ވާހަކަ

ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ވެވުނީ ލޯތްބޭ ޔާރު ހުވާ (ޓްރެއިލާ) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފުރަތަމަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދެވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިންވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތަރުވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ދިހަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެގާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާދަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަނަރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސޯޅަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ނަވާރަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (20ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތޭވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައްބީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ހަތާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ނަވާވީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބައްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެއްތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަތުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އަށުތިރީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތިރީސްނުވަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (އެކާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ބަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ތެޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސައުރަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަންސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ (ސަޔާޅީސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސަތާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އަށާޅީސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އޮނަފަންސާސް ވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސާސްވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( އެކާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ބާވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ތޭވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ސައުރަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ( ފަންސަވަންނަވަނަ ބައި) ވެވުނީ ލޯތްބޭ ޔާރު ހުވާ ސަވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - ސަތުވަންނަވަނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ - އަށުވަންނަ ބައި ވެވުނީ ލޯތްބޭ ޔާރު ހުވާ (ފަހު ބައި)

" ސުހެއިލް.. މެއިޑް ކައިރީގަ ބުނެލާ އަންހެންމީހާ ރެޑީ ކޮށްލާށޭ..." ވަރަށް ވިސްނަން ހުރެފައި ޖާވިން ގުޅާލީ ސުހެއިލްއަށެވެ.

Ads by Sosun Fihaara

******************************

ކައިރީގައި ނިދާފައި އޮތް ބީކާލްއަށް ބަލަން އޮތުމަށްފަހު މެލެކް ތެދުވިއެވެ. އޭނާއަށް ނިދޭގޮތް ނުވީއެވެ. އަހަރުތަކެއް ފަހުން އެ ދުވަސް އަނެއްކާވެސް ސިކުނޑީގައި ދައުރުވަނީއެވެ.

ރާސިލްއާއި ރައުލްގެ ވާހަކަތަކަށްފަހު މެލެކްގެ ތަބީއަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިއްސައެވެ. ހިތުގައި ވަނީ ނޭނގޭ ރިހުމެއް އުފެދިފައެވެ. ހިތް އެދި ގޮވަނީ އެންމެ ކަމަކަށެވެ. ލޯބިވާ ދަރިފުޅު އެނބުރި ގާތަށް އައުމަށެވެ.

ދަންވަރުގެ އެ ހިމޭން ވަގުތު ސިޓިންގރޫމުގައި އިތުރު ބައެއް ނޫޅޭނެކަން އެނގޭ އިރުވެސް މެލެކް ނުކުތީ ނިދާ ހެދުމުގެ މަތިން ރޯބް ގަޔަށް މަހާލައިގެންނެވެ. ސިޓިންގރޫމުގެ ބެލްކަނި ހުޅުވާލުމަށްފަހު މެލެކް ނުކުތެވެ.

މެލެކް ރާއްޖެ އަންނަން ބޭނުންނުވީ ދޫކޮށްފައި ދިޔަ ހިތި މާޒީއާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. އެހެނަސް ތަޤްދީރުގެ ރޭވުން ތަފާތެވެ. އެއް ދަރި ގެންދެވި އިރު އަނެއް ދަރިފުޅު ހުރީ އަތް ފޯރާ ފަށުގައެވެ.

ރައުލްއާއި ރާސިލްގެ ފަރާތުން ސާޔާ އުޅެން ޖެހުނު ހާލު މެލެކް އަޑު އެހިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނަސް އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަން ވެސް އެނގެއެވެ.

ދުވަހަކު އުއްމީދު ކުރެވިފައި ނެތަސް ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގުނު ދުވަހުން ފެށިގެންވެސް އެ ކުއްޖާ ދެކިލަން އެހިތް އެދެއެވެ. އެ އުއްމީދު ފުރިހަމަ ނުވަނީސް ސާޔާ ދިޔައީއެވެ.

ލޯ މަރާލުމަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލީ ނަފްސަށް ވެރިވެފައިވާ ހަލަބޮލިކަން ކުޑަކޮށްލުމަށެވެ.

" ސާޔާ... މަންމަ ތި ދަރިފުޅު ބޭނުން.. ބީކާލް ދެކެ ލޯބިވުން އެއީ އަހަންނަށް ކުރެވުނު ކުށެއްތަ؟. އެހެން ނޫންނަމަ މަންމަގެ ލޯބި ދެ ދަރިން ކައިރީގައި ހުރީސް ކަންނޭނގެ.. އާއިލާއެއްގެ ފަރާތުން ލިބެން ޖެހޭ ލޯބިވެސް ސާޔާއަށް ނުލިބުނު.. މި މަންމައަށް ސާޔާގެ މާފު ހައްޤުވާނެތަ؟..".. މެލެކްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކާއެކު އޭނާއަށް ގިސްލެވެން ފެށުނެވެ.

********************************

ސާޔާ ދިޔުމާއެކު ނޯޔާ ނަވާރްގެ އެޕަރޓްމެންޓަށް ބަދަލުވިއެވެ. އެހެނަސް ލިއަމްގެ އެދުމަށް ނޯޔާ ނިދީ ނަވާރްގެ ކޮޓަރީގައެވެ. ސާޔާގެ ކޮޓަރީގެ ތަޅުދަނޑި އަތުލުމަށްފަހު ލިއަމް އެދުނީ އިތުރު އެއްވެސް މީހަކު އެކޮޓަރިއަށް ނުވަނުމަށެވެ. އެއީ އޭނާ ބޭނުންވާ ގޮތް ކަމުން އެކަމާއި ހިލާފުވާން އެހެން މީހަކު ނޫޅުނެވެ.

ދެ ހަފްތާ ފާއިތުވެދިޔަ އިރުވެސް ލިއަމްގެ އުޅުމަށް މާ އެދެވޭ ބަދަލުތަކެއް ނާދެއެވެ. އެހެނަސް އޮފީހުގެ މަސައްކަތްތަކަށް ދޭ ސަމާލުކަން ވަކި ކުޑައެއް ނޫނެވެ. ރައުލްއާއި ރާސިލް އަދި ސެހްރާންގެ މަސައްކަތާއެކު ރެސްޓޯރެންޓް މަސައްކަތުގެ ބޮޑުގައި ނިންމުނެވެ.

" ވަދޭ..".. ކުރަން އިން މަސައްކަތް މަޑު ޖައްސާލުމަށްފަހު ލިއަމް ގޮވާލީ ބޭރުން ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުންނެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ރާސިލް ފެނުމާއެކު އަނެއްކާވެސް ލިއަމްގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނަށެވެ.

" ޔަލް ބުނި ކައިރާއާއި ވާހަކަ ދައްކައިފީމޭ.. ޝީ އިޒް ހެޕީ ޓު ވޯރކް ވިތް އަސް.. ".. ރާސިލް ގޮސް އިށީނީ ސޯފާގައެވެ. އެހެނަސް އޭނާ އެވާހަކަ ބުނީ އެކަމާއި މާ ގަޔާވެފައި އިނދެ ހެން ހިއެއް ނުވެއެވެ.

" ލިއަމް...".. ރާސިލް ދެވަނަ ފަހަރަށް ގޮވާލީ ލިއަމްގެ ސަމާލުކަން ހޯދުމުގެ ނިޔަތުގައެވެ. އެވަގުތު ރާސިލް އަށް ބަލާލުމަށްފަހު ލިއަމް ބުމަ އަރުވާލިއެވެ. އަދި ތެދުވެގެން އައިސް ސޯފާގައި އިށީނީ ރާސިލްއާއި ކުރިމަތިވާނޭ ހެންނެވެ.

" ކައި އޯކޭ ވެއްޖެ ނަމަ މިއަދުވެސް މަސައްކަތް ފަށަންވީ.. ޒެވް ވެސް ހެލްޕް ވެދޭނެ ބައެއް ފިނިޝިން ޓަޗް ތަކުގަ..".. ލިއަމް ބުނެލިއެވެ.

" އަރ ޔޫ ޝުއަރ އެބައުޓް ދިސް؟.. ".. ރާސިލް އަހާލިއެވެ. އޭނާ އިނީ ލިއަމްގެ އެ ނިންމުމާއި މެދު ކަންބޮޑުވެފައެވެ.

" ކީއްވެ ޔަޤީން ނުވާންވީ؟.. ކައި އަށްވުރެ މި މަސައްކަތަށް އެކަށޭނެ މީހަކު ރާސިލް ބުނެބަލަ؟.. ޔޫ ޑޯންޓް ރިމެމްބަރ ޝެނާގެ ވެޑިންގް؟. އަދި އެ ފެންވަރުގެ ވެޑިންގ އެއް ރާއްޖޭގަ ނުބާއްވާ.. އެއީ ކައިގެ ވަރކް އެއް.. އޭގެ ފަހުން ޒެވްގް ކޮމްޕެނީގެ އިންޓީރިއަރ ޑިޒައިން ކުރީވެސް ކައި.. ސޯ ކައި އިޒް ދި ޕަރފެކްޓް ޗޮއިސް..".. ލިއަމް އެއް ނޭވާއިން އެވާހަކަ ނިންމާލިއެވެ.

" އެކަމަކު މި ރެސްޓޯރެންޓް ތަފާތު.. މަންމައަށް ވެސް މި ރެސްޓޯރެންޓް ހާއްސަ ކޮށްދޭން އަހަރެމެން އުޅުނީ.. ލިއަމް ސާޔޫގެ ހުނަރަށް އިތުބާރެއް ނުކުރަންތަ؟.. އަހަރެމެން ބޭނުންވީ ސާޔޫ މި ރެސްޓޯރެންޓުގެ އިންޓީރިއަރ ޑިޒައިނިންގ ކުރަން.. ލިއަމް.. ޑޯންޓް ބީ ސޯ ސްޓަބޯން... ".. ރާސިލްގެ އަޑުން އޭނާ ހިތްހަމަނުޖެހުނު ކަން ލިއަމްއަށް އެނގުނެވެ. އެހެން ނަމަވެސް އެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ.

" ތި ވާހަކަ ދެން އިތުރަށް ދައްކަން ޖެހޭ ސަބަބެއް ނެތް ކަންނޭނގެ.. ސާޔާ އެދިޔައީ އަހަރެމެންނާއި ދުރަށް.. އަހަންނާއި ދުރަށް.. ލެޓް ހަރ ޑޫ ވަޓް ޝީ ވޯންޓްސް.. އަހަރެން އަބަދުވެސް ސާޔާއަށް އިންތިޒާރު ކުރާނަން.. ސާޔާ ބޭނުންވާ ދުވަހަކުން އަޔަސް އަހަރެން ސާޔާއަށް މަރުހަބާ ކިޔާނަން.. ލިއަމް ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކޮށްލިއެވެ.

" އޯކޭ.. އެހެންވީމަ ކައިރާއާއި މީޓިންގް އެރޭންޖް ކުރަން އައިރާ ކައިރީ ބުނެލާތި.. އިތުރު ކަމެއް އޮތިއްޔާ ރައުލް ނޫނީ ސެހެރްއަށް އަންގާލާތި.. ".. ރާސިލް އެ ކެބިން އިން ނުކުތުމުގެ ކުރިން ބުނެލިއެވެ.

އޮފީހުން ނުކުތް އިރު އޭނާގެ އިންތިޒާރުގައި ޖާވިން އިނެވެ. ރާސިލް ގޮސް ސައިކަލުގެ ފަހަތަށް އެރުމާއެކު ޖާވިން ދުއްވާލިއެވެ.

ބްރިޖް ހުރަސްކޮށް ހުޅުމާލެ ދެވުމާއެކު ޖާވިން ސައިކަލުގެ ދުވެލި ކުޑަކޮށް މަޑުކޮށްލިއެވެ. އެ ޒުވާނުންގެ މެދުގައި މާ ގިނަ ވާހަކަތަކެއް ނުދެކެވުނަސް ދެމީހުންގެ ސިކުނޑީގައި ވެސް އެނބުރެމުން ދިޔައީ އެއް ހިޔާލުތަކެކެވެ.

ޕާކިންގ ޒޯނުގައި ސައިކަލު ޕާކު ކޮށްލުމަށްފަހު ރާސިލްއާއި ޖާވިން ގޮސް ވަނީ ކުރިމަތީގައި ހުރި ގެއަށެވެ. ލިފްޓުން ފަސް ވަނަ ބުރިއަށް ފިއްތާލުމާއެކު ޖާވިން ވާހަކަ ދައްކަން ފެށިއެވެ.

" ސާރާއާއި ވާހަކަ ދައްކާނީ ފުރަތަމަ އަހަރެން.. މީހުންނަށް އިތުބާރު ކޮށް ވާހަކަ ހިއްސާ ކުރާނެހެން ހިއެއް ނުވޭ.. އެކަމަކު އަހަންނަށް ހީވަނީ އަހަރެމެންގެ ވާހަކަތަށް ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެވޭތީ ކަންނޭގެ އެކުގައި މަސައްކަތް ކުރަން އެއްބަސްވީ ދޯ..".. ޖާވިން އޭނާގެ ހިޔާލު ހުރިގޮތް ރާސިލްއާއި ހިއްސާ ކުރިއެވެ.

" ޖޯން އަށް ހީވޭތަ ސާރާ މެދުވެރިކޮށްގެން ޒާހިރުގެ ފަރާތުން އެއްވެސް އެއްޗެއް އޮޅުންފިލާނެއޭ..".. ރާސިލް ސުވާލު ކުރިއެވެ.

" ވެލް.. ލެޓްސް ސީ..".. ޖާވިން ދެކޮނޑު އަރުވާލަމުން ބުނެލީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ.

ލިފްޓުން ފޭބުމަށްފަހު ޖާވިން ތަޅުދަނޑިން ދޮރު ހުޅުވާލިއެވެ. އެވަގުތު ސޯފާގައި އިން އަންހެން މީހާއަށް ދެ ޒުވާނުންގެ ނަޒަރު ހުއްޓުނެވެ.

" ސާރާ އާންޓީ..".. ރާސިލްއަށް މަޑުމަޑުން ގޮވާލެވުނެވެ. ސާރާ ފެނުމުން އޭނާއަށް ކުރެވުނީ ތަފާތު އިހްސާސެކެވެ. ކުޑަ އިރު ސާރާ ގެނެސްދޭ މީރު ކޭކާއި ޗޮކްލެޓް ރާސިލްގެ ހަނދާނަށް ވެރިވިއެވެ. އެހެނަސް އޭރު ދުށް ސާރާއާއި ލޯ ކުރިމަތިން މިހާރު ފެންނަން ހުރި ސާރާއާ ހާސްބައި ތަފާތުކަން ރާސިލް ޤަބޫލުކުރިއެވެ.

" ޖާވިން.. އާދޭ އެތެރެއަށް..".. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް ޒުވާން އަންހެން ކުއްޖާއަށް ޖާވިން ފެނުމާއެކު ގޮވާލިއެވެ.

" ރާސިލް.. މިއީ ސާރާގެ ކެއަރ ޓޭކަރ.. ޒޯޔާ.. ޒޯޔާ.. މިއީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް..".. ޖާވިން ކުރު ތަޢާރަފެއް ދިނުމަށްފަހު އޭނާ އައި ހަޤީޤީ ބޭނުމަށް ޖެހިލިއެވެ.

" ސުހެއިލް ބުނި ސާރާ ކޮންމެވެސް ވަރަކަށް ޒޯޔާއާއި ވާހަކަތައް ހިއްސާ ކުރާ ކަމަށް.. ކީއްވެ އެގޮތަށް އެ އިނީ.. މި ކޮޅަށް ނުވެސް ބަލާ..".. ޖާވިން ހިތުގައި އުފެދުނު ސުވާލު ކުރީ ޒޯޔާ އާއެކު ގޮސް ގޭގެ ބެލްކަންޏަށް ނުކުމެވުމުންނެވެ.

" ޖާވިން އާއެކީ އިތުރު މީހެއް ހުރީމަ ކަންނޭނގެ.. ޝީ އިޒް ލައިކް ދެޓް.. މެންޓަލީ ސްޓޭބަލް ނޫންހެން ހީވިޔަސް ޝީ އިޒް ޕާރފެކްޓްލީ ފައިން.. އެކަމަކު އަދިވެސް ޑިޕްރެޝަންއަށް ބޭސް ބޭނުންކުރޭ.. ".. ޒޯޔާ ކޮންމެވެސް ވަރަކަށް ސާރާގެ ހާލަތު ޖާވިންއަށް އޮޅުން ފިލުވައިދިނެވެ.

" މިވަގުތު ސާރާއާއި ވާހަކަ ދެއްކިދާނެތަ؟..".. ރާސިލް އަހާލިއެވެ. ޖަވާބުގައި އެބަ އަންނަމޭ ބުނެ އަވަސް ފިޔަވަޅު ތަކެއްގައި ޒޯޔާ ގޮސް ލޮލުކޮޅަށް އޮބާލިއެވެ.

ގިނަ އިރުތަކެއް ނުވެ އޭނާ އެނބުރި އައެވެ. އަދި ސާރާއާއި ވާހަކަ ދެއްކޭނޭ ކަމުގައި ބުނެލިއެވެ. ޒޯޔާގެ ފަހަތުން ޖާވިންއާއެކު ރާސިލް ގޮސް ސިޓިންގްރޫމްގެ ސޯފާގައި އިށީނެވެ.

އެހެން ކަމަކަށް ސަމާލުކަން ދެވޭވަރަށް ވުރެ ރާސިލްގެ ނަޒަރު ހުއްޓިފައިވީ ސާރާއަށެވެ. ހިތުގެ ކަނަކުން އުފާވިޔަސް އެއަށްވުރެ ހިތުގައި އުފެދިފައިވީ ހައިޖާނު ބޮޑެވެ. ސާރާއާއި ކުރަން ބޭނުންވާ ސުވާލުތައް ހުރި ނަމަވެސް ޖާވިން އެދުނު ގޮތަށް އެ ފުރުސަތު އޭނާ ދިނީ ޖާވިން އަށެވެ.

" ސާރާ.. ހާލު ކިހިނެތް؟..".. ޖާވިން ލުއި ހިނިތުންވުމަކާއި އެކު އަހާލިއެވެ. އެވަގުތު ބަދަލުކޮށްލި ހިނިތުންވުމާއެކު ސާރާ ހާލު ރަނގަޅު ކަމުގައި ބުނެ ފުއްދާލީއެވެ.

"އިޓްސް އޯކޭ.. ޔޫ ކެން އާސްކް މީ.. އެނގޭ އަހަރެން ހުރި ތަނެއް ހޯދާނީ މުހިއްމު ބޭނުމެއްގައިކަން..".. ސާރާ ބުނެލިއެވެ.

ޖާވިންއަށް ވުރެ ބޮޑަށް ސާރާގެ ސަމާލުކަން އަތުލީ ޖެހިގެން އިން ޒުވާނާއަށެވެ. ނުހަނު ދަންނަ މޫނަކާއި އެ ޒުވާނާ ވައްތަރުވުމުން ސާރާގެ ޝައުޤުވެރިކަން ރާސިލް އަތުލިއެވެ. ސާރާ މާގިނައިން ބަލާހެން ހީވުމުން ރާސިލް ދެތިންފަހަރު ހީލިވެސް މެއެވެ. އެހެނަސް އިސްވެ ވާހަކަ ދައްކަން ފަސްޖެހެވި އިނީއެވެ.

" އަމް.. އަޅުގަނޑު ކުރިއަށް ގެންދާ ކޭސްއަކާ ގުޅޭ މައުލޫމާތެއް ލިބޭތޯ.. ޒާހ.. ޒާހިރް އާ ގުޅޭ މައުލޫމާތެއް ހިއްސާ ކުރެވިދާނެތަ..".. ޖާވިން އަހާލީ ޖެހިލުންވެފައެވެ.

ހިނދުކޮޅަކަށް ސާރާ ހިމޭންވިއެވެ. ދެ ބުމަ ކައިރިވިހިނދު އޭނާ ދެއަތް ޖޯޑުކޮށްލިއެވެ.

" ޒާހިރް އާ ބެހޭ ގޮތުން ވާހަކަ ދައްކަން ވެއްޖެނަމަ ދައްކާނެ ވާހަކަ ބައިވަރު އެބަހުރި.. ފަށަންވީ ކިހާ ހިސާބަކުން ކަމެއް ނޭނގެ.. ".. މޫނަށް ވެރިވި ނުތަނަވަސްކަން ފޮރުވުމުގެ ބޭނުމުގައި ސާރާ އިސްޖަހާލިއެވެ. ނަމަވެސް އޭނާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

" ހީ ވޯޒް ދި ޕަރފެކްޓް ހަޒްބެންޑް.. އެންޑް ދި ޕަރފެކްޓް ފަރދަރ... ހުރިހާ ކަމެއް ބަދަލުވާން މެދުވެރިވި ސަބަބެއް ނޭނގެ.. ފުރަތަމަ ޒާހިރް އަހަންނަށް އަނިޔާ ކުރަންފެށީ ދަރިފުޅަށް ނުފެންނަ ހިސާބުގަ.. އެކަމަކު ފަހުން ވިޝާލް އަށް ފެނުނަސް ޒާހިރް އަށް މައްސަލައަކަށް ނުވޭ.. އެތަށް ފަހަރަކު ޒާހިރްގެ ކިބައިން ވަރިވާން އަހަރެން މަސައްކަތް ކުރިން.. އެކަމަކު ކޮންމެ ފަހަރަކުވެސް ދަރިފުޅުގެ ހައްޤުގައި އަހަރެން މަޑުކުރީ.. ގިނަ ދުވަހެއް ނުވެ ޒާހިރް ލޯނެއް ނެގި... ލޯނު ނެގީ ކީއްކުރަން ކަމެއް ނޭނގެ.. އެހާ ބޮޑު ލޯނެއް ނެގުމަށްފަހު ލާރި ނުދެއްކުމުން ބޭންކުން ގެ ނެގީ.. ޒާހިރު އާއި އަފްރާހުގެ ސިއްރު ބައްދަލުވުންތަށް އަހަންނަށް ފާހަނގަވެ އެކަމާއި ގުޅިގެން ސުވާލު ކުރުމުން ވެސް އެދެވޭ ޖަވާބެއް ނުލިބުނު.. އަފްރާހު އަކީ ޒާހިރުގެ މާ ޚާއްސަ އެކުވެރިއެއް.. ".. ސާރާގެ އަޑުން އޭނާ ނުރުހުންވި ވަރު ޖާވިންއާއި ރާސިލްއަށް ފާހަނގަކުރެވުނެވެ.

" ބޭންކުން ގެ ނެގުމުން އަހަރެމެން ރާއްޖެއިން ބޭރަށް ފުރަން ޖެހިއްޖެ ކަމުގައި ޒާހިރު ބުނި.. އެހެން ބުނެ ގެއިން ނުކުތުމަށްފަހު ފުރަތަމަ ގެންދިޔައީ ޒާހިރް ހިފާފަ ހުރި އެޕަރޓްމެންޓަކަށް.... އެކަމަކު އަހަރެމެންނަށް ބޭރަށް ނުކުތުމުގެ ހުއްދައެއް ނޯވޭ.. ކުޑަ ކުޑަ ވިޝާލް ސްކޫލަށް ގެންދެވޭނެ ގޮތެއްވެސް ނެތް އޭރު... ދުވަސްކޮޅެއް ފަހުން ގްރޫޕެއްގެ އުނދަގޫ ފޯރަން ފަށައިފި... ގޭގެ ދޮރުގަ ތަޅާ އެތެރެއަށް ވަންނަން އެމީހުން ވަރަށް ގިނައިން މަސައްކަތް ކުރޭ.. އަހަރެން ހުރީ މިވަނީ ކީއްކަން ނޭނގިފަ... އަނެއްކާ މަސް ދުވަސް ފަހުން އަހަރެމެން ފުރައިގެން ދިޔައީ ސްވިޒްލޭންޑަށް... އެހާ ބައިވަރު ލާރި ޒާހިރުއަށް ލިބެން ފެށި ގޮތެއް ނޭނގެ އޭރު.. ސުވާލުކުރަން ނުކެރެނީ އަނިޔާ ކުރާނެކަން އެނގޭތީ.. ސްވިޒްލޭންޑަށް ބަދަލުވުމަށްފަހު ޒާހިރްގެ އުޅުމަށް ކޮންމެވެސް ބަދަލުތަކެއް އައި.. އަހަންނަށް އަޅާލަންފެށި... އަނިޔާކުރުން އެއްކޮށް ހުއްޓާލި... އެކަމަކު ޒާހިރު އުޅުނީ ރާއްޖޭގަ ގިނައިން... ދިމާވަނީ މަދު ފަހަރެއްގަ.. ".... ސާރާ ވާހަކަ މެދުކަނޑާލިއެވެ. ދެތިން ފަހަރު ފުންކޮށް ނޭވާއެއް ލުމަށްފަހު އޭނާ ކުރިމަތީގައި ތިބި ޖާވިންއާއި ރާސިލްއަށް ބަލާލިއެވެ.

" ޒާހިރުއާއި އަފްރާހު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި... އެމީހުންގެ ބޮޑު ކްލަބެއް ހުރޭ ސްވިޒްލޭންޑްގަ... އެކޮޅުގަ ވިޔަފަރާއި ބެލެހެއްޓުމަށް ޒާހިރު ބަދަލުވީ.. އަހަންނަށް މި ވާހަކަތައް އެނގުނީ ޒާހިރުއާއި އަފްރާހު ދެއްކި ވާހަކައެއްގެ ތެރެއިން.. އެކަން އެނގުމުން ޒާހިރުއާއި އަފްރާހު އަހަންނަށް އަނިޔާ ކުރީ ދުވަހަކުވެސް ނުކުރާ ވަރަށް.. ޒާހިރުގެ ކުރިމަތީގައި އަފްރާހު އަހަރެން ރޭޕް ކުރި.. ނިވާ ވާނެ ހާލެއްނެތި އޮތް އިރު ވެސް ފައިން ތަޅާ އަހަރެންގެ ހަށިން ފުރާނަ ދާނެހާ ވަރު އެމީހުން ކުރި.. އެންމެ ފަހުން އެ އަނިޔާތަކަށް ކެތް ނުވެގެން އަހަރެން ހޭނެތުނީ.. ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އަހަރެން ދިރި ހުންނާނެކަމުގެ ޔަޤީން ކަމެއް ނެތް.. އެހިސާބުން އަފްރާހުއާއި ޒާހިރު ހީކުރީ އަހަރެން މަރުވެއްޖެކަމަށް.. އަހަންނަށް ވީގޮތެއް ބަލަން އެމީހުން ނުވެސް އުޅުނު .. އެއީ އަހަރެންގެ ނަސީބު.. އެކަމަކު އަހަންނަށް ކެތް ކުރަން އުނދަގޫވީ ވިޝާލް ނުފެންނާނެކަން އެނގުމުން.. އެއް އަހަރު ދުވަހު ކޯމާގަ އޮތުމަށްފަހު ހޭއެރީ އާ ދުނިޔެއަކަށް.. އާ ދިރިއުޅުމަކަށް.. އަނިޔާވެރި ގޮތަކަށް އަހަރެން މަރާލާފައިވާ ކަމަށް ޒާހިރު ރިޕޯޓް ކޮށް އެގޮތުގައި އެކަން ނިމިފަ އޮތީ.. އެމީހުން ބޭނުން ގޮތަކަށް މައްސަލަތައް ނިންމާލުން އެއީ މާ އުނދަގޫ ކަމެއް ނޫން... ".. ލޮލުން ފައިބަމުން ދިޔަ ކަރުންތަށް ސާރާ ފޮހެލިއެވެ. ނަމަވެސް އެ ކަރުނަތަކަށް ނިމުމުއް ނައެވެ. އަނެއްކާވެސް ހިތްވަރު ކޮށްފައި ސާރާ ކުރިއަށް ގެންދިޔައެވެ.

" އެ ދުވަހު އަހަންނަށް އެހީތެރިކަމުގެ އަތެއް ދިއްކުރި ފަރާތަކީ ޒޯޔާ.. ޒޯޔާއަކީ އަހަރެންގެ އުފަން ދަރިއަކަށް ނުވިޔަސް އަހަންނަށް ދަރިއެއްފަދަ ކުއްޖެއް.. މިއަދު ދުނިޔޭގައި ހުންނަން އަހަރެން ބޭނުންވާ އެއް ސަބަބަކީ ޒޯޔާ.. އަނެއް ސަބަބަކީ ލޯބިވާ ދަރިފުޅު ވިޝާލް.. ވަރަށް ދެކިލާ ހިތްވޭ.. ވިޝާލް ހުންނާނެ ގޮތް ސިފަ ކުރެވޭ ކޮންމެ ފަހަރަކު އެ ދަރިފުޅާއި ބައްދަލުވާނޭ ނަމައޭ ހިތަށް އަރާ... އެކަމަކު ވިޝާލް ކިހިނެތްދޯ މަންމަ ހުރިކަން ޤަބޫލު ކުރާނީ.. ބަޓް އައި ވޯންޓު ސީ މައި ސަން.. މައި ވިޝާލް..".. ސާރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

އެ މަންޒަރުން ޖާވިންއާއި ރާސިލްއަށް އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނީ ސިއްރު ނަޒަރަކުންނެވެ. ސާރާގެ ވާހަކައިން އެ މަންމަ ވިޝާލްއަށް ބޭނުންވެފައި ހުރި ވަރު ރާސިލްއަށް އެނގުނެވެ. ނަމަވެސް އެއީ ސާރާ ދެކެން ބޭނުންވާނޭ ވިޝާލް އެއް ނޫންކަން ބުނެދޭނީ ކިހިނެތްކަން ރާސިލްއަށް ނޭނގުނެވެ.

" ޖާވިން އާ އެކީ ދެން މިއީ ކޮން ކުއްޖެއް...".. ސާރާ އަހާލިއެވެ.

" ރާސިލް.. "... ރާސިލް އަވަސް އަވަހަށް ބުނެލިއެވެ. ސާރާއަށް އޭނާ އެނގޭނޭ ކަމުގެ ފުރިހަމަ އުއްމީދާއި އެކުގައެވެ.

" މެލެކްގެ ރާސިލްތަ؟..".. ސާރާ އަހާލީ ހައިރާންވެފައެވެ. އެއާ އެއްވަރަށް އެ މޫނުން އުފާވެރިކަން ފާޅުވީ ރާސިލް ބޯ ޖަހާލުމުންނެވެ. މިހާރު ވިޝާލްވެސް އެވަރަށް ބޮޑު ވެދާނެއޭ ހިތަށް އެރުމުން ސާރާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ޅަ ފުރާގައި އަތުން ބީވެ ދިޔަ ދަރިފުޅު ފެންނާނެ ކަމުގެ އުއްމީދު އެ ހިތުގައި ވި ނަމަވެސް އެއާއެކު އުފެދިފައިވާ ބިރުވެސް ބޮޑެވެ. ޒާހިރުގެ ފިޔަވަޅު މަތީން އޭނާގެ ވިޝާލް ގޮއްސި ނަމަ ވާނޭގޮތެއް އަންދާޒާ ކުރުންވެސް ވީ ސާރާގެ ހިތަށް ކެތްވާ ވަރުގެ ކަމަކަށް ނޫނެވެ.

***************************************

ކޮޓަރީގެ ދޮރު ހުޅުވުޅުނު އަޑަށް ޝެހެނާޒް ބަލައިލިއެވެ. ހައިރާންވެފައި އޭނާ ސާޔާއާއި ދިމާލަށް ބަލަން ހުރިއިރު އެ ރީތިކަމަށް ހިތާއި ހިތުން ތައިރީފު ކޮށްލެވުނެވެ. ބުރުގާ އަޅައިގެން ހުރިއިރު ކުރިއަށްވުރެ ރީތިހެން ހީވިއެވެ. އަޅައިގެން ހުރި ކަޅު ކުލައިގެ ޝޯލްގެ ތެރެއިން އެ މޫނުގެ އަލިކަން ދެގުނަ ވެފައިވިއެވެ. ކަކުލަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް ހުރި ކުރުތާ ވައްތަރުގެ ހެދުމާއެކު ސާޔާ ލައިގެން ހުރީ ދޫ ހަރުވާޅެކެވެ.

" ރީތި ތަ؟..".. ޝެހެނާޒް ބަލަން އިންގޮތުން ސާޔާ އަހާލީ ހެވިފައެވެ.

" މާޝާﷲ... ފުރިހަމަ..".. ޝެހެނާޒް ސާޔާގެ ގައިގައި ބައްދައިލިއެވެ.

ސާޔާ ގޮވައިގެން ގޮސް ކާމޭޒު ކައިރީ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ބޭންދުމަށްފަހު ޝެހެނާޒް ވެސް ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. އެނބުރި ރާއްޖެއަށް ދިޔުމުގެ ހިޔާލު ނުގެންގުންގުޅޭތޯ އޭނާ އަހާލީ އިރުކޮޅެއްފަހުންނެވެ.

" ދެން ދާން ބޭނުމެއް ނޫން.. ޕްލީޒް.. ދެން ދައްތަވެސް ތިވާހަކަ ނުދައްކާ.. އެމީހުންގެ ވާހަކަ ދައްކާނެ ކަމެއް ނެތް.. އެމީހުން ކައިރީ ސާޔާ އުޅޭ ތަނެއް ބުނާނެ ކަމެއް ނެތް..".. ސާޔާ ކާން އިން ސަމްސާ ތަށިތެރެއަށް ދޫކޮށްލިއެވެ.

" އެކަމަކު ކީއްވެ؟.. ސާޔާއަށް ތި ވާހަކަ ކިޔައިދިނީ ކާކުތަ؟.. ނިކަން ދައްތައާ ވެސް ހިއްސާ ކޮށްބަލަ.. ބައެއް ފަހަރު ހަޤީޤަތާއި ކަންފަތަށް އަޑު އިވޭ ވާހަކައާއި ވެސް ތަފާތު ވެދާނެ..".. ވަރަށް ވިސްނުމަށްފަހު ޝެހެނާޒް ބުނެލިއެވެ.

" އަޅެ ދައްތާ.. ސާޔާއަށް ހަޤީޤަތް ފެނިއްޖެއޭ... ދެން އިތުރަށް އެނގެން ޖެހޭ އެއްޗެއް އޮތްހެން ހިއެއް ނުވޭ.. ލިއަމް ލޯބިވާނަމަ އެވާހަކަ ބުނާނެއެއްނު.. ލިއަމް ލޯބިވަނީ އަލާރާ ދެކެ.. އެކަން ސާޔާއަށް އެނގޭ..  އެކަމުގަ އަހަރެން ޝަކުވާ ކުރާކަށް ނެތިން.. ޝަކުވާ ކުރެވޭނެ ޖާގަ އެއްވެސް ނެތް.. ދުނިޔޭގަ ނެތަސް އެއީ އަހަންނާއި އެއްބަނޑު އެއްބަފާ ދައްތަ..  ގައިމު ރައުލް އާއި ރާސިލްވެސް އަހަރެން ދެކެ އެހާ ލޯބިވިނަމަ އެވާހަކަ ސިއްރު ނުކުރާނެއެންނު..".. ދެން ހުރީ ރައުލްމެންގެ މަންމަ... އަހަރެން ދުނިޔޭގައި ހުންނަން އެ މަންމަ ބޭނުމެއް ނުވޭ.. މަންމައަކަށް އަހަރެން ބޭނުންވި ދުވަސް ފާއިތުވެއްޖެ ކަންނޭނގެ.. އަހަރެންގެ މަންމައަކީ އަޔާނާ.. ".. ސާޔާ ކިޔައިދިނެވެ. އެވާހަކަ ޤަބޫލުކުރަން ޝެހެނާޒް ބޭނުންވި ނަމަވެސް އެވާހަކަތަކުގެ އިތުރަށް ވާނޭ ކަމުގައި ހިތް ބުނެލިއެވެ. އެހެނަސް ސާޔާގެ އެދުމާއި ދެކޮޅު ހަދަން ޝެހެނާޒްގެ ވިސްނުމުގައި ނެތެވެ.

" އެކަމަކު ސާޔާ ލޯބި ވެއެންނު ލިއަމް ދެކެ.."... ޝެހެނާޒް ކައިރީ އައިރާ ދައްކާފައި ހުރި ވާހަކަތަކުގެ މައްޗަށް ބުރަވެ ހުރެ ބުނެލިއެވެ.

" ޕްލީޒް... ދެން އިތުރަށް ތިވާހަކަ ނުދައްކާ.. އެއީ މާޒީ... ދެން އިތުރަށް އެކަންކަމާ ވިސްނަން ބޭނުމެއް ނޫން.. މިކޮޅުން ކިޔަވަން ދެން ބޭނުންވަނީ.. ކޯހުގެ ކަންކަން ވެސް ހަމަޖެހޭނެ އަންނަ ހަފްތާގަ.. ".. ސާޔާ ބުނެލިއެވެ. އެކަމަށް ޝެހެނާޒް ބޯ ޖަހާލިއެވެ.

*************************

ކައިރާއާއި ޒެވިޔަންގެ އެހީތެރިކާމާއެކު ތިން މަސް ތެރޭގައި ލިއަމް މެންނަށް ރެސްޓޯރެންޓުގެ އިންޓީރިއަރ ޑިޒައިންނގް މަސައްކަތްތަށް ނިންމުނެވެ. އެހެން ނަމަވެސް ރެސްޓޯރެންޓު ހުޅުވުމަށް މެލެކް ބޭނުންވީ ސާޔާ އެނބުރި އައުމުންނެވެ. އެކަމަށް ލިއަމް އެއްޗެކޭ ނުބުނި ނަމަވެސް އެއީ އޭނާ ބޭނުންވި ގޮތް ނޫނެވެ. ގޮތް ދޫކޮށްލުމަށްފަހު ސާޔާ ހޯދަން ހިތަށް އެރި ނަމަވެސް އެކަމަށް ފަސްޖެހެވެނީއެވެ. ހިތުގެ އެދުމަށްވުރެ އެހެން އިހްސާސެއް އިސްކުރެވެނީއެވެ.

ރައުލްމެން އެވާހަކަ ދެއްކިޔަސް ލިއަމް އެކަމަށް ދެނީ ބީރު ކަންފަތެކެވެ. އަމުދުން މަލިކާ މެން މީހަކު ސާޔާގެ ނަން ދުލުން ބޭރުކުރަންވެސް ލިއަމް ނުރުހެއެވެ. ތަކުރާރުކޮށް ސާޔާ އޭނާ ދޫކޮށް ދިޔައީ ކަމުގައި ލިއަމް ބުނަނީ އެކަން ޤަބޫލު ކުރެވޭތީ ނޫނެވެ. ނަމަވެސް ސާޔާ އެގޮތަށް ކަންތައް ކޮށްފާނެކަމަށް ހީކުރެވިފައި ނެތުމުންނެވެ.

އަހަރެއް ފާއިތުވެ ދިޔައިރުވެސް އެކަން އޮތީ އެގޮތުގައެވެ. ދޭތެރެއަކުން މެލެކް ސާޔާގެ ވާހަކަ ދެއްކި ނަމަވެސް އެކަމަށް އެއްޗެކޭ ބުނެލަނީ ބީކާލްއެވެ. ދަރިފުޅު އެނބުރި އަންނާނޭ ކަމުގެ އުއްމީދު އެހިތުގައި ވީތީއެވެ. ރައުލްއާއި ރާސިލް ސާޔާ ހޯދައި ދިނުމަށް ވެލެރިކްއާއި ކައިލް ކައިރިންވެސް އެދުނެވެ. ނަމަވެސް އެ ޒުވާނުން އެކަމަށް އިންކާރު ކުރީ އެއީ ސާޔާގެ އަމިއްލަ ނިންމުމެއް ކަމުގައި ބުނަމުންނެވެ. އަދި ހަމަ އެހެންމެ ރައުލްމެން ކަންތައް ކުރި ގޮތް ކުށްވެރި ކުރެވޭތީއެވެ.

ލިއަމް މެންގެ ވިޔަފާރިވެސް ފުޅާވެ އޮފީސް ވަކި އިމާރާތަކަށް ބަދަލުކުރިއެވެ. އަދި އެ ވިޔަފާރީގެ އާ ބައެއްގެ ގޮތުގައި ހުޅުވީ  ކުޑަކުދިންނަށް އެހީވާ ފަންޑެކެވެ. އެތަނުގެ ނަމަކަށް ލިއަމް ކީ ބްލޮސޮމް ފަންޑްއެވެ. އެއީ ރާސިލްމެން ވެސް ބޭނުންވި ގޮތް ކަމަށް ވުމުންނެވެ. ބްލޮސޮމް ފަންޑުގެ މައިގަނޑު މަސައްކަތަކީ އެކަނިވެރި ނިކަމެތި ހާލުގައި އުޅޭ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެކުދިންގެ ބޭސްފަރުވާއާއި މާލީ ގޮތުން ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ. އޭގެ އިތުރުން ކުޑަކުދިންގެ ހައްޤުގައި ވަކާލާތުކޮށް ލިބޭ އެކި އެކި އަނިޔާތަކުން ރައްކާތެރިކޮށްދީ އެކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދިނުމެވެ.

އެ ފަންޑު ހުޅުވުމުގެ ހިޔާލު ދިނީ ރައުލްއެވެ. ސާޔާގެ ޅަ ފުރާގައި ހިނގާފައި ހުރި ކަހަލަ ކަމެއް އެހެން ކުއްޖަކު ތަހައްމަލު ކުރަން އޭނާ ނޭދެއެވެ. އެހެންކަމުން އެފަދަ ކުދިންނަށް މިކަމުން އެހީ ވެވޭނެ ކަމުގައި ރައުލްމެން ޤަބޫލު ކުރިއެވެ.

މާތްﷲ ދެއްވާފައިވާ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެ ޒުވާނުން އަބަދުވެސް އިސްކަން ދެއެވެ. އެ މީހުންގެ ވިސްނުމުގައި ހުރީ ބްލޮސޮމް ފަންޑުގެ އިތުރު ބްރާންޗްތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވުމެވެ.

ވިޔަފާރީގެ ކަންތަށް ބެލެހެއްޓުމުގައި ބޮޑަށް އުޅުނީ ރާސިލްއާއި ލިއަމް އަދި ސެހްރާންއެވެ. އެމީހުންގެ މަސައްކަތަކަށް ވެފައިވީ ވިޔަފާރި އިތުރަށް ފުޅާ ކުރުމެވެ. އެ ޒުވާނުންގެ ބުރަ މަސައްކަތުގެ ސަބަބުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ލިއަމް މެންގެ ފަންޑުގައި ގިނަ އަދަދެއްގެ ކުދިން ރަޖިސްޓްރީ ކުރެވުނެވެ. އަދި ރާއްޖޭގެ ގިނަބަޔަކަށް އެނގޭ ނަން މަޝްހޫރު ބަޔަކަށް ވިއެވެ.

******************************

ކޮލެޖް ނިންމާލުމަށްފަހު ސާޔާ އައިސް އެޕަރޓްމެންޓަށް ވަނެވެ. އޭރު ސޯފާގައި ޝެހެނާޒް އިން އިރު އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ކޮށަން ފަށާފައި ހުރި ތަރުކާރީ ހުއްޓެވެ. އެ މަންޒަރު ފެނުމާއެކު އަވަސް ހިނގުމެއްގައި އައިސް ސާޔާ އެ ތަށި އަތުލިއެވެ. އަދި ނުރުހުންވެފައި ހުރި އުނަގަނޑުގައި އަތް އަޅުވާލިއެވެ.

" މިހާރު ދައްތަ ވޯރކް ނުކުރަން ބުނެފިން އެތަށް ފަހަރު.. ބެޑް ރެސްޓު ކުރަންދޭ އަވަހަށް.. ބޭބީ ވެސް ޓަޔަޑް ވާނެ ތިހެން އުޅެންޏާ...".. ސާޔާ ކުސް ތަޅާލިއެވެ. އަދި ޝެހެނާޒް ތެދުވަން އެހީވެދިނެވެ. ބޮޑުވެފައިވާ ބަނޑާއެކު ހެލިފެލިވެ އުޅުމަކީ މިހާރު އޭނާއަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އަޒާންވެސް ޗުއްޓީ ނެގުމަށްފަހު ޝެހެނާޒް ކައިރިއަށް އައިސް ހުރިއިރު މިހާރު މާލެދާން ދެތިންފަހަރު ބުނެފިއެވެ. ވިހައިގެން މެލޭޝިޔާގައި އުޅެން އުނދަގޫވާނެ ކަމުގައި އައިރާވެސް ބުންޏެވެ. އެހެނަސް ޝެހެނާޒް ހުރީ ސާޔާ އެކަނިކޮށްފައި ދާކަހަލަ ވިސްނުމެއްގައި ނޫނެވެ.

" ސާޔޫ ވެސް ވަރުބަލި ވާނެއެންނު ކޮލެޖުގަ ބިޒީކޮށް އުޅެފަ އައިއްސަ... އަނެއްކާ މިހާރު ތި އުޅެނީ ވަޒީފާގަ.. މިހެން ކުދި ކަންކަން ދައްތަ އަށްވެސް ކުރެވޭނެ އެންނު.. އެއީ އެވަރު ކަމެއް ނޫން..".. ޝެހެނާޒް ބުނެލިއެވެ.

" އިޓްސް އޯކޭ އޭ.. ސާޔޫ މެނޭޖް ކުރަމެންނު.. ދައްތަ ވެސް އައިރާ ބުނި ގޮތަށް މާލެ ދާންވީހެން ސާޔޫ އަށް ހީވަނީ.. އަޒާންބެ ވެސް ބޭނުންވަނީ އެ ގޮތް.. ".. ސާޔާ މި ފަހަކަށް އައިސް ވިސްނަމުންދާ ކަމެއް ބުނެލިއެވެ.

" އެކަމަކު އޭރުން ސާޔާ އެކަނި ވާނެ.. މި ބޮޑު ތަނުގަ އެކަނި އުޅެން ހެޔޮ ނުވާނެ.. ފާޑުގެ ފާޑުގެ މީހުން އުޅޭނެ.. ކޮންމެ ކަމެއްވެސް ކޮށްފާނެ.. ދައްތަ އަށް ނުކެރޭނެ ސާޔާ އެކަނި ބަހައްޓާފަ ދާން.. މިހާރު ދެން އެންމެ މަހެއްނު ބާކީ އޮތީ ކޯސް ނިމެން.. އޭރުން ހިނގާ މާލެ ދާން.. ގްރެޖުއޭޝަން އަށް އަންނާނީ... އެ ގޮތް އެންމެ ރަނގަޅުތަ؟...".. ޝެހެނާޒް ސާޔާގެ އަތުގައި ހިފަހައްޓައިގެން އިނދެ ދެއްކި ވާހަކަތަކުން އޭނާ ކުޑަކޮށް ނުތަނަވަސްވިއެވެ.

" ދައްތަ ބުނީމެންނު ސާޔާ ލިއަމްއާ ގުޅެން ބޭނުން ނުވާނަމަ ކައިވެނި ކުރާނޭ ރަނގަޅު ކުއްޖެއް ހޯދަން.. ތިހެން ހުރެ އުމުރުން މައްޗަށް ތިދަނީ ދުވަހެއް ދުވަހަކަށް.. އަންހެން ކުދިން ކައިވެނި ކުރަން އެންމެ ރަނގަޅު އުމުރަކީ މިއީ.. މަންމަ މިހާރު އައިރާ ކައިރީ ވެސް ބުނެފިން ލަސްނުކޮށް ކައިވެނި ނިންމަން.. އެގޭ ކުއްޖަކު ކައިވެނި ކުރާ ވާހަކަ އައިރާ ބުނި.. ".. ޝެހެނާޒް ދައްކަމުން ދިޔަ ވާހަކައިން ސާޔާ އިނީ އުނދަގޫވެފައެވެ. އެހެނަސް އެގޭ ކުއްޖަކު ކައިވެނި ކުރަން އުޅެޔޭ ޝެހެނާޒް ބުނުމުން ސާޔާ ނަވާރް މަތިން ހަނދާންވިއެވެ. އަނެއްކާ ކުރެވެން އުޅެނީ ނަވާރްއާއި ރައުލްގެ ކައިވެނި ބާއެވެ؟..

އޭނާ ލިއަމް ދޫކޮށް އައިތާ މިހާރު ދެއަރު ވާން ކައިރިވެފައިވާ އިރުވެސް އެހިތުގައި ބިންވަޅު ނެގިފައިވީ އެ ނަމެވެ. ލިއަމްއަށް ދެވިފައިވީ ޖާގަ އިތުރު މީހަކަށް ދޭން އެ ހިތް އެއްބަހެއް ނުވިއެވެ. ޚުދު ސާޔާ އެކަމަށް ފުރުސަތެއް ދޭން ވެސް ބޭނުން ނުވީއެވެ.

" ސާޔޫ ވިސްނާނަން.. ".. ސާޔާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އަދި ޝެހެނާޒް ކައިރީ އަރާމު ކުރުމަށް ބުނެފައި ގޮސް ކޮޓަރިން ނުކުތެވެ.

ގޭގައި ލާން އުޅޭ އާދައިގެ ކަކުލާ ހަމައަށް އަންނަ ހެދުމަށް ލުމަށްފަހު ސާޔާ އަވަސްވެގަތީ މެންދުރުގެ ކެއުން ތައްޔާރު ކުރުމަށެވެ. އަޒާން ގެއަށް އަންނަންވާ އިރަށް މޭޒުމައްޗަށް ކާތަކެތި އެރުވޭ ވަރު ކުރުމަށް އޭނާ ބޭނުމެވެ. ޝެހެނާޒް ކޮށަން ފަށާފައި ހުރި ތަރުކާރީގެ ބާކީ ބައި ކޮށާލުމަށްފަހު ސާޔާ ފޯނު ހުޅުވާލިއެވެ. ބޭރު ޤައުމެއްގައި އުޅުނަސް އަދިވެސް ރާއްޖޭގެ ހަބަރުތަށް ބެލުމަށް ސާޔާގެ ޝައުޤުވެރިކަން ނުހަނު ހުރެއެވެ. ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކައިރީގައި ހުރި ގޮނޑީގައި ސާޔާ ހަމަޖެހިލިއެވެ. އަދި ފޯނުން ފޭސްބުކް ހުޅުވާލުމަށްފަހު ތިރިއަށް ސްކްރޯލް ކުރަންފެށިއެވެ.

ކުއްލިއަކަށް އޭނާގެ އިނގިލީގެ ހަރަކާތް މަޑުކޮށްލިއެވެ. އަދި ރައްޓެއްސަކު ޝެއަރ ކޮށްފައި އިން ހަބަރުގައި ޖަހާފައިވާ ކެޕްޝަން ކިޔާލިއެވެ.

" އަމިއްލަ ދަރިއަކު މަރާލަން ކެރުނު މީހަކު މަރާލަން ފަސްޖެހޭނެ ކަމެއް.. މަރަށް މަރު ސާބިތު ކުރޭ..".. މޫނެއް ގޮތެއް ހަދާލަމުން ހަބަރުގެ ލިންކު ސާޔާ ހުޅުވާލިއެވެ. އެއާއެކު ދެލޯ ބޮޑުވި ގޮތަށް ހައިރާންވިއެވެ. ބާރު ބާރަށް ޝެހެނާޒްއަށް ގޮވަމުން ގޮސް އޭނާ އެ ކޮޓަރިއަށް ވަނެވެ.

" ދައްތާ.. ނިކަން އައިރާއަށް ގުޅާބަލަ.. ލިއަމްގެ ބައްޕަ ހައްޔަރު ކޮށްފި.. ".. ސާޔާ ހުރީ އަދިވެސް ހަބަރުގައި އޮތް އެއްޗެއް ޤަބޫލު ކުރަން ދަތިވެފައެވެ.

- ނުނިމޭ -

  • ވާހަކަ ނުގެނެސްދެވި ދިޔަ ދުވަސްތަކަށް ކިޔުންތެރިންގެ ކިބައިން ނިޙާޔަތަށް މާފަށް އެދެމެވެ.

Ads by Ooredoo
  1. ކީއަވެ އޯ ލަސްވީ

  2. ޙައި

    ކޮން ދުވަހަކުން ތޯ ދެން އިން ބައި ގެނެސްދޭނީ

  3. ޙަޔާ

    ޕްލީޒް މި ހަފްތާގަ ގެނެސްދެއްޗޭ! ކިޔާ ހިތުން ހުންނަނީ އެކަމަކު ވާހަކަ އަޕްލޯޑް ނުވާތީ ވަރަށް ފޫހި