ވާހަކަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
އިތުރަށް ހަމަ ލޯބި ވެވެނީ
▾ މި ވާހަކައިގެ ޢަދަދުތައް
އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ޓްރެއިލަރ) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފުރަތަމަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދެވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިންވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތަރުވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނުވަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ދިހަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެގާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސާދަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަނަރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސޯޅަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސަތާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާރަވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ވިހިވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެކާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތޭވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައުވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަންސަވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ސައްބީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ހަތާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އަށާވީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ނަވާވިސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (އެއްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ބައްތިރީސްވަނަ ބައި) އިތުރަށް ހަމަ ލޯތްބޭ ވެވެނީ... (ފަހުބައި)

"ނުކުތްތަނުން އައި ސޮރެއް ދިން އެއްޗެއް.. ބުނީ ރައްޔުއާ ހަވާލުކުރާށޭ.." ލާނެތް ރާގަކަށް ޒަމްރާ ބުނެލިއެވެ. ސުވާލުއުފެދިފައި އޭގައި ހިފަމުން ރާޔާ އެކި ފަރާތް ފަރާތް ބަލައިލިއެވެ. ދަނީއޭ ބުނަމުން ޒަމްރާ ހިނގައިގަތީ ރާޔާގެ ކޮނޑުގައި ފިރުމައިލުމަށްފަހުއެވެ. މާބޮނޑި ތެރޭގައި އޮތް ކާޑު ލޮލުގައި އަޅައިގަތުމުން އެނަގައި ރާޔާ ބަލައިލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހުނީ ހިތްހަމަނުޖެހުނު ވަރުންނެވެ.

Ads by STELCO

"ގެޓް ވެލް ސޫން މައި ޑާރލިނގް އެކްސް ވައިފް.. އަދިވެސް ވަރަށް ލޯބިވޭ.. ވަރަށް ބޭނުން.. -ދައިސް-" ދަތްކުނޑި ވިކައިލުމާއެކު ރާޔާ ކާޑު ބޮނޑިކޮށްލީއެވެ. އަދި މާބޮނޑިއަށް ބަލައިލަމުން ބާރު ހިނގުމެއްގައި ކޮޓަރިން ނުކުމެގެން އައިސް ބަދިގޭގައި ހުރި ޑަސްޓްބިންތެރަށް މާބޮނޑި އެއްލައިލިއެވެ. އޭރު ރުޅިއައިސްގެން ގޮސް މީހާ ތުރުތުރުއަޅަމުން ދިޔައެވެ. ދައިސްގެ އުނދަގުލުން މިއިން ދުވަހަކުވެސް ފަސޭހައިން އޭނާ މިންޖުނުވާނެކަން ޔަގީނެވެ. ފުންނޭވާއެއް ދޫކޮށްލަމުން ރާޔާއަށް ނިތުގައި މަޑުމަޑުން ފިރުމައިލެވުނެވެ. ހަދާނެގޮތް ހުސްވެފައިހުރި މީހަކު ފަދައިންނެވެ.

* * * * *

ދޮރުގެ ބެލް އަޅައިލިއަޑަށް އަވަސް ހިނގުމެއްގައި އައިސް ޖީލާން ދޮރުހުޅުވިއެވެ. ކުރިމަތީގައި ހުއްޓިތިބި ތިންމީހުނަށް ބަލައިލަމުން އޭނާ ހަދިޔާކޮށްލީ ހިނިތުންވުމެކެވެ. އެތެރަށް ވަދެގެން އައިސް ސޯފާގައި އިނށީން ޒައިވާގެ މޫނުގައިވީ ކެތްތެރިކަން ކުޑަކަމެވެ. ހިތުގައި ފުނިޖެހިފައިވި ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނީ ރީއާން އާއި ރާޔާގެ މާޒީ އެއްކޮށް އެނގުމުންނެވެ. އަދިވެސް އެމާޒީގައި އޭނާއަށް ނޭނގޭ އެތައްކަމެއް ވާނެކަން ގައިމެވެ. ޖީލާންއަށް ބަލައިލި ގޮތުންވެސް އޭނާ އެ އެދެނީ ލަސްނުކޮށް އެވާހަކަތައް ކިޔައި ދިނުމަށްކަން ޖީލާން ދެނެގަތެވެ. ސަމަދަށް ބަލައިލަމުން ޖީލާން އޭނާގެ ވާހަކަތައް ކުރިން ދުވަހު ނިންމައިލި ހިސާބުން ފެށިއެވެ.

*****

"ރައްޔުއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ.." ނުރުހުންވެފައި ރީއާން އެއްސެވެ. އެދެލޮލަށް ބަލާނެ ހިތްވަރު ނެތުމުން ރާޔާ އިސްޖަހައިލީއެވެ. ރީއާންއަށް ބަލަން ވެއްޖެނަމަ އޭނާއަށް އިތުރަށް ކެތްނުވާނެކަން ޔަގީނެވެ. އަމިއްލަ އެދުން އިސްކުރެވި އެލޯތްބަށް ފުރަގަސްނުދެވިދާނެއެވެ. އެހެންވާކަށް ރާޔާ ނޭދެއެވެ. ހިތްވަރުކޮށްފައި ރީއާންގެ އަތް ފޮޅުވައިލަމުން ރާޔާ ޖެހިލީ ދުރަށެވެ. "އަހަރެން މިބުނި އެއްޗެއް ރީއާންއަށް ސާފުނުވީތަ.. ނޫނީ ރަނގަޅަށް އަޑު ނީވުނީތަ.. އެހެންވީއިރު އަޑުއަހާ.. އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނިކުރަން.. އަހަރެން ދެން އިތުރަށް މިގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއްނޫން.. ރީއާން ވެސް.. އަހަރެން މަތިން ހަނދާން ނައްތާލާ.." ދެލޮލަށް ބޮނޑިވެ ގަންނަން އުޅުނު ކަރުނަތައް ގަދަކަމުން ދިރުވައިލަމުން ރާޔާ ބުންޏެވެ. އިވުނު ވާހަކަތަކާއެކު ރީއާނަށް ހީވީ އޭނާގެ ވަށައިގެންވި މާހައުލު އެނބުރިގަތްހެނެވެ. ރާޔާއަށް ބަލަން އޭނާ ހުރީ ގަބޫލުނުކުރެވިފައެވެ. ރާޔާ ކުރަމުންދިޔަ ނުބައި ސަމާސައެއް ކަމުގައި ހީވެފައެވެ. އެއީ ދުވަހަކުވެސް އެދުލުން އޭނާ އަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

"ރައްޔު.. އާރ ޔޫ އޯކޭ.. ކީކޭތަ ތިކިޔަނީ.. ރައްޔުއަށް ކަމެއްވީތަ.. ހަމައިގަހުރެ އަހަރެންގެ ރައްޔު ދުވަހަކުވެސް ތިހެން ނުބުނާނެ.." ރާޔާގެ ކުރިމައްޗަށް އައިސް ހުއްޓިލަމުން ރީއާން ބުނެލިއެވެ.

"މިއަދަށްފަހު އަހަރެން މީ ރީއާންގެ މީހެއްނޫން.. ދެހަފުތާތެރޭ އަހަރެންގެ ކައިވެނި ކުރެވޭނެ.. ރީއާނަށްވެސް އެންމެ ރަނގަޅުވާނީ ދެން އަހަރެންގެ މަތިން ހަނދާން ނައްތާލުން.." ހިތަށް ކެތްނުވާވަރަށް ތަދުވި ނަމަވެސް މޫނުމަތިން އެ އަސަރުތައް ރާޔާ ފަރުދާކޮށްލީއެވެ. ބަހެއްވެސް ނުބުނެ ހުއްޓުން އަރައިފައި ރީއާން އަށް ހުރެވުނީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ. ކުއްލިއަކަށް ރާޔާއަށް އެހައި ބޮޑު ބަދަލެއް އަންނަންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ.

"ރައްޔު އަހަރެންދެކެ ލޯބި ނުވަނީތަ.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރީއާން މަޑުމަޑުން އަހައިލިއެވެ. އެ ސުވާލަށް ދޭނެ ޖަވާބެއް ރާޔާއަކަށް ނޭނގުނެވެ. ހިތް ގިސްލައި ރޮމުން، އެހިތުން ރީއާންދެކެ ލޯބިވާވަރު ހާމަކުރަމުން ދިޔައިރުވެސް، ދުލުން އެންމެ ލަފުޒެއްވެސް ބުނެލުމަށް ރާޔާ ނުކުޅެދުނީއެވެ. އެއްޗެކޭ ނުބުނެ ރާޔާ ހުންނަން ފެށުމުން ރީއާނަށް އެގޮތް ކަމަކު ނުދިޔައެވެ. ގަދަކަމުން ރާޔާގެ އިސްއުފުލައިލަމުން އޭނާއާ ހަތަރުކަޅި ހަމަކުރުވިއެވެ. ދެވަނަފަހަރަށް އޭނާގެ ސުވާލު ރީއާން ތަކުރާރުކޮށްލީ އެގޮތުގައި ހުރެއެވެ. އޭނާގެ ދެލޮލަށް ބަލަންހުރެ އެ ސުވާލުގެ ޖަވާބުދޭށޭ ރާޔާ ގާތުގައި ބުނާކަހަލައެވެ.

"އާނސާރ މީ ރައްޔު.. ބުނެބަލަ.. އެއްފަހަރުވެސް ބުނެބަލަ ލޯބިނުވަމޭ.. އަހަންނަށް ތި ދެލޮލުން ފެނުނީ ލޯތްބެއް ނޫނޭ.. އެއީ އަހަރެންގެ ވަހުމެކޭ.. ބުނެބަލަ އަހަރެމެންނަށް އެކުގަ ހޭދަކުރެވުނު ވަގުތުތަކަކީ ރައްޔުއަށް އެއްވެސް ޚާއްސަ ހަނދާންތަކެއް ނޫނޭ.. ތިހިތުން އަހަންނަށް އެއްވެސް މަގާމެއް ނުދެވެއޭ.. ވީ އަހުދާއި ވަޢުދު ތަކަކީވެސް ހުސް ދޮގޭ.. ކީއްވެތަ މަޑުން ތިހުންނަނީ.. ބުނެބަލަ.. ބުނާށޭ.."

"އާން.. އާން.. އާން.. އެއީ ހުސް ދޮގު.. އަހަރެން.. އަހަރެން ލޯތްބެއް ނުވޭ.. އަޑުއިވިއްޖެތަ.. ލޯތްބެއް ނުވެއޭ.. އަހަރެން ބޭނުންވީ ވަގުތީ އުފާވެރިކަން ހޯދަން.. އަހަރެން އަބަދުވެސް ލޯބިކުރަނީ މުއްސަނދިކަމަށް.. ރީއާންގެ ފުށުން އެކަން އަހަންނަށް ފުދޭކަށްނެތް.. އެހެންވީމަ އަހަންނަށް މިގުޅުމުގެ އެއްވެސް ބޭނުމެއް ނެތް.." ރީއާންގެ އަތް ދުރަށް ފޮޅުވައިލަމުން ރާޔާ ހަޅޭއްލަވައިގަތެވެ. ޖެހިބުދެއްހެން ހަރަކާތްވެސް ކޮށްލަން ހަނދާންނުވެފައި ރީއާންއަށް ހުރެވުނީ ރާޔާއަށް ބަލަހައްޓައިގެނެވެ. އެހެން އެ ބުނަނީ ހަގީގަތުގައިވެސް ރާޔާކަން ގަބޫލުކުރަން އޭނާއަށް ދަތިވީއެވެ. އިޚްތިޔާރަކާނުލައި އެދެލޯ ފުރިގެން އައީ ހިތަށް ކުރުވި އިންތިހާ އަސަރުންނެވެ. އެފަދަ ހިތްދަތި ގޮތަކަށް އޭނާގެ އަތުން އެލޯބި ބީވެދާނެކަމަށް ކުޑަކޮށްވެސް ރީއާން ހިއެއް ނުކުރެއެވެ. ދެފަރާތަކަށް ބޯހޫރައިލަމުން އޭނާ މޫނުމަތި ފުހެލިއެވެ. އަދި ކުރިއަށް ޖެހިލަމުން ރާޔާގެ ގައިގައި ހިފަހައްޓައިލަން އުޅުނެވެ. ވަގުތުން ރާޔާ ޖެހިލީ ފަހަތަށެވެ. ރީއާން އޭނާގެ ގައިގައި އިނގިލިކުރި ޖައްސައިލުމަށްވެސް ނޭދޭފަދައަކުންނެވެ. ހިތަށް ވީ ތަދާއެކު އަތް މުށްކަވައިލަމުން ރީއާނަށް ހިންދިރުވައިލެވުނެވެ. ކުއްލިއަކަށް މިވީ ކިހިނެއްކަމެއް އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ލަސްލަހުން ފަހަތަށް ދެތިން ފިޔަވަޅު އަޅައިލުމާއެކު އޭނާ ފެންކަޅިވެފައިވި ދެލޯ ރާޔާއަށް އަމާޒުކޮށްލިއެވެ.

"ތީ ރާޔާ އެދޭގޮތް ކަމުގައި ވަނީނަމަ، އަހަރެން ދުވަހަކުވެސް ރާޔާގެ ލޯތްބަށް އެދި އާދޭސްކުރާކަށް ނެތިން.. ރާޔާ ބޭނުންވާގޮތަށް.. އަހަރެން.. އަހަރެން ހުންނާނީ ރާޔާއާ ދުރުގަ.. މީ އަހަރެންވާ ވަޢުދެއް.." ރީއާންގެ ރިހުން އެކުލެވިފައިވި އަޑު ކަންފަތުގައި ޖެހުމާއެކު ރާޔާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. އިތުރަށް އެންމެ ހިނދުކޮޅެއްވެސް އެތަނުގައި ކެތްނުވާނެކަން އެނގުމުން އޭނާ ދުއްވައިގަތީ ސިޑިއާ ދިމާއަށެވެ. ރާޔާ ގޮސް ސިޑިން ފޭބިއިރުވެސް އެ ހުރި ގޮތަށް އެތަނުގައި ގުޑިވެސްނުލައި ރީއާން ހުރީއެވެ. އަދިވެސް ކަންތައްވީގޮތް ގަބޫލުކުރަން ދަތިވެފައެވެ.

މަގުމަތިން ޓެއްސީއަކަށް އެރުމަށްފަހު ރާޔާ ބޭނުންވީ ޖީލާން ގާތަށް ދިއުމަށެވެ. ޓެކްސީގެ ފަހަތު ސީޓްގައި ލެގިލައިގެން އިން އިރު ހުއްޓުމެއްނެތި ގިސްލަގިސްލައިފައި އޭނާއަށް ރޮވެމުންދިޔައެވެ. ހަމްދަރުދީވެގެން ދެތިން ފަހަރު ރާޔާގެ ހާލު ޓެކްސީ ޑްރައިވަރުވެސް އެއްސެވެ. ނަމަވެސް ރާޔާ އަނގައިން ނުބުނުމުން އޭނާ ވެސް އިތުރަށް ސުވާލުކުރުން ހުއްޓައިލީއެވެ.

ޖީލާންގެ ކޮޓަރިތެރެ ގުގުމައިލައިފައިވީ ރާޔާގެ ގިސްލުމުގެ އަޑުންނެވެ. ކަންބޮޑުވެފައި ރާޔާ ގާތުގައި އޭނާ އިނީ ހަދާނެގޮތް ހުސްވެފައެވެ. އެކުވެރިޔާއަށް އެހީވާން ބޭނުންވިއަސް އިވުނު ވާހަކަތަކަށްފަހު ޚުދު އޭނާއަށްވެސް ހަދާނެގޮތް ހުސްވެއްޖެ ކަހަލައެވެ. އެ ދަންތުރައިން ރާޔާ ސަލާމަތްކުރާނެ ގޮތެއް ޖީލާންއަކަށް ނުވިސްނުނެވެ. އެފަދަ ނުބައި އިންޒާރެއް ޚާލިދު ދީފާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ ރާޔާއަށް ހިތްވަރުދޭން އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ސައިޑް ކަބަޑް މަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން ފޯނު ނަގައި ޖީލާން ބަލައިލިއެވެ. ސަމަދުގެ ކޯލަކަށްވުމުން ރާޔާއަށް ބަލައިލުމަށްފަހު މަޑުމަޑުން އިންތަނުން ތެދުވެގެން އައިސް ކޮޓަރިން ޖީލާން ނުކުތެވެ. ފޯނު ކަންފަތުގައި ޖަހައިލަމުން ހެލޯއޭ ބުނެލިއެވެ. ހިތްހަމަނުޖެހިފައި ސަމަދު އެހީ އޭނާއަށް އިވިގެން އެއުޅެނީ ރަނގަޅު ވާހަކަތަކެއް ތޯއެވެ. ދޭނެ ޖަވާބެއް ނޭނގިފައި އިރުކޮޅަކު ޖީލާންއަށް ހުރެވުނެވެ. ދެވަނަ ފަހަރަށް ސަމަދު އޭނާގެ ސުވާލުތައް ތަކުރާރުކޮށްލިއެވެ.

"ސަމަދު.. ކާމް ޑައުން.." ސަމަދު ރުޅިއައިސްފައި ހުރިވަރު އިހުސާސުވެ ޖީލާން ބުނެލީ މަޑުމަތިއިރި ގޮތަކަށެވެ.

"ރާޔާއަށް ކޮން ހައްގެއް އޮތީ ރީއާނާމެދު އެގޮތަށް ކަންތައްކުރަން.. ހީ އިޒް ނޮޓް އެ ޓޯއީ.. ޝީ ޑަޒްންޓް ޑިޒާރވް ހިމް.. އަދި އޭނަ ރިގްރެޓް ކުރާނެ.."

"ސަމަދު.. ޕްލީޒް.. ހަމަޖެހިބަލަ.. އަހަރެން.. ދައްކާ ވާހަކަ އަޑުއަހާބަލަ.." ކަންބޮޑުވެފައި ޖީލާން އެދުނެވެ.

"ރާޔާގެ ދިފާއުގަ އެއްވެސް އެއްޗެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން.. އަހަންނަށް އެނގޭ އެއީ ޖިލީގެ ބެސްޓްފްރެންޑްކަން.. އެކަމަކު.. އެކަހަލަ ގޮތެއް ނެތް އަންހެނަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން.. ނޭނގެ މާދަން ޖިލީއަށްވެސް އެފަދަ ދެރައެއް ނުދޭނެކަމެއް.. އެންމެ ބޭނުންވާ ވަގުތު ދޫކޮށްލާފަ ދާނީ ކަންނޭނގެ.."

"އިނަފް ސަމަދު.. ރައްޔުއަކީ ތިހީކުރާހާ ނުބައި މީހެއް ނޫން.. އައި ވިލް ނެވާރ ލީވް ހާރ.." ސަމަދުގެ ވާހަކަތައް ހުރިގޮތުން ޖީލާން ވެސް ނުރުހުންވާގޮތް ވިއެވެ.

"ފައިން.. ޖީލާންއަށް އޭނަ މުހިންމުވާހެން އަހަންނަށްވެސް މުހިންމުވާނީ އަހަރެންގެ އެކުވެރިޔާ... މާ ވަރަކަށް އޭނަ ތި ދިފާއުކުރަނީ، ޖީލާން ވެސް އެހެން އުޅޭތީ ކަމަށް ވާނީ.. ރާޔާ އެކޭ އެއްގޮތަށް ޖީލާން ވެސް އަހަރެންގެ އިހުސާސުތަކާ ކުޅެނީތަ.."

"ވަޓް.. ނޫން ސަމަދު.. އަހަރެން.."

"ވަޓްއެވާރ.. އިތުރަށް އެންމެ ލަފުޒެއްވެސް އަޑުއަހާކަށް ބޭނުމެއް ނޫން.. އަހަރެންގެ މުޅި އުމުރުވެސް ރީއާން އެގޮތަށް ހިތާމަކުރާތަނެއް ނުދެކެން.. ރާޔާ ދެކެ އޭނަ ހަގީގަތުގަވެސް އިންތިހާއަށް ލޯބިވޭ.. އޭނައަށް ދެރައެއްދީފަ ވަކި ރާޔާއަކަށް ވެސް އުފަލަކުން ނޫޅެވޭނެ.. ތި ދަސްކޮށްދިން ފިލާވަޅަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ރާޔާ ގާތު ބުނެލާތި.."

"ސަމަދު.. ހެޔޮނުވާނެ.. އަހަރެން މިދައްކާ ވާހަކަތައް އަޑުއަހާބަލަ.."

"އިތުރު ދޮގުތަކެއް އަޑުއެހުމުގެ އެއްވެސް ޝައުގެއް ނެތް.. ވީ އާރ ޑަން.."

"ވަޓް.. ސަމަދް.." ޖީލާން ވާހަކަ ދައްކަ ދައްކައި ހުއްޓައި ސަމަދު ފޯނު ކަނޑައިލީއެވެ. ސަމަދުގެ ދުލުން އެންމެ ފަހުން ބޭރުވި ބަސްތަކާއެކު ޖީލާންގެ ހިތް ރޮއެގަތެވެ. ތެޅިގަނެފައި އަވަސް އަވަހަށް ސަމަދަށް ގުޅައިލިއެވެ. ފޯނު ނިންވައިލައިފައި ކަމަށް ބުނުމުން ޖީލާންއަށް ހިތާ ދިމާލުން މޭގައި މަޑުމަޑުން ފިރުމައިލެވުނެވެ. ރީއާން އާއި ރާޔާއާ ދެމެދު ހިނގި ކަމެއްގެ ސަބަބުން ސަމަދު އޭނާއާ ގުޅުން ކަނޑައިލާނެ ކަމަކަށް ފަހަރެއްގައިވެސް ޖީލާން ހިއެއް ނުކުރެއެވެ. ހޯސްލައިފައި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބާން ފެށުމާއެކު އޭނާއަށް އަނގަމަތީގައި އަތްއަޅައި ބާރުކޮށްލެވުނެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. ކައިވެނި ކުރަން ހަމަޖެހިފައި އޮތް ދުވަސް އައިސް ޖެހުނުއިރު ރާޔާ އެކޭ މަރުވެފައިވާ މައްޔިތެކޭ އެއްވެސް ތަފާތެއް ނެތެވެ. މޫނުމަތި މިލައިފައިވީއިރު، ރަނގަޅަށް ނުކެވުމުގެ ސަބަބުން އޭނާގެ ހަށިގަނޑުވެސް ހުރީ ހިސާބަކަށް އަނަރޫފަވެފައެވެ. ދެލޯކައިރި ކަޅުވެފައިވުމުން އެހަށިގަނޑަށް ބޭނުންވާވަރަށް ނިދި ނުލިބޭކަން އަންގައިދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ޚާލިދު ފެންނަ ކަމަކަށް ނުހެދިއެވެ. އަވަދިނެތި އޭނާ އުޅުނީ ދައިސްއާ އެކުގައި ކައިވެނީގެ ކަންކަން ހަމަޖެއްސުމުގައެވެ.

ރާޔާ ހުރި ސިފަ ކަމުނުގޮސްގެން އެއްޗެހިކީ ދައިސްއެވެ. މާލޭގެ މަޝްހޫރު ސެލޫންއަކުން ކުދިން ގެނެސްގެން އެމޫނުމަތީގައިވި އެފަދަ އަސަރުތައް ފޮރުވޭނެވަރަށް ރާޔާގެ މޭކަޕް ކުރުވައި އޭނާ ތައްޔާރުކުރުވިއެވެ. ރޭގަނޑު ބާއްވަން ހަމަޖެހިފައިވި ކައިވެނީގެ ހަފުލާއަށް ދާއިރު އޭނާ ބޭނުންވަނީ ރާޔާ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ހުންނާށެވެ. އަގު ބޮޑު ހޮޓެލެއްގެ ހޯލްގައި ކައިވެނީގެ ވަލީމާ ބާއްވަން ހަމަޖެހުނުއިރު ކައިވެނީގެ ހުރިހައި ޚަރަދެއް ބަލަހައްޓަމުން ދިޔައީ ދައިސް އެވެ.

ހޮޓެލް ތެރަށް ރާޔާއާ އެކުގައި ޖީލާން ވެސް ވަދެގެން އައެވެ. އޭނާގެ މޫނުމަތީގައިވެސް އެއްވެސް ދިރުމެއްނެތެވެ. ދެއަންހެންކުދިންގެ ހަރަކާތްތަކުގައިވެސްވީ މަޖުބޫރީއެވެ. ދޭތެރަކުން ޚާލިދު ދޭ އިންޒާރަކުން ޖެހިލުންވެ ގަދަކަމުން ކަހަލަ ގޮތަކަށް ރާޔާ ހިނިތުންވެލައެވެ. ދޮންތަގެ ހާލު ވިސްނި އެކަމާ ދެރަވީވަރުން އެ ހަފުލާގައި ބައިވެރިވުމަށް ޔުނާލް އުޒުރުވެރިވީއެވެ. އޭނާއަށްޓަކައި ދޮންތަ އެވަރުގެ ބޮޑު ޤުރުބާނީއެއްވާ މަންޒަރު ދެކެން އޭނާގެ ޅަހިތަށް ކެތްނުވީއެވެ.

ހަފުލާ ފެށުމާއެކު އެކި ފަންތީގެ މީހުންތަކުން ހޯލުތެރެ އައީ ފުރެމުންނެވެ. ކޮންމެ މީހަކު ކައިވެނިކުރެވުނު ދެމަފިރިންނަށް ތަހުނިޔާ ކިޔުމަށްފަހު ދަނީ ދައިސްގެ ނަސީބާމެދު ކޮންމެވެސް އެއްޗެއް ބުނެލާފައެވެ. ނުވަތަ ރާޔާގެ ފުރިހަމަކަމަށް ތަޢުރީފުކޮށްލާފައެވެ. ކަރުނަތައް ގަދަކަމުން ހިންދައިލައިގެން ރާޔާ ހުރީ އިތުރުގޮތެއް ނެތުމުންނެވެ. އެވަގުތު އެއްލި ކަޅިއަކުން ހޯލުގެ މެދެއްހައި ހިސާބުގައި އޭނާއަށް ބަލަހައްޓައިގެން ހުރި ރީއާން ރާޔާގެ ލޮލުގައި އަޅައިގަތެވެ. ސިހިފައި އޭނާއަށް ކުޑަކޮށް ދައިސްއާ ދުރަށްޖެހިލެވުނެވެ. އެއާއެކު މަޑުމަޑުން ރާޔާގެ އަތުގައި ހިފައި ދައިސް އިހުނަށްވުރެ ގާތްކޮށްލަމުން އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. އެތަންފެނި ރީއާންގެ ދެބުމަ ގޮށްޖެހުނެވެ. އެލުވައިލައިގެންހުރި ދެއަތްތިލަ މުށްކެވުނުތަން ފެނި ރާޔާއަށް ހިންދިރުވައިލެވުނެވެ. ހަމަހިމޭންކަމާއެކު ރާޔާ އާއި ދައިސްގެ ހަރަކާތްތަކަށް ބަލަން ހުރެފައި ރީއާން ލަސްލަހުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތަށް އަޅަމުންދިޔައެވެ. އަދި ވަކި ހިސާބަކަށް ދިއުމަށްފަހު ރާޔާއަށް ފުރަގަސްދަމުން ހަލުވި ހިނގުމެއްގައި ހޯލުން ނުކުންނަން މިސްރާބު ޖެހިއެވެ. ރީއާން ފަސްދިނުމާއެކު ރާޔާގެ އަތް ހަރަކާތްކޮށްލި ގޮތުން ހީވީ ނުދާށޭ ބުނަން ބޭނުންވީހެނެވެ. އެހެނަސް އޭރު މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ. ފަސްދިނުމަށްފަހު އެންމެ ފަހަރަކުވެސް އެނބުރި ރީއާން ބަލައެއް ނުލިއެވެ.

އުނދަގުލޭ ދުރުވާން...

ހާދަހާ ލޯބިވޭ...

އުނދަގުލަސް ކަލާ އެކީ، އުޅެން ނެތީމާ...

ދަނީއެ ދެން، އެކީ ދުރަށް...

ހަނދާނުގާ ވާނޭ ތިނަން...

ތި ހަނދާން ފޮހެވޭތޯ ބެލިޔަސް...

ތި ދިމާ ނުބެލޭތޯ ބެލިޔަސް...

އުމުރަށް ވަކިވާން ޖެހުނަސް...

މިގުޅުން އެކުގާ ކެނޑިގެން ދިޔަސް...

(ނުނިމޭ)

Ads by Ooredoo
  1. ސަމަދު

    ހާދަ ކުރުކޮށް

  2. ހައިމް

    މަ ބުނީމެއްނު
    އިތުރަށް ހަމަ ލޯތްބޭ ވެވެނީ..