ޚަބަރު އިޖުތިމާޢީ

ދެވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 169 މައްސަލަ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގެވެށި އަނިޔާ އާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

މި އަހަރުގެ ދެވަނަ ކުއާޓާގައި ގެވެށި އަނިޔާގެ 169 މައްސަލަ ހުށަހަޅާފައިވާކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

Ads by Sosun Fihaara

އެ އޮތޯރިޓީން ބުނީ އެ މައްސަލަތައް ހުށަހަޅާފައިވަނީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާތަކުންކަމަށްވާއިރު ފުރަތަމަ ކުއާޓާގައި 188 ރިފަރަލް ލިބިފައިވާ ކަމަށާއި އޭގެތެރެއިން 100 ރިފަރަލް ހުށަހެޅީ ޖެންޑާ މިނިސްޓްރީން ކަމަށެވެ. އަދި 65 ރިފަރަލްއެއް ފުލުހުން ހުށަހެޅިއިރު, 09 ރިފަރަލްއެއް ސިއްހީ ޚިދުމަތްދޭ ތަންތަނުން ހުށަހެޅި ކަމަށާއި 04 މައްސަލައެއް ސީދާ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި ދެވަނަ ކުއާޓާގައި ގެވެށި މައްސަލަތަކުގެ 68 އިންސައްތަ ރިޕޯޓުކުރީ މާލެއިންނެވެ. މާލޭ ސަރަަހައްދުން ހުށަހެޅީ 128 މައްސަލައެވެ.

އެ އޮތޯރިޓީން ބުނީ ދެވަނަ ކުއާޓާގައި ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގައި ޖުމްލަ 219 މީހުންނަށް އަނިޔާ ލިބުނުކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 112 އަންހެނުންނާއި 22 ފިރިހެނުންނާއި 55 އަންހެން ކުދިންނާއި 25 ފިރިހެން ކުދިންނެވެ. އޭގެ އިތުރުން ވެސް 05 ކުދިން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!