ބޮލީވުޑް މުނިފޫހިފިލުވުން

ހަފްލާއެއްގެ ތެރެއިން ކަރަން، ރާކީއަށް ސަމާލުކަން ނުދިނުމުން ފާޑުކިޔަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިއަހަރު ސިނަމާގައި އެޅުވި އެންމެ ކާމިޔާބު ފިލްމު "އާރްއާރްއާރް"ގެ ކާމިޔާބީ ފާހަގަކުރުމަށް ބުދަ ދުވަހު ވަނީ ބޮޑު ހަފްލާއެއް ބާއްވައިފައެވެ. އާމިރް ހާންއާއި ކަރަން ޖޯހަރުގެ އިތުރުން ވެސް ބޮލީވުޑްގެ ވަރުގަދަ ޝަހުސިއްޔަތުތައް ބައިވެރިވި މި ހަފްލާގައި އެންމެންގެ ސަމާލުކަން ހޯދި އެކަކީ ރާކީ ސާވަންތެވެ.

Ads by Hajj Corporation

ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީއާއި ރާމް ޗަރަން އަދި ޖޫނިއަރ އެންޓީއާރު ހޮސްޓުކުރި މިހަފްލާގެ ތެރެއިން ރާކީ ވަނީ ވީޑިއޯއެއް ކޮށް އިންސްޓަގްރާމްއަށް ލައިފައެވެ. އެވީޑިއޯގައި ފަހަރަކު މީހެއްގެ ކައިރިއަށް ހުއްޓި ރާކީ ވާހަކަ ދައްކައެވެ.

ރާމް ޗަރަން، ޖޫނިއާ އެންޓީއާރު އަދި އާމިރާ ވެސް އެވީޑިއޯގައި ރާކީ ވާހަކަ ދައްކައެވެ. ވީޑިއޯގެ ތެރެއިން ރާކީ ކަރަން ކައިރިއަށް ވެސް ހުއްޓެއެވެ. އެހެން ނަމަވެސް ކަރަން ރާކީއަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެއެވެ. އޭގެ ބަދަލުގައި ކަރަން ދިޔައީ އެހެން މީހަކާ ވާހަކަ ދައްކަމުންނެވެ.

މިވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެގެން ދިޔައެވެ. އެއާ އެކު އާންމުންގެ ފާޑުކިޔުންތައް ކަރަންއަށް އަމާޒުވިއެވެ. ރާކީއަކީ ބޮޑު އެކްޓްރެސްއަކަށް ނުވުމުން ކަރަން ސަމާލުކަން ނުދިނީކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ.

މިއާ އެކު ރާކީއާ މިކަމާ ގުޅިގެން ސުވާލު ކުރެވުނެވެ. އޭނާ ބުނީ ކަރަން ސަމާލުކަން ނުދިނީ ނޫން ކަމަށާއި އޭރު ކަރަން ހުރީ ޖޫނިއާ އެންޓީއާރާއި ވާހަކަ ދައްކަން ވަރަށް ބިޒީކޮށް ކަމަށެވެ، އަދި ފަހުން ރާކީއަށް ސަމާލުކަން ދިން ކަމަށާއި ކަރަން ދުވަހަކު ވެސް ރާކީ އިގްނޯ ނުކުރާނެކަމަށް ބުންޏެވެ.

ރާކީއަކީ އިންޑިއާގައި އެންމެ ކޮންޓްރޮވާޝަލް އެއް ސެލެބްރިޓީއެވެ. އޭނާ މަޝްހޫރުވެގެން ދިޔައީ އައިޓަމް ލަވަތަކަކުންނެވެ. އޭގެ ފަހުން ބައެއް ރިއަލިޓީ ޝޯތަކުގައި ވެސް ރާކީ ބައިވެރިވިއެވެ.

"އާރްއާރްއާރް"ގެ ކާމިޔާބީ ފާހަގަކުރަމުންދާއިރު މިފިލްމަކީ މުޅި ބޮލީވުޑް ހިސްޓްރީގައި ވެސް އެޅުވި އެންމެ ކާމިޔާބު ފިލްމެވެ. އެގޮތުން މިހައިތަނަށް އެފިލްމުން ވަނީ 1000 ކްރޯރް ރުޕީސް ހޯދައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!