ދުނިޔެ

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ރަޝިއާ މިއަދު ސަސްޕެންޑުކޮށްފިއެވެ.

Ads by WAMCO

އެ ކައުންސިލުން ރަޝިއާ ސަސްޕެންޑު ކޮށްފައިވާކަން އިއުލާނު ކޮށްފައި ވަނީ، މިއަދު ބޭއްވި އ.ދގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ބުނީ، އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑު ކުރަން ނިންމައިފައި މިވަނީ، ރަޝިއާއިން ޔޫކްރެއިނަށް ގަވާއިދާ ޚިލާފަށް ސިފައިން ފޮނުވައި އިންސާނީ ހައްގުތަކާ ޚިލާފުވެ ހަނގުރާމަ ފަށައިފައިވާތީ ކަމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑު ކުރުމަށް 93 ގައުމަކުން ވޯޓު ދީފައިވާއިރު، 24 ގައުމަކުން ވޯޓު ދިނީ އެ ކައުންސިލުން ރަޝިއާ ސަސްޕެންޑު ނުކުރުމަށެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދޭ 58 ޤައުމެއް ވެސް މިއަދުގެ އެ ޖަލްސާގައި ހިމެނުނު ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ޤައުމުތައް ސަސްޕެންޑު ކުރުމަކީ އެ ކައުންސިލުން ވަރަށް މަދު ފަހަރަކު ކުރާ ކަމެއް ކަމުގައި ވެސް ރިޕޯޓުތަކުން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން 2011ވަނަ އަހަރު ލީބިޔާ ސަސްޕެންޑު ކޮށްފައިވެއެވެ. އެ ޤައުމު ސަސްޕެންޑު ކުރީ އެއިރު ލީބިޔާގެ ވެރިކަން ކުރި ލީޑަރު މުއައްމަރު ގައްޛާފީއާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކަށް، ސަރުކާރުގެ އެންގުމާ އެކު ސަލާމަތީ ބާރުތަކުން ލާއިންސާނީ ބާރުގެ ބޭނުން ކުރުމާ ގުޅިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!