ޚަބަރު ޝަރުޢީ ދާއިރާ

ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަދަބު ބޮޑުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ޝަރްޢީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަދަބު ބޮޑުކޮށްފިއެވެ.

Ads by MWSC

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ކުރިން އޮންނަ ގޮތުން ޝަރީޢަތުގެ މަޖިލީހެއްގައި ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ނުވަތަ ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ އަމަލެއްކޮށްފިނަމަ ޖަލަށްލެވޭނީ އެންމެ ގިނަވެގެން 15 ދުވަހުގެ މުއްތަކަށެވެ. އަދި ގޭ ބަންދުކުރެވޭނީ ގިނަވެގެން އެއް މަސް ދުވަހުގެ މުއްދަތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ހަތަރުވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފައެވެ.

މިދިޔަ ޖޫން 27 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ފާސްކުރި އެ ބިލުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުން ލިބޭނެ އަދަބަކަށް އޮތީ 03 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެ ޤާނޫނުގެ 77 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި އޮތީ, ކޯޓަކުން ނިންމާ ނިންމުމަކަށް ޢަމަލުކުރުން ފަސްކުރުމަށް އެ ކޯޓަކުން ނުވަތަ އެ މައްސަލައެއް އިސްތިއުނާފުކުރާ ކޯޓަކުން ނާންގާހާ ހިނދަކު، ކޮންމެ ކޯޓެއްގެ ނިންމުމަކީ، ވެރިކަން ހިންގާ ފަރާތުންނާއި، ރައްޔިތުންގެ މަޖިލީހުންނާއި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުންނާއި، މުސްތަޤިއްލު މަގާމުތަކުގައި ތިބި މީހުންނާއި، ދައުލަތުގެ މަޤާމުތަކާ ހަވާލުވެތިބި މީހުންނާއި، ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމަތީ ޚިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމު ނިންމުމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!