Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އެއާޕޯޓުތެރެއިން އަތުލައިގަތް ބަނގުރާފުޅިތަކެއް ނައްތާލައިފި

އެއާޕޯޓުތެރެއިން އަތުލައިގަތް ބަނގުރާފުޅިތަކެއް ނައްތާލައިފި

ނ.މާފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާފުޅިތަކެއް ނައްތާލައިފިއެވެ.

ފުލުހުން މިއަދު ނައްތާލައިފައިވަނީ 94 ފުޅި ބަނގުރަލާއި, 41 ދަޅު ބިޔަރެވެ.

މި ތަކެއްޗަކީ މި އަހަރުގެ ޖޫން 03 ވަނަ ދުވަހުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފެނިގެން އެމްއެންޑީއެފްއިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ އެ ތަކެތި ނައްތައިލީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް