Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

މިކަން ފެށީ ރައީސް ނަޝީދުގެ އެހީތެރިކަމާ އެއްކޮށް: ފައްޔާޒު

މިކަން ފެށީ ރައީސް ނަޝީދުގެ އެހީތެރިކަމާ އެއްކޮށް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލީ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް އެހީތެރިކަމާ އެއްކޮށްކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ޗެއާޕަރސަންކަމުގެ ކެމްޕެއިނަށް އިއްޔެ ގއ. ފަރެސްމާތޮޑާއަށް ވަޑައިގެން، ކެމްޕެއިނު ޓީމާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ޗެއާޕަރސަންގެ މަގާމަށް ކުރިމަތިލީ ރައީސް ނަޝީދު ބާކީކޮށް، އެކަހެރިކޮށް، ޕާޓީއިން ބޭރުކުރަން ނޫން ކަމަށެވެ. އަދި އެފަދަ ވިސްނުމެއް، އެ މަގާމަށް ވާދަކުރުމުގެ ކުރިން ވެސް އަދި މިހާރު ވެސް ނުގެންގުޅުއްވާ ކަމަަށް ފައްޔާޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

”ރައީސް ނަޝީދު ބާކީ ކުރާކަށް ވެސް، އެކަހެރި ކުރާކަށް ވެސް، ޕާޓީއިން ބޭރުކުރާކަށް ވެސް، އެއްވެސް ކަހަލަ ނިޔަތެއް އޮވެގެން ނޫން އަޅުގަނޑު މިކަން ފެށީ، އަޅުގަނޑު މިކަން ފެށީ ރައީސް ނަޝީދުގެ ވެސް އެހީތެރިކަމާ އެކު، ދެން ޚިޔާލު ފަހުން ބަދަލުވީ” ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭނާ މަސައްކަތް ކުރާނީ ޕާޓީ އެކައްޗަކަށް ހަދައިގެން ޕާޓީގެ ރައީސްއާއި، އިސްލީޑަރާ އެއްކޮށް ޕާޓީގެ މަޖިލީސް މެންބަރުންނާއި ދާއިރާގެ ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި އަދި އާންމު މެންބަރުންނާ އެއްކޮށް އެކައްޗެއް ކިޔައިގެން ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އޭނާއަކީ ސިޔާސީ މީހެއް ކަމަށާއި އިލެކްޝަނަކުން ބަލިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި “ޗެއާޕާސަންކަމަށް ނުކުތުމުގައި ފަހަތަށް ޖެހެވެން ނެތް”ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް