ދުނިޔެ

ކުއަޑް އިން މެރިންޓައިމް ޕާޓްނާޝިޕަކާ ދިމާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެރިންޓައިމް ޕާޓްނާޝިޕެއް ހިމެނޭހެން އިތުރު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ކުއަޑްގެ ޤައުމުތަކުން ނިންމައިފިއެވެ.

Ads by Sosun Fihaara

ކުއަޑްގެ ނަމުގައި ހަތަރު ގައުމު ބައިވެރިވެގެން އެކުލަވައިލައިފައިވާ، ސަލާމަތީ ކަންތަކާ ބެހޭ ގުޅުމުގެ ތެރޭގައި ހިމެނެނީ ޖަޕާން، އޮސްޓްރޭލިޔާއާއި އެމެރިކާ އަދި އިންޑިއާއެވެ. ކުއަޑްގެ އަހަރީ ބައްދަލުވުން ޖަޕާނުގެ ޓޯކިއޯގައި މިހާރު ކުރިޔަށް އެބަދެއެވެ. މެރިންޓައިމް ޕާޓްނާޝިޕަކަށް ދާން ނިންމައިފައި ވަނީ މި ބައްދަލުވުމުގެ ތެރެއިންނެވެ.

މި މެރިންޓައިމް ޕާޓްނާޝިޕެއްގެ ދަށުން މެންބަރު ޤައުމުތަކަށް، އަނެއް މެންބަރު ޤައުމުތަކުގެ ކަނޑުގެ ސަރަހައްދު މޮނިޓަރ ކުރެވޭނެއެވެ. އަދި ވަގު މަސްވެރިކަމާއި ޓްރެފިކިންގެ އިތުރުން މަސްތުވާތަކެތި ސްމަގަލިން ފަދަ އޮޕަރޭޝަން ހުއްޓުވުމަށް ހަރަކާތްތެރިވެވޭނެއެވެ.

ރާއްޖެއާއި އިންޑިއާ އެކު ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއީ އިންޑިއާގެ ކަނޑު ސަވައިލެންސް ކުރުމަަށާއި ހައިޑްރޯ ގްރަފީ ކުރެހުމަށެވެ.

"މި މަސައްކަތުގެ ސަބަބުން ޑާކް ޝިޕިންއާއި ކަނޑުގައި ރެންޑަޒޯސް ފަދަ ޓެކްޓިކަލް ފެންވަރުގެ އެހެން ހަރަކާތްތައް ޓްރެކް ކުރުމުގެ އިތުރުން މޫސުމާއި އިންސާނީ އެހީގެ ކާރިސާތަކަށް އެހީތެރިވުމާއި މަސްވެރިކަން ހިމާޔަތް ކުރުމުގެ ގާބިލްކަން އެކުވެރި ޤައުމުތަކުގައި އިތުރު ކުރެވޭނެ." އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު މީޑިއާ ބަޔާނެއްގައި ވިދާޅުވިއެވެ.

މި އިސްނެގުމަކީ ޕެސިފިކް އައިލެންޑްސް، އިރުދެކުނު އޭޝިއާ، އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ބައިވެރިންނަށް އެމީހުންގެ އައްސޭރިފަށުގައި ހުރި ކަނޑުތައް ފުރިހަމައަށް މޮނިޓަރ ކުރުމުގެ ގާބިލްކަން އިތުރުކޮށްދޭނެ ބާރެއް ކަމަށް އެމެރިކާއިން ދެކެއެވެ. އަދި މިކަމުގެ ސަބަބުން މިނިވަން އަދި ހުޅުވައިލެވިފައިވާ އިންޑޯ ޕެސިފިކްއެއް ދަމަހައްޓައިދޭނެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް މެންބަރު ޤައުމުތަކުން ދެކެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!