ޚަބަރު ޝަރުޢީ ދާއިރާ

ނަދީމްގެ މަރު: ގާޒީ ސަލާމުގައި, ހުކުމްކުރުން ފަސްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނަދީމް ޢަބްދުއްރަޙީމް (ނަޑޭ)

މީގެ ހަތަރު އަހަރު ކުރިން މަރައިލި ހއ.ތަކަންދޫ އިބްރާހިމީ ހިޔާ, ނަދީމް ޢަބްދުއްރަޙީމް (ނަޑޭ)ގެ މަރުގެ މައްސަލައިގެ ހުކުމް ކުރުމަށް މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.

Ads by STELCO

2017ވަނަ އަހަރު ޖުލައިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު ލޮނުޒިޔާރަތް މަގުގައި ހުންނަ ޓާރމިނަލް ކެފޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ނަދީމްގެ މަރުގެ މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ މާޗު 31 ދުވަހުގައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އޭގެ ފަހުން އަޑުއެހުމެއް ތާވަލުކުރީ މިއަދު 15:00އަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ގާޒީ ސަލާމް ބުނުމާ ގުޅިގެން އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ. އެކަމަކު އަޑުއެހުން ދެން އޮންނާނެ ތާރީހެއް ނުބުނެއެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލައިފައި ވަނީ މުޙައްމަދު މަފާޒް ޙުސައިން ސަލީމް (ގ.ޝާރާޒް)ގެ މައްޗަށެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައި ވަނީ ރ.އިންނަމާދޫ/ސަމަންތާ، ޙުސައިން ޝާމިންއާއި، ގއ.ގެމަނަފުށި، ހަވާސް، މުޙައްމަދު ކަރަމް ސުހައިލްއާއި، ލ.ގަން، ވިދާތަރި، ޢަލީ ނިފާޒުގެ މައްޗަށެވެ.

މީގެ އިތުރުން މި މައްސަލައިގައި މީހަކު މަަރައިލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ 18 އަހަރުން ދަށުގެ ކުއްޖަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!