ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އުމައިރް ދިޔަކަން ޔަގީންވުމާއެކު ނަވަލް ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. އަވަސް އަވަހަށް ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއިން ފޯނު ނަގައި މީހަކަށް ގުޅާލިއެވެ. ދެތިން މިނިޓަށް ދެމިގެން ދިޔަ އެ ކޯލު ނިމުމާއެކު ނަވަލް ވަށައިގެން ހޯދާލިއެވެ. އޭނާ ކުރިއަށް ހިނގައިގަތީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހިމަ ދިގު ކޯރިޑޯ ހުރަސްކޮށް ކުރިމަތިން ފެންނަން ހުރި ލިފްޓަށް އެރުމާއެކު ނަވަލް ފިއްތާލީ ފަހެއް ޖަހާފައި އިން ފިތަށެވެ. ލިފްޓުގައި ހުރިއިރު ވެސް އޭނާގެ މޫނުން ފެންނަނީ ނުތަވަސްކަމެވެ. އިރު އިރުކޮޅާ ދޫކޮށްލާ ފުން ނޭވައިން އެކަން ހާމަވެއެވެ. ލިފްޓުން ނުކުތުމުގެ ކުރިން ނަވަލް ކަނާތްފަރާތުގައި ހަރުކޮށްފައި ހުރި އިސްކޮޅު ފެންނަވަރުގެ ބޮޑު ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. ހިތްހަމަޖެހޭވަރުވުމުން ދެން އޭނާ ތުންފަތަށް ވެރިކޮށްލީ ރީތި ހިނިތުންވުމެކެވެ. އެ ވަގުތު ލިފްޓުގެ ދޮރު ވެސް ހުޅުވިއްޖެއެވެ. އެއާއެކު ލަސްކުރުމެއްނެތި ނަވަލް ފޭބިއެވެ.

Ads by Hajj Corporation

*********************************

ހ.އޯޝަންވިލާގެ އިން ފެންނަނީ ހިމޭންކަމެވެ. ކުޑަ ނަމަވެސް ހަރަކާތެއް ފެނިލަނީ ގޭގެ ބަގީޗާގައި ހައްދާފައިވާ ގަސްތައް ދެފަރާތައް ވަޔާއެކު ހެލިލާތީއެވެ. އެ ގަސްތަކުން ފޮޅިފައިވާ ރީތި މާ ތަކުގެ ވަހުން މުޅި ހިސާބު ގަނޑު އެއްވަސް ކޮށްފައިވީ އިރު އެ ބަގީޗާއަކީ ނުހަނު ފަރުވާތެރި ކަމާއެކު ބަލަހައްޓަމުންދާ ބަގީޗާއެއްކަން ދޭހަވަނީ އެ ތަނުގެ ފުރިހަމަ ކަމުންނެވެ. އެ ސަރަހައްދަށް ވެރިވެފައިވާ ހިމޭންކަން ނަގާލީ ގޭގެ ބޮޑު ގޭޓު ހުޅުވުނު އަޑާއެކުގައެވެ. އެއާއެކު އެތެރެއަށް ވަދެގެން އައީ ކަޅު ބިއްލޫރި ޖަހާފައިވާ ކާރެކެވެ.

ކާރު ޕާކް ކޮށްލުމާއެކު އޭގެން ފޭބި ސާއިފްގެ މިސްރާބު ހުރީ ގެއާ ދިމާލަށެވެ. އޭނާގެ ފަހަތުން، ކާރުގެ ވާއަތް ފަޅީގެ ދޮރު ހުޅުވުމަށްފަހު ފޭބި ނެހާން ވެސް ހިނގައިގަތެވެ. އޭރު ޑިކީ ތެރޭގައި ހުރި ލަގެޖްތައް ނެގުމުގައި ޑްރައިވަރު އުޅެއެވެ.

ގެއަށް ވަނުމުގެ ކުރިން ސާއިފް ފަސް އެނބުރި ބަލައިލިއެވެ. އޭނާގެ ތުންފަތް ދެފަރާތަށް ދެމިލީ ހީކުރި ގޮތަށް ނެހާންގެ މިސްރާބު ބަގީޗާއާ ދިމާލަށް ހުރުމުންނެވެ.

" ނާނު ދިޔަފަހުން މި ގަސްތައް ވަރަށް ހީނަރު ވެއްޖެ. ގަސްތަކުގެ މަންމަ ދިޔައީމަ އެ އެއްޗިއްސަށް ވެސް އޭގެ އަސަރު ކުރީ ކަންނޭނގެ ދޯ. " ސާއިފް ބުނެލީ ނެހާން ކައިރީ އައިސް މަޑުކޮށްލުމަށްފަހުއެވެ.

" ތިއީ އަހަންނަށް ކޮށްލި މަލާމާތެއް ދޯ. ގައިމު މިހާރު މާ ރީތި ވެފަ ގަސްތައް ވަރުގަދަ. ކާކު ބަގީޗާ ބަލަހައްޓަނީ ؟ ". ނެހާން އަހާލިއެވެ.

" ރޯޒީ. ގޭގަ ގެންގުޅޭ ނޭޕާލް ކުއްޖެއް ". ސާއިފް ބުނެލިއެވެ. އޭނާގެ މޫނުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ސިކުނޑިއަށް ވެރިވި ހިޔާލަކުންނެވެ. އެއާއެކު ހިތުގައި ކުރެހިގެން ދިޔައީ ރޯޒީގެ މައުސޫމް މޫނެވެ.

" ކޮބާ މަހަލް؟ އެބަ އުޅޭތަ ގޭގަ ؟ ". ނެހާން އެތެރެއަށް ދާން ހިނގައިގަތުމުގެ ކުރިން އަހާލިއެވެ. ޖަބާވުގައި ސާއިފް ދޫކޮށްލީ ފުން ނޭވާއެކެވެ. ނެހާން އަންނަކަން އެނގުނީއްސުރެ މަހަލްގެ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ. މުޅި ދުވަސް ހޭދަވީ އެފަދަ ގޮތަކަށެވެ. ސާއިފްއާ ރުޅި ހަދާލި ގޮތަށް ހެދުންތައް ހިފައިގެން ގޭގެ މަތީ ފަންގި ފިލާގައި ހުރި ހުސް ކޮޓަރިއަށް ބަދަލުވީ ނެހާންގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ކަމުގައި ބުނެފައެވެ.

" ޑޯންޓް ވޮރީ އެބައުޓް ހަރ. ނާނު ވެސް ކޮންމެހެން މަހަލްއާ ވާހަކަ ދައްކަން އުޅޭނެ ކަމެއް ނެތް. ކަމެއް ބޭނުންވެއްޖެ ނަމަ ރޯޒީ ވެސް އުޅޭނެ ". ސާއިފް ބުންޏެވެ.

" ތިހެން ބުނާ އިރުވެސް އެނގެ އެންނު އަހަންނާ އަހަރެންގެ ފިރިމީހާގެ ކަމެއް އެހެން މީހަކު ލައްވާ ނުކުރުވާނެކަން. މި ދުވަސްކޮޅު ކޮންމެހެން ރޯޒީއަށް އިތުރު ބުރައެއް ޖައްސާނެ ކަމެއް ނެތް. މަހަލް ބޭނުން ވަންޏާ އޭނަ ކައިރިއަށް ރޯޒީ ފޮނުވާލާ ". ނެހާން ބުނެލިއިރު އެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

މަޑުމަޑުން ނެހާންގެ ކޯތާފަތުގައި ސާއިފް ފިރުމާލިއެވެ. އަނތްބެއްގެ ގޮތުގައި އޭނާއަށް ލިބިފައި ހުރީ ރަން ޖަވާހިރެކޭ ހިތް ބުނެލިއެވެ. އެއާއެކު ނެހާންއާއި މަހަލްގެ ހުރި ތަފާތު ވެސް ސާއިފްއަށް އަޅާ ކިޔާލެވުނެވެ. ކައިވެންޏަށް ތިން އަހަރު ފުރެން ކައިރިވެފައިވީ އިރު މަހަލްގެ އަމިއްލަ އަތުން ކައްކާފައި ހުރި އެއްޗެއް ސާއިފްގެ އަރުތެރެއިން ގޮސްފައެއް ނެތެވެ. ސާއިފް ކައިރިވިޔަސް މަހަލް ނުރުހެންވެއެވެ. އޭނާ އަދި ތައްޔާރު ނޫން ކަމުގައި ބުނެ ބަހަނާ ދެއްކުން އެއީ މަހަލްގެ އާދައެވެ. ސާއިފް ވެސް އެކަން ގަބޫލު ކޮށްގެން އެ ހުންނަނީ މަހަލްއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެ ދެމެދުގައި ވި އުމުރުގެ ތަފާތަކީ މަހަލްއަށް ހޭނެން ވަގުތު ބޭނުންވާނޭ ކަމެއް ކަން ހުދު ސާއިފްއަށް ވެސް އެނގޭތީއެވެ.

*************************

ލިފްޓުން ފޭބުމަށްފަހު ނަވަލް ހުރީ ދާންވީ މިސްރާބެއްް ނޭނގިފައެވެ. ފޯނުން މިހާރު ދެތިން ފަހަރު މީހަކަށް ގުޅައި ވެސް ލެވިއްޖެއެވެ. ނަވަލްގެ ލޯ ފެންކަޅިވާން ނެގީ މަދު ސިކުންތުކޮޅެކެވެ. ސިކުނޑިއަށް ވެރިވި ހިޔާލުން އޭނާ ދެރަވާ ގޮތްވީއެވެ. ކައިސަން ހަމަ ހަގީގަތުގައި ވެސް އޮޅުވާލީ ބާއެވެ؟ ނަވަލް އެތަނަށް އައީ ނުހަނު އުންމީދާ އެކުގައެވެ. ތިން އަހަރު ފަހުން ކައިސަންއާ ދިމާވާން އުޅޭ އިރު އެ ހިތް އެކަމަށްޓަކައި ކެތް މަދުވެފައި ވީތާ ކިތަންމެ ދުވަހެކެވެ. އެކަހެރިކޮށް ކައިސަން ބައްދަލު ކުރަން އެދުމުން ނަވަލް އެކަމަށް ވެސް އާނ ބަސް ބުނީ ކައިސަން އަށް އިތުބާރު ކޮށްފައެވެ. އެ ހުރިހާ ކަމަކަށްފަހު ވެސް ކައިސަންގެ ހިލަމެއް ނުވުމުން ނަވަލްއަށް އެކަމުން ނެގުނީ އެހެން މާނައެކެވެ. ދެއަތް ދެއަތާ މޮޑެން ހުރުމަށްފަހު ނަވަލް އަނެއްކާ ވެސް ލިފްޓާ ދިމާލަށް ހިނގައިގަތެވެ. އޭރު އެ ލޮލުން ފޭބި ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ވެއްޓުމުގެ ކުރިން ނަވަލް އަވަސް އަވަހަށް ފޮހެލިއެވެ.

މުޅި ތަނުން ކަރަންޓު ކެނޑުނީ އެވަގުތުއެވެ. ދެލޯ ބޮޑު ކޮށްލެވުމާއެކު ހުރި ފިޔަވަޅު މައްޗަށް ނަވަލް ގަނޑުވީ ހިތަށް ވެރިވި ބިރުވެރިކަމާއެކުއެވެ. އެވަގުތު އިވެން ފެށި ބަރު ފިޔަވަޅުތަކުގެ އަޑާއެކު އިހުނަށްވުރެ އެ ލޯ ބޮޑުވެއްޖެއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ބާރަށް ރޮވެން ފެށިދާނެތީއެވެ. އޭރު އެ އަންނަ މީހެއް ނުހަނު ކައިރިވެއްޖެކަން ނަވަލްއަށް ބުނަން އެނގުނީ އެ ފިޔަވަޅުތަކުގެ އަޑުންނެވެ.

ކަ..ކާކު ؟". ނަވަލްގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އެ އަޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިފައިވީ އިރު އިންތިހާއަށް ބިރުގެންފައި ހުރިކަން އެނގެއެވެ. އެހެނަސް ނަވަލްގެ ސުވާލަށް ލިބުނު ޖަވާބެއް ނެތެވެ. އެ ފިޔަވަޅު ތަކުގެ އަޑު ވެސް ކެނޑިއްޖެއެވެ. ނަމަވެސް އެ މީހަކު މިހާރު ހުރީ ނަވަލްގެ ކައިރީކަން ޔަގީނެވެ. އަނދިރީގެ ތެރެއިން އެމީހެއްގެ މޫނު ނުފެނުނު ކަމުގައި ވިޔަސް ދުވަން ފެށި ފިރިހެންވަންތަ ސެންޓުގެ ވަހުން ނަވަލްއަށް އެތެރެއަށް ނޯށް ދަމާލެވުނީ ސިކުނޑި ތާޒާ ކުރުވާ ފަދަ ވަހަކަށް އެ ވަސް ވީތީއެވެ.

އެއާއެކު ނަވަލްގެ މޫނުގައި ބީހިލީ ހޫނު އަތެކެވެ. އެ މޫނުގައިވީ ބިރުވެރިކަން ކެނޑި ލުއި ހިނިތުންވުމެއް ވެރިވީ ދެނެވެ. ނަވަލްއަށް ވެސް މަޑުމަޑުން އެ އަތްތިލައިގާ އަތް ޖައްސާލެވުނެވެ. އޭނާއަށް ލޯ މަރާލެވުނީ ހިތަށް ވެރިވި ފޮނި އިހުސާސުންނެވެ. އަހަރުތަކެެއްގެ އިންތިޒާރުގެ ނިމުން އައީއެވެ. އިތުރަށް ކެތްކުރުން އުނދަގޫ ވުމާއެކު ނަވަލް ގެނައި ކުއްލި ހަރަކާތާއެކު ކައިސަންގެ ހަށިގަނޑުގައި ބައްދައިގަތެވެ. އެ ތަނަވަސް މޭގައި ބޯ އަޅާލެވުނު ހިނދު ނަވަލްއަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާއަށް ރައްކާތެރިކަން ލިބުނުހެން ހީވީ ކައިސަންގެ ބާރުގަދަ ދެއަތުން ނަވަލްގެ ހަށިގަނޑުގައި ވަށާލުމުންނެވެ. އެ ހިމަ އުނގަނޑުގައި ކައިސަންގެ އަތުގެ އިނގިލިތައް ބީހެން ފެށި ގޮތުން އޭނާއަށް ކުރުވީ ތަފާތު އިހްސާސެކެވެ. ހަށިގަނޑަށް ވެރިވީ މަސްތުކަމެކެވެ.

" އައި މިސްޑް ޔޫ ސޯ މަޗް..". ކައިސަން މަޑުމަޑުން ބުނެލީ ނަވަލްގެ ކަންފަތް ކައިރީގައެވެ. ނަވަލް ކުޑަކޮށް ކައިސަންއާ ދުރުވެލިއެވެ. އަދި ފަރުވާތެރި ކަމާއެކު ބަލަން ހުރީ ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއިން ދެކެން ބޭނުންވާ ސޫރަ ފެންނަން އެދޭތީއެވެ.

" ކޮބާ ލައިޓްތައް. މިތާނގަތަ ތިބެނީ ". ނަވަލް އަހާލީ އޭނާއަށް އެއްވެސް އެއްޗެއް ފެންނަ ވަރު ނުވުމުންނެވެ.

" ނޫން. އައި ހޭވް އަ ސަޕްރައިޒް ފޯ ޔޫ. ނޫނެކޭ ނުބުނާތި. އެނގޭ ނަވަލްއަށް ސަޕްރައިޒް ކަމަކު ނުދާނެކަން. ބަޓް އައި ޕްރޮމިސް ޔޫ ވިލް ލަވް ދިސް". ކައިސަން ނަވަލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއެކު އޭނާ ހިނގައިގަތެވެ. ނަވަލް ވެސް މަޑު މަޑުން ކައިސަންއާ އެއްވަރަކަށް ދިޔައެވެ. ވެރިވެފައިވާ އަނދިިރިކަމުގެ ތެރެއިން ދާންވީ މިސްރާބު ކައިސަން އަށް އެނގޭ ކަމާއި މެދު ނަވަލް ހުރީ ހައިރާންވެފައެވެ. އެކަމާ ސުވާލު އުފެއްދުމުގެ ބަދަލުގައި ހިތް  ބުނެދިނީ އެއީ ކައިސަންގެ ކުޅަދާނަކަން ކަމުގައެވެ.

ކައިސަންގެ ފިޔަވަޅުތައް މަޑުވުމާއެކު އޭނާ ނަވަލްގެ އަތުން ދޫކޮށްލިއެވެ. ދެން އިވުނީ ތަޅުދަނޑި ފައްޗެއްގެ އަޑެވެ. ދޮރެއް ހުޅުވާލި އަޑާއެކު ދެން އަނެއްކާވެސް ކައިސަންގެ އަތް ބީހިލީ ނަވަލްގެ މޫނުގައެވެ. ލޮލުގައި އެއްސިގެން ދިޔަ އޮމާން ފޮތި ކޮޅުގައި ނަވަލް އަތް ޖައްސާލިއެވެ. އެވަގުތު ތަޅު އަނބުރާލި އަޑާއެކު ދޮރު ހުޅުވީކަން ނަވަލް ދެނެގަތެވެ. ކައިސަން އޭނާގެ އަތުގައި ހިފާލުމާއެކު ނަވަލް ފިޔަވޅުތައް އަޅަަން ފެށީ ދޮރުން އެތެރެއަށެވެ.

އެ މާހައުލުގައިވީ ފިނި ކަމާއެކު ނަވަލްގެ ސިކުނޑިއަށް ލުއިކަމެއް ވެރިވީ ދުވަން ފެށީ މީރު ވަހުންނެވެ. އެވަގުތު ނަވަލްގެ ލޮލުގައި އައްސާފައިވީ ފޮތިކޮޅު ނެއްޓުމަށް ކައިސަން އެދުނެވެ. ލޯ ހުޅުވުމާއެކު ނަވަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީ އެއްފައި މައްޗަށް ތެދުވެ އިން ކައިސަންގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑީގައި ނަވަލް ހިފިއިރު އެ މޫނަށް ވެރިވެފައިވީ މަޑު ރަތްކުލައެވެ.

އެ މާތަކުގެ ވަސް ބަލާލުމަށްފަހު ނަވަލް ވަށައިގެން ބަލާލިއެވެ. އެ ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އޮރެންޖް އަލިކަމަކީ އުއްބަތީގެ އައްޔެވެ. އެއާއެކު ދުވަމުން ދިޔަ ވަހަކީ ކޮޓަރީގެ އެކި ދިމާލުގައި ހުރި މާ ތަކުގެ ވަހެވެ.

" ކަމުދޭތަ؟". ކައިސަން އަހާލީ ލުއި ހުނުމަކާއެކުގައެވެ.

" ދިސް އިޒް ދި ބެސްޓް އެވަރ. ތޭންކް ޔޫ ލަވް". ކައިސަންގެ މޭގައި ލައްވެލަމުން ނަވަލް ބުނެލިއެވެ. ކުޑަކޮށް ނަމަވެސް މި ކުރެވެނީ ކީއް ކަމާމެދު ނަވަލްއަށް ވިސްނާ ނުލެވޭ ކަހަލައެވެ.

އެވަގުތު ކައިސަން މަޑުމަޑުން ނަވަލްގެ މޫނުގައި ހިފެހެއްޓުމަށްފަހު އެ މޫނު ތެދުކޮށްލިއެވެ. ކައިސަންއާ ނަޒަރު ސީދާ ވުމާއެކު ނަވަލް އެ ލޮލުގެ ތެރެއަށް ގެނބެން ނެގީ މަދު ވަގުތުކޮޅެކެވެ. އަތުގައި އަޮތް މާބޮނޑި ވެއްޓުމާއެކު އޭނާއަށް ކައިސަންގެ މޭގައި އަތް ޖައްސާލެވުނެވެ. އިހްތިޔާރަކާ ނުލައި އެ އަތަށް ބާރުކޮށްލެވުނީ ހިތުގައި އުފެދެން ފެށި ޖަޒުބާތު ތަކުންނެވެ. ކައިސަންގެ ހޫނު ނޭވާތައް އެ މޫނަށް އެޅެން ފެށުމާއެކު ނަވަލްއަށް ލޯ މަރާލެވުނެވެ. އެ ތުންފަތުގެ ބީހުން އިހްސާސް ވުމާއެކު އެކަމަށް ނަވަލްއަށް އިޖާބަ ދެވުނީއެވެ. ދުވަހަކުވެސް އެފަދަ ކަމެއް އިހްސާސް ވެފައި ނެތުމުން ނަވަލްއަށް އެ ތަޖުރިބާވީ އާ ކަމަކަށެވެ.

" ނޫން ސްޓޮޕް ". ކުއްލިއަކަށް ނަވަލް ދުރަށް ޖެހިލިއެވެ. ފަސް އެނބުރުނު ގޮތަށް މޫނުގައި ދެއަތް އަޅާލުމުން ކައިސަންގެ ބުމަ ގާތްވިއެވެ. ނަވަލްއަށް ވީ ގޮތެއް ނޭނގުމުން ހުރެވުނީ ސުވާލު މާކެއްގައެވެ.

" ކިހިނެތްވީ؟". ކައިސަން އަހާލިއިރު އެ އަޑުން ހިސާބެއްގެ ނުރުހުންވުމެއް ފާޅުވިއެވެ.

" ކައި. އައިމް ސްކެއަރޑް. ވަޓް އިފް ދިސް އިޒް ރޯންގް". ނަވަލް އަހާލި އިރު އޭނާގެ ސިކުނޑީގައި ގުގުމަންފެށީ ކުލްސޫމްގެ ނަސޭހަތްތަކެވެ.

އަންހެންކުއްޖެއްގެ އެންމެ ބޮޑު އަމާނާތަކީ އިއްފަތް ކަމުގައި މަންމަ އަބަދު ބުނާ ވާހަކައިން ނަވަލްގެ ހިތަށް ގޮތެއްވިއެވެ. އެވަގުތު ކައިސަން އައިސް އޭނާގެ ކުރިމަތީ ހުއްޓިލިއެވެ. އަދި ނަވަލްގެ އަތުގައި ހިފާލީ މަޑުންނެވެ. އެ ހަރަކާތުން ނަވަލްއަށް ހީވީ އެއީ އޯގާތެރިކަން ކަމުގައެވެ.

" އައި ނޯ. އެކަމަކު އައި ވުޑުންޓް ހަރޓް ޔޫ. އައި ޕްރޮމިސް. ނަވަލްގެ ނުރުހުމުގަ އެއްވެސް ކަމެއް ނުކުރާނަން. އެކަމަކު ދެންމެ ވީކަންތައް ނުވާ ކަމަކަށް ނުވާނެ. އެއްފަހަރު ކުރީމަ ދެން ކުރިޔަސް އޯކޭ ވާނެ. އެހެން ނޫނަސް އެއީ އެންމެން ވެސް ކުރާ ކަމެއްނު. އިޓްސް ނޮޓް އަ ބިގް ޑީލް". ކައިސަންގެ ވާހަކަތަކާ މެދު ނަވަލްއަށް ވިސްނާލެވުނެވެ. ތެދެކެވެ. އެއްފަހަރު މިހާރު ވެއްޖެއެވެ. ދެން ކުރިޔަސް މާ ބޮޑު ކަމެއް ނޫނޭ ނަވަލްގެ ހިތް ބުނެލިއެވެ. ސިކުނޑީގެ ކަނަކުން އެއީ ގޯހެއް ކަމުގައި ބުނެދޭން ކުރި މަސައްކަތަށް ނަވަލްގެ ހިތުގެ އެދުން އިޖާބަ ނުދިނީއެވެ. އެންމެން ކުރިޔަސް ހަރާމް ކަމެއް ހަލާލް ނުވާނޭކަން އެ ސިކުނޑިއަށް ވިސްނާނުލެވުނީއެވެ. މި ފަހަރު އިސްވެ ކައިސަންއާ ކައިރިވީ ވެސް ނަވަލްއެވެ.

ދެމިގެން ދިޔަ އެ ވަގުތުކޮޅު މެދުކެނޑުނީ ނަވަލްގެ ތުނި ހަށިގަނޑު ކައިސަންގެ ބާރުގަދަ އަތުން އުފުލާލުމުންނެވެ. ނަވަލް ހިނިތުންވުމާއެކު ކައިސަންގެ ކަނދުރާގައި އަތް އަޅުވާލިއެވެ. އެ ލޮލުގެ ޖާދޫގައި ޖެހި ނަވަލްއަށް އޮވެވުނީ ވަގުތު ހިނގަމުންދާ ގޮތް ނޭނގޭ ހާލުގައެވެ.

" ތި ބުރުގާ އަޅައިގެން އުނދަގުލެއް ނޫންތަ. އޯކޭ ވާނެ ނަގާލިޔަސް. މިއީ ދުުރު ބައެއް ނޫނެއްނު ". ނަވަލް އިރު އިރުކޮޅާ ބުރުގާ ރަނގަޅު ކޮށްލާތީ ކައިސަން ބުނެލިއެވެ. އެކަމުގައި ވެސް ނަވަލްއަށް އިސްކުރެވުނި ހިތް އެދޭ ގޮތެވެ. ކައިސަން ބުނީ ތެދެކޭ ހީވިއެވެ. އެކަން ގަބޫލުކުރަން ވެސް ނަވަަލްއަށް ފަސޭހަވިއެވެ. އޭނާގެ ރައްޓެހި ބައެއް އަންހެން ކުދިން ވެސް ރައްޓެހިވެގެން އުޅޭ ކުއްޖާއާ އެކު ބުރުގާ ނަގައިގެން ހުރެ ކުރާ ސްނެޕްތައް އޭނާއަށް ފެނިފައި އެބަހުއްޓެވެ. ވީއރު އެކަމުގައި އޮތް ގޯހަކީ ކޮބައިހެއްޔޭ ހިތަށް އެރުމާއެކު ނަވަލްގެ ހިތަށް ވެރިވީ ހަމަޖެހުމެވެ. ބޮލާއި ބުރުގާ ވަކި ވުމާއެކު އެ އިސްތަށިގަނޑާއި ކަނދުރާ ހާމަވިއެވެ.

ނަވަލްގެ ހަރަކާތްތައް މަޑުޖެހުނީ ކައިސަން ލައިގެން ހުރި ގަމީސް ބާލަން ފެށުމުންނެވެ. ދެން ވެސް ހިތް ބުނެދިނީ އެކަމުން މައްސަލައެއް ނެތް ކަމުގައެވެ. އެއީ ފިރިހެނާގެ އައުރަ ނޫނިއްޔާ އޯކޭއޭ ނަވަލް އަމިއްލަ ނަފްސަށް ވިސްނުވައި ދިނެވެ. އަދި ގަމީސް ބޭލިޔަސް ކަމެއް ނުވާނޭ ކަމުގައި ހިތަށް އަރުވައި ނަވަލްއަށް އެކަން ވެސް މައްސަލައަކަށް ނުވިއެވެ.

އެނދުގައި އޮށޯ ވެލަމުން ކައިސަން އޭނާގެ އަތް ދަމާލިއެވެ. އަދި ހުސްކޮށް އޮތް ޖާގައިގައި ނަވަލް އޮށޯންނަން އެދުނެވެ. މިފަހަރު އިތުރު ވިސްނުމަކަށް ނުގޮސް ނަވަލް އެކަން ކުރިއެވެ. ހިނދެއް ހިނދަކަށް އެ ސިކުނޑި ހިސޯރު ކުރަމުން ދިޔަ ޝައިތާނާގެ ވަސްވާސްތައްވީ އިތުރެވެ. އެގޮތުގައި ވަގުތު ހޭދަވެ ދިހަ ގަޑި ބައިވި އިރުވެސް ނަވަލްއަށް ވިސްނާނުލެވުނެވެ. ސައިލެންޓަށް ލާފައި އޮތް ފޯނަށް އުމައިރް ގުޅަމުން ދިޔަ ނަމަވެސް ނަވަލްއަށް އެކަމުގެ ހިލަމެއް ނުވިއެވެ.

ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަމާއެކު ނަވަލް ބަލާލީ ކައިރީ އޮތް ކައިސަންއަށެވެ. މަޑުމަޑުން އަތުގެ އިނގިލިތައް އެ މޫނުގައި ހިންގާލަމުން އެ ކޯތާފަތުގައި ބޮސް ދިނެވެ.

" ދާން ނުވޭތަ؟ މިހާރު ނަވަލް ހޯދާނެ އެންނު". ނަވަލްގެ އަތް ދުރަށް ޖައްސާލަމުން ކައިސަން ބުނެލުމާއެކު އޭނާގެ ހަރަކާތްތަށް ވަގުތުން މަޑުޖެހުނެވެ. ގަޑިއަށް ބަލާލެވުނީ ދެނެވެ. ބާރަ ޖަހަން ވިހި ވަރަކަށް މިނިޓް ބާކީ ހުރި އިރު ހިތަށް ވެރިވީ ނުތަނަވަސްކަމެވެ. އެނދުން ފުންމައިގެން ތެދުވެވުމާއެކު ނަވަލްއަށް ހޯދާލެވުނީ އޭނާގެ އަންނައުނެވެ. ރޫގުޅައަކަށް ވެފައި އޮތް ހެދުން ލުމަށްފަހު ނަވަލް ބޮލަށް ބުރުގާ މަހާލިއެވެ.

" އައިމް ސޮރީ ކައި. ގެއަށް ގޮއްސަ ގުޅާނަން ". ނަވަލް ލުއިކޮށް ކައިސަންއަށް ބޮސްދިނުމަށްފަހު އެ ކޮޓަރިން ނުކުތީ އުމައިރްއަށް ގުޅަމުންނެވެ.

" ނަވަލް. ކޮންތާކު ؟ ގަޑިން ވީ އިރު އެނގޭތަ؟ އާދޭ ހަމަ މިހާރު. މީނީ ތިރީގަ". އުމައިރްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލްގެ ގައިގާ ވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނު ކަހަލައެވެ. ލިފްޓަށް އެރިއިރު އިރު ވެސް އެ ލޮލުގައިވީ ސިހުމެވެ. ހިތުގެ ތެޅުން އިންތިހާއަށް ބާރުވެފައިވީ އިރު އުމައިރްގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ސިކުނޑީގައި ނެތެވެ.

ގްރައުންޑް ފްލޯރ އަށް ފޭބިއިރު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އުމައިރް ފެނުމާއެކު ނަވަލްއަށް ހިންދިރުވާލެވުނެވެ. އުމައިރްގެ ނަޒަރު ވެސް އޭނާއާ އަމާޒުވީ އެވަގުތުއެވެ. ގޮށް ޖެހިފައިވާ އެ ބުމައާ ރަތްވެފައިވާ މޫނު ފެނުމުން ނަވަލްއަށް ހުރެވުނީ ކުރިއަށް ހިނގައިގަންނަން ވެސް ނުކެރިފައެވެ.

=ނުނިމޭ=

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!