ޚަބަރު ދީން

ޔޯގާގެ ޙުކުމް: އިޖުމާޢުއެއް ނެތްކަމަށް ބުނާތީ ޝައިޚް ސަމީރު ރައްދު ދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝައިޚް އަޙްމަދު ސަމީރު. ފޮޓޯ: ސަން

ހިންދޫންގެ އަޅުކަމެއްކަމަށްވާ ޔޯގާއަކީ ޝިރުކެއްކަމަށް ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށް ބުނާތީ ޝައިޚް އަޙްމަދު ސަމީރު ރައްދު ދެއްވައިފިއެވެ.

Ads by STELCO

ޝައިޚް ސަމީރު ރައްދު ދެއްވާފައި މިވަނީ ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތް ކަމަށާއި, ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ޙުކުމެއްކަމަށް ބަލައިގަންނަން ދަތިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

ޝައިޚް ސަމީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޖުމާޢުއެއް ނެތްކަމުގައި ބުނެ ކޮންމެ ކަމެއްގައި ވެސް ''އިޚްތިލާފީ މައްސަލައެއް'' ކަމުގެ މަކަރުވެރި ލިބާސް ލައްވައި, ދީނަކީ ކުޅިވަރެއްކަމުގައި ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން ''އިޖުމާޢު'' ވާ ނުކުތާއެއް ކަމަށެވެ. އަދި އެހެން ހުރިހާ ކަމެއްގައި އެއުރެންނަކީ ހަތުރުވެރިންކަމުގައި ވީ ނަމަވެސް މިފަދަ ކަންކަމުގައި އެ މީހުންގެ ރައުޔު އެއްގޮތް ކަމަށެވެ.

''އިޖުމާޢުއެއް ނެތްކަމުގައި ބުނެ ކޮންމެ ކަމެއްގައި ވެސް އިޚްތިލާފީ މައްސަލައެއްކަމުގެ މަކަރުވެރި ލިބާސް ލައްވައި, ދީނަކީ ކުޅިވަރެއްކަމުގައި ހެދުމަކީ ލާދީނިއްޔަތުގެ އަހުލުވެރިން އިޖުމާޢުވާ ނުކުތާއެވެ. އެހެން ހުރިހާ ކަމެއްގައި އެއުރެނީ ހަތުރުން ކަމުގައި ވީ ނަމަވެސް މެއެވެ.''

އެހެން ހުރިހާ ކަމެއްގައި އެއުރެނީ ހަތުރުން ކަމުގައި ވީ ނަމަވެސް މިފަދަ ކަންކަމުގައި އެބައިމީހުންގެ ރައުޔު އެއްގޮތްކަން ޝައިޚް ފާހަގަ ކުރެއްވިއިރު, ޔޯގާއާ ބެހޭ ގޮތުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވީ އެއީ ޞިއްޙީ އަދި ނަފްސާނީ  ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރާ ކަސްރަތުތަކެއް ކަމަށާއި, އެއީ ހަރާމްކަމެއްނޫން ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފް މިއަދު ވިދާޅުވީ ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް އެއީ ޤާނޫނުއަސާސީގައި ވެސް އަދި އެއްވެސް ޤާނޫނެއްގައި ވެސް މަނާކަންކަމެއް ނޫން ކަމަށެވެ. އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަމަށެވެ. ލަޠީފް ވިދާޅުވީ އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ޔޯގާއަކީ ޝިރުކު އެކުލެވިގެންވާ އަދި މުސްލިމުން އޭގައި ބައިވެރިވުން ހުއްދަ އެއްޗެއް ނޫންކަމަށް ރާއްޖޭގެ 104 ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

  1. ހިންދޫ ދީނުގެ އިލްމުވެރިން ވެސް ބުނަނީ ޔޯގާ އެއީ ހިންދީންގެ ސަޤާފީ އަދި ހިންދޫ ދީނުގެ ޢަޤީދާގެ ތެރެއިން އައިސްފައިވާ އެއްޗެއްކަމުގައި ، އެމީހުންގެ ދީނީ ކުޅިވަރެއް ކަމުގައި ، ވީމާ އެއީ މުސްލިމުން ކުރުން ހެޔުނުވާނެ ކަމެއް ކަމުގައި ހިންދޫ ދީނުގެ އިލްމު ވެރިން އިއްތިފާޤުވޭ !

    • ބޯހަލާކު

      ހިންދޫ ދީނުގެ އިލްމުވެރިން އެއީ ހިންދޫންގެ ދީނީ ކުޅިވަރެއް ކަމަށް އެއްބަސް ވިޔަސް ދިވެހިން އެކަން ގަބޫލު ކޮށްގެން ނުވޭ. މީގެއިންވެސް އެގެނީ އަހަރެމެން ދިވެހިންގެ ވިސްނުމުގެ އުނިކަން. މޮޅުބަޔަކަށް ވެގެން މިއުޅެނީ ނުކިޔަވާ ތިބެގެން ކަން ޔަގީން ކުރަން މިއަށްވުރެ ބޮޑު ހެއްކެއް އޮންނާނެބާ!

  2. ޝިރުކުގެ މާނައަކީ ކޮބާ؟

  3. ކެނެރީ ކޮސްބެ

    ޢިޖުމާއު އެއް އޮކަމަށް ދީފައޮތް ރައްދެއްނޫންތީ. ތިއޮތީ ލާދީނީޓެގް އަޅުވާ މީހާއި ބެހިގަންތްފަ. ޢިލްމީރައްދެއްދެއްވާ އިޖްމާއު އޮތްކަން ސާބިތު ކޮށްދެއްވާ