Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ފައްޔާޒަށް މަހިބަދޫން ހޫނު މަރުހަބާއެއް!

ފައްޔާޒަށް މަހިބަދޫން ހޫނު މަރުހަބާއެއް!
ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕަރސަންކަމުގެ މަގާމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް އދ. މަހިބަދުއަށް ވަޑައިގަތުމުން އެ ރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މި ދަތުރުގައި "ހިންގާލަން"ޓީމުގެ ފަރާތުން އެމްޑީޕީ އަންހެނުންގެ ރޫޙްގެ ރައީސްގެ މަގާމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެމްޑީޕީގެ ޗެއާޕަރސަން ހޮވުމުގެ އިންތިހާބު މެއި މަހުގެ 14ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ވެސް ދަނީ އަނެއްކާ ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ހއ އަތޮޅުގައި ހަރަކާތްތެރިވަމުންދާއިރު މި އިންތިޚާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީ (އިންތި) ކެމްޕެއިންގައި އެންމެފަހުން ހަރަކާތްތެރިވެފައި ވަނީ ށ.އަތޮޅުގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް