ޚަބަރު ސިޔާސީ

ކުރެންދޫގެ ބައިއިލެކްޝަން ޕީޕީއެމްއިން ކާމިޔާބުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޅ.ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައިއިލެކްޝަން އިދިކޮޅު ޕީޕީއެމްއިން ކާމިޔާބުކޮށްފިއެވެ.

Ads by MWSC

މި އިންތިޚާބުގައި ވާދަކުރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމާއި އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއީލް މަދީހެވެ.

އިސްމާޢީލް މަދީޙް މި އިންތިޚާބު ކާމިޔާބުކުރީ 49 ވޯޓްގެ ތަފާތުންނެވެ.

މި އިންތިޚާބުގައި ޖުމްލަ 3 ފޮއްޓެއް ބަހައްޓައިފައި ވެއެވެ. އެއީ ކުރެންދޫގައި ބެހެއްޓި ދެ ފޮއްޓާއި މާލޭގައި ބެހެއްޓި ފޮއްޓެވެ.

ކުރެންދޫގައި ބެހެއްޓި ދެ ފޮށީގެ ޖުމްލައަށް ބަލާއިރު އެމްޑީޕީގެ ކެނޑިޑޭޓް 366 ވޯޓް ހޯދައިފައި ވެއެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް 380 ވޯޓް ހޯދައިފައިވެއެވެ. މާލޭ ފޮށިން އެމްޑީޕީގެ ކެނޑިޑޭޓް 200 ވޯޓް ހޯއްދެވިއިރު ޕީޕީއެމްގެ ކެނޑިޑޭޓް ވަނީ 235 ވޯޓް ހޯއްދަވައިފައެވެ.

ކުރެންދޫ ކައުންސިލްގައި މިހައިތަނަށް ތިއްބެވީ އެމްޑީޕީގެ ފަސް މެމްބަރުންނެވެ. މި އިންތިޚާބާ އެކު ޕީޕީއެމްއަށް ވަނީ އެ ރަށު ކައުންސިލް ރައީސްގެ ގޮނޑި ލިބިފައެވެ.

މިއަދު އިންތިޚާބު ކުރި އިސްމާއީލް މަދީޙް ވަނީ މީގެ ކުރިން ވެސް ކުރެންދޫ ކައުންސިލްގެ ރައީސްކަން ކުރައްވައިފައެވެ.

ކުރެންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުލްޣަނީ ވެސް ނިސްބަތް ވަނީ އެމްޑީޕީއަށެވެ. ހައިކޯޓުން ދާދި ފަހުން ކުރެއްވި ސާބިތު ދަރަނީގެ މައްސަލައެއް ޣަނީގެ މައްޗަށް ސާބިތުވެ އޭނާގެ ގޮނޑިއާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!