ވާހަކަ މުނިފޫހިފިލުވުން

(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ދުނިޔޭގައި އިންސާނަކަށް ވެވޭނެ އެންމެ މަތިވެރި ލޯތްބަކީ މާތްﷲއަށް ޓަކައި އަނެކާ ދެކެ ވާ ލޯތްބެވެ. އެ ލޯބީގެ ސަބަބުން އެމީހެއްގެ އީމާންތެރިކަން ވަރުގަދަކޮށްދޭނޭ ލޯތްބެވެ. އަދި އެ ލޯބީގެ ސަބަބުން އެމީހެއްގެ ތަޤްވާވެރިކަން އިތުރުވެ ދެ ދުނިޔެއިން ވެސް އެކުގައި ވުމަށް އެދޭ ލޯތްބެވެ. އެހެނީ ހަޤީޤީ ލޯތްބަކީ ހަމައެކަނި ދުނިޔަވީ މަންފާ ހޯދަން ވެވޭ ލޯތްބެއް ނޫނެވެ. ހަޤީޤީ ލޯތްބަކީ ތިމާއާއެކު ތިމާ ލޯބިވާ މީހާ ޖަންނަތުގައިވުމަށް ޓަކައި އެދި ވެވޭ ލޯތްބެވެ.

Ads by STELCO

ބައެއް ފަހަރަށް ލޯތްބަކީ ވާ އެއްޗެކޭ ބުނާ އަޑު އިވެއެވެ. އަނެއް ބައި ފަހަރަށް ބުނެ އުޅެނީ އެއީ ވެވޭ އެއްޗެއް ކަމަށެވެ. އެއީ ވަރުގަދަ ބަހުސެކެވެ.

ލޯބީގެ ފެށުމަކީ ނަފްރަތު ކަމުގައި ވެސް ވާ ފަހަރު އާދެއެވެ. ކޮންމެއަކަސް ލޯތްބަކީ އެތައް އިހްސާސެއް އެކުލެވޭ ބުރަދަން ހުރި ލަފުޒެކެވެ.

ކިތަންމެ ބޭނުން ނުވިޔަސް އެންމެ ހީނުކުރާ މީހާ ދެކެ ވެސް ލޯބިވެވިދާނެއެވެ. ޔެލިޒްއާއި އަރްހަމްއަށް ވެސް ދިމާވަނީ މިފަދަ ހާދިސާއެކެވެ. އެ ދެ ޒުވާނުންގެ ހިތުގައި އަދަމުންދާ ނަފުރަތުގެ އަލިފާނާ އެކު ވެސް އެކަކު އަނެކަކު ދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ އަނދިރިކަން ވެރިވެފައިވާ އެ ދިރިއުޅުމަށް އަލިކަމެއް އަތުވެދާނެ ބާވައެެވެ؟ ނޫނީ ޔެލިޒްއާއި އަރްހަމްގެ ވާހަކަ ނިމޭއިރު ދެ މީހުން އެކުގައި ނުތިބެ ވެސް ހިނގައިދާނެ ބާވައެވެ؟

ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ކުށްތަކަށް އަރައިގަނެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ކުރެވިފައިވާ ފާފަތައް މާ ގިނައޭ ހިތައި މާތްﷲގެ ހަޟްރަތަށް ރުޖޫޢުވާން ލަދުވެތިވެ ޖެހިލުން ވަނީ ކިތައް މީހުން ހެއްޔެވެ؟ ނަވަލްއަށް ވެސް ހީކުރެވުނީ އެހެންނެވެ. އޭނާއަށް އިތުރު ފުރުސަތެއް ނެތްކަމުގައި ގަބޫލު ކުރެވި ދިރިއުޅުމުގެ ބޮޑު ނިންމުކާ ހަމައަށް ދާން ޖެހޭ ކަމުގައި ވިސްނުނު ހިނދު އެ އަތުގައި ހިފަނީ އެ ހިތް ދުވަހަކު ވެސް އެމީހަކަށް ޓަކައި އެދިފައިނުވާ ޒުވާނެކެވެ. އެ ލޯތްބަކަށް އޭނާ ފުރަގަސް ދިން ޒުވާނާއެވެ. އަރްޔަންގެ އަތުގައި ނަވަލް ހިފަނީ މާތްﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނޭ ކަމުގައި ޤަބޫލުކޮށް މާޒީ ހަނދާން ނައްތާލަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނަވަލްގެ ހަޤީޤަތް އެނގުމުން އަރްޔަންއަށް ނަވަލްއާ އެކުގައި އުޅެވިދާނެ ހެއްޔެވެ؟ އެތައް އަހަރުތަކެއް ވަންދެން ހިތުގައި ކައިސަންއަށް ޓަކައި އޮތް ލޯބި ފޮހެލައި އަރްޔަންއަށް ޓަކައި ނަވަލްގެ ހިތުގައި ހަޤީޤަތުގައި ވެސް ލޯބި އުފެދިދާނެ ހެއްޔެވެ؟

ޔާޒްއަށް ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯބި އިހްސާސް ކުރެވުނީ އުމައިރްގެ ފަރާތުންނެވެ. އެ ލޯބީގައި ޔާޒް ކޮންމެފަދަ ކަމެއް ކުރަން ވެސް ތައްޔާރަށް ހުރި ކަމުގައި އަބަދު ބުނި ނަމަވެސް ހަޤީޤަތާ ކުރިމަތިލާން ޖެހުމުން އެކަމަށް އިންކާރު ކުރެވެއެވެ. އެކަމުގެ ސަބަބުން އޭނާއަށް އުމައިރް ގެއްލެއެވެ. އެކަން ވުން, ޔާޒްގެ ނަޒަރުގައި އެއީ އޭނާއަށް ލިބުނު ނަސީބެކެވެ. ނަމަވެސް އެ ވިސްނުން ބަދަލު ކުރެވެނީ ނޭނގުމެއްގެ ތެރޭގައެވެ. އެ ހަޔާތުގައި އުމައިރް ލެއްވުން އެދި ޔާޒް ދުޢާ ކުރީ ސިއްރުންނެވެ. އުމައިރްއަށް ޓަކައި އުމައިރް އެދުނު ކަންތައް ކޮށްދޭން ޔާޒް އާނ ބަސް ބުނި އިރު އޭނާއަށް ނޭނގުނީ އުމައިރްގެ ހިތް ބަދަލު ވެއްޖެކަމެވެ. ވީއިރު ދެވަނަ ފަހަރަށް އުމައިރްގެ ހިތުން ޔާޒް މަޤާމެއް ދީފާނެ ބާވައެވެ؟

މިފަދަ ގިނަ ވާހަކަތަކާއި، ހިތާމައާއި، އުފާވެރިކަމާއި، ފޮރުވިފައިވާ ސިއްރުތަކާއި، އަދި ޢިބްރަތްތަކާ އެކު ކިޔުންތެރިންނާ ހަމައަށް އަންނަނީ... " ލިބޭތޯ ޔާރު ޖަންނަތުން.."

= ވާހަކައިގެ މައިގަނޑު ކެރެކްޓަރސް ތައް =

ޔެލިޒް، އަރްހަމް، ޔާޒް، އުމައިރް، ނަވަލް، އަރްޔަން، ކައިސަން، އަސްރާ، ސަލްމާން، ކުލްސޫމް، ދާވޫދް، މަހީން، އަމަތު، އިޔާޒް، ޙުއްބާ، ރައްޔާން، ސާއިފް.

= މި ވާހަކަލިޔުމުގެ އެންމެ ބޮޑު މަޤްސަދަކީ " ލިބޭތޯ ޔާރު ޖަންނަތުން " މެދުވެރިކޮށް މުޖުތަމަޢުގައި ހިނގާ ބައެއް ކަންކަމަށް އަލި އަޅުވާލައި، ކިޔުންތެރިންނަށް ރަނގަޅު މެސެޖެއް ފޯރުކޮށްދިނުމެވެ. ހަމައެހެންމެ މި ވާހަކައިގައި މުޖުތަމައާ ގުޅުން ހުރި ގިނަ ކަންކަން ހިމަނަން ގަސްތު ކޮށްފައިވީ ކަމުގައި ވިޔަސް އެއްވެސް ހާދިސާއެއް ނުވަތަ ކެރެކްޓަރއަކީ ވަކި މީހަކަށް ނިސްބަތް ކޮށް އުފައްދައިފައިވާ ހާދިސާ ނުވަތަ ކެރެކްޓަރތަކެއް ނޫނެވެ. އަދި މި ވާހަކައަކީ މި ޒަމާނުގައި ފެންނަ ގިނަ މަންޒަރުތަކާއި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ލިޔާ ހިޔާލީ ވާހަކައެއް ކަމުގައި ވުމުން ހަޤީޤީ ހާދިސާތަކާއި އެއްގޮތް ކަންކަން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މި ވާހަކައަކީ ވެސް ކިޔުންތެރިންނަށް ކަމުދާނޭ ފަދަ ވާހަކައަަކަށްވުމެވެ. =

އެޑިޓަރުގެ ނޯޓް: މި ވާހަކަ ގެނެސްދެވޭނީ ކޮންމެ ހުކުރު އަދި ހޯމަ ދުވަހެއްގައެވެ.

Ads by Ooredoo
  1. Badhoora

    ސަޅި ވާނެހެން ހީވަނީ