާންދިނުން.. ގިނަދުވަހެއް ނުވެ ކައްމި ޕޫ ބެއަރ އަކަށް ވެދާނެ ކަންނޭނގެ.. ހެހެހެ.." ޝަހާ އާ ދިމާލަށް އެނބުރެމުން ކަމީލާ ބުންޏެވެ. އެއަށްފަހު ގޮސް އެނދުގައި ޝަހާ ކައިރީގައި އިށީނެވެ.

" އެކަމަކު ތިއްތި ކަންތައް ކުރާ ގޮތުން ކައްމި މިހުންނަނީ ވަރަށް ދެރަވެފަ.. ކުއްލިއަކަށް ތިއްތިއަށް އެހާ ބޮޑު ޗޭންޖްއެއް ނާންނާނެ ދޯ ހަމަ ހުރެލާފަ.. ކައްމިއަށް ހީވަނީ ހަމަ އެނުލަފާ ޝެރީންގެ ކަމެއްހެން.. "

ޝަހާ ވަކި އެއްޗެއް ނުބުންޏެވެ. ހުދު އޭނައަށްވެސް އެއީ ޝެރީންގެ ކަމަކާ މެދު ޝައްކެވެ. އަދީމް ހޮސްޕިޓަލުގައި އޮތް ހާ ދުވަސްތަކުގައި އެތަނަށް ޝެރީން ކައިރިިޔަ ނުދޭން ކުރެވުނުހާ މަސައްކަތެއް އޭނާ ކުރިއެވެ. ނަމަވެސް ޝެރީން އަދީމްއާ ބައްދަލުކޮށް ވާހަކަތަކެއް ދައްކާފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަދީމްއަށް އެހާ ބޮޑު ބަދަލެއް އައީ އެދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ކުއްލިއަކަށް ދޮރަށް އެރި މައިރާއަށް ބަލައިލީ ޝަހާއައި ކަމީލާ އާ އެކުއެކީގައެވެ.

" ހިނގާބަލަ އަވަހަށް.. ޝެރީން އައިސް އެބަހުރި.." މައިރާ ބުނެލިއެވެ. ޝަހާ ކައިރިއަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މައިރާގެ ފަހަތުން ހިނގައިގަތްއިރު ޝެރީންއާ މެދު ކަންތައް ބަހައްޓަންވީ ގޮތް ހިތުގައި ރާވައިލިއެވެ. ޝަހާ ދިޔައިރު ކައުސަރު ޝެރީންއާ ދިމާލަށް ހަޅޭއްލަވަނީއެވެ.

" ކަލޭ މިގެއާ ހިސާބަށް އަންނަން ކެރުނުކަން ދޯ.. އިލޮށިފަތިން ތަޅައި ނުގަންނަނިސް ހަމަ މިހާރު މިގެއިން ނިކުމޭ..." ކައުސަރު ބުނެލިއެވެ.

" ކިހިނެއްވީތަ މާ އަޑުގަދަ ވަނީ...؟" މިސްކިތުން އައިސް ވަން ރާފިގު ބުންޏެވެ. ސިޓިންގްރޫމުގައި ހުރި ޝެރީން ފެނުމާއެކު އޭނާގެވެސް ދެބުމަ ގޮށްޖެހުނެވެ. " ކީއްކުރަން މިގެއަށް ތިއައީ؟ މާ ކަންތައް ބޮޑު ނުކޮށް މިތަނުން ދޭ.. "

" ރިލޭކްސް ބޭބޭ.. މަންމަ ހަމަޖެހިބަލަ.." ދެއަތް އުރާލައިގެން ހުރި ޝެރީން ބުނެލިއެވެ. " އަހަރެން ވާހަކައެއް ދައްކަން ވެގެންނޭ މިއައީ..."

" ކަލޭ ދައްކާ ވާހަކަ އަޑު އަހާނޭ އެއްވެސް މީހަކު މިތަނަކު ނެތް.. މިތަނުން ދާން އުޅޭ ޝެރީން.. އެހެންނޫނީ ކަލޭ ގައިގައި ތަޅައިގަންނާނީ އިލޮށިފަތިންނެއްވެސް ނޫން.. އަހަރެންގެ މިދެއަތުން.." ކަމީލާ ކުރިއަށް ޖެހިލަމުން ބުންޏެވެ.

" ބުނަންތަ ވާހަކައެއް ޝެރީން.. އިތުރަށް މިގޭގެ ހަމަޖެހުން ނަގާނުލާ ނިކުމޭ މިގެއިން.. އެހެންނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ.." ޝަހާވެސް ބުނެލިއެވެ.

" ކަލޭމެން ތިކަހަލަ ބޭކާރު އިންޒާރުތަކެއް ދިނަސް އަހަރެން ބިރެއް ނުގަނޭ.. އަހަރެން މިތަނަށް މިއައީ އަހަރެންގެ ހައްޤު ހޯދަން.. އަހަރެން ދާނީ އަހަރެން ހައްޤު މިލްކުކޮށްގެން.." ޝެރީން ބުނެލިއެވެ.

" ހައްޤޭ؟ ކަލޭގެ އެއްވެސް އެއްޗެއް މިގެއަކު ނޯންނާނެ.. " ޝަހާ ބުންޏެވެ.

" އަހަރެންގެ ހައްޤެއް ނޯވެދާނެ.. އެކަމަކު........... އަހަރެންގެ ބަނޑުގައި މިއޮތް ދަރިފުޅުގެ ހައްޤު އަހަރެންނަށް ލިބެން އޮތީ  މިގެއިން... " ޝެރީންގެ ފަހު ޖުމްލަ އެތަނުގައި ބޮމެއް ގޮއްވައިލި ފަދައެވެ. އަޑު ގަދަވެގެން ކޮޓަރިން ނިކުތް ފާތިކްގެ ވެސް ދެފައިގާ ތަޅެއް ލެވުނު ފަދައެވެ. ގުޑިލަންވެސް ނޭނގިފައި ދެލޯ ބޮޑުކޮށްގެން ކައުސަރަށް ހުރެވުނީއެވެ. ކަމީލާއަށް އަނގަމަތީގައި އަތް އަޅައިލެވުނުއިރު ޝަހާއަށް ކައިރީގައި ހުރި މައިރާގެ އަތުގައި ހިފުނެވެ. ޝެރީންގެ އޭނާގެ ދަބަހުން ސިޓީ އުރައެއް ނެގުމަށްފަހު ޝަހާއަށް ދިއްކޮށްލިއެވެ. އެސިޓީ އުރައިގައި ހިފީ މައިރާއެވެ. ސިޓީއުރަ ކަނޑައިލުމަށްފަހު އޭގެއަށް ބަލައިލި ހިނދު ޝެރީންގެ ވާހަކައިގެ ތެދުކަން އޭނާއަށް އެނގުނެވެ.

" ޕޮޒިޓިވް...." ޝަހާއަށް ބަލައިލަމުން މަޑުމަޑުން މައިރާ ބުންޏެވެ.

" އާނ..!! އަހަރެން މިއިނީ އަދީމްގެ ދަރިއަކަށް ބަލިވެ.." އޭނާގެ ބަނޑުގައި އަތް ޖައްސައިލަމުން ޝެރީން ބުންޏެވެ. އެހސާބުން ޝަހާ ކައިރިއަށް އައިސްފައިވާ ރުޅިގަނޑު ފަޅައިގެން ދިޔަ ކަހަލައެވެ. ކުއްލިއަކަށް ޝެރީން ކައިރިއަށް ޖެހިލުމަށްފަހު ޝެރީން ގައިގައި ޖެހުމަށް އަތް އުފުއްލައިލެވުނެވެ. އެވަގުތު ޝެރީންއަށް ދެލޯ މަރައި ބާރުކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް ޝެރީންގެ މޫނުގައި ޝަހާގެ އަތްތިލަ އިހުސާސްވުމުގެ ކުރިން ކޮންމެވެސް މީހަކު ޝަހާގެ އަތުގައި ހިފެހެއްޓިއެވެ. ފެންކަޅިވެފައިވާ ދެލޮލުން އެމީހަކާ ދިމާލަށް ޝަހާ ބަލައިލިއެވެ.

" ޙަބަރުދާރު ޝަހާ!!! އަހަރެންގެ ވާން އުޅޭ ދަރިފުޅުގެ މަންމަ ގައިގައި އިނގިލި ކުރިވެސް ޖައްސާލައިގެންވެސް ނުވާނެ..." ޝަހާގެ އަތުން ދޫކޮށްލަމުން އަދީމް ބުންޏެވެ. ޝެރީންގެ ތުންފަތަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެވެކެވެ. ޝަހާއާ ދިމާލަށް އ ޝަހާއަށް އޭނާގެ ހިތް ފޮތިފޮތިވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

" އަދީމް ކީކޭތަ ތިކިޔަނީ؟ އަހަރެމެން އެންމެނަށްވެސް އެނގޭ މިއަންހެނާއާއި އަދީމްއާ ދެމެދު އެއްވެސް ކަމެއްނުވާކަން.. " ފާތިކް އަދީމް ކައިރިއަށް ހުއްޓެމުން ބުންޏެވެ.

" މިދޭތެރެއަށް ކަލޭ ނުވަނިއްޔާ ރަނގަޅުވާނީ ފާތިކް..." ރަތްވެފައިވާ ދެލޮލުން ފާތިކްއާ ދިމާލަށް ބަލައިލަމުން އަދީމް ބުންޏެވެ. އަދީމްގެ ލޮލުން ފާތިކަށް ފެނުނީ ރުޅިއާއި ނަފްރަތެވެ. އެފަދަ ގޮތަކށް ދުވަހަކުވެސް އަދީމް އޭނާއާ ދިމާލަށް ބަލާލާފައި ނުވެއެވެ. ކައުސަރުގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓެން ދިޔަ ހިނދު ހިފެހެއްޓީ ކައިރީގައި ހުރި ރާފިގެވެ.

" އެއްވެސް މީހަކު ރުހުނަސް ނުރުހުނަސް އަހަރެން މިއުޅެނީ........ ޝެރީ އާ ކައިވެނިކުރަން.. އަހަރެންނަށް އެނގޭ މިގޭ އެއްވެސް މީހެއްގެ ރުހުމެއް ނުލިބޭނެކަން.. އަހަރެންގެ ވާން އުޅޭ އަންހެނުންނަށް މިގެއިން ޖާގަ ނެތިއްޔާ އަހަރެންވެސް މިގެއަކު ނުހުންނާނަން.. ހިނގާ ދާން ޝެރީ..." ޝެރީންގެ އަތުގައި ހިފައިލަމުން އަދީމް ބުންޏެވެ. އަދީމް ޝެރީންގެ އަތުގައި ހިފައިލި މަންޒަރު ބަލަން ހުރި ޝަހާގެ ހިތުގެ އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔަ ފަދައެވެ. އަދީމް ޝެރީންއާ އެކު ނިކުމެގެން ދާން ފެށުމުން ޝަހާއަށް ބާރަށް ރޮއެގަނެވުނެވެ. އެހިނދު މައިރާ އާއި ކަމީލާ ދެފަރާތުން އައިސް ޝަހާ ގައިގައި ހިފަހައްޓައިލިއެވެ.

-ނުނިމޭ-

  1. ސިމާ

    ވ ވ ރީތި.ޝެރީން ނަށް ވަރުގަދަ ބޮނޑި އެއް ދޭނެ

  2. މާމާ

    މިހާރު ކިހިނެއްތަ މި ވަނީ.. ސޭޑު

  3. ފާތުން

    ވވ ރީތި އަޅެދެންވާނީ ކިހިނެއްބާ

  4. އޯއި

    ދެން ކަޑަ މިހިސާބަށް ދިޔައީމަ