Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ދިއްފުށީގައި ވިލިނގިލީ މީހަކަށް ދިން އަނިޔާއަކީ ޓެރަރިޒަމްގެ އަމަލެއް: ސަޢުދު

ދިއްފުށީގައި ވިލިނގިލީ މީހަކަށް ދިން އަނިޔާއަކީ ޓެރަރިޒަމްގެ އަމަލެއް: ސަޢުދު

ކ.ދިއްފުށީގައި ގއ.ވިލިނގިލީ މީހަކަށް ދިން އަނިޔާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވެ އެ ކަން ތަޙްޤީޤު ކުރުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ގޮވާލައްވައިފިއެވެ.

ދިށްފުށްޓަށް ޢީދު ޗުއްޓީއަށް ގޮސް އުޅުނު ވިލިނގިލީގެ ޢުމުރުން 35 އަހަރުގެ ފިރިހެނަކަށް ހަމަލާދިނީ ޢުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

އެ ގޮތުން އެ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެ ރަށުގެ ބަޔަކު ނިކުމެ ވަނީ ފިރިހެން މީހާއަށް ހަމަލާދީ ޒަޚަމްކޮށްލައިފައެވެ. ހަމަލާދިން މީހުން ވަނީ އޭނާ ބަަރަހަނާ ވެސް ކޮށްލައިފައެވެ.

Advertisement
Allied Insurance — Square (box)

ސަޢުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިށްފުށިން ފެނިގެންދިޔައީ ލާއިންސާނީ އަނިޔާވެރި ނުރައްކާ އަމަލެއް ކަމަށާއި, ކުށުގެ ތުހުމަތެއް ކުރެވޭނަމަ އެ ކަންކަން ބެލޭނެ ޤާނޫނީ ހަމަތަކެއްވާ ކަމަށެވެ. އަދި ދިށްފުށީގައި ވިލިނގިލީގެ ރައްޔިތެއްގެ މައްޗަށް ހިންގާފައި އެވަނީ ރާވައިގެން ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ވެސް ސަޢުދު ވިދާޅުވިއެވެ.

ސަޢުދު ވަނީ އެ ޖަރީމާގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ގޮވާލައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް